23 ޖެނުއަރީ 2020 - 11:31
ކ. މާފުއްޓާއި އެއަތޮޅު ގުރައިދޫގެ ފަޅުތެރެއިން އިތުރު ދެ ރަށް ހިއްކުމަށް ނިންމަވާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.
ގުރައިދޫގެ އެމްޑީޕީ ހަރުގެ ހުޅުވަން ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މިހާރު ބިންހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކ. މާފުއްޓާއި އަލަށް ބިންހިއްކަން ފަށާ ގުރައިދޫ ކައިރީގައި އިތުރު ދެ ރަށް ހިއްކައިދެއްވާނެ ކަމަށެވެ.
އޭގެ ތެރެއިން މާފުށި ކައިރިން ހިއްކަނީ ސުނާމީ ކާރިސާގައި ގިރާލާފައިވާ ކުޑަރަށެއް ކަމަށްވާ ވަށްމާފުށި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ބިން ހިއްކާ ސަރަހައްދު ބޭރުން ތި ބޭފުޅުން ތި އެދިވަޑައިގަންނަވާ ކަހަލަ ކުޑަ ރަށެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހިއްކަ ދޭނަން،" ގުރައިދޫގައި ރައީސް ވިދާޅުވި އެވެ.
ގުރައިދޫގެ ބިންހިއްކުން މި އަހަރު ފެށުމަށް ބަޖެޓް ކޮށްފައިވާއިރު އެ މަސައްކަތް ފެށޭނެ ކަމަށް ވިދާޅުވި އެވެ. ބިން ހިއްކާނެ ގޮތުގެ ޗާޓް އެކުލަވާލީ ރަށު ކައުންސިލާއި ރައްޔިތުންނާ މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ބިންހިއްކައި ނިމޭއިރު އެ ރަށުގައި ރަނގަޅު ފެންވަރުގެ ބީޗެއް ވެސް ހަދާނެ އެވެ.
އޭގެ އިތުރުން ގުރައިދޫގައި ބެންކުގެ ހިދުމަތް ދިނުން ވެސް މިއަހަރު ފެށޭނެ ކަމަށާއި އެ ރަށުގެ ސްކޫލަށް ކްލާސް ރޫމްތައް އިތުރު ކުރުމާއި ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތް މިއަހަރު ފެށޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
23 January 2020
ސިޓީތަކަށާއި އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލްތަކަށް ލާމަރުކަޒީ ބާރުވެރިކަން ކަށަވަރުކޮށްދިނުމަށް ޤާނޫނުހަދާ މަޖިލީހުން ފާސްކުރި ކޮންމެ ޤާނޫނަކަށް ހުރަސް އަޅާން މިނިސްޓްރީ އޮފް ނެޝެނަލް ޕްލޭނިންގ އެން އިންފްރާންސްޓްރަކްޗަރ އިން ދަނީ 10 ޤަވާއިދު ހަދާ ބާރުތައް ހަނިކުރާން މަސައްކަތް ކުރަމުން. # ސިޓީތަކަށް މާލޭ ވަޒީރުންގެބާރާއިނުފޫޒުންއެއްކިބާވެއޮވެގެން މަސައްކަތްކުރާނެ މާހައުލެއްހޯދާދޭންޖެހޭ. މާލޭވަޒީރަށް ކަންކަން ނިންމުމުގެބާރު ދޭކަށް ނުޖެހޭ.
ޙިނި
23 January 2020
ކިހިނެއް ވާކަމެއްބާ، ހުރިހާ ސްޓޭކް ހޯލްޑާސް އާ މަޝްވަރާ ނުކުރާނެކަން ޔަގީން
ދޮން ހަސަނު
23 January 2020
އިންތިޚާބުގެ ބައުދުތައް ރައްޔިތުން ކުރިމައްޗަށް ބަންޑުން ޖަހަނީ މަޖިލީހުގެ އިންތިޚާބުގަވެސް ގަތީ ހަމަ މި ގަނޑު ރައްޔިތުން އަސާސީ ޙައްޤުތަކުން މަޙްރޫމުވެފަ ތިއްބާ ބޮޑެތި ވައުދުތަކާ އަހުދުތައް އަނެއްކާވަނީ ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ވަޢުދުތައް ހަމަ ހުރީ ހުރި ގޮތައް މަޖިލީހުގެ ގޮޑިތައް ފޭރިގަތް ގޮތަށް ކައުސިލްތަކުގެ ގޮޑިތައްފޭރުމަށް އެމްޑީޕީއާއި ސަރުކާރުން މަސައްކަތްކުރަނީ ރައްޔިތުން ހޭއަރަންޖެހޭ
ރަންބުއްދި
23 January 2020
ވެލިފުނި ޖަހައިގެން ހިއްކިތަނެއް މިހާރު ހުޅުމާލެ އަދި ރާޢްޖޭގެ އެންމެ ޒަމާނީ ސިޓީއަށްވެ މިލިއަނުން ބިމުގެ އަގުއަރާ ރާއްޖޭގެ ހުރިހާ މަހުޖަނުން ޖަމާވެ ފްލެޓާ ގެސްތްހައުސް ހެދުނީ.ޑުބާއީވާލްޑުވެސް އެއި ވެލިފުނިޖަހައިގެން ހެދި ރަށެއް އަދި ދުނިޔޭގެ އެންމެ އަގުބޮޑު ބިމާ ގެދޮރު ވިކެނީއެތާގަ..ދުނިޔޭގެމަޝްހޫރު ބްރިޖުލްއަރަބް ޓަވަރު އަދި ލަގްޒަރީހޮޓާ ވެސް އެއީ ވެލިފުނިޖަހައިގެން ހެދިރަށެއްގަ ހެދިބިނާއެއް،ބޭނުންވަނީ އެފަދަ ރަށެއް ބިނާކުރުން
ކޯރުކެޑި މޫސަ
23 January 2020
ޑްބާއީ މީހުން ވެލިފުނިޖަހާފައި އެތަންތަން ވާނެ އެއްޗެއް ވާން ދޫކޮށެއްނުވާ. ދެން ތިޔަ ބުނާ ހުޅުމާލެއަށް މުޅި ދައުލަތުގެ ހަޒާނާ ތަޅާ ބުރުއްސަމުން ދަނީ. ރާއްޖޭގެ އެހެން ރަށެއްގައި ވެލިފުންޏެއް ޖަހައިފިނަމަ ކޮންމެ 5 އަހަރަކުން އޮންނަ އިންތިޙާބުގައި ނޫނީ ވެލިފުނީގެ ވާހަކައެއް ނުވެސް ދައްކާނެ. އެގިއްޖެ.
ހެޔޮމަ ގު
23 January 2020
ތަރައް ގީކުރެވޭނީ ތަރައް ގީއެ ގިގ ގެން ތައީސްޔާމިނަކީ ޖަވާހިރެއް މިއަދުތިފެންނަނީ އެކަންތައް
ނަސީދު
23 January 2020
ރައްއިތުންގެ ލޮލުގައި އަދުން އަޅުވަން ބިންމިހިއްކާލަނީ ކިތައް ރައްތޯ އެހިއްކާފައި ކަމެއްކުރެވިފައި އޮތީ މުޅިންހެން ފެންނަނީ ހުއި ހެދިފައި އޮންނަތަން
އޮނަރަބްލް އަފީފު ދީދީ
23 January 2020
ރަށްރަށުގެ ގޮނޑުދޮށަށް ފަސްފުނިޖެހުމަކީ މޮޅުކަމަކަށް އަސްލަންޓޭ އާއި އަކުރަމް ކަމާލުއްދީނަށް ހީވިޔަސް އަހަރުމެން އައްޑޫ ސިޓީގައި ތިސަކަރާތް ޖަހަން ފުރުސަތެއްނުދޭނަން. # ޤާނޫނީގޮތުން ސިޓީ ކައުންސިލަށާއި މޭޔަރަށް ލިބޭ ބާރު ހަނިކުރުނަށް އަސްލަންޓޭއާއި އަކުރަމް ކުރަމުންދާ މަސައްކަތް ސަރުކާރުން ހުއްޓުވާންޖެހޭ. # އައްޑޫ ސިޓީގެ ބިން ހިއްކާންވާނީ އައްޑޫ މީހުން ބޭނުންވާގޮތަށް. މިގޮތަށް އައްޑޫގައި ރަށެއްގެ ނަމުގައި ވެލިފުނިޖަހާން ފުރުސަތެއް ނުދޭނަން.
ރަންބުއްދި
23 January 2020
ބަލަ ވެލިފުނި ޖަހައިގެން ހިއްކިތަނެއް މިހާރު ހުޅުމާލެ އަދި ރާޢްޖޭގެ އެންމެ ޒަމާނީ އަދި ސިޓީއަށްވެ މިލިއަނުން ބިމުގެ އަގުއަރާ ރާއްޖޭގެ ހުރިހާ މަހުޖަނުން ޖަމާވެ އަދި ތިޔައައްޑޫގެ އަދި އެހެން ރަޢްރަށުގެ ބޮޑެތި ގެދޮރު ހުރިމީހުން މުސްކުޅިކާފަމާމަނަމަށް ގެދޮރު ބަދަލުކޮށް ދަފުތަރުގަޖެހި ފްލެޓާބިންހޯދަނީ.ދުޔޭގެމަޝްހޫރު ބްރިޖުލްއަރަބް ޓަވަރު އަދި ލަގްޒަރީހޮޓާ ވެސް އެއީ ވެލިފުނިޖަހައިގެން ހެދިރަށެއްގަ ހެދިބިނާއެއް
މޮޔަ ބުއްދި
23 January 2020
ރަންބުއްދި ހީކުރީތޯ އަސްލަންޓޭ މެން ހާވަން އުޅޭ ހަޑި އަހަރުމެންނަށް ނޭގޭ ކަމަށް؟ ތިޔަ ބުނާ ހުޅުމާލެ ހިއްކިގޮތަށް އައްޑޫސިޓީގެ ބިން ހިއްކުމަށް އަހަރުމެން ދެކޮޅެއްނޫން. އަދި އަހަރުމެން ބޭނުންވަނީވެސް އައްޑޫގެ ފަޅު ހިއްކެންއޮތް އެންމެ ބޮޑަށް ހިއްކުމަށްފަހު އެމްޑީޕީގެ މެނިފެސްޓޯގައިވެސް ލިއުނު ގޮތަށް ހުޅުމީދޫ ހިތަދޫ ބްރިޖަކުންވެސް ގުޅާލަން.
ވަތުބަތާނަ
23 January 2020
ރައްޔިތުންގެ ފައިސާއިން ކެންޕެއިނާ ދިމާކޮށް ވަކިބަޔަކަށް މަޞްލަހަތުލިބޭގޮތަށް ކަންކުރުމަށް ކިޔާއުޅެނީ ކީކޭ؟
މޮޔަސޮރު
23 January 2020
ރައީސްކަމަށް އާދެވުނުފަހުން އަދި ކިރިޔާ ކަމަކަށްވާ ވަރުގެ ކަމެއް ކުރެވެން އެއުޅެނީ އެވެސް ރައީސް ޔާމިން ވެރިކަމުގަ ގަނެފަ އޮތް ކޮންނަބޯޓުން. ލަދުން ކޮންނަ ބޯޓް (މަހާޖައްރާފް)ގެ ނަންވެސް ބުނެލަން ނުކެރުނު ޔާމީން 30 އަހަރުގެ ވެރިކަމުގައި އުޅުނު އެކަމު ގަނެވުނު އެއްޗެއްނެތް ރައްޔިތުންގެ ފައިސާއިން ގަތީމަ ޔާމީނުގެ މުދާގަނޑަކަށް ވާގޮތެއް ބުނެދީބަލަ ( ނިރު)
ހަސަނު1
23 January 2020
"ބިން ހިއްކާނެ ގޮތުގެ ޗާޓް އެކުލަވާލީ ރަށު ކައުންސިލާއި ރައްޔިތުންނާ މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށް ވެސް ރައީސް ވިދާޅުވި". ކަނޑައެޅިގެން ދޮގެއް. އަޑުގަދަ ދެތިން މީހަކު މިރަށުގައި ތިކަމަށް ބޭއްވި އެންމެ މީޓިންގަކުން ހަޅޭއްލަވައިގެން ތި ޗާޓު ހެދީ. ރައްޔިތުން އެދުނީ ރަށާއި ގުޅުވައިގެން ހަދަން. ވިޔަފާރިވެރިން ބޭނުންވީ ރަށާ ވަކިން ރަށެއްހިއްކަން. އެމީހުންގެ ޓާގެޓަކީ ޓޫރިޒަމް. މީހުން ދިރިއުޅުމެއް ނޫން. ތީ ވިޔަފާރިވެރިން ދީފައި އޮތް ކެއްސެއް.
ކޮލެޖު ޓޫރިސްޓް
23 January 2020
ނިމޭއިރު ތިޔަ ހިއްކާ ކުޑަ ރަށް ލިބޭނީ ކޮންމެ ވެސް ރިސޯޓް އޯނަރަކަށް