ޕީސީބީގެ މެމްބަރުންނަށް ރުހުން ހޯދަން މަޖިލީހަށް

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ)ގެ ބޯޑަށް އައްޔަން ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވި، ހަތް ބޭފުޅުންނަށް ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވައިފި އެވެ.


ޕީސީބީ ބޯޑަށް މެންބަރުން އައްޔަންކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރުހުން .ހޯދަން ޖެހޭނެ ކަމަށް ގާނޫނުގައި ވެ އެވެ.

ރުހުން ހޯދަން ފޮނުވި ބޭފުޅުން:

- ގދ. ތިނަދޫ، ކުދިމާގެ، ހަސަން ވަހީދު

- ގ. މެޒަރިން، އާސިމް މުހައްމަދު

- މ. ސެވޯއީ، އައިޝަތު ޝާޒްލީ

- ހ. އޮއިސިސްވިޔޫ، ރުޝާހާ އަހްމަދު

- މ. ހުދު ކަނީރުގެ، އަލީ ޝަފީޒު

- ޅ. ހިންނަވަރު، ފަހަލަ، އަލީ ޝުޖާއު

- މ. ސަތާވަރީގެ، އަހްމަދު ޝަރީފް ޔޫސުފް

ޕީސީބީގެ ބޯޑު އަލުން އެކުލަވާލައި، ބޯޑުގެ ރައީސަކަށް ހަމަޖައްސާފައި ވަނީ ހަސަން ވަހީދެވެ. ނައިބަކަށް ހަމަޖެއްސީ އާސިމް މުހައްމަދެވެ.

ކުންފުނިތައް ބެލެހެއްޓުމުގެ ޒިންމާ އަދާކުރާ ބޯޑު އަލުން އެކުލަވައިލަން ރައްޔިތުންގެ މަޖިލީހުން ކުރިން އޮތީ ލަފާދީފަ އެވެ. އެ ލަފައާ އެކު، ޕީސީބީގެ ރައީސަކަށް އޭރު ހުންނެވި މުހައްމަދު ނިޒާރު ވަނީ މިދިޔަ މަހު އިސްތިއުފާ ދެއްވައިފަ އެވެ.