ކުދިންތަކެއް މަގުމަތީގައި ކުޅެނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު
09 ފެބުރުއަރީ 2020 - 14:28
އިތުބާރު ހިފޭ މަގާމުތަކުގައި ތިބެ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ފުރައްސާރަކުރުމުގެ މައްސަލަ އިންތިހާ އަށް ގިނަ އެވެ. އެއް ދުވަހުން އަނެއް ދުވަހަށް އިޖުތިމާއީ މައްސަލަތައް ބޮޑުވެ، ކުދިންގެ އަހުލާގު ދަނީ ދަށްވަމުންނެވެ. އިޖުތިމާއީ މިފަދަ އެތައް މައްސަލައެކެވެ؛ ކްލިނިކަލް ސައިކޮލޮޖިސްޓް ޑރ. އައިޝަތު އަލީ ނާޒު ވަނީ މިފަދަ މައްސަލަތަކަށް އަލިއަޅުއްވާލައި މުހިއްމު ކަމެއް ރޭ ފާހަގަކުރައްވައިފަ އެވެ.
ނާޒް ކުރެއްވި ޓްވީޓެއްގައި އިލްތިމާސްކުރައްވާފައި ވަނީ މަންމަ އާއި ބައްޕަ ނިދާ ކޮޓަރީގައި އެމީހުންގެ އެނދުގައި އޮވެ ނުވަތަ ބޮޑުވަމުން އަންނަ ދަރިފުޅު އެނދުކައިރި ގޮދަޑީގައި ނުބޭއްވުމަށެވެ. އެއާއެކު މަންމަ އާއި ބައްޕަ ނިދަން ވަކި ކޮޓަރިއެއް އަދި މާމަ އާއި ކާފައަށް ކޮޓަރިއެއް ލިބޭނެ ގޮތް ހަދައިދިނުމަށް އެދިވަޑައިގަތެވެ.
"އެކުގައި އުޅެވޭނެ ގޮތް ހަދައި ދެއްވާ. ނޫނީ ހުރިހާ ތަަރައްގީއެއް ދާނީ ފެނަށް،" ކުޑަ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ގައިގޯޅިވާ ވީޑިއޯއެއް އާއްމުވެ، ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ނާޒް ކުރެއްވި ޓްވީޓުގައި ވެ އެވެ.
If children are acting out inappropriate scenes(1)Clean up ur desktops/delete dirty links they may click afterwards(2)No matter how crowded ur shared room is if u become intimate in front of children they may be wide awake,pretending 2 sleep,observing& may act out later.Careful!
— Dr.Aishath Ali Naaz (@aishathalinaaz) February 8, 2020
އޭނާގެ އެހެން ޓްވީޓެއްގައި ވަނީ ބެލެނިވެރިން ސަމާލުކަންދޭންޖެހޭ ކަންތައްތަކެއް ހިއްސާކުރައްވައިފަ އެވެ. އޭގައި ވިދާޅުވެފައިވަނީ އެކަށީގެންވާ ނުވާ ގޮތަކަށް ކުޑަ ކުއްޖަކު އުޅޭނަމަ، ކޮމްޕިއުޓަރުގައި ހުރި އެކި ޒާތުގެ ލިންކް އެއްޗެހި ޑިލީޓުކުރުމަށެވެ. އޭގެ އިތުރުން، ކޮޓަރި ކިތައްމެ ތޮއްޖެހިފައި އޮތް ނަމަވެސް، ދަރިންގެ ކުރިމަތީގައި ގައިގޯޅިވެގެން އުޅޭ ނަމަ ނިދާފައި އޮތް ކަމަށް ހެދިގެން އޮވެ އެ މަންޒަރު ބަލާފާނެ ކަމަށާއި އަދި ފަހުން އެގޮތަށް ކަންތައްތައް ކޮށްފާނެ ކަމަށް ވިދާޅުވި އެވެ.
އެހެންވެ އޭނާ ވަނީ ހުރިހާ ކަމަކަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރައްވައިފަ އެވެ.
Most of the time what happens on on that lower bunk bed is watched. Cover the mirror if you are on the upper bunk. The children are not to be blamed. We adults failed them. We did big time.
— Dr.Aishath Ali Naaz (@aishathalinaaz) February 8, 2020
އިއްޔެ ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއިން ފެންނަނީ، ގެއެއްގެ ބެލްކަނީގައި ކުޑަ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ގައިގޯޅިވާ މަންޒަރެވެ.
ދިރިއުޅޭ މާހައުލުން ދަސްވާ، ކުދިންގެ އުމުރާ ނުގުޅޭ އަމަލަކަށް އަރައިގަންނަ އެ ވީޑިއޯއާއެކު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށް އެއް ބަޔަކު މުއައްސަސާތަކަށް އިނގިލި ދިއްކުރާއިރު، އަނެއް ބައެއްގެ ކަންބޮޑުވަނީ ދަރިން ތަރުބިއްޔަތު ކުރުމުގައި ބައެއް މައިންބަފައިންގެ އިހުމާލުވަމުންދާ މިންވަރާ މެދުގަ އެވެ.
ވީޑިއޯގައި އާއްމުވި ފަދަ އަމަލުތަކަށް ކުޑަކުދިންނަށް ގިނަ ފަހަރަށް ދަސްވަނީ ގޭތެރޭގެ މާހައުލުންނެވެ. ކުދިންގެ އުމުރާ ނުގުޅޭ ޓީވީ ޕްރޮގްރާމްތައް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ. ކުދިންގެ އުމުރާ ނުގުޅޭ މަންޒަރު ފެންނަ ޓީވީ ޕްރޮގްރާމްތައް ކުދިންގެ ހާޒިރުގައި ބެލުން މައްސަލައެއްގެ ގޮތުގައި ނުދެކި އިހުމާލުވުމަކީ ކުދިންގެ ތަރުބިއްޔަތަށް ނުރަނގަޅު އަސަރުކުރާ ކަމެއް ކަން މި މައްސަލައިގައި ކަންބޮޑުވި ބައެއް މީހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖާދު
10 February 2020
އިސްލާމްދީނުގަ އޮންނަނީ ކުއްޖާގެ އުމުރުން 10 އަހަރުވުމުން ނިދާތަން ވަކި ކުރަން. ނާޒުތީ އެކިއެކި ސިޔާސީ މޫސިމީއަށް ފޮޅޭ މަލެއްކަން ދެނަ ހުރީމް. މާބޮޑަށް އެގުމަކީވެސް ގޯހެއް. އަދި ނޭންގި ވާހަކަ ދެއްކުމަކީވެސް ގޯހެއް. މައްސަލަ ޖެހިގެން މިއުޅެނީ 35 އަހައުގެ މައުމީނީ ހިލާފަތުގަ މީހުން ހޭލުން ތެރި ކުރުވާން އެކި ނަންނަމުގެ ކުދިބޮޑަތީންނަށް ފޯރުކޮށްދީން އިސްލާހީ މައުލޫމާތުގެ މަސްތު ޖެހުނު މީހުން.
ޢަލީ ނާޝިޒް
10 February 2020
ތިއީ ރަގަޅު ވާހަކައެކެވެ. އެކަމަކު ނާޒު އަކީ މިހާރު އިތުބާރު ހިފޭ މަސަކަތެއް ކުރާ މީހެއްކަމަށް ގިނަ ބަޔަކު ޤަބޫލެއް ނުކުރެއެވެ.ނާޒު މާބޮޑަށް ވިޔަފާރިއަށް ޚިދުމަތްދީ ސިޔާސީވީ ކަމަށް މީހުންދަނީ ބުނަމުންނެވެ.
ވިސްނާ!
10 February 2020
ކިޔަވައިގެންތިބޭ މީހުން ކަމެއްގެ ޙައްލުގެ ވާހަކަ ދައްކަން ޖެހޭނީ މާޙައުލުވެސް އޮތްގޮތް ބަލާފަ. ނޫނީ އެވާނީ މުޅުމީހަކު ލިޔެފަ އޮންނަ ސްޓޭޓްމަންޓެއް ކިޔާލުން ނުވަތަ އަޑުގެ ކޮޅަށް އަޑުނެރެ ޑިކްޓޭޝަން ކިޔާއުޞޫލުން އެއްޗެއް ކިއުންކަމަށް. ޙިކްމަތްތެރިކަން އަޅަމެންނަށް ދެއްވާށި!
ނެކްސްޓް
10 February 2020
މިގައި އޮތީ ރަނގަޅު ވާހަކައެއް. ޢެއްޗެއް ނުކިޔާ ކޮމެންޓް ކިރާތި
އަބުޅޯ ސޮރު
11 February 2020
ނާޒް ވަރަށް މާހައުލު ދިރާސާ ކުރި މީހެއް އަދި މި ޤަޢުމުގަ ނެތް
ދޮންދީދީ
10 February 2020
ސަރުކާރުން ފްލެޓް އެބަދޭ އެގޮތަށް ދަރިން ނުނިދެވުމަށް. އެކަމަކު މާލޭގެ ރައްޔިތުން ފައިސާގެ ދަހިވެތިކަމުގައި އެތަންދެނީ ކުއްޔަށް ބޮޑު އަގުގައި. ކުލި ބޮޑުކަމުން ހިފާމީހުންނަށްވެސް ޖެހެނީ 3 ކޮޓަރި އަށް ތިން އާއިލާ ވަންނަށް. މި ނޫން ގޮތެއް ސަރުކާރުން ހަނދަންވެއްޖެ. ފްލެޓްގައި ދިރިނޫޅޭ މީހުން އެ މީހުން ދިރިއުޅެނީ ކިހިނެއްތޯ ބަލަންވެއްޖެ. ހަމަގައި ފްލެޓް ހޯދަފަ 20 22 އަހަރު ދަރިންނާއެކު އެއްކޮޓަރީގައި ދިރިއުޅޭ މީހުން ވަރަށް ގިނަ
ފަރާ
10 February 2020
މީ ހަމަ ބަލަން ޖެހޭ ކަމެއް. ކުރީގެ ހުޅުމާލޭގެ ފްލެޓްތަައް ގިނަ މީހުންތިބީ އަމިއްލަކޮއްފަ ނޫނީ ވަރަށް ކުޑަ އަގެއް ސަރުކާރަށް ދައްކަން ޖެހެނީ އެކަމަކު ރާއްޖެތެރޭގެ ނިކަމެތި މީހާއަށް 20 ހާހަށް ބޮޑުވަރު. ތިމާގެ ދަރި ނިންދަވަނީ ކޮތަރު ކޮށި ހަދާފަ ކޮަޓަރީގަ ސަރުކާރުން މިކަން ބަލަންވެއްޖެ.
ކާދޮެރރީާއާމިސަނަލަކީސައކުނާ
10 February 2020
ދައްކާވާހަކަ ކަލޭމެން ކޮންމެ ދަރިއަކަށް ކޮޓަރިއެއް ހުއްޓަސް އެހެން މީހުންނަ ލިބޭތައް ކިރިޔާ ލިބޭ ލާރިކޮޅުން ކުލި ދެއްކެނީ އެއްކޮޓަރީގެ ތަންކޮޅެއް 12000 ރުފިޔާއަށް މުސާރަ 5000 ރުފިޔާ ދެން ދޭބަލަ މީހުން އުޅޭ ހާލު ބަލަން ނަސޭހަތް ނުދީ
ޢައިމިނަ
09 February 2020
ގޯތި ކުޑަވެގެންނެއް ނޫން މިކަހަލަ ކަންތަށް ގިނައީ ޓީވީތަކުން ފޯނުތަކުން ކުދިންނަށް ފެންނަ މަންޒަރުތަކުގެ ނަތީޖާ މީ އަހަރުން މައިންބަފައިން ވެސް އަރުމެން ގެނގުޅުނީ 7 ކުދިންނަށް 7 ކަޓަރި އަކުނޫން ނެޓެއް ނުހުރޭ ބައްދަމުން މަގުމަތީ އުޅޭ މީހުނެއް އޭރު ނޫޅޭ އެއިހަޑިހުތުރު ކަންތަށް
ޔޭސް
10 February 2020
އަހަރުން މައިންބަފައިން އަހަރުން ބޮދެތިކުރީ ފަންޖިފުޓިއެއްގަ.އެންމެން އެކި ނިދަނީ.އެކަމަކު މަގޭ ދެލޯ ކަނުވާނެ މަގޭ މައިންބަފައިން ގައިގޯޅިވާ މަންޒަރު ފެނިފައޮތިއްޔާ..އެހަމަ ތަރުބިއްޔަތު.ކެތްތެރިކަން.އަދި އައިމިނަ ބުނިހެން މަގުމަތިން ފެނޭ މަންޒަރާ އިންޓަނެޓާ ތީވީއާ ކޭބަލްއާ ފޯނު،އަދި ދަރިންނަށް ހެވާ ނުބައި ވަކިކޮށްނުދިނުން
ބލ މާ
09 February 2020
މާލޭގެ ކުދިބިންކޮޅު އޮތް އަޅުގަނޑު މެން ކަހަލަ މީހުން ދިރިއުޅެން ދާނެއިތުރު ރަށެއްވެސް ނެތް. ރަށްރަށު މީހުނަށް މިހާރު ބުނެވިދާނެ ބޮޑެތި ގޯތި ދީކޮށްފައޭ އެއުޅެނީ އައިސް. އެހެނޭ ކިޔާފަ އަޅުގަނޑު މެންގެ އެހެން ބިންކޮޅެއްނެތް ދާކަށް. މައު މޫނު ހުޅު މާލެ ހިއްކީ މާލޭގެ ގެދޮރުގެ ދަތިކަން އޮތް މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެން. އެކަ މަކު އެތަނުން %90ލިބެނީ މަހުޖަނުންނަށް. ހުރިހާ ބި މެއް އަދި ކީއްކުރަން ރޯހައުސް އެއް އަދި ފްލެޓްތަކުގެ ބޮޑުބައިވެސް.
އޮނަރަބްލް އަފީފު ދީދީ
09 February 2020
ފިތުރަތުގެ ސާފުކަންމަތީ އުފަންވާކުއްޖާ ޔަހޫދީ،ނަސާރާ ނުވަތަ މަޖޫސީއަކަށް ހަދަނީ އެކުއްޖާގެ މައިންބަފައިން ކަމަށް ﷲ ގެ ރަސޫލާ ޙަދީސްކުރައްވާފައިވޭ. (މިޒަމާނުގައި ސަރުކާރަކީވެސް މައިންބަފައިން ކަމުގައިބަލެވޭ ހާލަތްހުރޭ.) # ސައިންސް ހޯދުންތަކުން ކުއްޖާގެ ސިކުނޑި އޭނާ އުފެދި ބޮޑުވާ މާހައުލާއި ފެންނަ މަންޒަރުތަކަށް ބިނާވާކަމަށާއި "ބޮޑުވެގެން އޭނާގެ ފަރާތުން ފެންނާނީ ކުޑައިރު ފެނުނުކަންކަން" ސާބިތު ކޮށްދީފައިވޭ.
ބަލަ
09 February 2020
އަޅުގަނޑުމެންނީ މާލޭ ރައްޔިތުން. ދިރިއުޅޭގޭގަ އިންނަނީ 200އފ. 4ކުދީން އެބަތިބި.ކުދީން ބޮޑުވަނީ. ފްލެޓަށް ލިޔަސް އަޅުގަނޑުމެން ކަހަލަ ނިކަމެތިންނަކަށް ނުލިބޭ.ހުޅުމާލޭން ރައީސް ޔާމީން ބިންދޫކުރާ އެއްޗަށްވެސް ފޯމުލީން.މާލޭގެ ބިންކޮޅު ދޫކޮށްލަން މިހުރީ ތައްޔާރަށް.އެފޯމުތައް މިހަރު ކޮބާބާ.އެކަމަކު ބިންވެސް ގަނެވެނީ މަހުޖަނުންނަށް. މަހުޖަނުން އެބަތިބި އެމީހުންގެ އާއިލާގެއެނމެނަށް ބިންގަނެދީފަ.ނިކަމެތި ރައްޔިތުމީހާ ހުރިހާ ސަރުކާރެއްގަވެސް ވަނީ ނިކަމެތި.
ކައްކާ
10 February 2020
200 އަކަފޫޓު އޮތިއްޔާ 190 އަކަފޫޓު ދޮޅުލައްކައަށް ކުއްޔަށްދީފަ ދޮރުމަތީ ކުނާގަނޑު އަޅައިގެން ކަލޭމެން ތިބޭނީ. ދެން އެހެންތިބެގެން ފޮޓޯނަގާފަ ވަންނާނެތަނެއްނެތޭ ކިޔާފަ ޓުވީޓުކުރާއިރަށް ދައުލަތުގެ ފައިސާއިން 6 ލައްކަ ލާފަ 26 އަހަރުން 2 ލައްކަ ދައްކާގޮތަށް ދޮޅަކަށް ކޮންމެމީހަކަށް އެޕާޓްމެންޓު އެދެނީ. 6 ލައްކަ އެއީ ރާއްޖޭގެ ރަށަކަށް 5 އަހަރުން ދޭވަރު.
ބޮޑުމީހާ
09 February 2020
މިގައުމުގައި ދިމާވާ މައްސަލަތަކުގެ 99 އިންސައްތައަކީ ތޮއްޖެއްސުމުގެ ސަބަބުން އުފެދިފައިވާ މައްސަލަތަކެއް. އާއިލީ، އިޖްތިމާއީ، އިގްތިސާދީ ކިޔާނެކަމެއް ނެތް. އެތައް ޖީލުތަކެއް ހަލާކުވެގޮސްފި. ހެޔޮވިސްނޭ، ދުރުވިސްނޭ ވެރިންނަށް މިކން ރަގަޅުކުރެވޭނީ، އާބާދީ އެއްފަސްކޮށް ރާއްޖޭގެ އެކި ސަރަހައްދު ތަރައްގީކުރަންވި
ޝާޑު
09 February 2020
އަހަރެމެން ވޯޓުދިނީ އެއްފަސްކުރާކަށްނޫން. ވޯޓުދިނީ ޖަޒީރާ ރަށްތަކެއްގައި އުޅޭ ނިޒާމަކަށް.