ޅ. މާބިންހުރާ މައްސަލައިގައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރި ދައުވާ، ދައުލަތުން އެދިގެން ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
އެންމެ މަތީ ކޯޓުން ބުނީ ހައި ކޯޓުގެ ނިންމުން ޝަރުއީ އަދި ގާނޫނީ ހަމަތަކާ ހިލާފުކަމަށް ބުނެ ހުށަހެޅި އިސްތިއުނާފުގެ މައްސަލަ، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އަނބުރާ ގެންދަން ނިންމާފައިވާތީ އެ މައްސަލަ އިތުރަށް ކުރިއަށްގެންދާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި ދައުވާ ފޯމު ބާތިލްކޮށްފައިވާ ކަމަށެވެ.
ހިޔާނާތުގެ ކުށުގައި އަދީބު އަށް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން 2016 ގައި ހުކުމްކުރީ ޅ. މާބިންހުރާގެ އިކިއުޒިޝަން ކޯސްޓުގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރުު (77 މިލިއަން ރުފިޔާ) ދައުލަތަށް ނުލިބުނު މައްސަލައިގަ އެވެ. އެކަމަކު މިދިޔަ މެއި މަހު ހައި ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް މައްސަލަ އަލުން ބަލަން އަމުރުކޮށްފަ އެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފު މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ވެސް އެ ކޯޓުން މިދިޔަ އޮގަސްޓް މަހު އަމުރުކުރި އެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ޚިޔާނާތް އަލުން ތަހުގީގުކޮށް، އެ މައްސަލައިގައި އަދީބުގެ މައްޗަށް ހަތް ދައުވާއެއް ވަނީ އުފުލައިފަ އެވެ.