އެމްއައިޓީޑީސީން ކުރިއަށް ގެންދަން ނިންމި ބަރެސްދޫ މަޝްރޫއުގެ ކުރެހުމެއް: އެ މަޝްރޫއުއާ ގުޅުންހުރި ފައިސާގެ މައްސަލައަކާ ގުޅިގެން އެ ކުންފުނީގެ އެކައުންޓްތައް ވަނީ ފްރީޒްކޮށްފައިި
11 ފެބުރުއަރީ 2020 - 16:48
މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ކުރިއަށް ގެންދާ ލ. ބަރެސްދޫ މަޝްރޫއަށް އެކި ފަރާތްތަކުގެ އަތުން ނެގި ފައިސާ ހުކުމާ އެއްގޮތަށް ނުދައްކާތީ، އެ ކުންފުނީގެ އެކައުންޓުތައް ފްރީޒްކޮށް، ޑިރެކްޓަރުންގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.
ބަރެސްދޫ އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއުގެ ދަށުން ތަންތަން ގަތުމަށް ގިނަ ފަރާތްތަކަކުން އޮތީީ ފައިސާ ދައްކައިފަ އެވެ. ބުކިން ފީގެ ގޮތުގައި 3.5 މިލިއަން ޑޮލަރު ލިބުނަސް، މަޝްރޫއު ކުރިއަށް ނުގެންދާތީ، އެ ފައިސާ އަނބުރާ ހޯދަން ގިނަ ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށް އެމްއައިޓީޑީސީން ކުރިން ބުނެފައި ވެ އެވެ. އޭގެ ތެރެއިން ބައެއް ފަރާތްތަކަށް ފައިސާ އަނބުރާ ވަނީ ދައްކައިފަ އެވެ.
އެމްއައިޓީޑީސީގެ އެކައުންޓްތައް ފްރީޒްކޮށް، ޑިރެކްޓަރުންގެ ޕާސްޕޯޓު ހިފަހައްޓަން ސިވިލް ކޯޓުން މިދިޔަ މަހު އަމުރުކުރީ ބުކިން ފައިސާ އަނބުރާ ދައްކަން ކޮށްފައިވާ ހުކުމާ އެއްގޮތަށް އެ ކުންފުނިން ފައިސާ ދައްކަމުން ނުދާތީ ކަމަށް އެނގިފައިވެ އެވެ.
ހުކުމާ އެއްގޮތަށް އެމްއައިޓީޑީސީން ފައިސާ ނުދައްކައިގެން ތިން މައްސަލައެއް ކޯޓުގައި ހިނގަމުންދާ ކަމަށް އެނގިފައިވެ އެވެ. އެކަމަކު، އެކައުންޓްތައް ފްރީޒްކޮށް، ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ނެރުނީ އޭގެ ތެރެއިން ކޮން މައްސަލައަކާ ގުޅިގެން ކަމެއް ސާފެއް ނުވެ އެވެ.
MITDC
The Maldives Integrated Tourism Development Corporation (MITDC) is a 100% Maldivian Government SOE mandated to support and to foster the development and growth of the mid-market segment of the Tourism Industry. Our primary goal is to bring economic growth to the nation by expanding the possible aven…
އެމްއައިޓީޑީސީގެ ޑިރެކްޓަރުންގެ ބޯޑުގައި ތިއްބަވާ ބޭފުޅުން.
އެމްއައިޓީޑީސީގެ ޑިރެކްޓަރުންގެ ބޯޑުގައި ތިއްބަވަނީ ފަސް ބޭފުޅެކެވެ. އެއީ ޗެއާމަން އަބްދުﷲ ނަސީރު މުހައްމަދާއި މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދުގެ އިތުރުން ސިމާނާ އިސްމާއިލް އާއި މޫސާ މުސްތަފާ އަދި އަލީ ނަބީލް އެވެ.
އިންޓަގްރޭޓެޑް ޓޫރިޒަމް ތަރައްގީ ކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އުފެއްދި އެމްއައިޓީޑީސީން ހަވާލުވި ބަރެސްދޫ މަޝްރޫއަށް ލިބުނު ފައިސާގެ ތެރެއިން ބައެއް ފައިސާ ،އޭރު ވެރިކަން ކުރި ޕީޕީއެމްއަށް ޚަރަދުކުރި ކަމަށް އެ ކުންފުނިން ކުރިން ބުނެފައިވެ އެވެ. އެ މައްސަލަތައް އެންޓި ކޮޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ދަނީ ބަލަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހުސްނުވާ
12 February 2020
މިފައިސާ ދައްކަންޖެހޭނީ ސީދާ އޭރުގެ އެމްޑީ އަދި ބޯޑު މެމްބަރުން ފަރުދީ ގޮތުން. ހުރިހާ ފައިސާއެއް ތަޅާބުރުވާފަ އަދި ޕީޕީއެމަށް ޚަރަދުކޮށްފަ، އާޚިރަތުގަ ކަންކަން މިއަޅުވަނީ މިހާރުގެ ބޯޑު މެމްބަރުންގެ ބޮލުގަ. މިއީ އެމްއައިޓީޑީސީގެ އަގު ވައްޓާލުމަށް ބަޔަކު މޮޅަށް ރާވައިގެން ހިންގާ ޖަރީމާއެއް.
ދަތްނެތްކުއްޖާ
12 February 2020
ރައްޔިތުން މި ސަރުކާރު ގެނައީ ކޮންމެހެން މޑޕ ވީމައެއްނޫން. އަދުރޭމެން ނިހާނުމެން އަދިވެސް ނިމިދިޔަ ސަރުކާރުގެ އިސްވެރިން ރައްޔިތުންގެ ޙަޒާނާތައް ލޫޓު ވާފައިވާތީ އެކަމުގެ ބަދަލު ހޯދުމަށާއި އެވެރިންނަށް ޝަރިއްޔަތް ކޮއް ޙައްޤު އަދަބު ދޭނެކަމަށް މި ސަރުކާރުން ރައްޔިތުންނަށް ވަޢުދު ވުމުން. ކަންމިހެން ހުރުމާއި އެކު މިޒާތުގެ މައްސަލަތައް ނުބަލާ ދިގުލާ ދިއުމަކީ ރައްޔިތުން މާޔޫސްވެ މޑޕ އާއި ދޭތެރޭ އޮތް އިތުބާރު ގެއްލިގެން ދާކަމެއް. ކުރިއަތް އޮތީ 2023.
ެއެއްކަލަރަށުމީހާ
12 February 2020
މި ހުރިހައި ކުންފުންޏަކުން މިގޮތައް މަދުވެގެން މިއުޅޭ ހުރިހައި ފައިސާއަކީ ޕީޕީއެމް ގެ ކެމްޕެނަށް ހަރަދުކޮށް ތަޅާބުރުވާފަ ހުރި ފައިސާ. މިމައްސަލަތައް ނުބެލެންޏާ ސަރުކާރުގެ ބޭނުމެއް ނެތް. ޔާމީން2018 ޖަހައިގެން ކުރި ކެމަޕޭނަށް އެޗް.ޑީ.ސީން އެކަނި ކިތައް މިލިއަން ހަރަދުކުރި. މީތޯތޯވާހަކައެއް ނޫން. ސީރާ އިން ކާބޯތަކެތި އޮފީހުގެނަމުގައި ޖަގަހައަށް ޑެލިވަރ ކޮށްދިންމީހުން އެތިބީ. ދަގަނޑުހޮޅިތައް ދޯންޏައް އަރުވަނިކޮށް ފުލުހުން ހުއްޓުވި. ވީކަމެއް ހަރާން
ނަސީދު
12 February 2020
މިޔޮތީ ސަރުކާރުން ބަދަލު ނަގަން ވަރައް ބޮޑު ފުރިސަތެއް ލިބިފައި މިލާރިދެއްކިމީހުން އެހެންވީމާ ހުރިހާކުތިންވެސް ބަދަލުނަގައިދިނުމައް މައްސަލަ ކޯޓައްލާ ހިތައްއެރިއަގެއްޖަހާފައި ބީޖާ ޖެހިވަރައްވުރެ ބޮޑުކޮއް
އަރުވާލި އާދަނުގެ ސިޔާސީހާސަރު
11 February 2020
ކޮން ރައީސް އަކަށްތޯ ކެރިލައްވާނީ ތިއްތި ތިއްތި ކޮށް ތަނެއްގައި އިއްތާލައްވައިގެން އިންނަވާ ދެ ސިނާއަތް މާލީ ގޮތުން މުޖުކޮށް ހަތަރެސް ފައިގައި ގިގުނި އަޅުވައިގެން ނެޝީމާ ސަރުކާރުން ލާރި އުކާ ފައިސާގެ މާފަތި އެޅުވުން ހުއްޓާލައްވާ ( ފިޝަރީޒް އަދި ޓްއަރިޒަމް ) ކިއާފަހުރި މުޖުރާ ކުރާ ކުންފުނިތަށް އުވާލައްވަން. ނުކެރޭނެ ދެއްތޮ ސަރުކާރު ވެއްޓިދާނެތީ ؟ މަޖިލިސް ރައީސް އަށް ވަރަށް ސަލާމް ގައުމުގެ ރައީސް އަށް ސަލާމް
އަރުވާލި އާދަނުގެ ސިޔާސީހާސަރު
11 February 2020
އަދި މާއަވަހެން ނޫންތޯ ؟ ކަރުދާހުން އަކުރުފިލާ ހުދު ބޯކިރަށް ވީމަކާ ނޫންތޯ ( ފްރީޒަރު ) ޖައްސަންވާނީ
ޙިނި
11 February 2020
ތި ކުންފުނި ވިއްކާކަބަލަ. ޥިޔަފާރިވެރިންގެ މަސްލަހަތު އޮންނަ ބޯޑު ތައް ލައިގެން ސަރުކާރައް ވިޔަފާރުކުރަން ނޭންގޭއިރުވެސް އަދިވެސް ކުންފުނިތައް ހަދަނީ
ބަބުރަންޖީ ހާޖީ
11 February 2020
ތިތަން އުވާލާ.
ޖުލައި
11 February 2020
އެމްޓީޑީސީގެ ބޯޑަށް ބަލާލީމަ ފެންވަރު އެނގޭނެ.
ޢައިސަމީ
11 February 2020
ޢަޅެ، ގާޒީ ޔާމީން ގެ ޕާސްޕޯޓް ހިފަހައްޓަބަ