ކުދިންތަކެއް ކުޅެނީ: ކުޑަ ދެ ކުއްޖެއްގެ އުމުރާ ނުގުޅޭ އަމަލެއް ހިންގާ ވީޑިއޯއް އާއްމުވުމުން ފުލުހުންނާއި ޖެންޑާ މިނިސްޓްރީން އަންނަނީ އެކަން ބަލަމުން.
08 ފެބުރުއަރީ 2020 - 16:22
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން ކުށްތަކަށް އަރައިގަތުމާއި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާ ގުޅޭ މައްސަލަތައް ގިނަވެ، ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި ސީރިއަސް އެހެން މައްސަލައެއް މިއަދު ފެންމަތިވެއްޖެ އެވެ.
މި ފަހަރު، އެތައް ބައެއްގެ ސަމާލުކަމަށް އައީ މައިންބަފައިންނާއި މުއައްސަސާތަކުން ވެސް އިތުރަށް ސަމާލުކަންދީ، ފިޔަވަޅު އަޅަން ލޯ ހުޅުވައިދިން މައްސަލަ އެކެވެ. ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ވީޑިއޯ އިން ފެންނަނީ ގެއެއްގެ ބެލްކަނީގައި ކުޑަ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ގައިގޯޅިވާ މަންޒަރެވެ. އެ ކުޑަ ދެ ކުދިންގެ އުމުރާ ނުގުޅޭ އަމަލެއް ހިންގާ އެ މަންޒަރު ވީޑިއޯކޮށް، ސޯޝަލް މީޑީއާ އަށް ދޫކޮށްލުމުން ގިނަ ބަޔަކު ދަނީ އެ ވީޑީއޯ ޝެއާ ކުރަމުންނެވެ. އެ ކުދިން އެކަހެރިކޮށް ތިބި، އެ އަމަލު ހިންގިއިރު، އެ ގޭގެ ތެރޭގައި ބޮޑެތި މީހުން ތިބިކަން އެނގެ އެވެ. އެއީ އެ މީހުންގެ އަޑު އެ ވީޑިއޯ އިން އިވޭތީ އެވެ.
ދިރިއުޅޭ މާހައުލުން ދަސްވާ، ކުދިންގެ އުމުރާ ނުގުޅޭ އަމަލަކަށް އަރައިގަންނަ އެ ވީޑިއޯއާ އެކު ގިނަ ބައަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެއް ބަޔަކު މުއައްސަސާތަކަށް އިނގިލި ދިއްކުރާއިރު، އަނެއް ބައެއްގެ ކަންބޮޑުވަނީ ދަރިން ތަރުބިއްޔަތު ކުރުމުގައި ބައެއް މައިންބަފައިންގެ އިހުމާލުވަމުންދާ މިންވަރާ މެދުގަ އެވެ.
ވީޑިއޯގައި އާއްމުވި ފަދަ އަމަލުތައް ކުޑަކުދިންނަށް ގިނަ ފަހަރަށް ދަސްވަނީ ގޭތެރޭގެ މާހައުލުންނެވެ. ކުދިންގެ އުމުރާ ނުގުޅޭ ޓީވީ ޕްރޮގްރާމްތައް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ. ކުދިންގެ އުމުރާ ނުގުޅޭ މަންޒަރު ފެންނަ ޓީވީ ޕްރޮގްރާމްތައް ކުދިންގެ ހާޒިރުގައި ބެލުން މައްސަލައެއްގެ ގޮތުގައި ނުދެކި އިހުމާލުވެވުމަކީ ކުދިންގެ ތަރުބިއްޔަތަށް ނުރަނގަޅު އަސަރުކުރާ ކަމެއް ކަން މި މައްސަލައިގައި ކަންބޮޑުވި ބައެއް މީހުން ބުންޏެވެ.
އާއްމުވި ވީޑިއޯގެ މައްސަލަ ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށް ވަނީ އައިސްފަ އެވެ.
މިކަމާ ގުޅިގެން ދެ މުއައްސަސާ އިން ޓުވީޓްކޮށްފައިވާ އިރު، ކުދިން އެނގޭ ގޮތަށް އެފަދަ ވީޑިއޯތައް އާއްމު ކޮށްފައިވާތީ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން ބައިތިއްބާ ހިޔާގެ ގޯތިތެރޭގައި ކުދިންގެ ފަރާތުން ފެންނަ ކަންކަން ވެސް ވީޑިއޯކޮށް ސޯޝަލް މީޑިއާ އަށް ދޫކޮށްލުން ވަނީ އާއްމުވެފަ އެވެ.
ކުދިންގެ އަޚުލާގީ އެފަދަ މައްސަލަތައް ރެކޯޑުކޮށް، ސޯޝަލް މީޑިއާގައި އާއްމުނުކުރަން ފުލުހުން އިލްތިމާސްކުރި އެވެ. ސޯޝަލް މީޑިއާ އަށް ދޫކޮށްލުމުގެ ބަދަލުގައި އެފަދަ މައްސަލަތައް ފުލުހުންނަށް ރިޕޯޓްކުރަން އެ ތަނުން އެދެ އެވެ.
We request the public not to record and circulate videos of children involved in inappropriate behavior on social media.We urge the public to report such things to police rather than share it on social media. Circulating such videos has a detrimental effect on children involved
— Maldives Police (@PoliceMv) February 8, 2020
ކުދިންގެ އެފަދަ ވީޑިއޯ އާއްމުނުކުރަން އެދި ފުލުހުންކޮށްފައިވާ ޓުވީޓް.
"ކުޑަކުދިން ހިމެނޭ މައްސަލަތަކުގައި އެ ކުދިން ދެނެގަނެވޭ ފަދަ ވީޑިއޯ، ފޮޓޯ ނުވަތަ މައުލޫމާތު އާއްމުކޮށް އިތުރަށް ވިކްޓިމައިސް ކުރުމުގެ ބަދަލުގައި އެ ބާވަތުގެ މައްސަލަތައް ފުލުހުންނަށާއި މިނިސްޓްރީގެ 1412 އަށް ރިޕޯޓްކުރުމަށް އިލްތިމާސްކުރަން،" ޖެންޑާ މިނިސްޓްރީގެ ޓުވީޓުގައިވެ އެވެ.
ކުޑަކުދިން ހިމެނޭ މައްސަލަތަކުގައި އެ ކުދިން ދެނެގަނެވޭ ފަދަ ވީޑިއޯ، ފޮޓޯ ނުވަތަ މަޢުލޫމާތު ޢާންމުކޮށް، އިތުރަށް ވިކްޓިމައިސް ކުރުމުގެ ބަދަލުގައި، އެ ބާވަތުގެ މައްސަލަތައް ފުލުހަށާއި މިނިސްޓްރީގެ 1412އަށް ރިޕޯޓުކުރުމަށް އިލްތިމާސްކުރަން.
— Ministry of Gender, Family and Social Services (@MoGFSSmv) February 8, 2020
ޖެންޑާ މިނިސްޓްރީގެ ޓުވީޓް.
ކުޑަ ދެ ކުއްޖެއްގެ ވީޑިއޯ މި އާއްމުވީ، ދެ އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައާ ގުޅިގެން ޖިންސީގޯނާގެ މައްސަލަތައް ރިޕޯޓްކުރާ އަދަދު އިތުރުވެ، މުއައްސަސާތަކުގެ އިހުމާލުން ފިޔަވަޅު ނޭޅި ހުރި މިފަދަ މައްސަލަތަކާ ގުޅިގެން ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ. މައްސަލަތައް ހައްލުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާ އިރު، ޖެންޑާ މިނިސްޓަރަކަށް ހުންނެވި ޝިދާތާ ޝަރީފް މިދިޔަ ބުރާސްފަތި ދުވަހު މަގާމުން އިސްތިއުފާ ދެއްވުމުން އެ މަގާމަށް ކުރީގެ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އައްޔަން ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނިންމަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަމަނަ 2
10 February 2020
ﷲ އިންސާނާ ހައްދަވާފައިވާ ގޮތަށް ގޮން ޖަހާ ފައި ކޮން އެއްޗެއް ކިޔާ ކަށް
ޖާދު
09 February 2020
މަހުޝަރު ދުވަހު މުއައްސަސާ ތަކަކާ ނޫން އިގޭތޯ ސުވާލު ވެވޭނީ. މައިންބަފައިންނާއި ފުރަތަމަވެސް. ވަރަށް ދެރަ ކަންކަން. އެންމެން އެކެއްޗެއް ކިޔާގެން ނޫނީ ނުވާނެ. ސިޔާސީ މީހުން ދޫކޮށްލާފަ މުޖުތަމައުގެ ބަލިމަޑުކަން ފިލުން ނިކުންނަންވީ ވަގުތު ކުޑަތަން ވެއްޖެ ކަމަށް ދެކެން.
ާައިންސާފް
09 February 2020
ވީޑިޢޯ ށެއާ ކުރި މީހާވެސް ސޯސް .ށެއާ ކުރަންވީ ސަރުކާރު ގެ މުއަސަސާއަށް .
އިޙްސާސް
09 February 2020
ތިޔައީ ކުޑަކުދިން އެކަނިތަ ބޮޑެތިމީހުންވެސް ކައިވެނީގެ ބޭރުން ކޮށްގެން ވާނެކަމެއްނޫން. އަދި އަމުދުން ގޭގެ ބެލްކަނީގަ.
ޝިޔާމް
09 February 2020
ދީނާއި ބީރައްޓެހި ދިރިއުޅުންތަކުން މިކަހަލަ މަންޒަރު ފެނުމަކީ ހައިރާންވާންވީ ކަމެއް ނޫން. މައިންބަފައިންނާއި ތަރުބަވީ ހުރިހާ މުއައްސަސާތަކަކުން ތަނަކުން މިކަމާއި ޒިންމާވާންޖެހޭނެ.
މަރޭމިތުރާމީ
09 February 2020
ފޯނު އޮޕަރޭޓަރުންފެށގެން ޖެންޑާއަށް ބަދަލުގެންނަންޖެހޭ! ހަމަ އެކަނި ސިދާތާ އެކަނި ކަނޑާލުމަކުން ތިތަނެއް ރަނގަޅުނުކުރެވޭނެ!
އަލީމްބެ
09 February 2020
ފޯނު އޮޕަރޭޓަރުންނާ ޖެންޑަރ މިނިސްޓްރީ ބަދަލުކޮއްގެން ބެލެނިވެރިން ދަރިންއކުރިމަތީ އޮރިޔާން ފިލްމް ބެލުން ހުއްޓުވޭތަ
ކޮއްޔަ
10 February 2020
ޢަލީމްބެ، އަދިވެސް މި އުޅެނީ ހަޤީގީ މައްސަލަޔާ ހިސާބަށް ނުދެވިގެން. އޮރިޔާން ފިލްމް ބަލަނީކީ ނޫން، ކުޅެނީ. 1 ކޮޓަރިތެރޭ ދެމަފިރިންނާ ހުރިހައި ދަރިންނާ އުޅެންޔާ ވާގޮއި. ފެއިލްވެގެން މިއުޅެނީ މުޅި ޤައުމު.
ރުޅި
09 February 2020
ސިދާތާހުރިނަމަ އޭނާގެ ބޮލަށް މިކަން ވެސް ކަނޑާލާ އޭނާގެ މަސް ނޫސްތަކުންނާއި އެމްޑީޕީ މީހުން ކައި ހުސްކުރާނެ. ކަމުގެ އަސްލު ފެށޭ ހިސާބަށްގޮސް އެ މޫތައް ނަގާ ހުސްކުރާކަށް ނޫޅޭނެ. ވިސްނާލާ ކޭބަލް ޓީވީ އާއި އިންޓަރނެޓް ވެސް ބޭނުން އެއްޗެއް ބެލޭ. މިފަދަކަންކަ ހުއްޓުވާފަ ދެން އޭގެ ފަހުންނޭ އެހެންކަންކަން ހުއްޓުވޭނީ.
ލުތުފީ
09 February 2020
ހޭނުޖެހޭ ޢުމުރުގެ ކުޑަކުދިން، އެކުދިންނަށް ފެންނަތަންތަން ކޮޕީކޮށް އެފަދަކަންކަން ކުރާނެ. ފިލްމް ތަކުންނާއި ގޭގެމާހައުލުން މިފަދަކަންކަން ފެންނަކަމަށްވާނަމަ، އެކަންކޮޕީކުރާނެ. މިފަދަ މަންޒަރެއް ފެނުނީމަ، ވީޑިއީކޮށް ސޯސަލް މީޑިއާއަށް ލުމަކީ ވަރަށް ގޯސްކޮށް ކުރެވިފައިވާ ކަމެއް.
ބަގީ
09 February 2020
މިމާލޭގެ މަސް ހޫރް ފިހާރަޔަކުން ކަނަމަދު ވަގައް ނަގާމީހަކު އެބައުޅޭ އެފިހާރައިގެ ސޭޓަކުބުނީ އެމީހާ މިތަނުން ކަނަމަދު ވަގައް ނަގާތާ މިވަނީ ތިންމަސް ދުވަހޯ ކުންމެ ފަހަރަކުވެސް ގެންދެޔޯ އެކަމަކު ތިން ހަތަރުދުވަސް ފަހުން ހަމަ އެއްކަލަމީހާ ވަދެ ކަނަމަދު ވަގައް ނަގަޔޯ އަނެއްކާ ގެންދާނެޔޯ މީތޯމިކަން ވާންވީ ގޮތަކީ އަދި ތިޔަބުނާ ކަންތައް ދާނެ ގޮތެއް ދެނެވޮޑިގެން ވާނީ މާތް ﷲ
އަހްމަދު
09 February 2020
މީގައި މިއޮތީ ޔޯލަ ވާހަކަ އެއް ހަގީގަތެއްނޫން. ޔޯލަ ވާހަކަ ދެއްކުން ހުއްޓަލަންވީ.
ރިއަލިޓީއަކީ މިއީ
09 February 2020
ތިކަހލަ ކަންތައް މީޑިއާގައި އާންމުކުރަނީ ޖެންޑާ އަށް ގުޅާގުޅާ އެތައް މަހެއްވާއިރުވެސް ކުޑަމިނުން އަޕްޑޭޓެއް ނުލިބޭ މައްސަލާ ހައްލުނުވާތާ ބާއްވާފަ. ގުޅާމީހާ ކުށްވެރިކޮށްފަ ފުރޭމްކޮށްފަ ފޯން އޮޕަރޭޓަރ ޕޮލިހަށް އަންގަނީ، ދެން މިޙާބިޒީކޮށް އުޅޭ މީހުން ޖެހެޏީ އެއަށްވުރެ ބޮޑުމައްސަލައަކާއި އުޅެން. ރިޕޯޓުކުރާލެއް މަދުވަނީ ބޭނުންނުވާތީކީނޫން، އިންސާފު ނުލިބޭތީ، ބަލާނުދޭތީ، އަޅާނުލާތީ، އިތުރު ތަކުލީފުޖެހޭތީ، އެނގިއްޖެތަ ، ސޯޝަލް މީޑިއާއަށްލަނީ އެހެންވެ
ނާއިލާ
09 February 2020
އަމިއްލަދަރިންއަމިއްލަގޭގަ ކުރާކަންކަން ނުހުއްޓުވާޖެންޓަރ މިނިސްޓަރތަހޯދަންޖެހޭނީ ދަރިންހޯދަނީސަރުކާރުން ބަލައިދޭނެކަމަށްތަ. ވިހައިފަ ދަރިންނުބަލާސަރުކާރުރަށްދަރިންޖަހާކަށްނުޖެހޭ . ނުބެލޭވަރުން ދަރިންނުހޯދާނީ އެފުށްގަޑު މޮޑެންހަވާލު ވެވެނީމައިންބަފައިންނާ ބޭނުންގޮތަކަށް މޮޑޭންލިބޭފުށްގަޑެއް .އިހްމާލުވެފަ ސަރުކާރެކޭނޫންކިޔާނީ . ގޭތެރޭގަރިމޯޓް އޮންނަނީ އަމިއްލައަތުގަ ދަރިންނަށްދައްކަން ނުޖެހޭމަންޒަރުތަށްދައްކަނީ މައިންނާބަފައިން
ލަތީފާ
10 February 2020
ބަލަގަ ނާއިލާ، ތިޔަ ރައްދަކާ ކޮމެންޓަކާ ނުގުޅޭ