ޓޫރިސްޓު މީހާ ކަރަށް އެރި ވަޒަން: އޭނާ އަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުން. --
06 ނޮވެމްބަރ 2019 - 16:23
ގިރިފުށީގައި ޓްރެއިނިންނެއް ހަދަމުން ދަނިކޮށް، އެ ސަރަހައްދު ބޭރުގައި އޮތް ސަފާރީއެއްގައި ހުރި ޓޫރިސްޓެއްގެ ގަޔަށް ވަޒަނެއް އަރައި މިއަދު ޒަހަމްވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ އެ ވަޒަން ގޮސް އޭނާގެ ގައިގައި ޖެހުނީ އެހެން ތަނެއްގައި ޖެހި ބާރުކެނޑިފައި ވަނިކޮށް ކަމަށެވެ. އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
"މިހާރު"އަށް އެނގިފައިވާ ގޮތުގައި ސީ އެމްބިއުލެންސްގައި އޭނާ ހިންމަފުއްޓަށް ގެންދިއުމުން އެ ރަށު ސިއްހީ މަރުކަޒުގެ ޑޮކްޓަރުން އަރާ ފަރުވާ ދިނެވެ. އަދި އޭގެ ފަހުން އޭނާ ކޯސްޓް ގާޑުގައި މާލެ ގެންދަން ފުރީ ކަމަށް، ހިންމަފުށިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
"ހިއެއްނުވޭ މާ ސީރިއަސް ޒަހަމްއެއްހެނެއް. ކަރު ބެންޑޭޖްކޮށްފައި އޮތީ،" އޭނާ ބުންޏެވެ.
އޭނާ އަށް މިހާރު ޓްރީ ޓޮޕް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.
ގިރިފުށީގައި ކުރިއަށް ގެންދާ ތަމްރީންތަކުގައި ލައިވް ވަޒަން ބޭނުންކުރާ އިރު، ކަނޑު އުޅަނދު ފަހަރަށް އަންގަން ރަތް ދިދައެއް ނަގާފައި ހުރެ އެވެ. އެ ދިދަ ނަގައިފި ނަމަ، ގިރިފުއްޓާ ވަކި ހިސާބަކުން އުޅަނދުފަހަރު ދަތުރުކުރުން މަނަ އެވެ.
ވަޒަން އެރި އިރު ސަފާރީ އޮތީ ގިރިފުށީގެ ހުޅަނގު ފަރާތުގަ އެވެ. އެކަމަކު އޭރު ސަފާރީ ދުއްވާފައި ދިޔައީ ކަމެއް ނުވަތަ އަޅާފައި އޮތީ ކަމެއް ނޭނގެ އެވެ.
މީގެ ކުރިން، 2015 ވަނަ އަހަރު ގިރިފުށީގައި ޖެހި ވަޒަނެއް، އެ ރަށާ ކައިރީގައި އޮތް ހިންމަފުށީ ގެއެއްގެ ދޮރަށް އެރި އެވެ. ނަމަވެސް އޭރު އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިޔާނާ 83
08 November 2019
ޢަހަރުމެން އެންމެން ހެލްމެޓް އަޅުވާފަ މި ޖަހަނީ ބޮލަށް ބަޑި ، ދެން ތިބެގަ ހެވިފަ ، މަޖްލިސް ތެރޭގަވެސް އެކަކު އަނެކަކާ ތަޅާ ފޮޅާ ، ގޭމް ކުޅުނީމަ އެ ނިމުނީ ނުން
ރަންދެލި
07 November 2019
ސަލްޓަން ޕަކު ތެރޭ މނޑފ ގެ ބަޑި ޖަހާ ރޭންޖު ހަދަން ފެންނަނީ....
ގުދޯގުދޯ
07 November 2019
މީ ވަކި ސަރުކާރެއް އައިސްގެން ރާވައިގެން ކުރާކަމެކޭ ދޭހަވާގޮތަށް ކޮމެންޓް ކުރައްވާ ބޭފުޅުންގެ ސިކުނޑީގެ ތެތްކަމާ ދޭތެރޭ ސުވާލު އުފެދޭ. ގައުމުގައި މީހަކަށް މާ ވަސްގަދަ ފޮޑިއެއް ޖެހުނަސް ނަޝީދޭ ޔާމީނޭ ކިޔައިގެން ވާހަކަ ދައްކަފާނެ. ސިޔާސީ ގޮތުން ވަކި ފިކުރަކަށް ބުރަވިޔަސް މީ ދެން ވަރަށް ބޮޑުވަރު. ބައެއް ކަހަލަ ކަންތައް ހުންނާނެ ސިޔާސީ ނުވާކަންތައްވެސް. ދިވެހިންގެ ވިސްނުން މިޔަށް ވުރެ ތޫނުވާން, ފުޅާވާނެ އެބަޖެހޭ.
ރަންދެލި
07 November 2019
ބާރު ކެނޑިފަ އިން ވަޒަނަކުން ޖެހިލިއްޔޯ!!!!
ނޫރު
07 November 2019
ޔާމީނު ސަރުކާރުގައި ވީ ކަމެއްނަމަ މާރިޔާ ފުޑުފުޑުވާނެ ކުރަނީ މި ސަރުކާރުން ކުރަނީ މިކަހަލަ ކަންކަން ބޯހަލާކު
ސަލާހު
07 November 2019
ބޮޑު ހަރަދުކޮއް ކިޔަވައިގެން ގައުމެއް ނުހިންގެން އުޅެނީ! ދިވެހެންގެ ތެރޭފަރުވާ ކުޑައީ ވަކި ފެންރެއްގެ މީހެއްނޫން!
ބޮއްސާމް
07 November 2019
ބަޑީގަ ދުރުމި ނެތީތަ ނުވަތަ އަމާޒުކުރީތަ؟؟/
Ahmed Hilmy
07 November 2019
ޓޫރިސްޓުންނަށް ނުރައްކާވާ ހިސާބުގަ ތިޔަ ޓްރެއިނިންގ ނުހެދުން ރަގަޅީ. ދިދަ ނަގާފަ ޒިންމާ ކަނޑުވާލީމަ ރަނގަޅެއްނޫން.
ވާނުވާ
07 November 2019
ގިރިފުށްޓަކީ މާކުރިއްސުރެވެސް ޓްރޭނިންގް ތަށް ހަދަމުންދާރަށެއް......ވީމާ ދިދަ ނަގާފަހުރިކަން އިގެންޔާ ދަތުރުނ7ކުރުން މާމުހިންމު
ވަހީދު
06 November 2019
މީތި ޤަބޫލެއް ނުކުރެވޭ. މިޙަބަރު އެމީހުންގެ ރަށުގައި ދައްކާނީ އެހެން ގޮތަކަށް.
ނީރާ
06 November 2019
މީ އޮޅިގެން ނުވަތަ ފަރުވާ ކުޑަވެގެންވީ ކަމެއްކަމަކަށް ޤަބޫލެއް.ނުކުރަން. މީ ރޭވިގެން މިއަދުގެ ސަރުކާރު ބަދުނާމު ކުރުމަށް ހިންގާ ބޮޑެތި ޖަރީމާ. ސަރުކާރުގެ ހުރިހާ މުއައްސަސާތަކެއްގެ ތެރޭގައިވެސް މިޒާތުގެ މީހުން ގިނަ އަދަދަކަށް ތިބެގެން ސަރުކާރާއިމެދު ރައްޔިތުންގެ މެދުގައި ރުޅިވެރިކަން އުފެއަދުމަށް ކުރާމަސައްކަތް މިހާރުން މިހާރަށް ހުއްޓާލާ
ައައިޝަތު
07 November 2019
ނީރާ ކޮންމެ ކަމެއްގައިވެސް ހައްދެއް އޮންނަންވާނެ" ގަސްތުގައި މީހަކު މެރުމުގެ ނިޔަތުގައި އެގޮތަށް ވަޒަނެއްޖަހާ މީހަކަށް އަނިޔާދޭނެހެނެއް ހިޔެއްނުވޭ" ޒާތީވިއަސް ތީބޮޑުވަރު ކަމުގައި ހީވޭ"