މާލޭގައި ދިރިއުޅޭ ޒުވާން އަންހެނަކު ގެއްލިގެން ފުލުހުން ހޯދަން ފަށައިފި އެވެ.
ގެއްލިގެން ހޯދަނީ ހ. ލާމިޔާ، ކ. މާލޭގެ 23 އަހަރުގެ އައިމިނަތު ނަޝާ ނާޝިދެވެ. ފުލުހުން ބުނި ގޮތުގައި އެ އަންހެން މީހާ ގެއްލިގެން އެތަނަށް ރިޕޯޓު ކުރީ މިދިޔަ ބުދަ ދުވަހުގެ ދަންވަރު 1:30 ކަން ހާ އިރެވެ. އެ އަަންހެން މީހާއާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުންނެއް ހިއްސާއެއް ނުކުރެ އެވެ.
ނަޝާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އެތަނުގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅަން ފުލުހުން އެދުނެވެ. މިފަދަ ކަންކަމުގައި އާންމުން ދޭ އެއްބާރުލުމަށް ފުލުހުން ޝުކުރު އަދާކުރި އެވެ.