ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައިގައި ހިތްހަމަނުޖެހުންފާޅުކުރަނީ.--. ފޮޓޯ:ނިޝާން އަލީ/މިހާރު
17 ޖެނުއަރީ 2020 - 20:34
ދެ އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވަން ނިންމައިފި އެވެ.
އެ ބައްދަލުވުން ތާވަލްކޮށްފައި އޮތީ މިރޭ 8:30 އަށެވެ. މި ބައްދަލުވުމުގައި، ކަމާބެހޭ އިދާރާތައް ގުޅިގެން އެ މައްސަލައިގައި ވަގުތުން ވަގުތަށް އެޅޭނެ ފިޔަވަޅުތައް ނިންމާނެ ކަމަށް ވެ އެވެ.
ގއ. ކަނޑުހުޅުދޫގައި އެ އަންހެން ކުއްޖާ ރޭޕްކުރި ކަމުގެ ތުހުމަތުކުރަނީ ބައްޕަ އާއި ކާފަ އަދި މުނިކާފަ އަށެވެ. މި ތިން މީހުން ވެސް މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. މީގެ ތެރެއިން ބައްޕަ ހައްޔަރުކުރީ "ފިލައިގެން" މާލެ އައިސް އުޅެނިކޮށެވެ. ހުޅުމާލޭގައި އޭނާ ދިރިއުޅޭ ފްލެޓް ކައިރިއަށް ގިނަ ބަޔަކު އެއްވެ ވަނީ މުޒާހަރާކޮށްފަ އެވެ.
ތިން މީހުންގެ ޝިކާރައަކަށް އެ ކުއްޖާ ހެދީ، މަސްތުވާތަކެތި ބޭނުންކުރާ މަންމަ ސިއްހީ ފަރުވާ އަށް މާލެ ދިއުމުން ކަމަށް ވެ އެވެ. އެކަން ފަޅާއެރީ އަންހެން ކުއްޖާ ފެންވަރުވަން އުޅުމުގެ ތެރޭގައި ބޮޑުދައިތައަށެވެ.
އެ ތިން މީހުންގެ ފަރާތުން އެ ކުއްޖާ އަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ޑޮކްޓަރާ ހަވާލާދީ މައުލޫމާތު އެނގޭ މީހުން ބުނެ އެވެ. ދައުލަތުގެ ބެލުމުގެ ދަށަށް ނަގައި އެ ކުއްޖާ އަށް އަންނަނީ ސިއްހީ ފަރުވާ ފޯރުކޮށްދެމުންނެވެ.
ފުލުހުން އަންނަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަން ތަހުގީގު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތައްކާނުބެ
19 January 2020
ތަޙްޤީޤީ އިދާރާތަކުން ތަޙްޤީޤުކޮށް ކުޑަމިނުން ރިޕޯޓުގަނޑެއްހައި ވަރުވެސް އެކުލަވައި ނުލަނީސް، ތިޔަ ގޮތަށް ސިޔާސީމީހުން މުވައްސަސާތައް ގެންގޮސްގެން ވައްތަރުޖެއްސީމަ މައްސަލަތައް ތަޙްޤީޤުކޮށް ފިޔަވަޅު އަޅަން ދަތިވާނެ، ތަފާތު ވާހަކަތައް ފެތުރި ތަޙްޤީޤަށް ހުރަސްއެޅި ތިހުމަތުވާ ފަރާތުގެ މައްޗަށް ކުށްޘާބިތު ކުރެވޭ ވަރަށް ހެކި ހޯދަން އުނދަގޫވާނެ، ކޮންމެ ކަމެއް ވާއިރަށް އެކަމުގެ ތެރެއަށް މަޖިލީހުން ވަނުމުގެ ބަދަލުގައި ކަމާގުޅޭ އިދާރާތަކަށް ފުރުޞަތުދީ!
އެންދެރި
17 January 2020
ތަހުގީގު ކޮށް 7 ދުވަސް ތެރޭ ހުކުމް ކުރަން ވީ އެވެ. ދިގު ދަންމާނެ ކަމެއް ނެތެވެ. ޑްރަާމާ އެއް ބޭނުމެއް.ނޫނެވެ.
ދެރަވޭދެރަވޭ
17 January 2020
ވެގެންއުޅޭ ގޮތަކީ މަސްތުވާ އެއްޗެހި އޮބިނޯންނަވަރަށް ގިނަވީ މިގައުމުގަ ތުއްތު ކުދިންގެ މައިންނާބަފައިން އެއެއްޗެއް ހޭކެނޑޭވަރަށް ބޮއެގެން ވާނުވާގަތިބެނީ..ތުއްތުދަރިފުޅަށް އަޅާނުލެވޭ ހާލަތުގައި ..ދެންވާގޮތަކީ އެމައުސޫމު ކުއްޖާގެ ނާޖާއިޒް ފައިދާނަގަނީ ގޭގަތިބޭ މީހުންނާއި ބޭރުންގެއަށް ވަންނަ މީހުން
ނަޑެއްލާ
17 January 2020
ކޮ މެޓީ ބާއްވާފައި މިކަ މުގައި ހައްލެއްގެ ގޮތުގައި މި އު މުރުގެ މީހުނަށް ދޭނެ ވެކްސިނެއް ހޯދަންޖެހޭ މިހާރު.
ފައްލޯ
17 January 2020
ހުރި ގާބިލް ކަމެއް ބަލާން މިތިބީ. ހީނުކުރާތި ރައްޔިތުން މަޑުން ތިބޭނެ ކަމަށް. ކަމާބެހޭ ހުރިހާ ދިމާލަކުން ވެސް ފެންނަނީ ފަހަތުފަޔައް ބުރަވެފައި ވާ ތަން.
ޞބވޗ
17 January 2020
ގެންގޮސް ރަށްޔިތުްގެ ފައިސާއިން ޖަލު ގޮޅީގަ ބައިތިށްބާފަ ކާންދީ. އެނޫން ކަމެށްނުވާނެ. ރައްޔިތުން ގޮވާނީ އެ ތިން ޖަނަވާރު މަރާލަން. ވޭނުގަ. އަލިފާނައްލާ އަންދާލަންވީ.
ދަންނަ ނުދަންނަ
17 January 2020
ރައްޔިތުންގެ މަޖިލީހުގައި ވަގުންނާއި ލުޓޭރުންނާއި ފޭރޭ މީހުންނާއި މަސްތުވެ ހޭބުއްދިފިލާ މީހުންނާއި ޓްރެފިކް ގަވާއިދާ ޚިލާފުވާ މީހުންގެ މައްސަލަތަކުގައި ފިޔަވަޅުއަޅާނެ ކޮމިޓީއެއް ހަދާނެ ދުވަހެއް އައުމުގެ އިންތިޒާރުގައި ހުރިން.