12 ޑިސެމްބަރ 2019 - 07:34
އެމެރިކާގެ މޭރިލޭންޑްގެ ރިއަލް އެސްޓޭޓް ކުންފުންޏަކުން މުވައްޒަފުންގެ އަހަރީ ބޯނަސްގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް ފައިސާގެ ބޮޑު އިނާމެއް ދީފި އެވެ.
އެސްޓީ ޖޯން ޕްރޮޕަޓީޒްގައި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާ އަދާކުރަމުންދާ މުއްދަތަށް ބަލައިފައި ދިން ބޯނަސްގެ ދަށުން 50،000-270،000 ޑޮލަރާ ދެމެދުގެ އަދަދެއް ދީފައިވެ އެވެ. މުވައްޒަފުންނަށް ލިބުނު ވަރަށް ބޮޑު ސަޕްރައިޒަކަށްވި މި ހަދިޔާ ދީފައިވަނީ ކުންފުނީގެ ފަރާތުން އަންގާރަ ދުވަހުގެ ރޭ ބޭއްވި އަހަރީ ހޮލިޑޭ ޕާޓީގެ ތެރޭގަ އެވެ.
މީޑިއާތަކުން ބުނީ ގޮތުގައި 198 މުވައްޒަފަކަށް ބޮޑު އަދަދަކުން ބޯނަސް ދިން އިރު، އެކަމަށް 10 މިލިއަން ޑޮލަރު ހޭދަކޮށްފައިވެ އެވެ. ބޯނަސް ދިން މުވައްޒަފުންގެ ތެރޭގައި އެސްޓީ ޖޯން ޕްރޮޕަޓީޒްއާ ގުޅި އަދި ރަސްމީކޮށް ވަޒީފާ އަށް ނުނިކުންނަ މުވައްޒަފުން ވެސް ހިމެނެ އެވެ. އެގޮތުން އެންމެ ދަށްކޮށް ދިން ބޯނަހަކީ 100 ޑޮލަރެވެ.
It’s our honor to publicly announce that a $10 mil bonus will be paid to all SJP employees in celebration of achieving our goal of developing 20 mil SF of CRE space! We are thankful for each of our employees, and thrilled to reward them in such a big way! https://t.co/EhfuulmVoG pic.twitter.com/pdw3zH6DbF
— St. John Properties (@stjohnprop) December 9, 2019
"މިއީ ހަމަ ހަގީގަތުގައި ވެސް ވަރަށް ބޮޑު ސަޕްރައިޒެއް. އަދިވެސް ގަބޫލުކުރަން ދަތިވެފައި މި ހުންނަނީ،" އެސްޓީ ޖޯން ޕްރޮޕަޓީޒްގެ އެސިސްޓަންޓް ޕްރޮޖެކްޓް މެނޭޖަރެއްގެ މަގާމު އެ ކުންފުނި އުފެއްދުނީއްސުރެ ވަޒީފާ އަދާކުރަމުން އަންނަ ސްޓެފެނީ ރިޖްވޭ، 37، ސީއެންއެން އަށް ބުންޏެވެ.
އޭނާ ބުނިގޮތުގައި ބޮޑު އަދަދުތަކުން ބޯސް ދިނުމަކީ މުވައްޒަފުންގެ ދިރިއުޅުން ބަދަލުކޮށްލާނެ ކަމެކެވެ.
މި ހަދިޔާއާ ބެހޭ ގޮތުން ކުންފުނީގެ ރައީސް ލޯރެންސް މެކްރަންޒް ސީއެންއެން އަށް ވިދާޅުވީ 14 އަހަރުވީ ކުންފުނި ފާއިތުވި މުއްދަތުގެ ތެރޭގައި ވިޔފާރީގެ ދާއިރާ އިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އަދި އޭގެ ހުރިހާ ޝަފަރެއް ހައްގު ވަނީ އެސްޓީ ޖޯން ޕްރޮޕަޓީޒްގެ މުވައްޒަފުންނަށް ކަމަށް ވިދާޅުވި އެވެ.
"އެހެންވެ އަހަރެމެން ބޭނުންވީ ކުންފުނި ހޯދާފައިވާ ކާމިޔާބީ އާއި ކުރިއެރުން ފާހަގަކުރުމުގެ ގޮތުން މުވައްޒަފުންގެ އަގު ވެސް ވަރަށް ވެސް ރަނގަޅަށް ފާހަގަކުރަން،" ލޯރެންސް ވިދާޅުވި އެވެ. "އަހަރެމެން ކުންފުނި އުފެއްދި އިރު ހާސިލުކުރަން ބޭނުންވި ލަނޑުދަނޑިއާ ހަމައަށް އާދެވުނީ މުވައްޒަފުންގެ މިންނެތް ބުރަ މަސައްކަތުން."
އެމެރިކާގެ އަށް ސަރަހައްދެއްގައި ގޮފިތައް ހިންގާ އެސްޓީ ޖޯން ޕްރޮޕަޓީޒްގެ އަހަރީ ޕާޓީ ބޭއްވީ ހުރިހާ މުވައްޒަފުން ކުންފުނީގެ ހަރަދުގައި އެއް ތަނަކަށް ޖަމާކޮށްގެންނެވެ. އެގޮތުން ދަތުރުފަތުރުގެ ޓިކެޓާއި އެކޮމޮޑޭޝަން ވެސް ހަމަޖައްސައި ދިނީ ސީދާ ކުންފުނިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރީތި މޫސަ
14 December 2019
ރާއްޖެއަށް ކިތަންމެފައިސާލިބުނަސް ރާއްޖޭގެ ރައްޔިތުންޖެހޭ ހެސްކިޔާފަމަސައްކަތްކޮށްގެންއުޅެން ބުރޫނާއީއިން ލިބެންއޮތީ ތެލާއި ރަން އެކަމުއެތަކެތިހޯދަނީ ހެސްކިޔާފަމަސައްކަތްކޮށްގެން ނަމަވެސް އޭގެފައިދާ އެތާގެ ރައްޔިތުންނަށް ފުރިހަމައަށް ލިބޭ މިރާއްޖޭ އޮތީ ރީތި މޫދާ ރީތި ރަށްތަކާ ރީތި މުރަކައިގެ ބަގީޗާތަށް މާބުރަމަސައްކަތާނުލާ ހެސްކިޔާފަ ލިބޭހާފައިސާތަށް ސަރުކާރުތަކުން ތަޅާބުރުއްސަނީ އޭގެ 1 ޕަސެންޓްވެސް ރައްޔިތުންނަކަށް ނުލިބޭ
ޚާއްސަ
13 December 2019
ސަރުކާރުގައި 30 އަހަރުވީމަ ރިޓަޔަރ ކުރަންވީ
ތަރުކާރީ
13 December 2019
މިރާއްޖޭގައި ސަރުކާރަށް 20 އަހަރު 30 އަހަރު ޚިދުމަތްކުރާމީހާ މުސްކުޅިވީމަ ހުސްއަތާ ގެއަށް! ބޯނަހެއް ނެއްތާ މަގުމަތީ ބިއްޖެހިފަތިބޭ ބޮޑެތި މުޖުރިމުންނަށްވެސް ލިބޭ އެލަވަންސު 5000 އެމީހާޔަށް ވެސް ހައްގުވަނީ
ާއުނިމާ
13 December 2019
ރާއްޖޭގެ ކުންފުންޏަކުން ނުކެރޭނެ މިކަހަލަ ކަމެއްކުރާކަށް
އަހްމަދުކަލޯ
13 December 2019
ހަގީގަތަކީ ފަގީރު ނިކަމެތިންނަށް އަގުބޮޑުކޮށް ގެދޮރު ވިއްކާފަ ލިބުނު ބޮޑު ފައިދާގަޑުން ފުކެއް މުއަޒަފުންނަށް ބެހީއެވެ. އެއްކަލަ އަގުބޮޑުކޮށް އެސްޓޭޓްތަށް ގަން މީހުން ކާފަ ދަރިންނަށް ދަންދެން ސަލާމަތް ނުވެވިފައެވެ.
ހުސީނާ
13 December 2019
ސިވިލްސާވިސްގައި އުޅޭތާ 34 އަހަރު. ޢަދި 55 އަހަރުނުވާތީ އާލީ ރިޓަޔަރމެންޓެއްވެސް ނުލިބޭނެ. މިއަދު ވަޒީފާއިން ވަކިވާން ޖެހުނަސް ބައިލާރިވެސް ނުލިބޭ. މިއީ އަހަރެމެންގެ ހާލަކީ.
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
13 December 2019
ތިވެރިންގެ ރެސޯޓެއް އެއްޗެއް ފަޅެއް އެއްޗެއް ރާއްޖޭގަ ނެތް ތޯ ؟
ސައްތާރު
12 December 2019
ސެއިންޓް ޖޯން. އެސްޓީ ޖޯންއެއް ނޫން.