ކުޅުދުއްފުށީ އެއާޕޯޓަށް ޓެސްޓް ފުލައިޓް ޖެއްސުމަށް ފަހު ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ފައިބައިވަޑައިގަންނަވަނީ-- ފޮޓޯ: މިހާރު
25 ނޮވެމްބަރ 2019 - 14:46
ހދ. ކުޅުދުއްފުށީ އެއާޕޯޓަކީ މައްސަލަ ބޮޑު ތަނެކެވެ. އެއް ކަމަކީ ގުދުރަތީ ބޮޑު ކުޅިއެއް ހިއްކައިގެން އެއާޕޯޓް އެޅުމެވެ. ދެން ޓަވަރެއް ވެސް ނެތި ކުއްލިއަކަށް ރައީސް އަބްދުﷲ ޔާމީން އެތަން ހުޅުވުމެވެ. އެ ހާލަތުގައި އޮއްވައި އެތަނަށް ދަތުރުތައް ފެށުމެވެ. އަނެއްކާ ވެސް މިވަނީ އެފަދަ އެހެން މައްސަލައެއް ފެންމަތިވެފަ އެވެ. އެއީ މުވައްޒަފުންގެ މައްސަލަ އެވެ.
ކުޅުދުއްފުށީ އެއާޕޯޓްގައި ޓެކްނިކަލް މުވައްޒަފުންނެއް ނެތެވެ. މިހާތަނަށް އެ އެއާޕޯޓަށް ވައްދާފައިވާ 25 މުވައްޒަފުންނަކީ ވެސް ޓެކްނިކަލް ނޫން ވަޒީފާތަކަށް ވެއްދި މީހުންނެވެ.
Maldivian in Kulhudhuhfushi ah daily flights fashanee
The most trusted news source in the Maldives
Mihaaru
ކުޅުދުއްފުއްޓަށް ދަތުރުތައް ފެށުން---
އެހެންކަމުން ފްލައިޓެއް ޖައްސާ ކޮންމެ ފަހަރަކަށް ޖެހެނީ ހަނިމާދޫ އެެއާޕޯޓުން މުވައްޒަފުން ގެންނާށެވެ.
"ހަނިމާދޫން މުވައްޒަފުން ގެނެސް ފްލައިޓް ފުރުވާލާފައި އަނެއްކާ ވެސް މުވައްޒަފުން ހަނިމާދު އަށް ގެންދަނީ. އަދި ކުރިއަށް ދަނީ އެގޮތަށް،" ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ވިދާޅުވި އެވެ.
އޮގަސްޓް 9 އިން ފެށިގެން އެ އެއާޕޯޓަށް ވަނީ ޝެޑިއުލް ދަތުރުތައް ފަށައިފަ އެވެ. އަދި މިދިޔަ މަހު ފަހުކޮޅުން ފެށިގެން ކޮންމެ ދުވަހަކު ދަތުރުތައް ކުރެ އެވެ.
ކުޅުދުއްފުށީ އެއާޕޯޓް--
ހަނިމާދޫން ކުޅުދުއްފުއްޓަށް ކަނޑު މަޑު ދުވަސްތަކުގައި ލޯންޗެއްގައި ދާން 20 މިނެޓު ނަގަ އެވެ. އެހެންވެ ކޮންމެ ދުވަހަކު ކަނޑު ދަތުރެއްކޮށް މުވައްޒަފުން އުފުލަން ޖެހުން ވަނީ ތަކުލީފަކަށް ވެފަ އެވެ.
ހަމައެކަނި ރަންވޭއެއް ހަދައި ހުޅުވި އެއާޕޯޓްގައި ހުރި ޓާމިނަލްގެ ފެންވަރު ވެސް ދަށެވެ. އެއާޕޯޓެއްގައި ހުންނަން ޖެހޭ ވަސީލަތްތައް އަދި ގާއިމްކޮށްފައެއް ނުވެ އެވެ. ކޮންޓްރޯލް ޓަވަރެއް ނެތުމަކީ ވެސް އޮތް ގޮންޖެހުމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ައިސްމާއިލް އަބުދުﷲ
26 November 2019
މަސްބާނަން ނޭންގުނީމަ ކަނޑު ގޯސްވެގެން ތި އުޅެނީ. ހަނިމާދޫ އަށް ވުރެ ކުޅުދުއްފުށީގަ މީހުންމަދީތޯ އެކަމަށް މުވައްޒަފުން ތައްޔާރު ނުކުރެވެނީ، ހަނިމާދޫން ނުވަތަ މާލެ ސަރަހައްދުންވެސް މުވައްޒަފުން ބަދަލު ކުރެވިދާނެ ނޫންތޯ ކަންކަން ހަމަޔަކަށް އަޅުވާލެވެން. އެހެން ނޫނަސް ތިޔަ ރަންވޭގެ ފެންވްރު ރަގަޅުކޮށް ކަންކަން ކުރުމަކީ ހަވާލުވާ ސަރުކާރެއްގެ ޒިންމާ އެއް ނޫންތޯ. އަބަދު ކޮސްގޮވީމަ ރައްޔިތުން ހިންހަމަ ނުޖެހޭނެ.
ތަރައްޤީ
27 November 2019
ބަލަގަ، އެއަރޕޯރޓެއް އޮޕަރޭޓް ކުރަން ފަށަންވާނީ ވެސް، ހުރިހާ ކަމެއް ފުރިހަމަ ކޮށްފައެވެ. އެއަރޕޯރޓަކަށް ބޭނުންވާ ޓެކްނިކަލް މުވައްޒަފުންނަކީ، ވަރަށް ބުރަކޮށް މަސައްކަތް ކުރާ ބައެކެވެ. ބޮލިރަވައެއް ތަޅުވާހެން ދެކޮޅަށް ތެޅުވުމަކީ ވަރަށް ކަންބޮޑުވާންޖެހޭ ކަމެކެވެ.
ހުމާމް
26 November 2019
ކުޅުދުއްފުށީގަ މީހުންނެތީތަ އެތަނަށް ބޭނުންވާ މުއައްޒަފުންނުނަގަ އެތިބެނީ، ޕާޓީގެ ކޯޅުން ބޮޑުކަމުން އެތަނަށް ނަގަންވީ މީހުން ނޭގިގެން އުޅޭތީ ވާގޮތްތީ
ދަގަންފާނު
26 November 2019
މަށައް ފެންނަނީ އެއާޕޯޓް ނަގާފަ ފުލެޓް ދީފަ، އެންމެ އުތުރު ފަޅައް ސީޕްލޭން ޖައްސާ ގޮތައް ހަދަން.
އައިޑިޔާމޭން
26 November 2019
ކުޅުދުއްފުށި މަތީ ބުރެއް އަޅާފަ ގޮސް ހަނިމާދުއަށް ޖައްސާ. ދެން ޕަސިންޖަރުން ކުޅުދުއްފުއްޓަށް ގެންދޭ. އޭރުން ވާނީ ކުޅުދުއްފުއްޓަށް ޖެއްސުނީ ކަމަށް. ގައިމު އޭރުން މުވައްޒަފުންވެސް ގެންދަން ނުޖެހި ފަރުޖެއްސިދާނެ.
ފޮނިޓައްޕު ހަސަނު
25 November 2019
ދިވެހި ދައުލަތުގަ ނެތޭ ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި އެއާޕޯޓެއް ހިންގާނެ މާލީ ކުޅަދާނަކަން. ސްރީލަންކާއަކީ 35 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ގައުމެއް. ކެންޑީން ކަޓުނައަކާ އެއަރޕޯޓަށް ކާރެއްގައި ދާން ނަގާނެ 3 ގަޑި އިރު، އަދި ގޯލުން އެތަނަށް ދާން ނަގާ 4 ގަޑިއިރު. ކުޅުދުއްފުށިން ހަނިމާދޫއަށް ދާން ނަގަނީ 15 މިނުޓް، ފޯއްމުލަކުން ގަން އައެރޕޯޓަށް ދާން ނަގަނީ 30 މިނުޓް. ދިވެހިންގެ ވިސްނުމުގައި އުޅޭކަމެއް މީ.
ޕޮކަންޑިމޭން.
26 November 2019
ކަނޑުކޮހާ.ތިބުނި ގޯލުން ކަޓުނައަކާއަށް ދަނީ އެއްގަމު މަގުން ދޯ.ނަމަވެސް ރާއްޖޭ އެއް ރަށުން އަނެއް ރަަށަށް ދެވެނީ ކަނޑުމަގުންކަން ކަލެއަށް ނޭނގުން އެއީ ދެރަކަމެއް.މޫސުމް ގޯސް ދުވަސްދުވަހު ކަނޑު ދަތުރު ކުރުން އެއީ އުނދަގޫކަމެއް.
ޗަރުކޭސް
26 November 2019
ކަލޯ ލަންކާގަ ދެވޭނެ އޭސީ ކޮއްލާފަ ހުންނަ ބަސް އަދި ކާރުގަ. ރާއްޖޭގަ ދެވޭބާ؟؟؟ މިހާރު އިނގޭނެ ވިސްނުމުގެ މައްސަލަ އުޅެނީ ކާކުގެކަން.
ދަގަންފާނު
26 November 2019
ބަލަ ތިބުނާ ކެންޑީން ކާރެއްގަ ދަނީ ކަނޑުގަ ނުޖެހިޔޭ! އަހަރެމެން މި ދާން ޖެހެނީ ބޮޑު ތިން ކަނޑު އޮޅި ހުރަސް ކޮއްފައޭ މިއޮއް ގަދަ ހުޅަނގުގަވެސް.
ާލި2019
26 November 2019
ފޮނި ޓައްޕު ހަސަނަާ ކަލޯ ދުހުވަހަކުވެސް ކަނޑު ދަތުރެއް ކުރީމުތޯ. ސްރީލަންކާއާއި އަޅާ ތިކިޔަަލީ ކަލޯގެ ގަމާރުކަމުމް ނޫންތޯ. ޚަރެއްގަ 3 ގަޑި އިރުން ދެވޭ ތަނަކަށް ކަނޑުމަގުން ދާން ނަގާނެ ވަގުތާއި މީހާގެ ހަށިގަނޑަށް ކުރާނެ ބާރު އެނގޭތޯ. ނޭނގޭ ނަމަ އެއްފަހަރު ކާރެއްގަ އަނެއްފަހަރު ފެރީގަ ހުޅުމާލެ އަށް ދަތުރެއް ކޮއްލާ އޭރުން ތަފާތު އެނގި ގަމާރީ ކާކުކަންވެސް އެނގޭނެ.
ސިޓީމޭން
26 November 2019
މައުލޫމާތަށްޓަކާ ދަންނަވަން. ފުވައްމުލަކުން ގަމަށް ވައިގެމަގުން ކޮޅަކަށް ހޭދަވަނީ ގިނަވެގެން 15 މިނެޓު. ކަނޑުމަގުން (ކަނޑުގަދަ ނަމަ) ގިނަވެގެން 1 ގަޑި 20 މިނެޓު.
ސޯލިހު
25 November 2019
ޓާމިނަލްތަކާއި ޓެކްނިކަލް މުވައްޒަފުންނާއި ހަމަ ނުޖައްސައި އޮޕަރޭޓް ކުރަން ފެށިކަން މަށަށް ގޯސް ވީ.
މިއަދު
25 November 2019
އެތަނަށް މުއައްޒަފުން ތަމްރީނު ކުރުމުގެ ޤާބިލުކަންވެސް މިސަރުކަރުގައި ނެތީތަ؟ މިސަރުކަރަށް އެނގެނީ ހަމައެކަނި ރައިސްޔާމީނު ކޮށްފައިހުރި މަސައްކަތްތަކުގެ އަގުވައްޓާލުމަސް ވަހަކަދައްކަންދޯ އަދި އެއިން ކަމެއްވެސް ކުރަކަށް ނޭންގެ ދަމަނީހަމަ އޮތްބަޅަށް އެގޮތުން ރައިސްޔަމީނު ވެރިކަމުގައި އެޅި ކޮތަރުކޮށިތަކާއި މަލޭ ދަތުރުވެރިންގެ މާރުކޭޓު ފުދޭނެ
ސަމީރުބާއީ
25 November 2019
ކޮންމެވެސް މީހަކު ބަލާލަދީބަލަ އަދިވެސް މިރާއްޖޭގެ ވެރިކަމުގަ ހުރީ ޔާމީން އަބުދުލް ގައްޔޫމްތޯ؟
ނިއުސް
25 November 2019
އޭވިއޭޝަން ސިކުއުރިޓީ މިންގަނޑަށް ނުފެތޭ އެއަރޕޯޓް ތަކަށް ފްލައިޓް ޖައްސަން ހުއްދަދިނުމަކީ ސިވިލްއޭވިޝަން އޮތޯރިޓީންވެސް ކުރަންބޭނުންވާ ކަމެއްނޫން. އެކަމަކުވެސް މިކަމަކީ ސީދާ ރައްޔިތުންނާ ގުޅިފައިވާ ކަމަކަށްވާތީ ހުއްދަދެނީ. ނަސީބު ރަގަޅުކަމުން އަދި ހިތާމަވެރި ހާދިސާއެއް ހުނިގާ. ކާކަށްބާ ނުހިގާނެކަމުގެ ޔަގީންކަން އޮތީ. މިއީ ރައްޔިތުންވެސް، އަދި ސަރުކާރުންވެސް ވިސްނަންޖެހޭ ކަމެއް.
ޔާމީނު
25 November 2019
ދެން ރަގަޅު ކޮށް ބަލަގާ.. ހައިރާނެއް ނުވާނެ ތަ؟