ޚަބަރު / ފުލުހުން

ފުލުހަކާ ދެކޮޅަށް ހުށަޙެޅި ބްލެކްމެއިލްގެ މައްސަލައެއް ބަލަނީ

ފުލުހަކާ ދެކޮޅަށް ހުށަހެޅި ބްލެކްމެއިލްގެ މައްސަލައެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން ބަލަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އުމުރުން 29 އަހަރުގެ ފިރިހެން ފުލުސް މީހާއާ ދެކޮޅަށް ބްލެކްމެއިލް ކުރުމުގެ މައްސަލައެއް މިދިޔަ އާދިއްތަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ. އެކަމަކު، އެ މައްސަލައިގެ ޖިނާއީ ބައިގެ އިތުރުން، އެ ފުލުސް މީހާގެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން ވެސް ބަލަމުން އަންނަ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި އެކަމެއް ހިނގީ އދ. ފެންފުށީގަ އެވެ. ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން އޭނާ ވަނީ އެހެން ރަށަކަށް ބަދަލުކޮށްފަ އެވެ. އޭރު ބްލެކްމެއިލްގެ މައްސަލައެއް އުޅޭ ކަމެއް ފުލުހުންނަށް ހުށަހަޅާފައެއް ނުވެ އެވެ.

ފުލުހުންގެ ތަރުޖަމާން އިޒްމިއާ ޒާހިރު ވިދާޅުވީ ޕްރޮފެޝަނަލް ސްޓޭންޑާޑްގެ ތަހުގީގަށް އެ މީހާ މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

"ތަހުގީގުގެ ވަރަށް ކުރީކޮޅު ވީމާ އަދި ބައެއް ކަހަލަ ތަފްސީލު ހާމަކުރަން ދަތި. މައުލޫމާތު ހާމަކުރެވެން އޮތް މިންވަރަކުން ހާމަކުރަމުން ދާނަން،" އިޒްމިއާ ވިދާޅުވި އެވެ.

6 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 0%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

1828

16 October 2019

އާނ ރާއްޖެތެރޭ ފުލުހަކު މާލެ ގެނައުން އެއީ ފަރުބަދައެއް ކެނޑުންހާ އުނދަގޫ ކަމެއްވިއްޔަ. ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން ތަހުޤީޤްކޮށް ފިޔަވަޅު އަޅާފައި، އަދި ޖިނާއީ ތަހުޤީޤެއްކޮށް ފިޔަވަޅު އެޅީމައި އެދެވެނީ އެއްކުށައް 02 އަދަބު. ޤާނޫނު އަސާސީގެ 2 ވަނަ ބާބުގެ (އަސާސީ ޙައްޤުތަކާއި މިނިވަންކަަން) 60 ވަނަ މާދާއްގައި 'އެއްކުށަކަށް ދެފަހަރަށް އަދަބު ނުދިނުން' ހިމަނާފައިވޭ.

The name is already taken The name is available. Register?

ހަކީމް

16 October 2019

މިމައްސަލަ ފުރަތަމަ އޮއްބާލަން އެބޭފުޅާ މައްޗަށް ތިބިމީހުން މަސަތްކަތް ކޮއްފައިވާކަން ވަރަށް ރަނގަޅަށް ހާމަވޭ ...

The name is already taken The name is available. Register?

6 ރޮށި ދޮންރިހައެއް

15 October 2019

ފުލުހަކު ބްލެކް މެއިލް ތާނަ އަކުރުން ލިޔެވިފަވާ ބޭރު ބަހެއް މިނޫން ދުވަހެއް ނުފެނުނު

The name is already taken The name is available. Register?

މަންނާނު

15 October 2019

ތިވެސްް އޮއްބާލީތި

The name is already taken The name is available. Register?

ބަބުރަންޖީ ހާޖީ

15 October 2019

ބުލެކްމެއިލަށް ދިވެހިންކިޔާބީ އަނދިރިމެއިލްތޯ.

The name is already taken The name is available. Register?

އުދުހޭ

15 October 2019

އަނދިރި ސިޓީއުރަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454