މ. މުލަކު، ދިއްގަރު އަދި ކޮޅުފުށީގެ ގޮނޑުދޮށް ހިމާޔާތްކުރާށާއި އީއައިއޭ ހަދަން ވީ އެއްބަސްވުން ރިޔަން ޕްރައިވެޓް ލިމިޓެޑްގެ އެމްޑީ ހަމީޒު އާއި ނެޝަނަލް ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ޝާނާ ބަދަލުކުރަނީ -- ފޮޓޯ: ނެޝަނަލް ޕްލޭނިން މިނިސްޓްރީ
09 އޮކްޓޯބަރ 2019 - 16:08
ފަސް ރަށެއްގެ ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫއު ޑިޒައިންކޮށް އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހަދަން މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.
މި މަޝްރޫއުތައް ހަވާލުކުރީ ރިޔަން ޕްރައިވެޓް ލިމިޓެޑާއި ޑެންމާކް ކުންފުންޏެއް ކަމަށްވާ ލަމެއާ ގްރޫޕް އެންޑް ނިރާސް އޭއެސް ގުޅިގެން މަސައްކަތް ކުރާ ގޮތަށެވެ. މި މަޝްރޫއުތައް ކުރިއަށް ގެންދާނީ މ. އަތޮޅު މުލަކާއި ދިއްގަރު އަދި ކޮޅުފުށީގެ އިތުރުން ތ. ބުރުންޏާއި އެ އަތޮޅު ވަންދޫގަ އެވެ.
މ. މުލައް، މ. ދިއްގަރު، މ. ކޮޅުފުށި، ތ. ބުރުނީ އަދި ތ. ވަންދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޑިޒައިން އަދި އީ.އައި.އޭގެ މަސައްކަތް ކުރުމަށް ރިޔަން ޕްރައިވެޓް ލިމިޓެޑް، އިން އެސޯސިއޭޝަން ވިތް ލަމެއަރ ގުރޫޕް އެންޑް ނިރާސް އޭ.އެސް (ޑެންމާކް) އާއި މިއަދު ހަވާލުކޮށްފި. pic.twitter.com/vRCYPYrQuC
— Ministry of National Planning and Infrastructure (@MoNPImv) October 9, 2019
މަސައްކަތް ހަވާލުކުރުމާ ބެހޭ ގޮތުން، ނެޝަނަލް ޕްލޭނިން މިނިސްޓްރީގެ ޓްވީޓް
ނެޝަނަލް ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫއުތައް ހަވާލު ކުރުމުގެ އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. ރިޔަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަމީޒެވެ.
މަޝްރޫއުތައް ކުރިއަށް ގެންދަން ދެ އެއްބަސްވުމެއްގައި ސޮއިކުރި އެވެ. އެއީ މ. އަތޮޅާއި ތ. އަތޮޅުގެ ރަށްތަކުގެ މަޝްރޫއުތައް ވަކި މަޝްރޫއުތަކެއްގެ ގޮތުގައި ކުރިއަށް ގެންދާތީ އެވެ.
ނެޝަނަލް ޕްލޭނިން މިނިސްޓްރީން ބުނީ މި މަޝްރޫއުތައް ފުރިހަމަކުރަން ކަނޑައަޅާފައި ވަނީ ތިން މަސް ދުވަސް ތެރޭ ކަމަށެވެ. މ. އަތޮޅުގެ ރަށްރަށުގައި މި މަސައްކަތް ކުރަން 1.9 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައި ވާއިރު، ތ. އަތޮޅުގެ ރަށްރަށުގައި މި މަސައްކަތް ކުރަން 1.6 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްދިއްޔޯއި
09 October 2019
ކޮބާ ފުވައްމުލަކު ގޮނޑުދޮއް ހިމާޔައްކުރުން؟ ތިހުރިހާ ރަށެއްގެ އާބާދީ ފުވައްމުލަކުަގަ އެބައޮތް. ރަށަކީ ނާޒުކު ތިމާވެއްޓެއް ލިބިފައިވާ ރަށެއް.
ކައްޓަލަ
09 October 2019
ތަނެއް ހިމާޔަތްކުރުމުގެ ބޭނުމަކީ އެތަނެއް ހަލާކުވިޔަނުދީ އަންނަންއޮތް ޖީލުތަކަށް ފޯރުކޮށްދިނުން. އެކަމަކު މާލޭސަރުކާރުން ރަށްރަށުގެ ގޮނޑުދޮށް ހިމާޔަތްކުރަން މިހަދާގޮތަކީ ގޮނޑުދޮށް ވަޅުލާފަ ބޮޑުހިލަ ޖަހަނީ. ދެން އެހިސާބުން ގޮނޑުދޮށް ބަލަން ބޭނުންމީހަކު ދާންޖެހޭނީ ކައިރި ފަޅުރަށަކަށް.
ބޮޑުންގެ ކުންފުނި
09 October 2019
މިސަރުކާރުގެ ބޮޑުންގެ ކުންފުނިތަކަށް ހަބޭސް ގައުމު އަދި ކިރިޔާ މިދަނީ ޒީރޯ ޓޮލަރަންސަށް ގައުމާއި ރައްޔިތުންގެ ދުވަސް ހިގައްޖެ
ދޮންދީދީ
09 October 2019
ހާދަ ބޮޑު މަސްރޫއެކޭ. މަ ހަދަ އުފާވެއްޖޭ. މަށަށް މޫދައްވެސް އެރިލެވޭނެ. ތިޔަ ބިޔަ ބޮޑު މަސްރޫއުގެ ސަބަބުން. ހިމާޔަތކުރުމުގައި އުޅޭމީހުންގެ ފަރާތުން ޖަޒީރާވަންތަ ކުރާތި.
މަހަލްދީބް
09 October 2019
ފުވައްމުލަކު ފެނާއި ނަރުދަމާ ޕްރޮޖެކްޓްގެ ކޮންސަލްޓެންޓަކީވެސް ރިޔަން. މަސައްކަތް ފުރިހަމަ ނުކޮށް ކޮންޓްރެކްޓަރު މަސައްކަތް ނިންމައިފި ކަމަށްބުނެ ފުރައިގެން ދިޔައިރު ރިޔަން ކޮބާ. ފޭލި ވެފައިވާ ނިޒާމުގެ ޒިންމާ ރިޔަނުން ނަގަން ނުޖެހޭބާ.
ހަސީނާ
09 October 2019
ބާހާފަ ބަހައްޓާ...!!! ޒީރޯ ޓޮލަރަންސް ޓު ދަ މެކްސް..!!! މިނިސްޓަރގެ އަސްލަމްގެ ކުންފުންޏަށް އަދި އެޕްޑީޕީ އިސް މެމްބަރު ސާބެގެ ކުންފުންޏަށް މިނިސްޓަރ ސޮއި ކުރައްވާފައި ކޮންޓްރެކްޓް ކޮށްދެނީ.. ތިއޮތީ އެއް ބުޅިން މިންސްޓަރާއި، ސާބެ އާއި، ސާބެ އަންހެނުން އަދި މަޖިލިސް މެމްބަރު އީވާއަށް ބައިއަޅާފައި.. އަދިވެސް ޒީރޯ ޓޮލަރެންސް އޭކިޔާފައި އެޖެންޑާ ހަދާތި.