ޓެކްސީ ފޮނުވުމުގެ ކުރިން ކަސްޓަމަރުގެ އެޑްރެސް ހޯދަން ބައެއް ސެންޓަރުތަކުން ނިންމައިފި-- ފޮޓޯ: މިހާރު
05 ޑިސެމްބަރ 2019 - 16:05
ޓެކްސީ ހޯދަން ގުޅާ މީހުން ދިރިއުޅޭ އެޑްރެސް ނުދެންޏާ ޓެކްސީ ނުފޮނުވާ ގޮތަށް، މާލޭގެ ބައެއް ސެންޓަރުތަކުން ނިންމައިފި އެވެ.
އެގޮތަށް ސެންޓަރުތަކުން ނިންމީ ޓެކްސީ ޑުރައިވަރެއް ކަމަށްވާ، ގާސިމް ހަސަން، 59، އަށް ވަޅިން ހަމަލާދީ ހުޅުމާލޭގައި ރޭ މަރާލި ހާދިސާއާ ގުޅިގެންނެވެ. ބެލެވޭ ގޮތުގައި އޭނާއަށް ހަމަލާދިނީ ދަތުރެއްގައި އެރި ބައެކެވެ. ނަމަވެސް މި ގަތުލާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ.
ޓެކްސީ ހޯދަން ގުޅުމުން އެޑްރެސް ބުނެދޭން ޖެހޭ ގޮތަށް ނިންމީ ކުލީ ދުވެއްޔާއި ނިއު ޓެކްސީގެ އިތުރުން ޑަޔަލް ކެބް ސެންޓަރުންނެވެ.
އެ ތިން ސެންޓަރުގައި ވެސް އޮޕަރޭޓަރެއްގެ ވަޒީފާ އަދާކުރާ މުހައްމަދު ޒާހިރު ބުނީ އެގޮތަށް އަމަލުކުރަން ނިންމީ ޓެކްސީ ޑުރައިވަރުންނާއި ކަސްޓަމަރުންގެ ވެސް ރައްކާތެރި ކަމަށް ކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން އެ ސެންޓަރުތަކުން ޓެކްސީ ފޮނުވައިދޭނީ ގުޅާ މީހާގެ އެޑްރެސް ދިނުމުން ކަމަށް އޭނާ ބުންޏެވެ.
"އެޑްރެސް ނޫން އިތުރު ޒާތީ މައުލޫމާތެއް ނުހޯދާނެ. ކަސްޓަމަރަށް އެއްޗެއް ބާއްވާފައި ދެވުނަސް ހަވާލުކުރަން ވެސް ފަސޭހަ ވާނެ އޭރުން،" އޮޕަރޭޓަރަކަށް މަސައްކަތް ކުރާތާ ގިނަ ދުވަސް ވެފައިވާ ޒާހިރު ބުންޏެވެ.
ކަސްޓަމަރުން ދޭނީ ރަނގަޅު އެޑްރެސްކަން ސެންޓަރުތަކުން ޔަގީން ކުރާނީ ކިހިނެއް ކަމެއް އޭނާ ނުބުނެ އެވެ.
"ދެނީ ރަނގަޅު އެޑްރެސްތޯ އަޅުގަނޑުމެން ޗެކް ކުރާނަން. ނުރަނގަޅު އެޑްރެސް ދީފި ނަމަ ޓެކްސީއެއް ނުފޮނުވާނަން،" ޒާހިރު ބުންޏެވެ.
ގާސިމްގެ މަރާ ގުޅިގެން އެހެން ބަދަލެއް ވެސް އެ ތިން ސެންޓަރުން ވަނީ ގެނެސްފަ އެވެ. އެގޮތުން ވަކިވަކި ޓެކްސީ ޑުރައިވަރުންގެ ފޯން ނަމްބަރު ކަސްޓަމަރުންނަށް ދިނުން މިހާރު ވަނީ ހުއްޓާލައިފަ އެވެ. ވަކި ޓެކްސީ ޑުރައިވަރަކާ ގުޅަން ބޭނުންވާ ކަސްޓަމަރުން އެކަން ކުރަން ޖެހޭނީ ސެންޓަރު މެދުވެރިކޮށް ކަމަށް ޒާހިރު ބުންޏެވެ.
ދިރިއުޅޭ އެޑްރެސް ދޭން ޖެހޭ ގޮތަށް ބައެއް ސެންޓަރުތަކުން ހަމަޖެއްސި އިރު މިހާރު މާލެ ސަރަހައްދުގައި ގިނަ ޓެކްސީތަކުން މީހުން ނަގަނީ ސެންޓަރަށް ލިބޭ ކޯލްތަކުގެ ބަދަލުގައި، މަގުމަތިންނާއި އެޕް ބޭނުންކޮށްގެންނެވެ. ރައްކާތެރި ކަމަށް ބަލާ ނަމަ އެޕަކީ އެންމެ ޔަގީންކަން ބޮޑު ވަސީލަތެވެ.
ގާސިމްގެ ފަހު ދަތުރަކީ ވެސް ސެންޓަރުން ނެގި ދަތުރެއް ނޫނެވެ. އޭނާ ފަހަކަށް އައިސް ދަތުރުތައް ކުރީ ހުޅުމާލެ އާއި ހުޅުލެއަށް ހާއްސަކޮށްގެން ކަމަށް ވެސް ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދު ބ
06 December 2019
މަގުމަތީން ދަތުރު ނުނަގަންވީ. އެޕް މެދުވެރިކޮށް ދަތުރުފަށް ޖެހޭ.
ލީނއ
06 December 2019
ޢޮންލައިން ކޮން ޓެކްސީ ނެގީމަ އިނގޭނެ ކާަކުކަން ޓެކްސީ ނަގަނީ
މާރީ
06 December 2019
ތިކަން މާގިނަ ދުވަހަކު ތަންފީޛެއް ނުކުރެވޭނެ. އަހަރެން އޮލިންޕަސްކުރިމަތީ ހުރެ ގުޅާފަ ބުނެފާނަން ރައްޓެއްގެ ނަމާއި، އެޑްރެސް. ދެވަނަ ގޮތަކީ އައިޑީކާޑު ބެލުން. ހުރިހާ އެންމެން އުޅޭނީ އައިޑީ ހިފައިގެންނެއް ނޫން. މީހަކު މަރަން އުޅޭ މީހަކު ޓެކްސީއަށް ނާރާވެސް މަރާނެ. އަދުލުއިންސާފު ފުރިހަމައަށް ޤާއިމުކުރަން ފެށުމުން މަދުވާނެ. 1/3 ޖަލުގައި ހޭދަކުރާއިރަށް ސަލާމަތްވޭ. މަރުވި މީހާގެ ނުވަތަ އޭނާގެ އާއިލާގެ ހައްގެއް ނެތް.
ފޮގުބަ
06 December 2019
ނަމާ އެޑްރަސް ރަނގަޅަށް ބުންޔަސް ނުވާނެ ކަމެއް ދިމާވިޔަސް އެއް ކަމެއްވެސް ބޮޑެ ކުއް ކުރާމީހުން އަމިއްލަޔަށް އިޢުތިފާފުވިޔަސް އަދަބެއް ނުދެވެ
ދައްސޫރަ
06 December 2019
ނަހުލާ މަރުހަބާ ދެންނެވިޔަސް ނުބައި އެޑްރެސް ދީފީޔާމް ކަންނު ކުރާމީހާ ބެދޭނީ މިނިސްޓަރ ހާދަ ބޯ ރަނގަޅޭ
ދޮންހޮއްކޮ
06 December 2019
ސެންޓަރުތަށް އަމިއްލައަށް ޕުރަމޯޓުވާން.. އެންމެ ސޭފީ އެޕް ބޭނުންކުރުން
ރާވެރިބެ
06 December 2019
އެޑްރެސް ހޯދުމަކުން މައްސަލައެއް ނެތް. އެކަމަކު ދެނީ ރަނގަޅު އެޑްރެސްކަން އެނގެނީ ކޮން ގޮތަކުން ހެއްޔެވެ
ޏުމާނާ
06 December 2019
ޓެކްސީ ޑްރައިވަރެއްވިޔަސް ކޮންމެ މީހެއް ވިޔަސް ފުރާނަ ދުއްވާލައިގެން ނުވާނެ. ނަމަވެސް މި މަރާގުޅިގެންނޭކިޔާފަ ސެންޓަރުތަކުން ހިތުހުރި ގޮތެއް ނެހެދޭނެ އަމިއްލަ ގާނޫން ހަދައިގެން. މިހާރުވެސް މަކަރާހީލަތުން އަގުބޮޑުކޮށް ދަތުރުކުރާ ޑްރައިވަރުން މަދެއްނޫން. ޢިއްޔެ ވެސް މާލެއިން އެއާޕޯޓަށް ގޮސްލަން ޓެކްސިއެއް ނުލިބިގެން އުޅެނިނޮކޮށް ލިބުނު ޓެކްސީ ގަ ގޮސް ފައިބާފަ ކިހާވަރެއްހޭ އެހީމަ ބުނީ 120 ރުފިޔާޢޭ. އެޕް ތުރޫކޮށް ނެގި ޓެކްސީގެ ހާލަތު މީ.
ޙަސަން އަޙްމަދު
06 December 2019
ވަކި އަގު ތަކެއް ކަނޑައަޅާފަ އޮއްވަ ކީއްކުރަންތަ އަހަނީ؟ އަދި ތި ބުނީ ވެސް ގޮސް ފައިބާފަ އަގު އެހި ވާހަކަ. އެރުމުގެ ކުރިން އެހި ނަމަތާ ޑްރައިވަރަށް ބޮޑާ ހޭކުނީހީ ވެސް.
އަދާލަތު
06 December 2019
ޓެކކކ ކްސީއަށް އަރާ ދަތުރުވެރިން ދޮގު އެޑްރެހެއް ދީފާނެ. އެ ކަމަށްވެސް ވިސްނެވުމަށް އިލްތިމާސް ކުރަން.
ޖަމްބެ
06 December 2019
އެޕުގަ ދިޔައީމަ ހުރިހާކަމެއް ހައްލުވީ! ރައްކާތެރިކަން ޔަގީންވާނެ. ޑްރައިވަރުގެ މައުލޫމާތާއި ކަސްޓަމަރުގެ ފުރިހަމަ މައުލޫމާތުވެސް ހުންނާނެ އަދި ހުރިތަންވެސް ފެންނާނެ! މިހާރުން މިހާރައް އެޕުގަ އެކަނި ދަތުރުކުރެވޭގޮތައް ހަދަންވީ! އޭރުން ރައްކާތެރިކަން ޔަގީންވާނީ