ޚަބަރު / ރައީސް އަބްދުﷲ ޔާމީން

އުމަރާއި ޖާބިރު ކުއްލިއަކަށް ޔާމީނާ އެއްކޮޅަށް؟!

މަނީ ލޯންޑްރިން މައްސަލައިގެ ކުށް ސާބިތުވެ ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި (މ) ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި (ކ) ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު. --- ފޮޓޯ: މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ކުރިން ވަރަށް ބޮޑަށް ހިޔާލު ތަފާތުވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު، ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ކުއްލިއަކަށް އެމަނިކުފާނުގެ ދިފާއުގައި ވާހަކަ ދައްކަވަން ފައްޓަވައިފި އެވެ.

ޕީޕީއެމް އުފެދުނީއްސުރެ، ޔާމީނާ އެކުގައި މަސައްކަތް ކުރެއްވި އުމަރު އެންމެ ފުރަތަމަ ޔާމީނަށް ފާޑު ވިދާޅުވީ މާޗް، 2013 ގައި ބޭއްވި ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގަ އެވެ. އެ ކެމްޕެއިންގައި އުމަރު، ޔާމީނާ ދެކޮޅަށް ނެންގެވި ހަތިޔާރަކީ ވެސް "ކޮރަޕްޝަން"ގެ ތުހުމަތެވެ.

ޖާބިރަކީ ޔާމީނާ ކުރިން ވަރަށް ގާތް އެކުވެރިއެކެވެ. އެކަމަކު ޔާމީންގެ ވެރިކަމުގެ ވަކި ހިސާބަކުންނާއި ރިޔާސީ އިންތިހާބު ގެއްލުނު ފަހުން ވެސް ބަހުގެ ހޫނު ހަމަލާތަކެއް ޔާމީނަށް ދެއްވަމުން ގެންދެވި އެވެ. އެގޮތުން ޖާބިރުގެ މުދާ ޔާމީން "ފޭރިގެންފައިވާ" ކަމަށް ވިދާޅުވެ، ހައްގު އަދަބު ދޭން ތަކުރާރުކޮށް އޭނާ ގޮވާލައްވަ އެވެ.

ޔާމީންގެ ވެރިކަމުގައި ޖާބިރުގެ ކުންފުނިތަކުން މީރާއަށް ދައްކަން ޖެހޭ ޓެކްސްތައް ނުދައްކާ އޮތުމުން، އެ ފިއްތުންތައް ކުރިމަތިވި އެވެ.

އެކަމަކު ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، މިދިއަ ބުރާސްފަތިދުވަހު ހުކުމް އިއްވުމާ އެކު ޖާބިރާއި އުމަރުގެ ވާހަކަ ވަނީ ބަދަލުވެފަ އެވެ.

އުމަރާއި ޖާބިރު މިހާރު ގަބޫލުކުރައްވާ ގޮތުގައި ޔާމީން ޖަލުން މިނިވަން ކުރަން ޖެހެ އެވެ. އެމަނިކުފާނު ދޫކޮށްލަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމުގެ ޔަގީން ވެސް ދެ ބޭފުޅުން ދެއްވި އެވެ.

ކުރީގެ ރައީސް ޔާމީން ކޯޓަށް ވަޑައިގަތުމަށް މިދިޔަ ބުރާސްފަތި ދުވަހު ގެކޮޅުން ނުކުމެވަޑައިގެން ސަޕޯޓަރުންނާ ސަލާންކުރައްވަނީ. -- ފޮޓޯ: ނިޝާން އަލީ / މިހާރު

ޔާމީންގެ ދިފާއުގައި ދެއްކެވި ވާހަކަތަކާ އެކު އުމަރުގެ އުއްމީދަކީ 2023 ގެ އިންތިހާބުގައި އޭނާ ވެރިކަމަށް ވަޑައިގަތުމެވެ. އެ އިންތިހާބު ކާމިޔާބު ކުރެއްވިއްޖެ ނަމަ، "ގާނޫނީ އިމުގެ ތެރެއިން ޔާމީނަށް މާފު ދެއްވާނެ" ކަމަށް އުމަރު ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުރީގެ ރައީސުން ޖަލަށް ލުމުގެ ސަގާފަތް ނިމުމަކަށް ގެންނަން ޖެހޭ. އަޅުގަނޑަށް ގާނޫނު ހުއްދަކުރާ ހިސާބަށް، ނޫނީ އަތްފޯރާ ހިސާބަށް އައިމަ، ޔާމީނަށް މާފު ދޭނަން،" އުމަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް އަދި މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މުހައްމަދު ވަހީދު ވިޔަސް، ޖަލުގައި އޮންނަ ތަން ބައްލަވަން ބޭނުންނުވާ ކަމަށެވެ. އޭގެ ސަބަބަކީ، "އެއީ ގައުމަށް ތަފާތު ގިނަ ހިދުމަތްތަކެއް ކުރެއްވި ސިޔާސީ ލީޑަރުންނަށް ވާތީ" ކަމަށް ވިދާޅުވި އެވެ.

"އެ ބޭފުޅުންނަށް މާފުދެވޭ އެންމެ އަވަހަކަށް މާފު ދޭން ޖެހޭނެ،" އުމަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނަށް ހާއްސަ ރައްކާތެރިކަމަކާއި އިނާޔަތްތަކެއް ގާނޫނުން ލިބޭ އިރު، އެ ބޭފުޅުންނާ މެދުގައި އަމަލު ކުރަން ޖެހޭނީ ވީ އެންމެ ރަނގަޅަކަށެވެ. އެ ބޭފުޅުންނަށް އިހްތިރާމާއި ގަދަރު ލިބެން ވާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

އުމަރު: އުއްމީދުކުރަނީ 2023 ގެ އިންތިހާބު ކާމިޔާބުކުރައްވަން ---ފޮޓޯ: މިހާރު

އޭގެ ފަހުގައި، އުމަރު މިސާލު ނެންގެވީ، ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރު، މާފުށީ ޖަލުގައި ހެދި މާފުށީ ޖަލުގެ ސްޕެޝަޕް ޕްރޮޓެކްޝަން ޔުނިޓް (އެސްޕީޔޫ) އެވެ.

އުމަރު ވިދާޅުވި ގޮތުގައި އޭނާ އިސްކޮށް ހުންނަވައިގެން ޖަލުގެ އެ ބައި ހެދީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިއްވި 13 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުމަށެވެ.

"އަޅުގަނޑުމެންނަށް އޮތް ނަޝީދު އާދައިގެ ޖަލު ގޮޅިއެއްގައި ބޭއްވުމުގެ އޮޕްޝަން ވެސް. އެކަމަކު އެގޮތަށް ކަންތައް ނުކޮށް، ވަކިން ޖަލެއް ހަދާފައި ނަޝީދު ބެހެއްޓީ،" އުމަރު ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުރީގެ ރައީސުން ޖަލަށް ލުމުގެ ސަގާފަތް ނިމުމަކަށް ގެންނަން ޖެހޭ. އަޅުގަނޑަށް ގާނޫނު ހުއްދަ ކުރާ ހިސާބަށް ނޫނީ އަތްފޯރާ ހިސާބަށް އައީމަ، ޔާމީނަށް މާފު ދޭނަން،" --- އުމަރު

މީގެ އިތުރުން ސިޔާސީ ބޭފުޅުން ޖަލު ޔުނިފޯމްގައި ގެންގުޅުން މަނާކޮށް، ގަވައިދަށް ބަދަލު ގެނައީ ވެސް އެބޭފުޅުންނަށް އިހްތިރާމް ކުރުމުގެ ގޮތުން ކަމަށް އުމަރު ވިދާޅުވި އެވެ.

"މަތީ މަގާމުތަކުގައި ތިބޭ މީހުން ޖަލު ހެދުން އެޅުން މަނާކޮށް، ގަވައިދަށް ބަދަލު ގެނައި އިރު، އެމީހުން ތަންތަނަށް ގެންދަން ޖެހޭނީ ޓައި އާއި ގަމީހާއި ފުޓުލޫނުގައި ކަމަށް ގަވައިދުގައި ލިޔެފައި އޮންނާނީ. އެ ނޫން ގޮތަކަށް ގެންދާ ނަމަ، އެއީ ގޯސް ކަމެއް ކަމަށް ގަބޫލުކުރަނީ،" އުމަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޔާމީނާ މެދުގައި އަދިވެސް ހިޔާލު ތަފާތުވުން އެބަ އޮތް ކަމަށެވެ. އެކަމަކު ޔާމީން ގަބޫލު ކުރައްވާ ސިޔާސަތުތަކާ ދެކޮޅުވިޔަސް އެއީ ޔާމީން މިނިވަންކުރަން އަޑުއުފުއްލަވަން ނުޖެހޭ ސަބަބެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު. --- ފޮޓޯ: މިހާރު

ޔާމީން ހިންގެވި ތަރައްގީގެ ބައެއް މަޝްރޫއުތަކަށް އުމަރު ތާއީދުކުރައްވަ އެވެ.

ޔާމީނަށް އެންމެ ހުތުރުކޮށް އަބަދުވެސް ފާޑު ކިއުއްވަމުން ގެންދަވާ ޖާބިރު "މިހާރު" އަށް ވިދާޅުވީ ޔާމީނަކީ ވަރަށް ގާތް ރައްޓެއްސެއް ކަމަށާއި ވަގުތުން ވަގުތަށް އެމަނިކުފާނު މިނިވަން ކުރަން ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ޔާމީން ކުރެއްވި ކުށް ސާބިތުވެ، އެމަނިކުފާނާ ގާނޫނު އަރާ ހަމަކޮށްފި އެވެ. އެހެންވެ، ޖާބިރު ގަބޫލުކުރައްވަނީ، ޔާމީނަށް ލުއިތަކެއް ލިބިވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ.

ޖާބިރު މިހާރު ވަނީ ޔާމީނާ ޖަލުގައި ބައްދަލު ކުރައްވަން އެދިވަޑައިގެން ހޯމް މިނިސްޓްރީ އަަށް ސިޓީއެއް ވެސް ހުށަހަޅުއްވައިފަ އެވެ.

"އަޅުގަނޑު މިހުރީ ޖަލަށް ދިއުމަށް ތައްޔާރަށް. އެއީ ވަރަށް ގާތް ރަހްމަތްތެރިއެއް،" ޖާބިރު ވިދާޅުވި އެވެ.

"ޔާމީން ވެރިކަން ކުރީ ގޯސްކޮށް. އެކަމަކު، އޭނާ އަށް މާފު ދޭން ޖެހޭ ވީހާވެސް އަވަހަކަށް. ޔާމީންގެ އާއިލާ އިން ކުރާ ހިތާމައިގައި އަޅުގަނޑު ބައިވެރިވާނަން."

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޖާބިރު ކުރިން ވިދާޅުވެފައި ވަނީ ޔާމީން އިންނަވަން ޖެހޭނީ އުމުރު ދުވަހު ޖަލުގައި "ހިލިހިލާ" ޖަހާފައި ކަމަށެވެ. ޔާމީން ހައްޔަރު ނުކުރާ ނަމަ، ހޯމް މިނިސްޓަރު އިމްރާން އިސްތިއުފާ ދެއްވަން ވެސް އޭރު އޭނާ ގޮވާލެއްވި އެވެ.

"ކީއްވެތޯ ޔާމީން ހައްޔަރު ނުކޮށްގެން އުޅެނީ؟ އޭނާ ކުރި އަނިޔާ ކުޑައީތޯ؟ ހަމަ ގައިމު ވެސް އޭނާ ހައްޔަރު ކުރަން އެބަ ޖެހޭ. ވަހީދު ހައްޔަރު ނުކޮށް ތި އިންނެވީ ކީއްވެތޯ؟ އިންޓަޕޯލް މެދުވެރިކޮށް އޭނާ ނުގެނެވެނީތޯ؟ ގެނެވެން ވާނެ ނޫންތޯ؟. މިއީ ދައުލަތެއް ނޫންތޯ؟" ޔާމީނާއި ކުރީގެ ރައީސް ވަހީދަށް އިޝާރާތް ކުރައްވައި، ރައްޔިތުންގެ މަޖިލިހުގައި، ޖާބިރު އޭރު ވިދާޅުވި އެވެ.

83 ކޮމެންޓް, 196 ރިއެކްޝަންސް

icon happy icon happy 18%
icon sad icon sad 1%
icon angry icon angry 81%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަސަދުއްﷲ

03 December 2019

ކުރުކޮށް އަދި ފޮނިކޮށް ބުނެވޭނީ ، އުޅޭނެގޮތެއް ނޭގިގެން އުޅޭ ދެމީހުން މީ ،

The name is already taken The name is available. Register?

ހާމިދު ޝާހިދު

03 December 2019

މީގެން އެއްވެސް ބޭފުޅަކަށް ޕީޕީއެމް އެއް ނުލިބޭނެ. ވަކިން ހާއްސަކޮށް އުމަރު ނަސީރު އެއީ ކާކު. ފިނޑިއެއް. ޕާޓީއަށް އެންމެ ބޭނުންވާ ވަގުތުތަކުގައި ފިއްލަވައިގެން ގޮސް ދުރުގައި ހުންނަވައިގެން އެމްޑޕީ އަށް ކިތަންމެ ފާޑެއް ކީނަމަވެސް އޭގެން ކުރާ ރާހަތެއް ނޯންނާނެ. ފާރުގައި ހުރި ކުލައާއި އެކުލައިގައި ޖެހިފައިވާ ހަޑިތައް ހުރިހާ ހިނދަކު އެހުންނާނީ އެގޮތައް.

The name is already taken The name is available. Register?

6ސަން

02 December 2019

ތިކޮއްޗެއްކިޔަނީ ނަސީދު ޖައްލާންވެގެން އަމިއްލައައް ގޮޅިހެދިމީހަކު ތިނުނަނީ ތިބިންނާ ފެންނަގޮތެއްނޫނޭ ރައިސުން ޖަލައްލުމަކީ. ޢެހެންނުނަސް ގާނޫނުގެ ކުރިމަތީގަ ރައީސަކަސް ކާސިމަކަސް ހަމަހަމަ ވާނެކަމައް އެއޮތީ. ރައީސުންވެސް ގާނޫނާ އެއްގޮތައް އުޅުނީމާ ސަރުކާރުވެއްޓޭ އިރައް ޖަލައްވަންނާނަކައް ނުޖެހޭނެ

The name is already taken The name is available. Register?

ދޮންދީދީ

02 December 2019

ޕިންކޭއިންނަށް ދަންނަވާލަން އޮތީ ހަނާދަން އެބެހުރިހޭ ކަލާފާނު ސްކޫލްގައި ޑީއާރުޕީ ޖަލްސާއެއް ހިނގަނިކޮށް އެތަނަށް އުމަރު ނަސީރު ގްރޫޕެއް ގޮވައިގެން ވަދެ ޖަލްސާ ހުއްޓުވަން އުޅުނު ދުވަސް. މިހާރު އޭނަ އެއުޅެނީ ފުރުސަތުގެ ބޭނުންކޮށްގެން ޕާޓީއޭނައާއި ޖަމީލުގެ ކޮންޓްރޯލް ދަށަށް ގެންނަން. އެއިރުން ޕީޕީއެމް ހިނގާނީ ގާސިމް އަންގާގޮތަކަށް.

The name is already taken The name is available. Register?

ފޮނިޓައްޕު ހަސަނު

02 December 2019

މިރާއްޖޭގައި އުޅޭނެ އެއްވެސް ސިޔާސީ އުރަތްޕެއް ނެތް، އަކަމަކު ސިޔާސީ މީހުންކަމަށް ހެދިގެން އުޅޭ ދެތިން މީހަކު، އޭގެ ތެރެއިން މިހާރު ދުނިޔޭގައި ތިބީ ޖާބިރާއ ދޮންޖޭމު އުމަރު ނަސީރަކީ، 3 ވަނަ މީހާ ވަނީ މިދިޔައަހަރު ނިޔާވެފައި.

The name is already taken The name is available. Register?

އަޙުމަދު.

03 December 2019

ޖަމީލުވެސް ތިޔަ ލިސްތަށް އިތުރު ކޮށްލާ.

The name is already taken The name is available. Register?

ބާޒުމޫސުން

02 December 2019

ސިޔާސީގޮތުން އެއްވެސް ބަރުދަނެއްނެތް، އެމީހެއްގެ ފަރާތުން ޤައުމަށް ފައިދާއެއް އަދި ގެއްލުމެއްވެސް ނުވާނެ. "ނަން ކޮންސިކުއެންޝަލް" މީހުންގެ ވާހަކަ މީޑިއާގަ ކަަވރުކުރާތީ ޙައިރާން

The name is already taken The name is available. Register?

އަޙުމަދު.

02 December 2019

ޔާމީނުވިދާލުވި މިނިކާ ބާޒުތަކަކީ ތިޔަބޭފުޅުންގެތެރެއިން ކޮންބައެއްތޯ އެވެ. ؟ މިނިކާބަޒުގެ ގޮތުގަ ޢެސިފަކުރަނީ އުމަރާ ޖާބިރާ ޖަމީލަށް ތޯއެވެ. ؟ ވެރިއެއްގެ ހައިސިއްޔަތުން ޔާމީނުގެބާރު ޕީޕީއުމުންކެނޑުނަސް މިނިކާބާޒުތަކެއްގެ އަތްދަށަށް ޕާޓީހިނގާދާނެތީ އިންޒާރުދެއްވާފައި ވުމާއެކު ޤައުމުގެރައްޔިތުން ވަނީ އެބާޒުތަށް ދެނެގަންނަން ޖެހިފައެވެ. ؟ އަޅުގަނޑަށްސިފަކުރެވޭ ބާޒުތަކަކީ ސިޔާސީގޮތުން ހަމަހައްޕުނޑެވެ. އެއްވެސްހަރުދަނާކަމެއްނެއް ދެފުއްކެހެރިންނެވެ

The name is already taken The name is available. Register?

ހިޔަޅުބުއްދި

02 December 2019

އެއީ ޕާރޓީގެ ވެރިކަން ދަމައިގަންނަން ވެގެން

The name is already taken The name is available. Register?

ނެގުނުކަތީބު

02 December 2019

ޔާމީނު ޖަލުގައި ވީވަގުތު އެމީހުން ބޭނުންވަނޫ ޕާޓީގެ ލީޑު ހޯދަން!

The name is already taken The name is available. Register?

އިހުސާނާ

02 December 2019

މި ތިބަ ފެންނަނީ އަސްލު މުނާފިޤުން! ޔާމީނު ޖަލަށް ނުލެވިގެން ތެޅިބޭލިއިރު ހީވީ އެހެންފަދަ ކަމެއްހެން! މިވެރިންނަކީ އެކިޔާ މިނިކާ ބާޒުތަކަކީ! މި ވެރިން އެ އުޅެނީ ޕީޕީޔެމަށް ވެރިވެގަންނަންވެގެން! އަނެއްހެން ނުވާނެ ކަމެއް ނޫން! ލާރި ދިނީމަ ހަމަ ވާނެ ކަމަށް ބެލެވެނީ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454