ސައި ތައްޓެއް.
23 ޖެނުއަރީ 2020 - 07:16
ދުވާލެއްގެ މައްޗަށް އެތައް ބައިވަރު ސައިފަތް ޕެކެޓެއް އުކައިލެވޭ ދޯ އެވެ. އެކަމަކު އެއީ އެހެން ގޮތްގޮތަށް ފައިދާހުރި ކަމަކަށް ބޭނުންކުރެވިދާނެ އެއްޗެކެވެ.
ސައިފަތް ޕެކެޓް ބޭނުންކޮށްގެން މޫނުގަނޑުގެ ހަންގަނޑު ރީތިކޮށްކޮށްލަން އެކްސްފޮލިއޭޓިން ސްކްރަބެއް ތައްޔާރު ކުރެވިދާނެ އެވެ. މިކަން ކުރާނެ ގޮތަކީ ސައިފަތް ޕެކެޓް ތައްޓެއްގެ ތެރެއަށް ކަނޑައިލުމަށް ފަހު، އެއަށް ފުދޭ ވަރަށް މާމުއިކޮޅެއް އަޅައި އެއްކުރުމަށް ފަހު މޫނުގައި އުނގުޅައިގެންނެވެ.
މިހެން ހެދުމުން، މޫނުގެ ހަންގަނޑުގައި ހުންނަ ހަޑިތައް ފިލައި، ހުޅުވިފައި ހުންނަ ކުދިކުދި ލޯވަޅުތައް ބެދި ހަންގަނޑުގައި މަރުވެފައި ހުންނަ ސެލްތައް ވެސް ނައްތާލަދީ، މޫނަށް އުޖާލާކަން ގެނުވައިދޭނެ އެވެ.
ދެވަނަ ގޮތަކީ ހަންގަނޑު އެނދުމާއި ހަންގަނޑުގައި ހުންނަ ކޫރުންތަކާއި ކުރަކި ފިލުވަން ސައިފަތް ޕެކެޓް ބޭނުންކުރުމެވެ. މިކަމަށް ހަދަން ޖެހޭ ގޮތަކީ ބޭނުންކޮށްފައި އޮތް ސައިފަތް ޕެކެޓް ފްރިޖްގައި ބޮޑަށް ފިނިކޮށްފައި ނުވަތަ ގަނޑުކޮށްފައި ހަންގަނޑުގައި އުނގުޅާނީ އެވެ. ގާތްގަނޑަކަށް 15-20 މިނިޓަށް މިކަން ކުރުމުން ތަފާތު ފެންނާނެ އެވެ.
ހަންގަނޑު ރީތިކުރަން ސައިފަތް ޕެކެޓް ބޭނުންކޮށްލެވިދާނެ.
ތިން ވަނަ ގޮތަކީ ސައިފަތް ޕެކެޓުން، ލޯ ކައިރީގައި ހުންނަ ކަޅުކަން ނުވަތަ ޑާކް ސާކަލްސް ފިލުވުމެވެ. މިކަމަށް ހަދަން ޖެހޭނެ ގޮތަކީ ފްރިޖްގައި ގާތްގަނޑަކަށް 30-40 ވަރަކަށް މިނިޓަށް ފިނިކޮށްފައި، ލޯ މަތީގައި 15 ވަރަކަށް މިނިޓްވަންދެން ސައިފަތް ޕެކެޓް ބާއްވައިގެން އޮތުމެވެ. ނަތީޖާ ފެންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޑްމުންޑޯ
23 January 2020
ދެން ސައިފަތް ފޮށިތަށް އާދަޔާ ޚިލާފަށް ވިކޭނެ