ރަށެއްގައި މީހަކު ބައިސްކަލް ދުއްވާފައިދާ އިރު މަގުމަތީގައި ކުޑަ ކުއްޖަކު މަޑުކޮށްލައިގެން. --ފޮޓޯ: ނިޝާން އަލީ/މިހާރު
01 ފެބުރުއަރީ 2020 - 23:05
އުމުރުން އެންމެ ދެ އަހަރުގެ ކުއްޖަކު މިރޭ މަޖީދީމަގުގައި އެކަނި އުޅެނިކޮށް ފުލުހުންގެ ހިމާޔަތަށް ގެންގޮސް އާއިލާ އަށް އެކަން އަންގައިފި އެވެ.
މިރޭ 9:30 ހާއިރު މަޖީދީމަގު ސަންފްރަންޓް ކައިރީ ހުއްޓާ ފެނުނު އަންހެން ކުއްޖާގެ އާއިލާ އަށް އަންގައި އެ ކުއްޖާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިރޭ 10:00 ހާއިރު ފުލުހުން ވަނީ ބުނެފަ އެވެ. އެކަމާ ބެހޭ ތަފްސީލެއް ހާމައެއް ނުކުރެ އެވެ.
ކުއްޖާ އެކަނި މަގުމަތީ ހުންނަން މެދުވެރިވީ ކީއްވެ ކަމެއް އެނގޭ ގޮތެއް ނުވި އެވެ.
މިދިޔަ އަހަރު ފުލުހުން ވަނީ ދަންވަރު އެކަނި މަގުމަތީ ހުރި ކުއްޖަކަށް ވެސް ހިމާޔަތް ދީ އެ ކުއްޖާގެ އާއިލާއާ ހަވާލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފަރީ
02 February 2020
މިވެސް ބުނާނީ ސިދާތާގެ އިހުމާލުހޭ
ކުމާރު
02 February 2020
18 އަހަރުން ދަށުގެ ހުރިހާ ކުދީން ސަރުކާރާއި ހަވާލު ކުރޭ, ދެން, އޭގެ ފަހުން ކުދީންނަށް ގޯނާކުރާނަމަ މިނިސްޓާރ އިސްތިއުފާދީ. ދިވެހީން ދިވެހީންގެ ގޮތުގައި ގަމާރު ކަންމަތީ އަބަދަށް.
އިބްރާހީމްސ
02 February 2020
މިފަދަ ކަމެއް ހިނގީމަ ކުއްޖާ އާއިލާއާ ހަވާލުކުރިމަ ނުނިމޭނެ. ބެލެނިވެރިންގެ އިހުމާލެއްވޭތޯބަލާ ފިޔަވަޅު އަޅަންޖެހޭނެ. އިތުރަށް މިފަދަކަންތައް ތަކުރާރު ނުވާނެގޮތެއް ހޯދަންޖެހޭ.
ޚަބަރުދާރު
02 February 2020
މި މައްސަލައިގަ ޝިދާތާ އިސްތިއުފާ ދޭކަށް ނުޖެހޭތަ؟؟
މަލިން
02 February 2020
ރައީސްވެސް އިސްތިއުފާ ދޭންޖެހޭނެ. ހެހެހެ
ރައީސްތަ
02 February 2020
އައްދެ ރައީސް އެކަނިތަ. މިކަމުގަބ ބަޢާވާތްވެސް ކުރަން ވާނެ. ލޮލް
ފާތް
02 February 2020
ބެލެނިވެރިންނެއް ނޫންތަ އިސްތިއުފާ ދޭން ޖެހޭނީ މިކަމުގަ؟
ޖެނީ
02 February 2020
ފުލުހުން ހާދަ އަވަހަށް އަވަސްވެގަންނަނީ ކުއްޖާ އާއިލާއާ ހަވާލުކުރަން. ބަލަން ނުޖެހޭތަ އެކުޖާއެއީ އާއިލާއާއި ހަވާލުކުރެވޭ ވަރުބައެއްތޯ؟ 9:30 ގަ މަގުމަތިން ފެނުނުކުއްޖަކަށް 10:00 ގަ ފުލުހުން ގުޅައި ހަވާލުކުރާ އިރު އެދިގު 30 މިނެޓް އާއިލައިން ކީއްކުރީ، ރިޕޯޓް ކުރިބާ ކުއްޖާ ގެއްލިގެން؟ ކުޑަކުދިންނަށް އަނިއާ ކުރާ ދުވަސްވަރެއްގައި ކުޑަކުއްޖަކު މަގުމަތިން ފެންނައިރަށް އާއިލާއާއި ހަވާލުކުރާ އުސޫލު އެހާރަގަޅު ކަމަކަށް ނުފެނޭ
ވަތުބަތާނަ
02 February 2020
ޢާއިލާގެ ޒިއްމާވާންޖެހޭ މީހުން ޒިއްމާކުރުވަންޖެހޭނެ.
ކޮމެންޓްް
02 February 2020
މިހެންދިމާވީ ކޮންސަބަބެއް ކަމެއް ނޭންގެންޔާ މިކަހަލަ ޚަބަރު ނުގެނެސް ދިނުން އެދެން
ކިބަޅި
02 February 2020
މަގުމަތީގައި އެހުރީ ވެސް އާއިލާގެ ހަވާލުގައެވެ.
ބައުކަލޯ
02 February 2020
އާއްމު ހާލަތު އަންގުވައިދޭ ކަންކަން! ވ. ދެރަ!!!
ޓަންކްސް
02 February 2020
ޕޮލިސް ހަމަ އެއްވަނަ.