31 ޖެނުއަރީ 2020 - 23:20
ނިކަމެތިންނަށް އެހީވުމުގެ ދާއިރާގައި މަޝްހޫރު އަހުމަދު ހިޝާން މިއަދު ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް ސުވާލުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ ހިޝާން ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށްފައި ވަނީ އޭނާއާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ. އެކަމަކު އެއީ ކޮން މައްސަލައެއްކަމެއް ނުބުނެ އެވެ.
ހިޝާން ފުލުހުންގެ އިދާރާ އަށް ހާޒިރުކުރީ ފުރަންގޮސް ހުއްޓާ ކަމަށް ސޯޝަލް މީޑިއާގައި ހަބަރު ފެތުރުނަސް ރަސްމީ އެއްވެސް ފަރާތަކުން އެކަން ޔަގީންކޮށެއް ނުދެ އެވެ.
ހިޝާން އިއްޔެ ކުރި ޓުވީޓެއްގައި ބުނެފައި ވަނީ އިޖުތިމާއީ ދާއިރާގެ މަސައްކަތުގައި 18 އަހަރު އޭނާ ކުރި މަސައްކަތުގެ ހަދިޔާ ލިބުނީ ބިރުދެއްކުންތަކާއި އިންޒާރުތަކުން ކަމަށެވެ. އެވަރުން ފުދިއްޖެ ކަމަށާއި މިހާރު ބޭނުންވަނީ ގައުމު ދޫކޮށްދާން ކަަމަށް ވެސް ލިއެފައިވެ އެވެ.
Hishan ah birudhekki massala thahugeeg kuran ebbaarulumeh nulibunu: Police
The most trusted news source in the Maldives
Mihaaru
ހިޝާން އެއްބާރުލުން ނުދޭ ކަމަށް ފުލުހުން ބުނުން--
ހިޝާނަށް ބިރުދައްކައި އިންޒާރުދެމުންދާ ކަމަށް ތުހުމަތުކުރާ މައްސަލަ ބަލަން އޭނާގެ އެއްބާރުލުން ނުލިބުނު ކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފަ އެވެ. ފުލުހުން ބުނީ އޭނާ އަށް ބިރު ދެއްކި މީހުން ހޯދަން ހިންގާ ތަހުގީގަށް، އެކަން ހިނގި ތަނާއި މަގު އަދި ބިރުދެއްކީ ކޮން ބަޔަކުކަން ވެސް ހިއްސާ ކުރަން އޭނާ ބޭނުން ނުވި ކަމަށެވެ. އަދި މައްސަލައިގައި މިހާތަނަށް އެއްވެސް ކުރިއެރުމެއް ނުލިބި ވަނީ ބައްދަލުކުރަން ވެސް ހިޝާން އުޒުރުވެރިވަމުން އަންނާތީ ކަމަށް ފުލުހުން ބުންޏެވެ.
ހިޝާނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ތަހުގީގު ހިންގާ ފަރާތުންނާއި ވިކްޓިމް ސަޕޯޓް އިން ވެސް ކުރި މަސައްކަތުން އޭނާއާ ބައްދަލުކުރުމަށް ކުރި މަސައްކަތަށް ވެސް އެއްބާރުލުން ނުލިބިގެން މައްސަލަ ތަހުގީގު ކުރުމަށް ހުރަސްއެޅިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޚާޗުސް
02 February 2020
ދިވެހިންގެ ޒަމާންވީ އާދަކާދައަކީ ""ހެޔޮކަމަކައް ތެޔޮހަމެއް"" އަދި ދިވެހިންނަކީ ކާބަފައިންގެ ގޮތްތަކާ އާދަ ކާދަ ވަރައް ބޮޑައް ދަމަހައްޓަން މަސައްކަތް ކުރާ ބައެއް
މުނައްވަރު (މޮފްޓް)
02 February 2020
ހެޔޮކަމެއް ކަމެއް ކޮށްދިނީ ކިހިނެތްތޯ އެނގެނީ!! މީނައޭ ކިއައިގެން ދައްކާ ވާހަކަ އެބަޖެހޭ ބަލަން
ދެރަ
02 February 2020
ހެޔޮކޮށް ކަމެތްކޮއްފިއްޔާ ރީތިނަމެތްލިބޭނީ މަދުފަހަރަކު
ނަޖްވާ
02 February 2020
ކީކޭ ދެން ބުނާނީ؟ ހަމަ ހަޤީޤަތުގަވެސް ތެދު ނިޔަތުގަ އިންސާނިއްޔަތަށް މަސައްކަތް ކުރާ މީހުންގެ މޫނުމަތީގަވެސް އެޅުނު ތަފާއްޔެކޭ ބުނެވޭނީ!
ފަހުދުބޭ
02 February 2020
ފަހަކަށް އައިސް ފެންނަނީ އެ ދާއިރާގެ އެޑްވައިޒަރެއްގެ ގޮތަށް. ޕޮލިސީމޭކަރަކަށް. ތަންފީޒީ އިދާރާގެ މީހެއް ގޮތަށް. ހަގީގީ މަސައްކަތް ދޫކޮށްލައިފި. އެ ހިސާބުން ދެން މީހަކު ގޯޅި އަޅަން ލަހެއް ފަހެއް ނޯންނާނެ. އަނެއްކާ އަމިއްލަދުލުން އެތައް ކަމެއް ކޮށްދީފަ ހުރި މީހެއް ގޮތަށް ވާހަކަ ދެއްކުމަކީވެސް ވަރަށް އައިބު ކަމެއް. މިޖީލުގެ ޒުވާނުންނަށް ހެޔޮ ވިސްނުންދެއްވާ ކެތްތެރިކަން ﷲ މިންވަރުކުރައްވާށި!
ޔަގީ
02 February 2020
ކަމުދާ މިހެން ނުން
ާ
01 February 2020
ކޮންމެވެސް ކަމެއް ގޮސް ކޮން ކުރެއްވިފާ ހުރީމާ އެއުޅެނީ ރާއްޖޭއިން އަވަހަށް ފުރަން
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
01 February 2020
ގާނޫނީ އިދާރާއަކަށް އެއްބާރުލުން ނުދެއްވުމަކީ ބުއްދި ވެރި ކަމެއްނޫން. ގާނޫނު އާއި ތައާރުޒުވެސް ވެދާނެ ކަމުގެ މަފްހޫމް އެށް.
ސާޖިދު ނަދި އަދުވާލާ
02 February 2020
އާދަނާ! ކަލޭ ތި ކިޔަނީ އަޅެފަހެ ކީކޭތަ؟ މިއަކީ ސިޔާސީ ވެސް ކަމެއް ނޫނޭ. ދެން ކޮންހާ ސިޔާސީ ހާސަރެއް ތަ؟
ސައިނީ
01 February 2020
ތީ ސިރިޔަސް އަހައްމަދު.... ޕްޕިއުލަރިޓީއަށް ކޮންމެމަމެއްވެސް ކޮފާނެ މާލޭ މީހުންގެ ހާލު ތީ
މިއީތެދު
01 February 2020
ވަރަށް ކުރިން މީނަޔާ ގުޅުވައިގެން ފާޑެއްގެ ވާހަކަތަކެއް އަޑުއެހިން. ކަރުދާަްސްތަކެއްގައި އަތުން ލިޔެގެން ރައީސްއޮފީހާއި އެހެން ތަންތާގެ ފާރުބުޑުގައި މީނަ އިންނަންފެށިއިރުވެސް އެވާހަކަތައް އޮތީ އަޑުއަހާފަ. ތިކިޔާ އެމްބެސެޑަރަކަށް މީނަވީ އޭގެ މާފަހުން.
ބަބުރަންޖީ ހާޖީ
01 February 2020
ޔޫސޭއާ އިޝާނާދެމީހުން ރާއްޖެދޫކޮށް ހަމަ ދަނީތޯ؟ ކޮންތަނަކަށްތޯ؟