ޑިންގީއަކުން ފުންމާލި މީހަކު މަރުވެއްޖެ

މާލެއިން ކ. ތިލަފުއްޓަށް ދިޔަ ޑިންގީއަކުން ފުންމާލި މީހަކު މޫދު އަޑީގައި މަރުވެފައި އޮއްވައި މިއަދު ފެނިއްޖެ އެވެ.


އެނގިފައިވާ ގޮތުގައި ޑިންގީން ފުންމާލުމުން މަރުވީ، މާލެހިޔާ، 1، އަހްމަދު އަނީސް، 33، އެވެ. އޭނާ ފުންމާލީ މިއަދު 15:16 ހާއިރު 10 މީހުންނާ އެކު މާލެއިން ތިލަފުއްޓަށް ދަތުރުކުރި ޑިންގީއަކުން ކަަމަށް އެމްއެންޑީއެފުން ބުންޏެވެ.

މަރުވެފައި އޮއްވާ ފެނުނު އަނީސް.

އޭނާ ފެނުނީ ހޯދަމުން ދަނިކޮށް 44 މީޓަރު އަޑިން ކޯސްޓުގާޑުގެ ޑައިވަރުންނަށެވެ. ޑިންގީން ފުންމާލި ސަބަބެއް އަދި ނޭނގެ އެވެ.