23 ޖެނުއަރީ 2020 - 15:50
ބޭންކް އޮފް ސިލޯން ކައިރީގައި މި މަހުގެ ނުވަ ވަނަ ދުވަހު ހިންގި ގްރޫޕު މާރާމާރީގައި ހައްޔަރުކުރި އަށް މީހުންގެ ތެރެއިން އެކަކު ފިޔަވައި އެންމެން ދޫކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މި މަހުގެ 10 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން 22 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކުރި ކަމަށެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހުގެ މުއްދަތެއް ދިނެވެ. އެ މުއްދަތު ހަމަވާތީ ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރުތު ކުރުމަށްފަހު ދޫކޮށްލައިފަ އެވެ.
އޭގެ ފަހުން މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ކޯޓު އަމުރެއްގެ ދަށުން 24 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށް އޭނާގެ ބަންދަށް 12 ދުވަސް ޖަހާފައިވެ އެވެ. ނަވާރަ އަހަރުގެ ޒުވާނާ އަަށް ހަމަލާދީން މައްސަލައާ ގުޅިގެން ފުލުހުންގެ ބަންދުގައި މިވަގުތު ހުރީ މި މީހާ އެކަންޏެވެ.
މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ވެސް، މާރާމާރީއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހަ މީހަކު ހައްޔަރުކުރި އެވެ. އެއީ 19 އަހަރުގެ ދެ މީހަކާއި 21 އަހަރުގެ މީހަކާއި 25 އަހަރުގެ މީހަކާއި 27 އަހަރު އަދި 28 އަހަރުގެ މީހެކެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އެ އެންމެން ވަނީ ޝަރުތުކޮށް ދޫކޮށްލައިފަ އެވެ.
އޮފިޝަލް ވިދާޅުވީ އެ ހަ މީހުން ޝަރުތުކޮށް ދޫކޮށްލުމާ ގުޅިގެން މައްސަލަ ރިވިއުކުރަން ފުލުހުންގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، މައްސަލަ ރިވިއުކުރާނެ ޖާގައެއް ނެތްކަމަށް ކޯޓުން ނިިންމާފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިހާރު ވަނީ އިސްތިއުނާފުކޮށްފަ އެވެ.
ސޯޝަލް މީޑިއާގައި އާންމުވި 45 ސިކުންތުގެ ވީޑިއޯ ފެށޭއިރު ފެންނަނީ މަގުމަތީ އިށީނދެ އިން މީހެއްގެ މޫނުމަތީގައި މީހަކު އަތުން ޖަހަނިކޮށެވެ.
ހަމަލާ ދިން މީހާއާ އެކު އިތުރު ތިން މީހަކު ހުންނަ ތަން ފެނެ އެވެ. އެތަނުން އެކަކު، މަގުމަތީ ވެއްޓިފައި އިން މީހާގެ ބުރަކަށީގައި ކޮޅުފައިން ޖަހާ ވަގުތު ސައިކަލެއްގައި އައި ދެ މީހަކު ގޮސް މަގުމަތީ އިން މީހާގެ ގައިގައި ވަރަށް ބާރަށް ސައިކަލުން ޖައްސަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަބީބު.
23 January 2020
މައްސަލަނިމުނީދޯ ވަރައްތާހިރު ނޫނޭވާ އަދުލުވެރި އަމާން މާހައުލެއް ތިޔަގާއިމު ކޮއްދެނީ ނޫނޭވާ މޮޅު ކޮންމެފަދަ ޖަރީމާއެއްވެސް ހިންގަންވީމިތާ
ހާމީން
23 January 2020
ތަޅާ މެރރިޔަސް ސާބިތެއް ނުވާނެ.ވީޑިއޯއިން ފެނޭ ފުލުހެއް އެތާ ހުއްޓާ ތަޅާލާތަން..އެވަރުންވެސް އެކަކު....ގައުމެއް ނެތް