ޕީއެންސީގެ ރައީސް އަބްދުއްރަހީމް: ފަނޑިޔާރުންނަށް ނިސްބަތްކޮށް، ހުތުރު ބަހެއް އަމާޒުކުރި މައްސަލަ ޑީޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައި --- މިހާރު ފޮޓޯ/ހުސައިން ވަހީދު
28 ނޮވެމްބަރ 2019 - 19:51
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި ހުކުމާ ގުޅިގެން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ފަނޑިޔާރުންނަށް ނިސްބަތް ކުރައްވައި، ހުތުރު ބަހެއް ބޭނުންކޮށް، އިންޒާރު ދިން މައްސަލަ ތަހުގީގު ކޮށްދޭން އެދި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ފުލުހުންނަށް ހުށަހަޅައިފި އެވެ.
ޔާމީންގެ މައްޗަށް ދައުލަތުން ކުރި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމައި، އެމަނިކުފާނު ފަސް އަހަރަށް ޖަލަށްލުމާއި އަދި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން މިއަދު ވަނީ ހުކުމްކޮށްފަ އެވެ.
އެ ހުކުމް ކުރުމާ އެކު، ކޯޓު ބޭރުގައި ތިބި އިދިކޮޅު ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވަނީ އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންނަށް ނިސްބަތް ކުރައްވައި، ހުތުރު ބަހެއް ބޭނުން ކުރައްވައިފަ އެވެ. އަދި އެ ބޭފުޅުންގެ ވެރިކަމެއްގައި ފަސް ފަނޑިޔާރުން ޖަލަށްލާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ޑީޖޭއޭއިން ވަނީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއްގެ ގޮތުގައި އެ މައްސަލަ ބަލައިދޭން އެދި މިއަދު ފުލުހުންނަށް ހުށަހަޅައިފަ އެވެ. އެކަމާ ބެހޭގޮތުން ޑީޖޭއޭއިން ވަކި އެއްޗެއް ނުބުނެ އެވެ. އެވެ. އެކަމަކު އެ މައްސަލަ ހުށަހެޅިކަން ޑީޖޭއޭއިން ދޮގެއް ވެސް ނުކުރި އެވެ.
ޔާމީންގެ މައްސަލަ ބެއްލެވީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އަދި ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު ފަނޑިޔާރުން ސުލޫކާ ޚިލާފްވި ކަމަށް ބުނެ ޔާމީންގެ މައްސަލަ ބެލުމުން އޭނާ ތަނާޒުލްވާން ޖެހޭނެ ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ކުރިން ވެސް ވަނީ އެކަމަށް ގޮވާލައިފަ އެވެ. އަދި އެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ސަމާލު ކަމަށް ވެސް އިދިކޮޅު ކޯލިޝަނުން ކުރިން ގެނަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޓޭ
30 November 2019
ޕީޕީއެމް ޕީއެންސީ ނަމުގަ ވާހަކަ ދައްކަނީ ޕީއެންސީ ދިދައެްް ލޯގޯއެއް ދުވަހަކު ނުފެނޭ ..
ގޮދް
30 November 2019
އަނގައިން ބަހެއް ބޭރުކޮށްލިއަސް ޖަލަށް... ޒިމްބާބުވޭ ތޭ
ޞަމަދު
01 December 2019
ހެދިފައި ހުންނަ ޤާނޫނުތަކާ ޚިލާފަށް ބަސްބސަް ބޭނުން ކުރީމާ ޒިންމާ އުފުލަން ޖެހޭނެކަން ނޭނގޭތަ؟
ނުކި
30 November 2019
މި ދިވެހިރާއްޖެ ދުށް އެނ
ނެޝަނަލިސްޓް
30 November 2019
ސަރުކާރު ވަޒީފާ އަކަށް ވަނީއްސުރެ ކޮން މެވެސް ޖިނާއީ މައްސަލައެއްގެ ތުހުމަތުގައި އެޅޭ މީހެއް! މިކަން ފޮނަދޫ މީހުންވެސް ގަބޫލު ކޮށްފި! ހިޔެއްނުވޭ ޖަލު ހުކު މެއް އަންނަން މާ ގިނަދުވަސް އޮތްހެނެއް!
ކުކުޅޭ ---
29 November 2019
މީނަ އަށް ރަނގަޅުވާނެ ޓީ ޖެޓީ ގެ ސަރުދާރުކަން ދޭން
ޖާބެ
29 November 2019
މީނަވެސް ގާނޫނީގޯޅިޔަކައް ފެތިފަ މިހުރީ
މޮސްކޯޑޮކްޓަރ
29 November 2019
ތި އަދުރޭ މި ޤައުމު ދޫކޮއް ފިލިއަ ނުދީ ތިކަލޭގެ ޕާސްޕޯރޓް މިހާރުން މިހާރަށް ހިފަހައްޓާ ކޯޓަށް ޙާޟިރު ކޮއް އެންމެ ބޮޑު ވެގެންވާ އަދަބު ތަކުގެ ތެރެއިން އަދަބެއް ދިނުން ރައްޔިތުން މި ދަޢުލަތަށް ގޮވާލަނމު. އަޑުތައް އިވޭގޮތުން އަދުރޭ މިހާރު މަސައްކަތް ކުރަނީ މި ޤައުމު ދޫކޮއް އަވަހަށް ފިލޭތޯ. އަދުރޭ އަށްވެސް އެނގޭ މިފަހަރު ސަހަލު ގޮތަކަށް މިކަލޭގެ ކަންތައް ނިމިދާނެކަން. މިހެންކަމުން އަވަހަށް ފިލޭތޯ އުލެނީ.
އަހަ
29 November 2019
ކެނެރީގޭ ނަސީދު ގޮވާ ހަޔާތް އަޑުނީވޭތަ. އެވަރުގެ ހަޔާތް ގޮވާފަ ހުރި މީހެއް. މާރިޔާ އާ ހީވާ ގާނޫނު އަސާސީއަށް ކޮޅުފައިން އަރާ ހަުޔާތް ނޮގޮވާތަ
ޢަލީނޫރައްދީން
29 November 2019
ބޯޅަ ޅާނބު ގެ ފެށޭ 2 އަކުރުގެ ބަސް ބޭނުން ކުރީ.
މ މަގުފުޅާޓިނު
29 November 2019
އަދުރޭޔަކީ ވަރައް ދޫނުބައި މީހެއް މިފަދަ މީހުން އާން މު މުޖުތަ މައުން އެކަހެރިކޮއް ކައުންސިލިންދީ ފަރުވާ ކުރަންޖެހޭ ގޮތައް ލުއިޖަލެއް ހަދަންޖެހޭ މީހުން އެއްވެ އުޅޭ ތަންތާ ހަޑިބަހުން ވާހަކަ ދެއްކު މުން ޕާސްޕޯޓު ހިފެހެއްޓު މާއެކު ހަޑިބަސް ރައްދު ކުރި މީހުންގެ މީހާގެ ކިބައިން މާފައް އެދި ސިޓީ ފޮނުވު މައްފަހު 6 މަހުގެ ޖަލުހުކު މެއް އިއްވަން ޖެހޭ ގޮތައް ގާނޫނު އިސްލާހު ކުރަންޖެހޭ
ޥަދީއު
01 December 2019
ލައިވް ކުރި ޓީޥީ ޗެނަލްއަށްވެސް ފިޔަވަޅު އަޅަން ޖެހޭ.