ވެމްކޯގެ އެމްޑީ އާދަމް މުހައްމަދު (ވ) އެ ކުންފުނީގެ މުވައްޒަފު ޔޫނުސް (މ) އާ ބައްދަލުކުރައްވަނީ -- ފޮޓޯ: ވެމްކޯ
20 ނޮވެމްބަރ 2019 - 18:10
ވެމްކޯގެ މުވައްޒަފުންނަށް ހަމަލާ ދޭ މީހުންނަށް ހަރުކަށި ފިޔަވަޅު އަޅަން އެ ކުންފުނިން މިއަދު ނިންމައިފި އެވެ.
ވެމްކޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެތަނުގެ މުވައްޒަފުންނަށް ހަމަލާ ދޭ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެތަނުގެ މުވައްޒަފުންނާ މެދު އިހާނެތިކޮށް އަމަލުކުރާ ތަން އެ ކުންފުންޏަށް ރިޕޯޓުކުރާ އާންމުންނަށް އެތަނުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ވެމްކޯއިން މިއަދު ކުރި ފޭސްބުކް ޕޯސްޓެއް
އެ ކުންފުނިން މިހެން މި ބުނީ، އެތަނުގެ މުވައްޒަފަކަށް ރޭ އަށެއް ޖަހާކަންހާ އިރު ފިރިހެނަކު ހަމަލާ ދީފައި ވަނިކޮށެވެ. ފުލުހުން ބުނި ގޮތުގައި އެ މާރާމާރީ ހިނގީ ފަނޑިޔާރު މަގުގައި ހުންނަ ގެއަކުން ނުކުތް ފިރިހެނަކު ވެމްކޯގެ ވެހިކަލަށް ކުނި އަޅަން އުޅުމުންނެވެ. އެ ގެއަކީ ވެމްކޯގެ ހިދުމަތް ހޯދަން ރަޖިސްޓްރީކޮށްފައި ނުވާ ގެއެއް ކަމަށް ވުމުން އޭނާއަށް ކުނި ނޭޅޭނެ ކަމަށް ވެމްކޯގެ މުވައްޒަފު ޔޫނުސް އާދަމް އެންގި ކަމަށް ފުލުހުން ބުންޏެވެ. އަދި އެހެން އެންގުމުން އެ ފިރިހެން މީހާ އެކަމާ ރުޅިި އައިސް، ޔޫނުސްގެ ބޮލަށް ކުނި ކޮތަޅު ޖަހާފައި ދިޔައީ ކަމަށް ވެސް އެތަނުން ބުންޏެވެ.
މި މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް މިކަމާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ނޭނގެ އެވެ.
ވެމްކޯއިން ބުނީ މި ހާދިސާގައި ޔޫނުސް އަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ. ޔޫނުސްއާ އެތަނުގެ މެނޭޖިން ޑައިރެކްޓަރު އާދަމް މުހައްމަދު މިއަދު ބައްދަލުކުރައްވާ، ޔޫނުސް ކުރަމުން އަންނަ މަސައްކަތާ މެދު ހިތްހަމަޖެހޭ ކަމަށް ވިދާޅުވި ކަމަށް އެ ކުންފުނިން ބުންޏެވެ. ޔޫނުސް ވެމްކޯގައި މަސައްކަތް ކުރަން ފެށީ މިދިޔަ އަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުތާ
21 November 2019
ތިޔަފަދަ ދަށުދަރަޖައިގެ ކަންކަން ކުރާމީހުންނަށް އަވަސް ފިޔަވަޅު އަޅަންޖެހެއެވެ. އެކަހަލަ މީހުންގެ ލިސްޓެއް ފޮޓޯއާއެކު އާއްމުކުރަން ޖެހޭ ގޮތަށް ގާނޫނު ތައްވެސް ހަދަންޖެހޭކަމަށް ދެކެމެވެ. މިއީ ހުރިހާ ދިވެހިންވެސް ލަދުގަންޖެހޭފަދަ ކަމެކެވެ. މިމުޖުތަމައުގައި އެކަހަަލަ މީހުން އުޅޭތީއެވެ.
ތެއާސާ.
21 November 2019
ތިއޮތީ މީހަކާމެދު މާރާމާރީ ހިންގާފަ. ތިޔަކީ ކޮންމެހެން ވެމްކޯއިން ވަރަށް ސީރިއަސް ކޮށް ބަލަން ނިންމާއި ފުލުހަށް ހުށަނޭޅިއަސް، ފުލުހުން އިސްވެ ބަލަންޖެހޭ ސީރިއަސް ޖިނާއީ މައްސަލައެއް. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 120 ވަނަ މާއްދާގެ (ހ)ގެ 1 ގައިި ސާފުބަހުން ކުށެއްކަމަށް ކަނޑައަޅާފައިވާކަމެއް. އަވަހަށް ތަހުގީގު ހިންގައި ފިޔަވަޅު އަޅުއްވާ!!!
ޅަބޭ
21 November 2019
ވެމްކޯ މީހުންގެވެސް އަހުލާގެއް ނެތް. އާންމުންގެވެއް އަހުލާގެއް ނެތް.
ވޯލް
21 November 2019
ކުނި ކޮތަޅެއް ބޮލަށްޖަހާ އިރު ހުންނާނި އަނިޔާ ވެފަ، ޖިސްމާނީ އަނިޔާ ނުވިއަސް، ނަފްސާނީ އަނިޔާ ވަރަށް ބޮޑަށް ކުރާނެ.
ޝަަހިދާ
20 November 2019
ހަމަ ނެގެން ޢޮތް ޢެންމެ ބޮޑު ޢަދަދަކުން ޖޫރިމަނާކޮށް ދެ ހަފްތާ ވަރަކަށް ކުނި ޢުކަން ހަވާލު ކުރަެ. ބޭރު ޤައުމު ތަކުގަ ޥެސް މި ކަހަލަ ވިޔާނުދާ ކަންތައް ކުރާ މީހުން ލައްވާ ކޮމިއުނިޓީ ސާރވިސް ކަންތައް ކުރުވާ. ރާއްޖޭގަ ވެސް އެގޮތައް ޢަމލު ޚުރަން ފެނޭ. އޭރުން ހަމަ ބިމަށް ތިރިވާނެ މި ކަހަލަ މީހުން
ފިރާއްޓެ
20 November 2019
ކޮން ފިޔަވަޅެއް އެޅީ؟ އެމީހަކު ހޯދާފަ އެޅި ފިޔަވަޅެއްގެ އަޕްޑޭޓެއް ނޫހުން ގެނެސްދިނުން އެދެން. އެކަހަލަ ނުލަފާ މީހުންގެ ފޮޓޯ އަދި ނަން ޖަހަންޖެހޭނެ.
އަަޅުގަނޑު އާރިފް
20 November 2019
ފުއްޕިޔަސް ނުފުއްޕިޔަސް / މުވައްޒަފަށް ވިޔަސް ނުވިޔަސް، އެއްވެސް މީހަކަށް އަނިޔާވެރި ވެއްޖެއްޔާމު، އަދި އަމުދުން ނުޖެހޭ ފިޔަވަޅު އަޅާނަމޭ ބުނަން ވެސް. ވަގުތުން ފުހުންނަށް ހުށަހަޅައިގެން ތަހުގީގުކޮށް ހައްގު އިންސާފު ލިބެންވާނެ.
ދެރަވަރު
20 November 2019
ދިވެހިންގެ ތެރޭ މަދުބަޔަކައް ހީވަނީ ފަހުގެ އައިފޯނު ހިފާފަ ހުރީމަ ފުރިހަމަވީމަކައް. ސުންނަތުގަ ވެސް އޮންނާނި ތިމާގަ އަމިއްލަ ނަފުސައް އެދޭ ކަންތައްތައް ތިމާގެ އަހާއަައްވެސް އެދެން ވާނެ ކަމައް. އެއާހިލާފައް އަހަރެމެން އެންމެންގެ ސަލާމަތައް މަސައްކަތްކުރާ މީހުން މިސާލަކައް ހޮސްޕިޓަލްތަކުގަ ފާހާނާ ސާފުކުރާމީހުން ވެމްކޯ މުއައްޒަފުން އެމީހުން އެކުރަނީ އަހަރެމެން އެންމެންގެ ދުޅަހެޔޮކަން މަތީ ބައިތިއްބަނީ އެމީހުންގެ ނަފުސް ނުރައްކާތެރެ ހުށައަަަަޅަގެން.
އިންސާން
20 November 2019
ކޮންމެ ކަމެއްގައިވެސް ރަނގަޅު ގޮތާއި އަދި ނުރަނގަޅު ގޮތްވެސް އޮންނާނެއެވެ. ކުނި އުކާ މީހުންގެ ތެރޭގައިވެސް މިކަން އޮންނާނީ މިހެންނެވެ. އެހެންނަމަވެސް ޖިސްމާނީ އަދި ނަފްސާނީ އަނިޔާ މީހުންނަށް ދިނުމެއްނެތެވެ. ހިދުމަތާއިމެދު ހިތްހަމަނުޖެހޭނަމަ ވެމްކޯއަށް ރިޕޯރޓް ކުރީމަ ރަނގަޅުވާނެކަމަށް އުންމީދުކުރަމެވެ. ހަމަ މިއުސޫލުން ވެމްކޯއިންވެސް ކަސްޓަމަރުންނާއި އަދި އެހެން ރައްޔިތުންނަށްވެސް އިހްތިރާމް ކުރަންވާނެއެވެ.
ބަބުރުލް ސަލީމް
20 November 2019
ވެމްކޯގައި ވަރަށް ރަނގަޅު މުއައްޒިފުން އުޅޭ. އަދި ހަމަ އެއާއެކު ވަރަށް ފުއްޕާފައި އުޅޭ މުއްޒަފުންވެސް އުޅޭ. އަދި ބައެއްފަހަރު ކުނިނަގަން އައިސް ނިކަން ޝަކުވާވެސް ގިނަވާނެ.
ބަލްބުލް
20 November 2019
ޝަކުވާ ގިނަވާނެ ދޯ އެމީހުންނަކީވެސް އިންސާނުންކަމަށް ނުދެކެންޏާ. އެމީހުންނަށް ނުރައްކާވާގޮތަށް އަދި ނަޖިސްވާގޮތަށް ރަނގަޅަށް ބަންދުނުކޮށްވެސް ކުނި ހުރޭ.