މަޖިލިހަށް ކައުންސިލަރުން ވަކިނުކުރެވޭ ގޮތަށް އިސްލާހެއް ހުށައަޅައިފި

ކައުންސިލްތަކުގެ މޭޔަރުންނާއި ރައީސުންނާއި މެންބަރުން ރައްޔިތުންގެ މަޖިލިހަށް ވަކިކުރެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހު ބަދަލުކޮށް، ރައްޔިތުންގެ މަޖިލިހަށް އެ ބާރު ނުދޭ ގޮތަށް އެމްޑީޕީގެ މެމްބަރަކު އިސްލާހެއް ހުށަހަޅުއްވައިފި އެވެ.


ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލިހުގެ ލާމަރުކަޒީ ކޮމިޓީން ނިންމާފައި ވަނީ ކައުންސިލަރެއްގެ މައްސަލައެއް އޮތް ނަމަ އެލްޖީއޭ އިން އެކަން މަޖިލީހަށް ހުށަހެޅުމުން މަޖިލީހުގައި ނަގާ ވޯޓަކުން އެ ކައުންސިލަރަކު މަގާމުން ވަކިކުރެވޭނެ ކަމަށެވެ.

އެކަމަކު، ބިލްގައި ބުނާ އެ މާއްދާ އުނިކުރަން ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ސަނީފު ހުށައެޅުއްވި އިސްލާހުގައި ވާ ގޮތުން މޭޔަރުންނާއި ކައުންސިލްގެ ރައީސުންނާއި މެމްބަރުން ވަކިކުރުުގެ ބާރު އެއްވެސް ބަޔަކަށް ނުލިބެ އެވެ. އޭގެ ބަަދަލުގައި އެލްޖީއޭއަށް ދީފައި އޮތީ، މައްސަލަ ބެލުމަށް ފަހު ގިނަ ވެގެން ތިން މަސްދުވަހަށް ސަސްޕެންޑްކުރުމުގެ ބާރެވެ.

ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހަށް މިއަދު ވޯޓަށް އަހާއިރު ސަނީފްގެ އިސްލާހަށް ވެސް ވޯޓަށް އަހާނެ އެވެ.

އިތުރު ތަފްސީލް އަންނަނީ....