ހިއްކައިގެން ތަރައްގީކޮށްފައިވާ ކ. ގުޅިފަޅު: މިތަނުގެ ބޮޑު ސަރަހައްދެއް ހިއްކުން ބީލަމަށް ނުލައި ބޮސްކާލިސްއާ ހަވާލުކުރުމުން ފާޑުކިއުން ވަނީ އަމާޒުވެފައި. --ފޮޓޯ/މިހާރު
24 އޮކްޓޯބަރ 2019 - 10:10
ގުޅިފަޅުން ބޮޑު ސަރަހައްދެއް ހިއްކަން ބިޑް ކުރުމެއް ނެތި 53 މިލިއަން ޑޮލަރު (817 މިލިއަން ރުފިޔާ) އަށް ބޮސްކާލިސްއާ ހަވާލުކުރީ ރަނގަޅަށްތޯ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.
އޭސީސީގެ މީޑިއާ އޮފިޝަލް ހަސަން މަނިކު މިއަދު ވިދާޅުވީ އެ ކޮމިޝަނުގެ އަމިއްލަ އިސް ނެގުމަކަށް އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އޭސީސީން މިކަން ބަލަން ފެށިއިރު، ދައުލަތުން ބޮޑު ހޭދައެއް ކުރާ މި މަޝްރޫއު، ބީލަމަށް ހުޅުވާނުލައި ބޮސްކާލިސްއާ ހަވާލުކުރި މައްސަލައިގައި ދަނީ ސުވާލު އުފައްދަމުންނެވެ. ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ސިޔާސަތެއް ކަނޑައަޅާފައިވާ ސަރުކާރުން މަޝްރޫއުތައް ހަވާލުކުރުމުގައި ދެފުށްފެންނަ އުސޫލަކަށް އަމަލުކުރަން ވެސް އަންނަނީ ގޮވާލަމުންނެވެ.
ޕްލޭނިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ބިޑަށް ހުޅުވާ ނުލި ނަމަވެސް އެ މަޝްރޫއު ހަވާލުކުރީ މާލިއްޔަތު ގަވާއިދާ އެއްގޮތަށެވެ. އެހާ ބޮޑު ސަރަހައްދެއް ހިއްކުމަށް ދާނެ ހަރަދާއި ވަގުތަށް ބަލައި ޓެކްނިކަލް ގޮތުން އެގޮތަށް ކަނޑައެޅީ ކަމަށް މިނިސްޓްރީން ބުންޏެވެ.
ނެދަލެންޑްސްގެ ބޮސްކާލިސްއާ ހަވާލުކުރީ ގުޅިފަޅުގެ 6 މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކުމަށެވެ. އަދި އެއްބަސްވި ގޮތުން، ހަތަރު ކިލޯ މީޓަރުގެ ތޮއްޓެއްލުން ވެސް މި މަޝްރޫއުގައި ހިމެނޭ އިރު ހަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހެ އެވެ.
މިއީ، މާލޭގެ ތޮއްޖެހުން ކުޑަކުރަން މި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ މަސައްކަތެކެވެ.
ބޮސްކާލިސްގެ ގާބިލްކަމަށް ބަލައި މަޝްރޫއު ހަވާލުކުރި އިރު ފަހަކަށް އައިސް ރާއްޖޭގައި ބިން ހިއްކުމުގެ ގިނަ މަޝްރޫއުތައް ހިންގަނީ އެމްޓީސީސީންނެވެ. އެ ކުންފުނީގެ ގާބިލްކަން އިތުރުކޮށް، ބިން ހިންކުމުގެ ހުރިހާ މަޝްރޫއެއް އެމްޓީސީސީ މެދުވެރިކޮށް ކުރިއަށް ގެންދަން އެ ކުންފުނިން އޮތީ ބޮޑު ޑްރެޖަރު، މަހާޖައްރާފް ގެނެސްފަ އެވެ. އެކަމަކު ބީލަމަށް ނުލައި ހަވާލުކުރި އިރު، އެމްޓީސީސީ އަށް މި މަޝްރޫއުގެ މައުލޫމާތެއް ނޭނގެ އެވެ.
މިކަމާ ގުޅޭ ގޮތުން ކުންފުނީގެ އިސް ބައެއް ބޭފުޅުން ކަންބޮޑުވުންފާޅުކުރަން ފެށުމުން، އެމްޓީސީސީން ބުނެފައި ވަނީި ސަރުކާރުން ބޭނުންވާ މުއްދަތުގައި ގުޅިފަޅު ހިއްކުމުގެ ގާބިލްކަން މަހާ ޖައްރާފުގެ ނެތް ކަމަށެވެ. އެހެން ނަމަވެސް، ވަސީލަތްތައް އިތުރުކޮށްގެން އެ މުއްދަތުގެ ތެރޭގައި ހިއްކިދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝޮކްތެރަޕީ
24 October 2019
ރައްޖޭން މިކަން ކުރެވެން އޮއްވާ. މިކަން ހަވާލުކުރި މީހުންނަ ކަޓްލިބޭގޮތައް މިކަން މިދަނީ.
އައިޖޭ
24 October 2019
އޭސީސީ އިން އެބުނަ ބީދައިން ބިޑަށް ހުޅުވާލުމަކީ، އަމިއްލަ ފަރާތް ތަކަށް މި އޮންނަ ޕްރޮޖެކްޓް ޕްރޮޕޯސަލް ހުށަހެޅުމުގެ ދޮރު ބަންދު ވުން.. މާނަ އަކީ ސަރުކާރުން ރާވާ ޕްރޮޖެކްޓްސް އެކަނި އޭ ކުރިއަށް ގެންދެވޭނީ ދޯ... އެއީކީ ރަނގަޅު ގޮތެއް ނޫން.... ބިޑކާ ނުލާ ޕްރޮޕޯސަލް ހުށްހެޅޭން ޖެހޭ، ދެން އެ ޕްރޮޕޯސަލް ގެ ރޭޓް ތައް، މިހާރުގެ އަގު ތަކަށް ފެތެންޔާ ކުރިއަށް ދާންވީ... ސްޕީޑް ބާރު ކުރަން ވީ
ސަލީމާ
24 October 2019
ޝާހުމެން ސޯޓުބޭލުނީދޯ. އެކަމުވެސް ލަދެއްނުގަންނާނެ. މީގެކުރިން ތިކުންފުނީގެ އެ ކެޕެސިޓީހުރި. ކަލޭގެ މިސަރުކާރު ޖަހާހާ ސަކަރާތުގެ ޖެހިގެންހުރެ ތިފާޑުގެވާހަކަ ދެއްކީމަ ކަމަކުނުދޭ ޕްލޭނިންއާ ގުޅިގެން ކަޓްނަގަން ތިއުޅުނީ.
ޖޖޖޖ
24 October 2019
ފޯނުބިލަށް 4 ލައްކަ އެރުވި އަސްލަމު ކުޑަކަކޫ މައްޗައް.
ޖަމަލު
24 October 2019
ތީގަ ތިހެން ވެދާނެތީ، އަސްލަމް މެން ރެކެން ވެގެން ނެރުނީވެސް އެތާންގެ ޕީއެސް. ފާޑެއްގެ ޒީރޯ ޓޮލަރެންސްއެއްގަ ޖެހިފަ މިހަރު މިއޮތީ. ސަރުކާރަކީ 6 އެއްކަ މީހުންގެ ބަސް އެކަނި.
އޭ.ސީ.ސީ
24 October 2019
އޭ.ސީ.ސީ އަށް ވެސް މިހާރު ޑްޖެޖަރެއް ގެނަައީމަ މިކައް ވައްނަން ޖެހުނީ
66677
24 October 2019
ކަނބުލޯ ޝިފޫ ތީތި ހުއްޓުވާ ދީބަލަ. މަމެން ލ. އަތޮޅުގައި ރާޢްޖޭގެ އެންމެންނަށް ގޯތި ކަނޑާ ދެވޭ ވަރަށް ބިން އެބައޮތް. ތީ ވަރަށް ބޮޑު އިސްރާފެއް. ތިޔަ ލާރި ހުރިހާ އަތޮޅަކަށް ބަހާލީމާ ކޮންމެ އަތޮޅަކަށް ޖެހޭ 40 މިިލިއަން. އެ ލާރި މަސްފެކްރީ ހެދިއަސް މާލެ ލުއިވާނެ.
ކާށި
24 October 2019
ބަލަގަ މިމީހުން އަޅެރައްޔަތުންނައް ކަމެއްކޮއްދޭނީ ކޮންދުވަހަކުންތަ އަބަދު އަބަދު ބަޔަކުފެލާލައިގެއް މީހަކުހޭއަރުވާލުންނޫކަމެއް އަދިނުކުރޭ
ފފފފފ
24 October 2019
ވަނަސް ތިއީ ބަދަލުވާނެ ކަމެއްނޫން. މިހާރު ބަދަލުދީގެން ޖީބަށް ވަންނާނެ އެއްޗެހި ނެތީމަ، ޕްރޮޖެކްޓުން ބައިހޯދަން މިފެށީ.
ބޯގަޅި
24 October 2019
ތިޔަ މަކުގައި ޢޭސީސީން ނެރޭ ރިޕޯޓް ރަނގަޅު ވާނެ.. އެހެންނޫނީ މެމްބަރުން ބަދަލު ކުރާނެ