ހިތަދޫ ރީޖަނަލް ހޮސްޕިޓަލް: ރޭގެ މާރާމާރީގައި ފަސް މީހަކަށް ޒަހަމް ލިބުނު
24 ސެޕްޓެމްބަރ 2016 - 11:46
އައްޑޫ ހިތަދޫގައި ރޭ ހިނގި މާރާމާރީގައި ޒަހަމްވި ފަސް މީހުންގެ ހާލު ވެސް ރަނގަޅުކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އިން ބުނެފި އެވެ.
އެ ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ އެމީހުންނަށް ފަރުވާ ދެމުން އަންނަނީ ވޯޑުގައި ކަމަށާއި ސީރިއަސް ޒަހަމެއް ނުލިބޭ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ހާމަކުރެވޭކަށް ނެތްކަމަށް އޭނާ ވިދާޅުވި އެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ 10:45ހާއިރުގަ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ ހިންގި މާރާމާރީއާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށާއި ނަމަވެސް މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
"މި މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުން ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރޭމިތުރާ
24 September 2016
ޒުވާނުންތައް ހަލާކުވަނީ ޒުވާނުންނާމެދު އަލުންވިސްނާ! ޒުވާންޖީލެއް ފަނާވީމާ ގައުމަށްލިބޭނެ ގެއްލުމަށްވިސްނާ!
މިވެރިން
24 September 2016
އައްޑޫ މީހުން ވެއްޖެއެެއް ނޫން ރާއްޖޭގެ ކުށް މަދު ރަށެއް ކަމުގައިވާ ރާ އަތޮޅު ވާދޫ އަށް ފޮނުވައިގެން ތަމްރީން ކުރަން. ތީ ދެން ހާދަހާ ވަޔަލެންޓް އަތޮޅެކޭ ދޯ އައްޑު އަތޮޅަކީ. ދެން ކީކޭ ބުނާނީ ދޯ. މިހެންވުމުން ކަން ނޭނގޭ މިވެރިންނަށް ރަނގަޅު ގޮތް ތަކެއްވެސް މެދުވެރި ނުވަނީ.