ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް. އެމްޑީޕީގެ އިންތިހާބު ކާމިޔާބު ކުރެއްވީ މި ދެބޭފުޅުން. ފައިލް ފޮޓޯ
23 ނޮވެމްބަރ 2019 - 00:43
އެމްޑީޕީން މިއަދު ބޭއްވި ލީޑަޝިޕް އިންތިޚާބު ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް މިރޭ ކާމިޔާބު ކުރައްވައިފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ޕާޓީގެ ރައީސްކަމަށް ދެވަނަ ފަހަރަށް ނަޝީދު އިންތިޚާބު ކޮށްފައިވާއިރު، އެ މަގާމަށް ކުރިމަތިލެއްވީ ވެސް އެމަނިކުފާނު އެކަންޏެވެ. އެހެންވެ، އެމްޑީޕީގެ ރައީސްގެ މަގާމަށް ބޭއްވީ ފެންނަ ނުފެންނަ ވޯޓެކެވެ. ނައިބު ރައީސްކަމަށް ވާދަކުރެއްވީ މިހާރު ވެސް އެ މަގާމު ފުރުއްވާ ޝިފާޒްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ.
މިރެއާ ހަމައަށް އިއުލާން ކޮށްފައިވާ ވަގުތީ ނަތީޖާ އަށް ބަލާއިރު، 172 ވޯޓު ފޮއްޓަކުން ނަޝީދަށް ލިިބިވަޑައިގަތީ 23،369 ވޯޓެވެ. ޕާޓީގެ ރައީސްގެ އިންތިޚާބުގައި ވޯޓުލީ މީހުންގެ ޖުމްލަ އަކީ 23،584 އެވެ. ނުފެންނަ ކަމަށް ވޯޓު ދިން މީހުންގެ ޖުމްލަ އަކީ 63 އެވެ. ސައްހަ ވޯޓުގެ ޖުމްލަ އަކީ 23،432 އެވެ. އެހެންވެ، ފެންނަ ނުފެންނަ ވޯޓުން ނަޝީދަށް މަގާމު ކާމިޔާބު ކުރެއްވުނީ އެންމެ 23،369 މީހުންގެ ތާއީދާ އެކު އެވެ.
މިރެއާ ހަމައަށް ގުނައި ނިމިފައިވާ 172 ވޯޓު ފޮށީގެ ނަތީޖާ އަށް ބަލާއިރު، އެމްޑީޕީގެ ނައިބު ރައީސްގެ މަގާމު ޝިފާޒަށް ދިފާއު ކުރެއްވުނީ 13،233 ވޯޓުންނެވެ. އަސްލަމަށް ހޯއްދެވުނީ 9،957 ވޯޓެވެ. އެމްޑީޕީގެ ލީޑަޝިޕް އިންތިޚާބުގައި އެންމެ ގިނަ މީހުން ވޯޓުލީ ވެސް ނައިބު ރައީސްގެ އިންތިޚާބުގަ އެވެ. އެއީ 23،613 އެވެ.
އެމްޑީިން ބުނެފައިވާ ގޮތުގައި، މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 87,439 މީހުންނަށް ލިބެ އެވެ.
އަސްލަމް، މާލޭގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރުން ކަަމަށްވާ ނާޒިލް އަދި މުހައްމަދު ރަޝީދާ އެކު.---ފޮޓޯ: ނިޝާން އަލީ/މިހާރު
އެމްޑީޕީގެ ނައިބު ރައީސްގެ އިންތިޚާބުގެ ވާދަވެރިކަން ޝިފާޒާއި އަސްލަމްގެ މެދުގައި ވަރަށް ބޮޑުކަން މި ކެމްޕެއިން ގައި ފެނުނެވެ. ޚާއްސަކޮށް އަސްލަމް ވަނީ ވަރަށް ގިނަ ރަށްރަށަށް ވަޑައިގެން ބޮޑު ކެމްޕެއިނެއް ކުރައްވައިފަ އެވެ. އެމްޑީޕީގެ އަދި ނަޝީދުގެ ސޯޝަލް މީޑިއާ ޓީމުން ވެސް މައިގަނޑު ގޮތެއްގައި ކެމްޕެއިން ކުރީ އަސްލަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ގިނަ މެމްބަރުން ވެސް ނުކުންނެވީ އަސްލަމާ އެކު އެވެ.
އެމްޑީޕީގެ އިންތިހާބުގައި މާލޭގެ ރައްޔިތުން ވޯޓުލުން އޮތީ އިސްކަންދަރު ސްކޫލްގަ އެވެ. އަދި ދާއިރާތައް، މަތި އުތުރު ޕްރޮވިންސާއި އުތުރު ޕްރޮވިންސާއި މެދު އުތުރު ޕްރޮވިންސާއި މެދު ޕްރޮވިންސާއި މެދު ދެކުނު ޕްރޮވިންސްގެ އިތުރުން މަތި ދެކުނު ޕްރޮވިންސްތަކަށް ބަހާލާފައިވާއިރު، އެ ސަރަހައްދުތަކަށް ނިސްބަތްވާ މީހުންގެ ތެރެއިން މާލޭގައި އުޅޭ މީހުން ވެސް ވޯޓުލީ އިސްކަންދަރު ސްކޫލުގަ އެވެ.
މިއަދު ބޭއްވި އެމްޑީޕީގެ ލީޑަޝިޕްގެ އިންތިޚާބުގައި މީހަކު ވޯޓުލަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
މާލޭގައި ދިރިއުޅޭ އައްޑޫ، ފުވައްމުލަކުގެ މީހުންނަށް ޚާއްސަ ވޯޓުފޮށި ބެހެއްޓީ އެމްޑީޕީ ހަރުގޭގަ އެވެ. ހުޅުމާލޭގައި އުޅޭ މީހުން ވޯޓުލީ އެ އަވަށު ޣާޒީ ސްކޫލަށެވެ. ވިލިމާލޭގެ ވޯޓު ފޮށި ބަހައްޓާފައި ވަނީ އެ އަވަށުގައި ހުންނަ އެމްޑީޕީގެ ހަރުގޭގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަނާމުގުއަލިބެ
23 November 2019
އަސްލަމް ނުހޮވުނީކީ އެއްވެސްހާލެއްގައި ބަޔަކު ކަންކުރިގޮތަކުން ނުވަތަ ޖެހިޗިޕަކުންވެސްނޫން. ލިބުނު ވޯޓުމަދުވި ސަބަބަކީ. ހަގީގަތުގައި ސިފާޒަކީ ހިންގުމާއި އަޑުއުފުލުމާއި މުއާމަލާތްކުރުމުގެ ގޮތުން މާއިސްމީހެއްކަން އެމްޑީޕީގެ އާއްމުގިނަ މެންބަރުން ގަބޫލުކުރުން. އަދިވަކިންހާއްސަކޮށް އައްޑޫ ދާއިރާއިން އަސްލަމުގެ ޕޮޕިއުލަރިޓީދަށްވުން. މިކަން އެމްޑީޕީގެ އާދައިގެ މެންބަރުންނާއި ޗެޓުކޮށްލީމަ ވަރަށް ސާފުވާނެ
އަލި
23 November 2019
އެކަކު ކުރިމަތިލައި ނަގާ ފެންނަ ނުފެންނަ ވޯޓެއްގައި މަދުވެގެން ވޯޓްލާންޖެހޭ މީހުންގެ އަދަދެއް ނެތްބާ؟. 84،000 މީހުންނަށް ވޯޓްލެވޭ ތިބުނަނީ. އެހެން ކަމަށްވާނަމަ އެންމެ 23،000 ވޯޓުލިބިގެން ރައީސް ކަމުގެ މަގާމަށް އާދެވޭނެކަމަށް ގަބޫލެއް ނުކުރެވޭ. ނަޝީދަށް ތާއީދު ނެތްކަން މިވޯޓުން ހާމަވެއްޖެ.
ސިކުނޑި
23 November 2019
ޕާޓީއަށް ލިބުނު ހީނަރު ކަމަކީ ލާދީނިއްޔަތުގެ އަސަރު ކަމަށް ބެލެވޭ!!
އޮނަރަބްލް އަފީފު ދީދީ
23 November 2019
އައްޑޫގެހާލަތުބަދަލުކުރުމަށާއި މަޖުބޫރީހާލަތްމެދުވެރިކޮށް ވަޒަނުންބޭރުކުރުވާފައިވާ ސިޓީގެރައްޔިތުން އަބުރާވަޒަނަށްގެނައުމަށް ކުރިއަށްއޮތްކައުންސިލްއިންތިޙާބުގައިވެސް "ބޮޑުބަދަލަކަށް މިސިޓީގެރައްޔިތުން ވޯޓުދޭނެ" ކަމަށްޤަބޫލުކުރެވޭ. # މިއިންތިޙާބުގައި ކައުންސިލް ހޯދަންބޭނުންނަމަ ނޫފޫޒެއްނެތް ޕްރައިމެރީޒް އެއްބާއްވަންޖެހޭ. އަދި މޭޔަރކަމާއި ކައުންސިލްކަމުގެ ޤާނޫނީ ޒިންމާއާއި ރައްޔިތުންއެދޭގޮތަށް މަސައްކަތް ކުރެވޭނެމީހުން ބައިވެރިކުރެވޭތޯ ބަލާންޖެހޭ.
މުހައްމަދު ބ
23 November 2019
މިއީ ޑިމޮކްރިސާއަށް މީހުން ފައްކާވެފައިވާ މިންވަރު ދައްކުވައިދޭ ވޯޓެއް، ޚާއްސަކޮށް އައްޑޫމީހުން. އެއީ ޝިފާޒު ޕާރޓީއަށްޓަކާ ހީވާގި ކަމާއެކީ ކުރިމަސައްކަތް އައްޑޫމީހުން ބަލައިގަތީ. ރަށު މީހާއަށް ވީމާ ދޭންޖެހޭ ވޯޓެއް ނޫން ކަން މިއީކީ.
އައިލެންޑް މީހާ
23 November 2019
އުތުރު ދާއިރާ އަކީ މުޅި އައްޑޫ ކަމަށް ދައްކަން މެމްބަރު އަސްލަމް އުޅެ އެކަން އެދުވަހު ކާމިޔާބުކޮށް ރައީސް ނަޝީދާއި އެމްޑީޕީ ތެރެއިން ހުރިހާ ބާރެއް ތިމަންމެނަށް ލިބޭނޭހެން ކަންކަން ކުރުމުގެ ނަތީޖާ މިއަދު އައްޑޫ މީހުން އެދައްކައި ދިނީ. މިސަރުކާރުން ވަޒީފާއެއް ލިބުނަސް ލިބިފައި އޮތީ އަސްލަމް ސާރ ބޭނުންވާ މީހަކަށް، އަދި އެބޭފުޅާގެ އާއިލީ މީހުން ޔާމީނުއަށް ތާއީދު ކުރިއަސް މަގާމުން ބޭރުކުރުމާއި ދެކޮޅަށް އަޑުއުލަމުން ދިއުމުގެ ނަތީޖާ.
ގޮއިދޫހަސަނު
23 November 2019
އަސްލަމަކީ ކަމަށް އެކަށީގެންވީނަމަވެސް މީހާކިބައިގަހުންނަ "ކަންފުޅެއް"ގެ ސަބަބުން މިކަހަލަ ކަންކަމުގައި ނާކާމިޔާބާއި ކުރިމަތިލާންޖެހޭމީހެއްކަމުގައި ބެލެވެއެވެ. އަދި މިފަދަ "ކަންފުޅެއް" ހުންނަނަމަ، ލީޑަރޝިޕަށް ކުރެވޭނެ މާބޮޑުކަންތައްތަކެއްވެސް ނޯންނާނެއެވެ. އެކަން އަސްލަމްވެސް ޖެހޭނީ ޤަބޫލުކުރާށެވެ.
އޮނަރަބްލް އަފީފު ދީދީ
23 November 2019
އިންތިޙާބުގެވޯޓުން ރާއްޖޭގެރައްޔިތުންނަށްލިބުނު އެންމެބޮޑުފިލާވަޅަކީ "އައްޑޫމީހުނަކީ ވަތަނީބައެއް ކަމުގައިވިޔަސް" އެމީހުންނަކީ މިފަދަކަންކަމުގައި ޑިމޮކްރެޓިކްހަމައާއި އިންސާފުގެމަގު ދޫކޮށްނުލާނެ ތަހުޒީބީ މުޖުތަމަޢުއެއްކަން. # އަސްލަމާއި ވާދަ ކުރުމަށް ކުޑަރަށަކަށް ނިސްބަތްވާ ޝިފާޒު ނިކުމެފައި ހުންނެވިޔަސް "މިވަގުތަށް އައްޑޫމީހުންގެ މެދުގައި އަސްލަމަށް އިތުބާރު ނުކުރެވޭތީ" އެމީހުން ބޭނުމެއްނުވި ކޮންމެހެން އައްޑޫމީހާއަށް ވޯޓްދޭކަށް. މިއީ ޙަޤީގަތް.
އީދުކަޅުބެ
23 November 2019
އަސްލަމަށް ވޯޓު ނުލިބުނީ، އައްޑޫ ސިޓީ ފޭދޫގައި ބޭއްވި ކެމްޕައިން ޖަލްސާގައި، ފޭދޫދާއިރާގެ މަޖިލިސް މެންބަރުގެ ސަބަބުންނެވެ. އެއީ ގަސްތުގައި އޭނާކުރިކަމެއްކަމަށް ގިނަމީހުން ޤަބޫލުކުރެއެވެ. ޕާޓީގެ އެތެރޭގެ ކެމްޕެއިންގައި އަނެއްކެންޑިޑޭޓަކަށް އެއްޗެތި ގޮވުމަކީ ވަރަށް ދަށްފެންވަރުގެ ޢަމަލެކެވެ.
އެމް ޝަމް
23 November 2019
އައްޑޫ މީހުން ގެ ބޮލަށް ޗިޕް ޖެހުން ނޫންކަމެއް މީނަ ނުކުރާނެ