ޚަބަރު / އަބްދުﷲ ޝާހިދު، ފޮރިން މިނިސްޓަރު

ރާއްޖެ އިން މިހާރު ވަނީ ޝަރަފުވެރި، ހައްގު މަގާމު ހޯދާފައި: ޝާހިދު

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް މިވީ އެއް އަހަރުގެ ތެރޭގައި، ރާއްޖެ މިހާރު ވަނީ ދިވެހިންގެ ޝަރަފުވެރި ހައްގު މަގާމު އަނެއްކާ ވެސް ހޯދާފައި ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

އާ އަހަރުގެ ތަހުނިޔާގެ މެސެޖުގައި ޝާހިދު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ އަހަރުގައި ހާރިޖީ ސިޔާސަތު ހިންގުމުގައި ކާމިޔާބީތަކެއް ހާސިލް ކޮށްފައިވާ ކަމަށެވެ. އެގޮތުން ދުނިޔޭގެ ސިޔާސީ މަސްރަހުގައި ބޮނދައި، ގަލެއްގެ ދަށުގައި ފިލަން އޮތް އޮތުން ދޫކޮށް ހައްގު މަގާމަށް ރާއްޖެ އައިސްފައިވާ ކަމަށް ވިދާޅުވި އެވެ.

ޒަމާންވީ ގުޅުން އޮތް ގައުމުތަކާ ގުޅުން ބަދަހިކޮށް، އިތުރު ގައުމުތަކާ ގުޅުން ގާއިމްކޮށް، ދުނިޔޭގެ އިހުތިރާމާއި ގަދަރު ލިބޭ ފަހުރުވެރި ގައުމަކަށް ރާއްޖެ ވެފައިވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގެ މިނިވަންކަމާއި ސަރަހައްދުގެ ރައްކާތެރިކަން ހިމާޔަތް ކުރުމަށް ޑިޕްލޮމެސީގެ އައްޑަނަ ހުށިޔާރު ކަމާ އެކު ވަރުގަދަ ކުރުން،" އޭނާ ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރު ޝާހިދުގެ ތަހުނިޔާގެ މެސެޖު

ޝާހިދު ވިދާޅުވި ގޮތުގައި، މި ފެށޭ އަހަރުގެ ތެރޭގައި، ރާއްޖެ އަކީ ކުދި ޖަޒީރާ ގައުމުތަކުގެ އުއްމީދުތަކާއި ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމަށް ވަކާލާތުކުރާ ގައުމަކަށް ހެދުމަކީ ކުރިމަގުގެ އަމާޒެކެވެ. އަދި ބައިނަލްއަގްވާމީ މަސްރަހުގައި ރާއްޖެ އާއި ރައްޔިތުންނަށް އާ ފުރުސަތުތައް ފަހިކޮށް، އެ ފުރުސަތުތަކުގެ ބޭނުން އެންމެ ފައިދާ ކުރާނެ ގޮތަށް ދޮރުތައް ހުޅުވައި ދިނުމަކީ ވެސް މި ސަރުކާރުގެ އަމާޒެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިންނާއި ބޭރަށް ދަތުރުކުރާ ދިވެހިންނަށް މިހާރަށް ވުރެ ލުއި ފަސޭހަ އިތުރު ގޮތްތަކެއް އަންނަ އަހަރު ހޯދައި ދޭނެ އެވެ.

އިންސާނީ ހައްގުތައް ހިމާޔަތްކޮށް، ކުރިއަރުވައި، ޑިމޮކްރަސީގެ ހަމަތައް ނެގެހެއްޓުމަށް މަސައްކަތްކުރުމާ އެކު ކުރިއަށް އޮތީ ކާމިޔާބު އަހަރަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

24 ކޮމެންޓް, 39 ރިއެކްޝަންސް

icon happy icon happy 21%
icon sad icon sad 0%
icon angry icon angry 79%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

Khoorsheed

28 April 2020

ޝަރަފު!! ހައެރާނެއް ނުވާނެތަ!؟ އަމިއްލަ މަސައްކަތުން އަލިފާން ދަނޑިއެއްގެ ހިސާބުވެސް ހޯދަން ނުކުޅެދިފަ. ގައިން ތާހިރުވާން ވެސް ތި ވިސް ނަނީ ބޭރު ދުނިޔޭގައި ސަލާން ޖަހައިގެން. ޝަރަފުގެ ވާހަކަ ދައްކާނީ އަމިއްލް މަސައްކަތުން ބަނޑުފުރާނަ މުއްތި ކުރަން ދަސްކޮށްފައި.. ސަލާންޖަހާ ނާށިގަނޑު ދިއްކުރަމުން ޝަރަފުގެ ވާހަކަ މީނާ މި ދައްކަނީ.

The name is already taken The name is available. Register?

ބޯޑު

01 January 2020

ގެރި ބޮޑުވަޒީރުގާތު ކަކުލާހަމައަށް ތިރިވެ އާދެ މަސާހަބު ކިޔަކިޔާ ހުއްޓާ 19 ނިމިއްޖެ.

The name is already taken The name is available. Register?

ފޫހު

01 January 2020

ހެހެ ދެން ނުދެވިއޮތް ގައުމުތަކުގެ ލިސްޓެއްހައްދަވާފަ. ޢެކަންވޭތޯއުޅޭ. އަހަރެމެން މަސައްކަތުން ލިބޭލާރިކޮޅުން ޓެކްސްދައްކާނަން. ޢެފައިސާއިން ހިތްހަމަޖައްސާލައްވާ. ސަލާމް 2020

The name is already taken The name is available. Register?

ސަލީ މް

01 January 2020

ޝަރަފުވެރިކަ މާ އެކު އިންޑިއާގެ އަޅުވެތިކަ މުގައި

The name is already taken The name is available. Register?

ާއުނިމާ

01 January 2020

އަހާ، ކޯޗެއްތަ ހޯދީ؟އަހަރެމެންނަކަށް ތިޔަ އެއްޗެއް ނުފެނޭ، އަދި ވާ ފައިދާއެއްނެތް

The name is already taken The name is available. Register?

ކަނބިލި

01 January 2020

ކޮން ޝަރަފުވެރި މަގާ މެއްގެ ވާހަކަ ތިޔަ ދައްކަނީ. އިންޑިއާއާއި އެ މެރިކާއާއި އީޔޫ އަށް ފައިދާވާ ޚާރިޖީ ސިޔާސަތެއް ރާއްޖޭން ގެންގުޅެން ފެށި ވާހަކާ ތޯ. އެހެންކަ މަށް ވާނަ މަ ދިވެހިރާއްޖެއަށް ލިބުނު މޮޅެެއްނެތް. އަނެއްކޮޅުންފ ރައްޔިތުންގެ ފައިސާއިން ބޭކާރު ދަތުރުތައްކޮއް އިސްރާފު ބޮޑު އަހަރެއް.

The name is already taken The name is available. Register?

ސުލޯމޭން

01 January 2020

ކޮންކަމެއް ބަދަލުވީ އިންޑިޔާގެ އަންބޮޑިއަށް ވެއްޓުންނޫން.. ލަދު

The name is already taken The name is available. Register?

ހަހަ

01 January 2020

މީނަ މިށަރަފެއް ހޯދީ އަހަރެމެނައްވެސް ނަެަންގާ ސިއްރުނތަ، މޮޅެތި ވާހަކަ ދައްކާއިރު ރަތްޔިތުންނައް ކޮންކަމެއްތަ މި ބައިގާނޑައް ކޮށްދެވުނީ

The name is already taken The name is available. Register?

ހިސެން

01 January 2020

# 19 ނިމިއްޖެ

The name is already taken The name is available. Register?

ނަގޫރޯޅި

01 January 2020

އަމިއްލަ ސަރަފުވެރި ބާރަކީ އަވައްޓެރި ގައުމެއްގެ ބޮޑު ވަޒީރުގެ ފުރަތަމަ ރުހުންނެތި މިގައުމުގެ ވަލީއަޙުދައް އެއްވެސް ކަމެއް ނިންމުމުގެ ބާރު ނެތުންތޯ، އެހެން ވެއްޖެޔާ ތި ސަރަފު ކިތަންމެހާވެސް ރަނގަޅައް ހޯދައިފި. ހައްގު މިންވަރައް ސުކުރިއްޔާ، އަވަހައް ލިފްޓް އެސެޓް ރިކަވަރީ ކޮމެޓީއަށް ހަވާލު ކުރޭ، 19 ނިމިއްޖެ#

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454