ކުޑަކުދިންތަކެއް ކުޅެނީ: މާފުށިން ގެއްލުނު ކުއްޖަކު ހޯދަނިކޮށް، ހޭނެތިފައި އޮއްވައި ވަނީ ފެނިފައި
10 ޑިސެމްބަރ 2019 - 22:03
ކ. މާފުށިން މިއަދު ގެއްލިގެން ހޯދަމުން ދިޔަ ކުޑަ އަންހެން ކުއްޖާ އެ ރަށު ގުދަނެއްގެ ތެރޭގައި ހޭނެތިފައި އޮއްވައި މިރޭ ފެނިއްޖެ އެވެ.
މަންމައާ ޖެހުނު މައްސަލައެއްގައި މިއަދު ހަވީރު ގެއިން ނުކުތް ފަހުން ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ފާތިމަތު ޝިފްރާ މުހައްމަދު، 14، މިރޭ 9:30 ހާއިރު ފެނުނީ އެރަށު އިންޖީނުގޭ ކުރިމަތީ ހުންނަ ގުދަނެއްގެ ތެރޭގައި ހޭނެތިފައި އޮއްވައި ކަމަށް އެރަށު ކައުންސިލުން ބުންޏެވެ.
އެ ގުދަނަކީ އެ ރަށު ރައްޔިތުންގެ ތަކެތި ބަހައްޓަން ހަދާފައިވާ ތަނެކެވެ. އެއީ އާންމުކޮށް މީހުން ވަދެ އުޅޭ ތަނެއް ނޫނެވެ.
މާފުށީ ކައުންސިލްގެ ރައީސް އުސްމާން ރަޝީދު ވިދާޅުވިގޮތުގައި އެ ކުއްޖާ އޮތީ ގުދަނުގައި ބަހައްޓާފައި ހުރި މޭޒެއްގެ މަތީގައި ހޭނެތިފަ އެވެ. ބޭރުފުށުން އަނިޔާއެއް ފެންނަން ނެތް ކަމަށާއި މިވަގުތު އޮތީ އެރަށު ސިއްހީ މަރުކަޒުގައި ކަމަށް ވެސް އުސްމާން ވިދާޅުވި އެވެ.
"ހާލު ރަނގަޅު. ހޭވެސް އަރައިފި. ޑޮކްޓަރުން ވިދާޅުވަނީ ގޯނާއެއް ކޮށްފައިވާ ކަމަކަށް ނުބެލެވޭ. ބޭރު ފުށުން އަނިޔާއެއް ފެންނާކަށް ނެތޭ،" އުސްމާން ވިދާޅުވި އެވެ.
ކުއްޖާގެ މަންމައާ ހަވާލާދީ އުސްމާން ވިދާޅުވީ އެ ކުއްޖާ އަކީ ރުޅިގަދަވުމުން ނޭވާ އަށް އުނދަގޫވެ ހޭނެތޭ ކުއްޖެއް ކަމަށެވެ. މިއަދު އެ ކުއްޖާ ގެއިން ނުކުތީ ކޮއްކޮއާ ޖެހުނު މައްސަލައެއްގައި ރުޅިގަދަ ވެގެން ކަމަށް ކުއްޖާގެ މަންމައާ ހަވާލާދީ އުސްމާން ވިދާޅުވި އެވެ.
ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެސްމާ
11 December 2019
އެކުއްޖާ މަށަށްގެގެ މަބަލާނަން ވަރަށްލޯބީން
ސާޖިދު ނަދި އަދުވާލާ
11 December 2019
ޖެންޑަރ މިނިސްޓްރީ އަކީވެސް މުވައްޒަފުން ތިބެގެން މަސައްކަތްކުރާ ތަނެއް. އަހަރުމެންނަށް މި ފެންނަނީ ގޯހުންދާ ކޮންމެވެސް ކަމެއް. އެހެން ރިޕޯޓު ކުރުމަކީ މައްސަލައެއްވެސް ނޫން. އެކަމަކުވެސް ޖެންޑައަށް ހުށަހެޅޭ މައްސަލަތަކާއި އެމައްސަލަތައް ހައްލުކުރަން ހުރި ގޮންޖެހުންތަކާ އެފަދަ ގޮންޖެހުންތަކުގެ ތެރެއިންވެސް ވަރަށް ގިނަ ކަންކަން ހައްލު ކުރާކަން އެއީ ހަގީގަތެއް. ދެން އެ ހުރިހާ ކަމަކާ އެކުވެސް ހައްލު ނުކުރެވިދާ ކަންކަން މީ
ހެއުފާހަގަ
11 December 2019
އެކުއްޖާ ދެރަވެގެން ފިޓް ޖެހުނީ ފިޓް ޖެހުނީމަ ހޭ ނެތުނީ އެއީ އެ ވާގޮތަކީ ގިނައިރެއް ނުވަނީސް ރައްޔިތުން ނިކުމެ ހޯދިކަން ވަރަށް ރަނގަޅު
އެޑްމުންޑޯ
11 December 2019
ޖިންސީ ގޯނާއެއްކޮއްފައިވޭތޯ ބަލަންޖެހޭނެ
ޑޮކްޓަރު
11 December 2019
ޑޮކްޓަރުން ބެލި އޭ ނުން އެ ކިޔަނީ
އާރީ
11 December 2019
މައިންބަފައިން ނަށް ކުއްޖާގެ ގޮތް އެގި ހުރެ ހުރިހާ ކަމެއް ތި ހިގީ.
ޝިއާރު
11 December 2019
ފުރަތަމަ ބުނެފަ އޮތީ "މަންމައާ ޖެހުނު މައްސަލައެއްގައި" ދެން ބުނެފަ އޮތީ "މިއަދު އެ ކުއްޖާ ގެއިން ނުކުތީ ކޮއްކޮއާ ޖެހުނު މައްސަލައެއްގައި" ކަމަށް. މިހާރު ވީ ގޮތެއް ނޭނގުނު. ކޮބާ ރަނގަޅު ގޮތަކީ؟
ޝާމް
10 December 2019
ދިވެހި ރާއްޖޭގައި ޖެންޑަރ މިނިސްޓްރީ (ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން) އިން ކުޑަކުދިންގެ ހިމާޔަތާއި ރައްކާތެރިކަމަށްޓަކައި “ޕޮލިހުންނާއި ގުޅިގެން މިއަންނަނީ ތަހުގީގުކުރަމުން” މިހެން ބުނުން ފިޔަވައި ކުރަނީ ކޮންކަމެއްތޯ. ވަޒީފާގެ މައްސޫލިއްޔަތު އަދާނުކުރުމުގެ ސަބަބުން ކުދިންނަށް ލިބޭ ގެއްލުމަށް އިހުމާލުވާ މީހުންނަށް ފިޔަވަޅު އަޅައިދެއްވާ
ކުލަރަންމީބަ
11 December 2019
ޖެންޑާ މިނިސްޓްރީއާއި މިކަމާއި ގުޅެނީ ކިހާހިސާބަކުންތަ. ކުއްޖާ ގެއްލުމާއިއެކީ ފުލުހުންނަށްގުޅައިގެން އިރުކޮޅަކުން އެހޯދީއެއްނު.
ހަސަންމަނިކް
10 December 2019
ކުއްޖާ މަންމަ ބުނަނީ ކުއްޖާ އަކީ ރުޅިގަދަވީމަ ނޭވާ ހާސްވެ ހޭނެތޭ ކުއްޖެކޭ. އަދި ހަމަ ކުއްޖާގެ މަންމަ ބުނަނީ ކުއްޖާ ގެއިން ނިކުމެގެން ދިޔައީ މައްސަލައެއް ޖެހިގެން ރުޅި އައިސްގެންނޭވެސް؟ ވީމާ ކުއްޖާގެ މަންމަގެ މައްސަލަނު ތަހުގީގުކުރަންވީ ފުރަތަމަވެސް.
ާވެރިން
10 December 2019
ޖެންޑާ މިނިސްޓްރީ ތީއެއްވެސް ކަމެއްވާ ތަނެއްނޫން.
ހާސަރު
11 December 2019
ކަމެއް ވާއިރަށް ޖެންޑަރ މިނިސްޓްރީ ބޮލުގައި ތިއަޅުވަނީ އަޅެ ކީއްވެތަ. އެތަނަށް ގޮސް ބަލައިލަން ވީނުން އެމީހުން ކުރާހާ މަސައްކަތް. އަހަރެމެންގެ ކިބައިގާ މިހާރު މިހުންނަ އެންމެ ނުރަގަޅު ސިފައަކީ ކަމެއް ވާއިރަށް އެހެން ބައެއްގެ ބޮލަށް ކަނޑާލުން. ކުރިން ވެސް ދިވެހިން އުޅުނު އަވަށްޓެރިންނަށް އަޅާލައިގެން ފަރުދީ ޒިންމާ ނަގައިގެން. ކަމެއް ރަގަޅު ކުރުމަށް ތިމާއަށް ކޮށްދެވޭނީ ކީއްތޯ ބަލާ އެގޮތަށް އުޅޭނަމަދޯ. އަހަރެމެންގެ ދީންވެސް ބާރު އަޅަނީ އެގޮތަށް
ޢަބްދުﷲ 56555
12 December 2019
ޖެންޑަރ މިނިސްޓްރީން ކުރާ ކަންތައްތަކަކުން މިކަމެއް ނުހުއްޓުވޭނެ.... އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް ޢަމަލު ކުރެވިގެން މިކަންކަަމަށް ޙައްލު ލިބޭނީ..