އަނިޔާވެރިކޮށް ބަނދެފައި އޮތް ވެލައެއް ސަލާމަތްކުރަނީ

ފަޅު ރަށެއްގައި ބަނދެފައި އޮތް ވެލައެއް ސަލާމަތް ކުރުމުގެ މަސައްކަތް އެންވަޔަރަމަންޓް މިނިސްޓްރީ އާއި އީޕީއޭގެ ޓީމަކުން ކުރަމުން އަންނަ ކަމަށް ބުނެފި އެވެ.


މިނިސްޓްރީން ޓްވީޓްކޮށްފައިވާ ފޮޓޯ އަކުން ފެންނަ ގޮތުގައި އެ ވެލާ އޮތީ ދެ ފިޔަ ފަތް ގަހަކާ ލައި ބަދެފަ އެވެ.

ފަޅު ރަށެއްގައި ބަނދެފައި އޮތް ވެލާ

އެ ވެލާ އޮތީ ކޮން ރަށެއްގައި ކަމެއް މިނިސްޓްރީއަކުން ނުބުނެ އެވެ. މިނިސްޓްރީން ބުނީ ފަހުން ތަފްސީލް ފަހުން އާންމުކުރާނެ ކަމަށެވެ.

ވެލާ ހިފުމަކީ ރާއްޖޭގައި މަނާ ކަމެއް ނަމަވެސް އާންމުކޮށް އެކަން ކޮށް އުޅެ އެވެ. އެކަން ކުރާ މީހުންނަށް ގާނޫނީ ބޮޑެތި އަދަބު ކަނޑައަޅާފައި ވިޔަސް ފިޔަވަޅު އަޅާފައިވަނީ މަދު ފަހަރެއްގަ އެވެ.