ގުޅިފަޅު ހިއްކުމުގެ އެއްބަސްވުމުގައި ނޭޝަނަލް ޕްލޭނިންގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު އާއި ބޮސްކާލިސް ވެސްޓްމިންސްޓާ ކޮންޓްރެކްޓިންގެ ކުންފުނީގެ އޭރިއާ މެނޭޖަރު ޑޭވިޑް ބޫސްޓެޑް ސޮއިކުރައްވަނީ.
22 އޮކްޓޯބަރ 2019 - 15:35
ގުޅީފަޅަށް ކޮމާޝަލް ޕޯޓު ބަދަލުކުރުމުގެ މަސައްކަތަށް، އެ ރަށުގެ ބޮޑު ސަރަހައްދެއް ހިއްކަން ބިޑަކާ ނުލައި 53 މިލިއަން ޑޮލަރު (817 މިލިއަން ރުފިޔާ) އަށް ނެދަލެންޑްސްގެ ބޮސްކާލިސް ވެސްޓްމިންްޓާ ކޮންޓްރެކްޓިން ކުންފުންޏާ ހަވާލުކޮށްފި އެވެ.
މާލޭގެ ތޮއްޖެހުން ކުޑަކުރަން ކުރިއަށްގެންދާ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ މަސައްކަތުގެ އެއްބަސްވުމުގައި މިިދިޔަ ބުރާސްފަތި ދުވަހު، ނޭޝަނަލް ޕްލޭނިންގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު އާއި ބޮސްކާލިސް ވެސްޓްމިންސްޓާ ކޮންޓްރެކްޓިންގެ ކުންފުނީގެ އޭރިއާ މެނޭޖަރު ޑޭވިޑް ބޫސްޓެޑް ވަނީ ސޮއިކުރައްވައިފަ އެވެ.
އެއްބަސްވުމުގެ ތެރެއިން ގުޅިފަޅުގެ 6 މިލިއަން ކިއުބިކް މީޓަރުގެ ބިންހިއްކައި ހަތަރު ކިލޯ މީޓަރުގެ ތޮއްޓެއް ލާނެ އެވެ. އެ މަސައްކަތްތައް ނިންމަން ދީފައިވަނީ 180 ދުވަހުގެ މުއްދަތެކެވެ.
ޕްލޭނިން މިނިސްޓްރީގެ މީޑިއާ ޔުނިޓުން މައުލޫމާތު ދިން ގޮތުގައި، ބޮސްކާލިސް ވެސްޓްމިންްޓާ ކޮންޓްރެކްޓިން ކުންފުންޏާ މަސައްކަތް ހަވާލުކުރީ މާލިއްޔަތުގެ ގަވާއިދުގެ ދަށުން، އެކަމަކު ބިޑަށް ހުޅުވާލައިގެނެއް ނޫނެވެ. އެހާ ބޮޑު ސަރަހައްދެއް ހިއްކުމަށް ދާނެ ހަރަދާއި ވަގުތަށް ބަލައި ޓެކްނިކަލް ގޮތުން އެގޮތަށް ކަނޑައެޅީ ކަމަށް މިނިސްޓްރީން ބުންޏެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ، ބިން ހިއްކުމާއި ކަނޑުފަޅުގައި ގާއިމްކުރާ އެކި ބާވަތުގެ އުމްރާނީ ވަސީލަތް ދުނިޔޭގެ ފެންވަރުގައި ކުރަމުން އަންނަ ބޮސްކާލިސް ކުންފުނިން މީގެ ކުރިން ވެސް ރާއްޖޭގައި ކާމިޔާބުކަމާއެކު ބިން ހިއްކުމުގެ މަޝްރޫއުތައް ހިންގާފައިވާ ކަމަށެވެ. އެގޮތުން 2007 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ދެމެދު މީހުން ދިރިއުޅޭ 10 ރަށެއްގައި ޖުމްލަ 198 ހެކްޓަރުގެ ބިން ހިއްކާފައި ވެ އެވެ.
ގުޅިފަޅު ބިންހިއްކަން ހަވާލުކުރިއިރު، ގުޅިފަޅުގެ މާސްޓަ ޕްލޭނާއި މާލޭ އުތުރު ބަނދަރުގެ މާސްޓަ ޕްލޭން ހަދަން ސިންގަޕޫރުގެ ބަޔަކާ ވަނީ ހަވާލުކޮށްފަ އެވެ. އެ ދެ މަސައްކަތް ސިންގަޕޫރުގެ އެޗްކިއު ކުންފުންޏާ ހަވާލުކުރީ، ދައުލަތުގެ ބަޖެޓުން ހޭދަކުރާ ގޮތަށް، 650،000 ޑޮލަރު (10 މިލިޔަން ރުފިޔާ) އަށެވެ.
ޕްލޭން ހަދަން ބޭރުގެ ބަޔަކަށް ހަވާލުކުރިއަސް އެ މަސައްކަތަށް އަދި ފައިސާ ހަމަނުޖެހޭ ކަމަށް މިނިސްޓްރީން ކުރިން ބުންޏެވެ.
ރާއްޖޭގައި ބިން ހިއްކުމުގެ ބޮޑެތި މަޝްރޫއުތައް ފަހަކަށް އައިސް ހިންގަމުން އަންނަނީ އެމްޓީސީސީ އިންނެވެ. އަދި ބިން ހިއްކުމުގެ މަސައްކަތަށް އެ ކުންފުނިން 36 މިލިއަން ޑޮލަރު ހަރަދުކޮށްގެން މަހާޖައްފާރުގެ ނަމުގައި ބޮޑު ޑްރެޖަރެއް ގެނެސްފައި ވެ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި މި މަޝްރޫއާ ބެހޭ އެއްވެސް މައުލޫމާތެއް އެމްޓީސީސީއަކަށް ވެސް ނޭނގެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބިރިހިންބެއްޔާ
24 October 2019
ވައްކަން ނުވަތަ ސައްޙަ. ރުހުމާއި ނުރުހުން. ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެ. އަދުލުވެރި ވެރިޔަކު ނަމަ އިތުބާރުކުރުންވެސް ނެތްކަމެއްނޫން!
މިގޭ
24 October 2019
ހުސްވައްކަން. އައުވައްތަރުގެ ވައްކަން އަދި އިރާދަކުރެއްވިއްޔާ ބަލާނަން.
ރަންރީނދޫޓްވިޓަރޭ
23 October 2019
ކީއްވެބާ މިނިސްޓަރު ސޮއިނުކޮށް ސިވިލްސާވިސް މީހެއްލަށްވާ ސޮއިކުރުވީ އެގްރީމެންޓްގަ. ހީވޭ ވަގުކަމެއް ކުރުވާފަ ރެކެން އުޅޭހެން.
އޮނަރަބްލް އަފީފު ދީދީ
23 October 2019
ތުރާކުނުން އައްޑުއަށް ހިމެނޭ ރަށްރަށުގެ މީހުނަށް މަޖުބޫރީހާލަތް މެދުވެރިކޮށް "މާލޭގައި ބޯހިޔާވަހިކަން ބޮޑުވެއްޖެކަމަށް ދައްކައިގެން" ދައުލަތުގެހަޒާނާ ކޮންކްރިޓަށްހެދުމަށް ތާއީދުނުކުރިކަމުގައިވިޔަސް "ރައްޔިތުން ބިންވެރިކުރުމަށް" ބިންހިއްކުމަށް ތާއީދު ކުރަން. # ގުޅިފަޅަށްފަހު ލާމް ގުޅިފައިވާ ހުރިހާ ރަށްރަށާއި އައްޑޫސިޓީގެ ހުރިހާ އަވަށްތަކެއް ހިއްކެންއޮތް އެންމެ ބޮޑުމިނަށް ހިއްކާފައި ބިންވެރި ކުރަންވީ. އެކަމަކު ދައުލަތުން ފްލެޓް އަޅައިގެން ނުވާނެ.
އަލީ ރަމީޒު އިބުރާހިމް
23 October 2019
ދިވެހި ކުންފުންފުނި ތަކަށް ތިޔަށް ވުރެ ހެޔޮ އަގުގަ ކުރެވެން ހުރިކަންކަން ތިޔައީ، ބޭރުބަޔަކަށް ދިނުމުން ކޮރަޕުސަން އޮންނާނޭ ކަމަށް ވަރަށް ބޮޑަށް ގަބޫލު ކުރެވޭ. މުޅި މި ވެރިކަމަކީ ނަސީދުގެ ތަރިކަ އަކަށް ވެއްޖެ. ދިވެހިން ވެރިކަން ހަވާލު ކުރީ ނަސީދު އަކާ ނޫން. ސޯލިހު ކިޔާ ބޭފުޅަކާ. އެބޭފުޅާ އަށް ވެރިކަން ނުކުރެވެންޏާ އިސްތިއުފާ ރީތިކޮށް ދިނުމަކީ އޮތް އެންމެ ރަގަޅު ހައްލު،
މުރާސިލް
23 October 2019
ވަށްކަމުގެ އާވަށް ތަރު ތަކެއް މިސަރުކާރުން ތަޢާރަފް ކޮސްދީފި ގެއްލުމުގެ ބަދަލް ބިންހިއްކުން ބިޑަކާނުލާ މިހާރުވެސް އެމްއެމްޕީއާރުސީގެ ޚިޔާނާތައްވުރެބޮދޫވެއްޖެ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ އަގަކީ 1.2 ބިލިޔަން މި ޕްރޮޖެކްޓައްވެސް 0.8 ބިލިޔަން ބާކީ 0.38 ބިލިޔަންވީމަ އެމްއެމްޕީއާރުސީގެ ޚިޔާނާތާ އެއްވރުވީ ސާބަސް އިބޫ
މަޑޫ
23 October 2019
ބަލަ ބިން ނުހިއްކާވެސް ބޮސްކާލިސްއަށް 53 މިލިޔަން ޑޮލަރު ހަދިޔާއަކަށް ދެވިދާނެއެއްނު. އޭރު ރައްޔިތުންނަށް މާސާފުވާނެ ކޮންކަމެއްކަން މިކުރަނީ. ކޮންމެފަހަރަކު ވެރިކަން ލިބުނީމާ އަތަށް އޮޅާލަނީ. މިފަހަރުވެސް މިސްރާބު މިހުރީކީ މާކަ ރަނގަޅު ފާޑަކަށްނޫން. ޕުލޭނިން މިނިސްޓްރީ ސާފުކުރޭ!
ޖެމް
23 October 2019
ނޭޝަނަލް ޕްލޭނިންގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު، ބޮޑަށް މިނިސްޓަރ ލައްވަ ސޮއިކުރުވަން ހަދާ، ފަހުން އަންނާނެ ރޯޅިއަށް އެބޭފުޅުން ބޯދަމައިގަންނަން ކަމަނާމެން ލައްވާ ގަނޑުގަ ސޮއި ކުރުވަނީ.
ހަނުހުންނަމީހަ
23 October 2019
ކޮރަޕްޝަން އަށް ޒީރޯ ޓޮލެރެންސް ކަމަށް ގަބޫލުކުރަން ދަތި. ބިޑްކުރުމެތްނެތި ހަވާލުކުރުމަކީ މައްސަލައެއް
މަހާ ކޮންނަބޯޓު
23 October 2019
މަހާ ޖައްރާފަކީ ތި ބޮސްކާލިސްގެ ކޮންނަ ބޯޓުތައްވެސް ބަނދެފައިވާ ކުންފުނި އައި.އެޗް.ސީ ނެދަރލެންޑްސް އިން ބަނދެފައިވާ ބޯޓެއް. ބިންހިއްކުމުގެ މަޝްރޫޢުތައް ހިންގާއިރު މާ ބޮޑެތި ބޯޓުތައް ގެނެސް ރާސްޓަސް ލާފަ ހިއްކާލާފަ އެ ސްޕީޑުގައި ތޮށި ނުލެވޭނަމަ ވެލިތައް ގިރައިގެން ދިޔާމަ އެކުރެވެނީ އިސްރާފު. އެމް.ޓީ.ސީ.ސީ ގެ މަހާޖައްރާފުން ބިން ހިއްކަމުން ތޮށިލަމުން މި މަޝްރޫޢު ނިންމޭނެ މާ ކުޑައަގެއްގައި. ބޮސްކާލިސް މޮބިލައިޒް ކުރަންވެސް 9 މިލިއަން ޑޮލަރު ނަގާނެ