28 ޖެނުއަރީ 2020 - 16:55
ޗައިނާގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހާ ގުޅިގެން ކަމާބެހޭ އިދާރާތްތަކާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބައްދަލުކުރައްވައިފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި އެމަނިކުފާނު ވަނީ، އެ ބަލިން ރައްކާތެރިވުމުގެ މަސައްކަތް ކުރަން އެކުލަވާލާފައިވާ ޓާސްކްފޯހުގެ މަސައްކަތްތަކާއި މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކާ ބެހޭ މައުލޫމާތު އޮޅުން ފިލުއްވައިފަ އެވެ. އަދި ބަލިން ރައްކާތެރިވުމުގެ ގޮތުން އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް އަޅައި އެ ބައްޔާ ގުޅޭ ހުރިހާ ކަމެއް އެންމެ ގާތުން ބެއްލެވުމަށް ކަމާބެހޭ އިދާރާތަކަށް ރައީސް އިރުޝާދު ދެއްވި އެވެ.
މީގެ އިތުރުން ބަލިން ރައްކާތެރިވުމުގެ ގޮތުން މިހާރު އަޅާފައިވާ ފިޔަވަޅުތަކާ ބެހޭ މައުލޫމާތު ސާފުކުރައްވައި ކޮރޯނާވައިރަހަށް ޝައްކުކުރެވޭ މީހަކު ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތްތަކާ ބެހޭ މައުލޫމާތު އެމަނިކުފާނު އޮޅުންފިލުއްވާފައިވެ އެވެ. އަދި ބަލީގެ އަސަރު އެންމެ ބޮޑަށް ފެނިފައިވާ ޗައިނާގެ ވޫހާން ސިޓީގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމާބެހޭ އިދާރާތަކުން ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޗައިނާގެ ގައުމުގެ ވޫހާން ސިޓީން ފެތުރެން ފެށި ވައިރަހުގައި މިހާތަނަށް 106 މީހުން ވަނީ މަރުވެފަ އެވެ. ބަލި ޖެހުނު މީހުންގެ އަދަދު އިއްޔެގެ ނިޔަލަށް 4،515 އަށް އަރަ އެވެ.
ޗައިނާގައި މިހާރު ފެތުރެމުންދާ ނުރައްކާތެރި ކޮރޮނާ ވައިރަސްއާ ގުޅިގެން އެ ގައުމުގެ ޓޫރިސްޓުން ރާއްޖެ ގެނައުން މި ވަގުތަށް ހުއްޓާލަން ސޯޝަލް މީޑިއާގައި އާއްމުން ވަނީ ގޮވާލަން ފަށައިފަ އެވެ. ބައެއް ގައުމުތަކުން ޗައިނާގެ ޓޫރިސްޓުންނަށް ވިސާ ދިނުން ހަރުކަށިކުރިއިރު އަނެއް ބައި ގައުމުތަކުގައި ޗައިނާގެ ޓޫރިސްޓުންނަށް ވިސާ ދިނުން ވަނީ ހުއްޓާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދު
29 January 2020
ވައިރަހަކުން މަރުވާނީ އެވައިރަސް އެމީހެއްގެ ހަށިގަނޑަށް ވަނުމުން. އެކަމަކު ގައުމު އިގްތިޞާދީގޮތުން ވެއްޓުމުން އެކަމުގެ އަސަރު އެއްމެނަށް ކުރާނެ. ރައްޔިތުން ކުރަން ހުރި މަސައްކަތްތައް ބިދޭސީން ލައްވައި ކުރުވުމުން ރައްޔިތުންނަށް ހުރި ވަޒީފާ މަދުވާނެ. މިހެން ވެސް ބުނި މީހާ ދިމާލަށް ބަސް ބުނާނެކަން ވެސް އެނގޭ.
ކޮސްބެ
29 January 2020
މަގުމަތީގެ ހަޅޭލަވަން އުޅުނު ކޮހުންނައް ހީވެދާނެ ޤައުމެއް ހިންގުމަކި ވަރައް ފަސޭހަކަމެއްކަމައް. ދިވެހި ރައްޔަތުންވެސް ކޮސް ސަރުކާރެއް ލަކީޑުރޯ އަކުން ހޮވައިގެން. ކިތަންމެ ވަރަކައް އޮބިއެޅިޔަސް ގިތެލަކުން ކިރެއްނުފެލޭނެ.
އެނާ
29 January 2020
އިންކިއުބޭޝަން ޕީރިއަޑްއަށް ބަލާފަ ކުޑަމިނުން 2019 ޑިސެމްބަރު 31(ވައިރަސް ފެތުރޭކަން ހާމަވި ދުވަސް) ފެށިގެން ރާއްޖެއަށް އައި ޗައިނާމިހުން، ދިވެހިން ނުވަތަ ޗައިނާ މަގުން އައި މީހުން އެންމެން އަދި ޗައިނާއަށް ދިޔަ ދިވެހިން ޓެސްތަށް ކުރުން ކިހިނެތްވާނެ؟ ސަލާމަތަށްޓަކާ! ބަލި ފެންނަންދެން ތިބުން ތަ ރަނގަޅީ؟ ކޮބާ ތިޔަ ކިޔާ "ޕްރިވެންޝަން އިޒް ބެޓާރ ދެން ކެއާ؟"
އެނާ
29 January 2020
ޓްރެވަލް ބޭން ނުކުރަންޏާ އެންމެ ކުޑަ މިނުން މި ބަލި ފެންނަ ގައުމުތަކަށް ދާ ދިވެހިންނަށް ޓްރެވަލް ސޭފްޓީ އިންސްޓްރަކްޝަންސް ނެރުން މުހިއްމު. ހުރިރާ މުދަލެއް އިމްޕޯޓު ކޮށްގެން އުޅޭ ގައުމެއްގައި ކޮންމެ ދުވަހަކު އެތަށް ވިޔަފާރި ވެރިންނެއް މި ތަންތަނަށް ދަތުރު ކުރާއިރު މި ވަރު ކުޑަމިނުން ކޮށްލެވެން ވާނެ ދޯ! ތައްޔާރުވާން ވީ ފުރަތަމަ ދުވަހުން ފެށިގެން، ޕޮޒިޓިވް ކޭސްއެއް ފެނުނީމަ އެއް ނޫން!
މަން
29 January 2020
ކީއްކުރާނީ، މިގައުމުގެ ވެރިން ތަންކޮޅެއް ޒިންމާދާރުވެފަ އިޚްލާސްތެރިކަން ވެސް މާބޮޑީ
ރޯނާ
29 January 2020
ވައިރަހާބެހޭ ބައްދަލުވުމެއް ބާއްވާންވީ ޙަޤީގަތުގައި އެވަރަސްއާއި ގުޅިގެންކުރަންޖެހޭ ކަންކަން ކުރުމަށް ޢާމުންގޮވާލުމުގެ ކުރީގައި، އަބަދުވެސް މިމީހުން ނިދިންހޭލައްވަންމިޖެހެނީ އެހެންމީހުންނަށް . މިދެންކިހާބޮޑުވެއްޖެކަމެއް . ޢާމުންތިބި ރަށަކަށް މިމީހުން ގެނެސްގެންނުވާނެ...ދިވެހިންގަޔަކުނެތް އެމީހުން ބަލަހައްޓާނެހާ ވަގުތަކާއި ފައިސާއެއް.
ކަރުކެހި
29 January 2020
ނުވާ ކަންތައްތަަކަކީ ރާއްޖޭގެ ޖުމްހުރިއްޔާކަމައް ހުންނެވި ބޭފުޅާ ރައްޔިތުންގެ ހާސްކަންފިލުވުމައް ރައްޔިތުންނާއި މުހާތަބުނުކުރާކަން ނުވާނެކަމަކީ މިރާއްޖެއިން ތިބަލިފެނިއްޖެވިއްޔާ ތިޔަބުނާއިދާރާތަކުން އެއްވެސްކަމެއް ކޮއްނުދެވި ބިރުންފިލާނެކަން އަދި ބުނަންތޯ ކިރިޔާ ހުމެއް އަދި ރޯގާ ޖެހުނަސް މިދެނީ ދެގުޅަ ޕެނަޑޮލް އާއި ލޮނުޕެކަޓެއް ދެންބުނާނެ އަވަހައް ފުރައިގެން ދާށޭ މާލެ ކިހިނެއްމިކަންވާނީ މިއުޅެނީ އަގަޔާއި އަތާއިދިމާނުވެގެން
ދަތްނެތްކުއްޖާ
29 January 2020
މިހާރުން މިހާރަށް ސްކޫލް ތައް ބަންދު ކުރަންޖެހޭ. ބޭރަށް ނުކުތުމުގައި ރައްޔިތުން މާސްކް އަލައިގެން އުލެން މަޖުބޫރު ކުރުވަންޖެހޭ. ކޮންމެހެން ބޭރަށް ނުކުންނަން ޖެހޭ މީހުން ފިޔަވައި އެހެން މީހުން ބޭރަށް ނުނުކުތުމަށް އެންގުން. މި ބަލީގެ ހުރި ނުރައްކާ ތެރިކަން ރައްޔިތުންނަށް ޓީވީ މެދުވެރިކޮއް އެންގުން ބުއްދިވެރި. އަވަސް ފިޔަވަލު އަލުއްވާ ކުދިންނޭ. ﷲ މި ވަބާއި މި ޤައުމާެި ރައްޔިތުން ސަލާމަތް ކުރައްވާދޭ ވެ. އާމީން.
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
28 January 2020
މިހާރު ރާއްޖޭގެ ސިއްހީ ދާއިރާގައި ރައްޔިތުންނަށް ހިދުމަތް ފޯރު ކޮށް ދެއްވަމުން އަންނަވާ ބޭފުޅުން އުޅުއްވަނީ ވަރަށް ބުރަކޮށްއަވަދި ނެެތި. ކޮރޯނާ ވައިރަސްއާއި ގުޅިގެން ރައީސްގެ ސްޕެޝަލް ޓާސްފޯސް އެށް ގައުމީ ފެންވަރުގައި އޮތުން ފެނެ.
ބޮޑުމީހާ
28 January 2020
ކޮރޯނާ ވައިރަސް އާއި ދެކޮޅަށް ކޮމިޝަނެއް ހެދުމަކީ އެންމެ ރަގަޅުގޮތް. އޭރުން އަނެއްކާވެސް ގާތްބަޔަކަށް ބޮޑު މުސާރަ ދެވިފަ ފުރަތަމަ ދެ ދުވަހު ނޫސް ކޮންފަރެންސް ބޭއްވިދާނެނުން
ނަގިއްޔާ
28 January 2020
މިކަމަށް އެންމެ އެކަށޭނެ މާސްކާ، މާސްކު އެޅުމުގަ ބަލަންޖެހޭ ކަންތައް ޓީވީތަކަށް އަރައި ކިޔާދޭންވީނުން. ސިޔާސީ ވާހަކަނުން އެހެންވާހަކައެއް ބިރުވެރި ބައްޔެއް ކުރިމަތީގަ އޮންނައިރުވެސް ޓީވީތަކުން ދައްކާ ކަމަކަށްނުވޭ. ބޭރުގެ ޕްރައިވެޓް ޗެނަލްތަކުން އިރު އިރުކޮޅާ އެދައްކަނީ އެމީހުންގެ ހޮޓްލައިން ނަންބަރު. އަލާމާތަށް ސާފު ކުރަން އަހަރުމެން ގުޅާލާނެ ނަންބަރު ގަނޑެއްވެސް ނެތީތަ؟