އާޓިފިޝަލް ބީޗް ތަރައްގީ ކުރަނީ: ރޯދަޔަށް ޕާކަކަށް ހަދައި އެ ތަން ހުޅުވުމަށް ވަނީ ނިންމާފައި-- ފޮޓޯ: ހުސައިން ވަހީދު/މިހާރު
22 އޮކްޓޯބަރ 2019 - 09:09
އާޓިފިޝަލް ބީޗުގައި އިންދާ ވެއްޓިގެން ހޮސްޕިޓަލަށް ގެންދިޔަ އިރު މަރުވެފައި އޮތް މީހާގެ އާއިލާއާ މިހާރު ގުޅިއްޖެ ކަމަށް، އޭޑީކޭ އިން ދާދި ދެންމެއަކު ބުނެފި އެވެ.
"އާއިލާ އިން މިހާރު އެބަ އާދޭ ހޮސްޕިޓަލަށް،" އޭޑީކޭގެ އޮފިޝަލަކު ވިދާޅުވި އެވެ.
ކާކުކަން އެނގޭނެ ގޮތެއް ނެތުމުން އޭޑީކޭ އިން ވަނީ ޓްވިޓާ މެދުވެރިކޮށް، އާންމުންގެ އެހީއަށް އެދިފަ އެވެ. އޭޑީކޭގެ ޓްވީޓެއްގައި ބުނީ އުމުރުން 50-60 އަހަރާ ދެމެދުގެ ފިރިހެނަކު މިއަދު ހެނދުނު އެމަޖެންސީއަށް ގެނައި އިރު ވެސް ދިރިއޮތްކަމުގެ ނިޝާނެއް ނެތް ކަމަށެވެ. އަދި އޭނާ ސަލާމަތްކުރެވޭތޯ ޑޮކްޓަރުން މަސައްކަތްކުރި ކަމަށް ވެސް ބުނެފައިވެ އެވެ.
URGENT
— ADK Hospital (@ADKHospital) October 22, 2019
An unidentified elderly (~50-60y), man, wearing a blue short, was brought this morning to our ER from Artificial Beach with no signs of life. Unfortunately we have not been able to revive him. Please assist @PoliceMv to identify him.
"މިހާރު"އަށް އެނގިފައިވާ ގޮތުގައި ފަތިހު މޫދަށް ގޮސް އުޅުނު އެ މީހާ ވެއްޓުނީ މޫދުން އެރި ތަނުންނެވެ. އެކަމަކު ފުލުހުން ބުނާ ގޮތުގައި ހާލު ދެރަ މީހާ ފެނުނީ އާޓިފިޝަލް ބީޗުގެ ގޮނޑިއެއްގައި އިށީނދެ އިންދަ އެވެ. ފުލުހުންނަށް ބަޔަކު އެންގީ، ވެއްޓުމުން އޭނާ ގެންގޮސް ގޮނޑިއެއްގައި ބައިންދާފައި އިންދާ ކަމެއް، ނުވަތަ އާންމުންނަށް އޭނާ ފެނުނީ ހާލުދެރަވެފައި އިންދާ ކަމެއް ސާފެއް ނުވެ އެވެ.
މިހާރު އަލުން ތަރައްގީކުރަމުން އަންނަ އާޓިފިޝަލް ބީޗަށް ހެނދުނު ގަޑީގައި މީހުން މޫދަށް އެރެ އެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ މީހުން ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިލާވަޅު
22 October 2019
މިހުންނަނީ ސަމާލުވާންޖެހޭ ކަންކަން ގެއިން ބޭރައް ނުކުންނަ ނަމަ އެމީހެއްގެ އައި.ޑީ.ކާޑް އަދި ފޯނަކީ ވަރައް މުހިއްމު އެއްޗެއް ވަރައް ގިނައިން ދުވަސްވީ އުމުރުފުރައުގެ މީހުން ބޭރައް ނިކުންނައް އިރު މިތަކެތި ހަމައެއްނުވާނެ ނުވަތަ ނުގެންދާނެ ކޮންމެ އާއިލާއަކުންވެސް މިކަހަލަ ކަންކަމައް ސަމާލިކަން އެބަދޭންޖެހޭ އަދި ހޭލުންތެރިވާން ޖެހޭ.. ނުރައްކާހަލަތެއްގައިވެސް މީހަކައް އެހީތެރިކަން ފޯރުކޮށްދެވޭނީ އޭރުން ނޫނީ ފުލުހުންވެސް ޖެހޭނީ ޓީވީގޮވަން..
ފުލޯ
22 October 2019
ޕަޕްލިކް ބީޗް ތަކުގަ ކީއްވެތަ ލައިފް ގާޑުން ނުބައިތިއްބަނީ
ޒުވާނާ.
22 October 2019
65 އަހަރު ވީމަ ޓެގެއް އަޅުވާ އޭރުން މަރުވެގެން ވެއްޓިފައޮތަސް އެއީ ކާކުކަން އެނގޭނެ
ދިވެހިދަރި
23 October 2019
ކޮންމެކަމަކީ ބޮޑު ޖޯކަކަށް ހެދުން އެއީ ރަނގަޅު ކަމެއްނޫނެވެ.
ރަޒީ
23 October 2019
"ޒުވާނާ" ޖަހައިގެން ކޮމެންޓް ކުރާއިރު ހީވަނީ ތީ މުސްކުޅި ނުވާނެ މީހެއްހެން.
ދިވެހި ރައްޔިތެއް
22 October 2019
ދިވެއްސެއް ތަ؟
moosa
22 October 2019
ކޮންމެހެން މާހާސަރު ދަންމަން ނުހަދާ އަވަހަށް ތިމީހާ ވަޅުލެވޭތޯ ބަލާ، އުމުރުން ދުވަސްވީ މީހަކު ރަނަކަށް ދާނަމަ އެމީހަކާއެކު އެހީރެރިޔަކު ދިޔުން ވަރައް މުހިންމު، ސަބަބަކީ ހާލު ދެރަވާނެ ވަގުތެއް ނޭންގޭތީ!!
ހޭހަން
22 October 2019
ދެންވެސް އަވަހަށް ކަންކަން ނިންމާފަ ވަޅުލެވޭތޯއުޅޭ.
ހުތާ
22 October 2019
އެމީހާއަށް ސުވަރުގެ މިންވަރު ކުރައްވާށި، މިހާގެ ފޮޓޯ އާއްމު ކުރާ ހިސާބަށް ކަންދިޔަ ހެނެއް ނިޔެއް ނުވެއެވެ. ކޮންމެއަސް މިހާ އެއޮތީ މަރުވެފައެވެ. އެހެން ކަމުން މަރުވެފައިވާ އޮތްވާ ފޮޓޯ ނަގައި އާއްމުކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. ފިންގަޕްރިންޓުން އެއީ ކާކުކަން ފަސޭހަ ކަމާއިއެކު ދެނެގަތުމަށް ހޮސްޕިޓަލުތަކާއި ފުލުހުންނާއި ގުޅިގެން މަސައްކަތް ކުރަން އެބަހެއެވެ. ކޮންމެ މީހަކަށް އައިޑީ ކާޑު ހަދާދޭއިރު އަދި ޕާސްޕޯޓް ހައްދާއިރު ފިންގަޕްރިންޓްނަގައެވެ.
ރަހުމަ
22 October 2019
މަރުވިމީހާގެ މޫނުވެސް ނެތީތޮ މޫނު ގެ ފޮޓޮއެއް ފެނުނިއްޔާއިނގުދާނެ
ވިސްނާލާފާ
22 October 2019
މީހަކު ފާހަގަ ކުރާއިރު ނޫސޯއްޓަކީ މާ މުހިންމު އެއްޗެއްތަ؟ ހައިރާންވެއްޖެ. ތިޔަބުނާ ނޫސޯއްޓެއް ލައްވާފާ އެމީހަކު ގެއިންބޭރަށް ލީބަޔަކު އުޅޭނަމަތާ ނޫސޯޓު މުހިންމުވާނީ. މިއުޅެނީ އެމީހަކު ގެއްލިގެންވެސް ބަޔަކު ނޫޅެގެން. މަރުވެފާވާ އެމީހާގެ ފޮޓޯއެއް އާންމު ނުކުރެވެންޏާ، އެމީހަކީ ކާކުތޯ ބަލާލަން އޭޑީކޭއަށް ގޮސް މޫނު ދެކިލުމަށް އެދުނިއްޔާވެސް މާ ރަނގަޅުވާނެ ކަމަށް ފެނޭ.
ޖާނޫ
22 October 2019
ފޮޓޯ ޖަހަން ބުނާ ފަރާތްތަކަށް: ޕޮލިސްއައްވެސް ފޮޓޯ ޖަހާލައިގެން ހޯދަން ފަސޭހަވާނެ. އެކަމަކު މައްޔިތާގެ އާއިލާއަށް އިހުތިރާމު ކުރުމުގެ ގޮތުންކަންނޭގެ ފޮޓޯ ނުޖަހަނީ. އާއިލާ މީހެއް ނިޔާވިކަން ނޫހުގަ ހުރި ފޮޓޮއަކުން އިނގެން ބޭނުމެއްނުވާނެ ދޯ. މިހެން އިއުލާނު ކުރުމުން ހުރިހާއެންމެންވެސް އާއިލާގެ މީހުން ކޮބައިތޯ ބަލާ މީހަކުގެ ހަބަރެއް ނުވެގެން އުޅެންޔާވެސް އޭޑީކޭއަށް ގޮސް މައްޔިތާ އައިޑެންޓިފައި ކުރެވޭތޯ ބަލާނެއެންނުން؟