ކުރީގެ ރައީސް މައުމޫން: އެމަނިކުފާނުގެ އާ ޕާޓީ އުފެއްދުމުގެ ޖަލްސާ އަށް އަންނަނީ ތައްޔާރުވަމުން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
13 އޮކްޓޯބަރ 2019 - 15:37
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އާ ސިޔާސީ ޕާޓީ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުފެއްދުމުގެ ޖަލްސާ އަންނަ މަހު 7 ގައި ދަރުބާރުގޭގައި ބާއްވަން ނިންމައިފި އެވެ.
އެ ޖަލްސާގެ އިންތިޒާމްތަކުގައި އިސްކޮށް އުޅުއްވާ އޮފިޝަލަކު މިއަދު ވިދާޅުވީ ޕާޓީގެ އަސާސީ ގަވާއިދު މިހާރު އެކުލަވާލަމުން އަންނަ ކަމަށެވެ. ޕާޓީ އުފެއްދުމުގެ ޖަލްސާގައި، ވަގުތީ ލީޑަޝިޕް ހޮވާނެ ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން ޕާޓީ ރަޖިސްޓްރީކޮށްދޭނީ އުފެއްދުމުގެ ޖަލްސާ ބޭއްވުމުންނެވެ. އެމްއާރުއެމްއަކީ މައުމޫން އުފައްދަވާ ތިން ވަނަ ސިޔާސީ ޕާޓީ އެވެ. ޕީޕީއެމް ދޫކޮށްލައްވައި، އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތްޕުޅު މައުމޫން ފެއްޓެވީ ޕީޕީއެމަށް ކުރިމަތިވި ގާނޫނީ މައްސަލަތައް ޝަރީއަތުން އެމަނިކުފާނާ އެއްކޮޅަށް ނިމޭނެ ކަމުގެ ޔަގީންކަން ގެއްލުމުންނެވެ.
ޕީޕީއެމްގެ ރައީސް ކަމުން އެމަނިކުފާނު ދުރުކޮށް، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ޕީޕީއެމްގެ ޚާއްސަ ކޮންގްރެސް ސައްހަ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ އިރު، ޕީޕީއެމް ހިންގުން މައުމޫންއާ ހަވާލުކުރަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް ވެސް ސުޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.
އެމްއާރުއެމް އުފައްދަވާ ކަން އިއުލާން ކުރައްވަން މައުމޫން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައި ވަނީ، ނާއިންސާފާ ކުރިމަތިލައްވަން ޖެހިވަޑައިގަތަސް އަޒުމް ދޫކޮށްލައްވަން ބޭނުންފުޅު ނުވާ ކަމަށެވެ. ސިޔާސީ ކަންކަމުގައި ބައިވެރިވުމާއި ގައުމަށް ޚިދުމަތް ކުރުމަކީ ވަކި އުމުރެއް އޮތް ކަމެއް ނޫން ކަމަށާއި އެމަނިކުފާނު ދެމިހުންނަވާނީ އިސްލާހީ މަސައްކަތުގައި ސާބިތުކަމާ އެކު ކަމަށް ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތައް އުފެއްދުމުގެ ހުއްދަ ގާނޫނަކުން 2005 ގައި ދިނުމުން އެމަނިކުފާނު އުފެއްދެވީ ޑީއާރުޕީ އެވެ. އެ ޕާޓީގެ ހިންގުމުގައި، އޭރު ހުންނެވި ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކާ ހެދި އުފެއްދެވީ ޕީޕީއެމް އެވެ.
އެ ޕާޓީ ދޫކޮށްލަން މައުމޫނަށް ޖެހިވަޑައިގަތީ، ކޮއްކޯފުޅު، ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދެމެދު އުފެދުނު މައްސަލަތަކުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢޮކްޓޫބަރެއިން
14 October 2019
ރައީސް ޔާމީނާއި ރައީސް ނަޝިދު ސިޔާސީ ދާއިރާގައި އުޅުއްވާ ފަދައިން ރައީސް މައުމޫނަށްވެސް ސިޔާސީ ދާއިރާގައި ހަރަކާތްތެރި ވެވޭނެ ނޫންތޯ؟ ޜައީސް މައުމޫނު ހެއްދެވި ޕާރޓީތަކުން ބޭރުވެ އާ ޕާރޓީ ހަދަން ޖެހެނީ ޕާރޓީގެ ބާރު މުށުތެރޭގައި ނުބާއްވައި ޕާރޓީގެ ގުނަވަންތަކަށް ދޫކޮށްލަން ކެރޭތީ! ތިންވަނަ ޑިވިޝަނުން ޕްރިމީއަރ ލީގަށް ކޮލިފައިވެ ޓްރޮފީ އުފުލައިލެވޭނެކަން މައުމޫނު ވަނީ ސާބިތުކޮށްދީފައި .
ގައުމީދޫ
14 October 2019
ޜާއްޖޭގެ ހުރިހާ ރަށެއްގައިހެން މައުމޫނުގެ ސަޕޯރޓަރުން އެބަތިބި . ޢެ ހުރިހާއެންމެން އެއްކޮށްލުމުން ރިޔާސި އިންތިޚާބަކަށް މުހިއްމު އަދަދަކަށް ވިޔަސް ، މަޖްލިސް އަދި ކައުންސިލް އިންތިޚާބުތަކުގައި ، ދާއިރާތަކުން ވަކިން ނަގާ ވޯޓްތަލުގައި ކާމިޔާބު ހޯދޭވަރު ވަސީލަތްތަކެއް މައުމޫނު އަލަށް ހަދާ ޕާރޓީއަށް އަވަސް މުސްތަގްބަލެއްގައި ލިބީދާނެތޯ މިއީ އުފެދޭ ސުވާލެއް! ރާއްޖޭގެ ގައުމީ އަދި ދީނީ މަސްލަހަތު ހިފެހެއްޓުމަށް މައުމޫނުގެ ސިޔާސީ ފިކުރު ގެ ބޭނުން ހިފޭނެ
ދިވެހިވަންތަ
14 October 2019
ރައީސް މައުމޫނަކީ ހަސަދަވެރިންނަށް ނުބައްލަވާ ތަހްޒީބު ބޭފުޅެއްވެ އުފާވޭ. ހަސަދަވެރިން ގިނަހެން ހީވާނެ، ސަބަބަކީ އެމީހުންނަށް ގޯނާއެއް ނުރުހުމެއް ނުދީ ނުތިބެވޭނެ.
ޑޭމް
14 October 2019
އެންމެ ގިނައިން އަމިއްލަ އަށް އުފެއްދި ޕާޓީން ބޭރު ކޮށްލެވުނު ލީޑަރު، ކޮންލީޑަރު؟؟؟؟ ލޮލް!!!
މިގޭ
14 October 2019
އަދިވެސް ލައްޒަތު ހޯދަން މަރުފަލި ޖަހަނީ
ޢަހްމދު
14 October 2019
30 އަހަރު ކެވުނުވަރު މަދީހެއްޔެވެ މުސްކުޅިވިދުވަހު އަދިވެސް އެކަންކަމުން އަރައިނުގަނެވެނީ ތޯއެވެ. ރިތިކޮއް ގޭގައި ހުރުން ކަމުނުދަނީތޯއެވެ. ވެރިކަމަކީ ހިތިއެއްޗެކެވެ
ރާއްޖޭގެކަންކަމުފެށުންމައުމޫނު
14 October 2019
ރައީސް މައުމޫނަށް ރާއްޖޭގައި ތާއީދު އެބައޮތް ބަޔަކަށް ހަޖަމު ނުކުރެވުނަސް އެއީ ފެންނަން ހުރި އެތައްކަމެއް
ޑރ. ރާމީ މ.ވައިނުޖެހޭގެއާގެ
14 October 2019
މައުމޫން ތިޔަހެން އުޅުއްވީމާ ރައްޔިތުން ނަށް ވަނީ ފައިދާ އަށް ވުރެ ބޮޑަށް ގެއްލުން. ތިޔައަކީ ރައްޔިތުން ނަށް ފައިދާ އެއް ހޯއްދަވާ ދެއްވުމަށް ކުރައްވަވާ ކަންތަކެއް ކަމެއް އެކަކުވެސް ގަބޫލެއް ނުކުރޭ. ކުރާނަމަ މަޖްލިހުގެ ގޮނޑިއަކަށް ތިޔަ ޕާރޓީ ގެ މީހަކަށް ވޯޓުލީސް.
ޝަފީގާ
14 October 2019
ތިޔަވިދާޅުވީތެދުފުޅެއް. މައުމޫނުގެ ދަރިފުޅު ޔުމްނާ ގެ ހޮބީ ކަމަށްވާ ހެރިޓޭޖް ގެ ކަންތައްކުރަން ކުޑަކުޑައޮފީހަކުންކުރެވޭނެ މަސައްކަތްއޮތް ތަނަކަށް މިނިސްޓްރީ ކިޔާ، ޔުމްނާ އަށް މިނިސްޓަރކަން ދިނީމާ މުސާރަދޭންޖެހެނީ އަހަރުމެންގެ ޖީބުން. އެވީ، ތިޔަވިދާޅުވި "ގެއްލުން" !
މާޝާ ޝަފީގު
14 October 2019
މައުމޫނުގެބައްޕަ އަބްދުލްގައްޔޫމްސީދީއަށް މުނިކާފަ ކިޔާތީނުޖެހޭނެ ޒަހާ އަށްމިނިސްޓަރކަންދޭކަށް. ހައްގެއް ނުވާނެ. ދައްކަނީ ހަމަނުޖެހޭވާހަކަ. ކަނޑުއަޑީގެއާލާތް ނުދިރުވިގެނެއްރާއްޖޭގެ މަސްވެރިންނެއްނޫޅޭ ރަންކޮޅާ! މިއީވެސް މައުމޫނުގެ ގާތްްތިމާގެމީހެއް ކަމަށްވާތީ ދިވެހި ރައްޔިތުން ތަހައްމަލު ކުރަންޖެހޭ ބޮޑެތި "ގެއްލުން". މައިނާރު (މަސްވެރިކަމުގެ ދާއިރާ) ނުހިންގި، ބޮއްސުންލާފާ. މަގާމު ހައްގުވާ މީހަކަށް ދެވޭކަށް ނޯވޭ މައުމޫނާ ހެދި.
ލުބްލާ
14 October 2019
ބޭކާރުކަމެއް ނޫންތޯ، މައުމޫނު؟ ރާއްޖޭގަ މިހާރު ނެތް މައުމޫނީ ފިކުރެއް.
އަހްމަދު111
14 October 2019
މަރްހަބާ! މަލްޓިޕާޓީ ސިސްޓަމް ވޯކްކުރާނީ ރަނގަޅު ޕާޓީތަކެއް އޮވެގެން. ރައީސް މައުމޫނަކި ބައެއްގެ ފުރައްސާރައާ ހެދި ޒިންމާ ދޫކޮލައްވާނެ ބޭފުޅެއް ނޫންކަން ވަނީ ސާބިތުކޮށްދެއްވާފަ.