ޚަބަރު / ދިވެހި ފިލްމް އިންޑަސްޓްރީ

މަޖާ ރޯލްތަކުން ވިދާލި އައިސްތު މަރުވެއްޖެ

އައިސްތު.

ވަރަށް ގިނަ ފިލްމުތަކާއި ޑްރާމާތަކުގައި މަންމައެއްގެ ރޯލް ކުޅެފައިވާ އައިޝަތު ރަޝީދާ (އައިސްތު) އިއްޔެ މަރުވެއްޖެ އެވެ. އޭނާ އަކީ ފިލްމުތަކާއި އިޝްތިހާރުތަކުގައި ހެއްވާ ރޯލްތައް ކުޅެގެން ވަރަށް ބޮޑު މަޝްހޫރުކަން ހޯދި ބަތޮލާ އެކެވެ.

އެނގިފައިވާ ގޮތުގައި، އައިސްތު މަރުވީ އިންޑިއާގެ ޓްރިވެންޑްރަމަށް ސިއްހީ ފަރުވާ އަކަށް ގޮސް އުޅެނިކޮށް ހާޓްއެޓޭކެއް ޖެހިގެންނެވެ.

"އެސްޓާސް މަންމަ"ގެ ނަމުން ފިލްމީ ދާއިރާގައި މުހާތަބުކުރާ އައިސްތު ގިނަ ބައެއްގެ މެދުގައި އެންމެ ބޮޑަށް ފާހަގަކުރެވޭނީ ޔޫސުފް ރަފީއު (ޔޫސޭ)، ރޯދަ މަހު ގެނެސްދޭ ޑްރާމާ "ދިރިއުޅުމަކީ މިއީބާ؟" އިންނެވެ. އޭގެ ވަރަށް ގިނަ އެޕިސޯޑްތަކުގައި އައިސްތު މަސައްކަތް ކޮށްފައިވެ އެވެ.

އޭނާ ކުޅެފައިވާ ފާހަގަކޮށްލެވޭ ޑްރާމާ ސިލްސިލާތަކުގެ ތެރޭގައި އަބްދުލް ފައްތާހް ގެނެސްދިން "ހިނިތުންވެލާށޭ ކަލާ" ހިމެނެ އެވެ.

ފިލްމުތަކާއި ޑްރާމާތަކުގެ އިތުރުން އައިސްތު އަކީ އެކި ކަހަލަ ޓީވީ އިޝްތިހާރުތަކުން ވެސް ފެނިފައިވާ މޫނެކެވެ.

38 ކޮމެންޓް, 864 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 97%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ަސްނީ

14 November 2019

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ

އިމަނާ

14 November 2019

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ ޢާއިޝަތު އަށް ސުވަރުގޭގެ ނިއުމަތް ލެއްވުން އެދި ދުޢާކުރަން. މިފަދަ ލިއުއްވުން ތަކުގައި "މަރުވެއްޖެ" އޭ ލިއުއްވުމުގެ ބަދަލުގައި "ނިޔާވެއްޖެ" އޭ ލިއުއްވުން ރަގަޅުކަމުގައި ދެކެން. އަދި އެއީ މުސްލިމެކޭ ކިޔާ ކަމުގައިވަނީނަމަ މުހިންމުކަމެއް. އެއީ އިހްތިރާމް ކުރުމާއި، އިހްތިރާމް ދެވޭކަމެއް.

އޭބީ

14 November 2019

ދުނިޔެ އަޅާ ދިއުމާއެކު އެނގޭނެ ދުނިޔެމަތީގައި ބޭކާރު ކަންކަމުގައި ހޭދަކުރެވުނީ ކިހާ ވަގުތެއްކަން. ﷲ އެ މަރުޙޫމާގެ ފާފަތައް ފުއްސަވައި ސުވަރުގެ މިންވަރު ކުރަށްވާށި. އާމީން

ޙުސެއިން

13 November 2019

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ

مسافر

13 November 2019

إنا لله وإنا إليه راجعون، اللهم اغفر لها وارحمها وعافها واعف عنها

ހެޔޮއެދޭ ފަރާތެއް

13 November 2019

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ

ޙަމް

13 November 2019

ވަރަށް ދެރަވެއްޖެ.

ކޮބާ..ކޮބާ

13 November 2019

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ

HUSSAIN

13 November 2019

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعون

ހާމިދު ޝާހިދު

13 November 2019

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعون ކުޅަދާނަ ފަންނާނެއް. އޭނާއާއެކު އިސްތިހާރު ކުޅޭ ޔޫސޭގެ ޑްރާމާތަކުން މަގުބޫލުކަން ހޯދި އިބްރާހިމް ބެ ވެސް އުޅެނީ ވަރަށް ބަލިވެ. އެނދުންވެސް ނުތެދުވެވޭ މިހާރު. އޭނާއަށް އަވަސް ޝިފާއެއް ދެއްވާށިއެވެ. އާމީން!

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454