27 ސެޕްޓެމްބަރ 2019 - 15:22
އެޕަލްގެ ޑިވައިސްތަކުން ތާނަ ލިޔަން އުނދަގުލުގައި އުޅޭތާ ކިތަންމެ ދުވަހަކެވެ. އެކަމަކު މި މަހު ރިލީޒްކުރި އައިއޯއެސް 13 އާ އެކު އައިފޯނުތަކުން މިހާރު ފަސޭހަކަމާ އެކު ތާނަ ލިޔަންވީ އެވެ.
މި މަހުގެ 19 ވަނަ ދުވަހު އާ އައިއޯއެސް ރިލީޒްކުރީ އަލަށް 38 ކީބޯޑް ލޭންގުއޭޖާ އެކީގަ އެވެ. މީގެ ތެރޭގައި ގިނައީ މަދު ބަޔަކު ބޭނުންކޮށް އުޅޭ ބަސްތަކެވެ. މީގެ ތެރޭގައި ދިވެހި ހިމެނެ އެވެ.
އެންމެ ފަހުގެ އައިއޯއެސް އަށް އަޕްޑޭޓްކޮށްލާށެވެ. ދެން ސެޓިން އަށް ގޮސް ޖެނެރަލް > ކީބޯޑް > ކީބޯޑްސް > އެޑް ނިއު ކީބޯޑް އިން ދިވެހި ނަގާނީ އެވެ.
ދިވެހިން ލިޔަންވުމުން، ކީބޯޑް ވާތްފަރާތު ތިރީ ކަނުން ފެންނަ "ދުނިޔެ" އަށް ފިތާލާށެވެ. އޭރުން އެޑްކޮށްފައި ހުރި ކީބޯޑްތަކުން ބޭނުން ބަހެއްގެ ކީބޯޑް ނެގޭނެ އެވެ.
އެހެންވެ، އައިފޯނު ކީބޯޑުން ތާނައިން ލިޔަން ބޭނުން ނަމަ، އެކި ފާޑުގެ އަމިއްލަ އެޕްލިކޭޝަންތައް އެޅުމުގެ ބަދަލުގައި މިހާރު ޖެހޭނީ ސެޓިން އަށް ގޮސް ދިވެހި ކީބޯޑް އެޑްކޮށްލާށެވެ. އޭރުން ތާނައިގެ އަކުރުތަކުން ކީބޯޑް ފެންނާނެ އެވެ.
އައިއޯއެސްގައި އާ ލޭންޖުއޭޖް ކީބޯޑެއް އެޑްކުރުމުން، ކޮންމެ އެޕެއްގައި ވެސް އެ ބަހަކުން ލިޔެވޭނެ އެވެ. ޗެޓްކުރަން ބޭނުންކުރާ އެޕްލިކޭޝަންތަކުގަ އާއި އިންޓަނެޓް ބްރައުޒާގައި ވެސް ހަމަ އެގޮތަށް ލިޔެވޭނެ އެވެ. ފޭސްބުކާއި މެސެންޖާ އާއި އެހެން ހުރިހާ އެއްޗެއްގައި ވެސް އެ މީހެއްގެ ބަހުން ލިޔަންވީ އެވެ.
އައިއޯއެސް 13 އާ އެކު ވަރަށް ގިނަ އާ ފީޗާތައް ވަނީ ގެނެސްފަ އެވެ. ވީޑިއޯ އެޑިޓްކުރުން، ފޮޓޯއެއް އެޑިޓްކުރުމާ އެއްވަރަށް ފަސޭހަކޮށްދީ އެތައް ކަމެއްގެ ސްޕީޑް ވަނީ އަވަސްކޮށްފަ އެވެ. ޑާކް މޯޑުގެ އިތުރުން މެޕަށް ވެސް އާ ކިތަންމެ ފީޗާއެއް ދީފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިއްލި
27 September 2019
އަލުގަނޑަކީ މިގައުމުގަ ހުރި އެންމެ ހުތުރުކޮށް ލިޔާ މީހާ އެކަމަކު އަލުގަނޑު ވެސް މިހުރީ އެފޮންޓު ފެނިފަ ލަދުން.
ބިދޭސަ
27 September 2019
ދިވެހިންނަށްޓަކާ ތިޔަ ކޮށްދެއްވި މަސައްކަތުގެ ހިތްހަމަޖެހުން ފޮންޓުގެ ސަބަބުން ގެއްލިއްޖެ.
ލާނާ94
27 September 2019
ކިހިނެއް ފޮންޓު ފަރުމާއަށް ބަދަލުކުރަނީ؟
ކޮބާގ
27 September 2019
ތިޔަ އެކަޑަމީން ހީކުރަނީ ބަސް ކުރިއެރުވުމަކީ ބަހުގައި ތަގުޑިބެއްދުންކަމަށް. ޓެޖްނޮލޮޖީގައި ބޭނުންނުކުރެވޭ ބަހެއް ބަހަކަށް ދެނެއް ނުވާނެ. ވާނީ ބަހުރުވައަކަށް. ކިރިޔާވެސް ދިވެހި ބަސް ހިފެހެއްޓިފައި މިއޮތީ ފަންނީ މީހުން ބަސް ޓެކޮނޮލޮޖީގައި ފައިހަމަކުރަމުން ގެންދާތީ. ދައުލަތުގެ މުއައްސަސާތަކާއި އޮފީސްތަކުގެ ރަސްމީ މީސް މީޑިޔާ އެއޮތީ މުޅިންވެސް އިނގިރޭސިބަހުން. ސަބަބެއް ނެތިއެއްނޫން.
ސޯބު
27 September 2019
މަވެސް ހިތައްއަރާ މި ބޮލި ފޮންޓު ނޫން ފޮންޓެއް ލާން ނޭގެނީބާއޭ. ނުލާހިކުރީތި ފޮންޓުހުއްޓާ ފާޑެއްގެ ހުތުރު ބޮއްޔެއް. އަޅެ އެކަޑަމީން މިކަމާ އުޅެބަލަ.
ރަދީފްގެބޭބެ
27 September 2019
ކީބޯޑްނެތަސް މިހާރުވެސް ދިވެހިން ލިޔެވޭ!
ވޮޗްޑޯގް
27 September 2019
މި ބޮލި ފޮންޓު މީ ކިހިނެތް އުފެދުނު ފޮންޓެއްތޯ؟ މި ފޮންޓު ބޭނުންކުރުން ހުއްޓުވަން އަދި ނައްތާލަން ސަރުކާރަށް ނުވަތަ ޓެކްނޮލޮޖީ މިނިސްޓްރީއަށް ކުރެވޭނީ ކޮން ކަމެއްތޯ؟ ބޮލި ފޮންޓު އުފެއްދި ބަޔަކު ޖެހޭ ދިވެހި ރައްޔަތުންގެ ފަރާތުން މާފަށް އެދެން.
އަހުމަދު.ވިލިމާލެ.
27 September 2019
ތާއީދު. މި ބޮލި އަކުރަކީ ވަރައް އުނަދަގޫއެއްޗެއް. ޢޭގެ ބަދަލުގައި އެހެން އަކުރެއް، ބަދަލުނުކުރެވޭ އަކުރެއް.
ހަހަހަހަހ
27 September 2019
ލޮލް އަހަރުން އެންޑްރޮއިޑްގަ ކޮން ޒަމާނެއް ތިހެން ލިޔާތާ :ޕ
ސުވާސްތި
27 September 2019
އާނއެކޭ ވަރަށް ފަހަތުގަ އުޅޭ ބައެއް މި.ހެހެހ
ސަސި
27 September 2019
ތިވާނީ ހަމަ އެކަޑަމީގެ މަސައްކަތަށް
ޤަލަމްދެލި
27 September 2019
ސްޕޭސްގެ ބަދަލުގަ "ޖާގަ" މިހެން ޖަހާލިނަމަ އަދި މާބޮޑަށް ދި ވެހި ވަންތަ ވީސް