ފުށިދިއްގަރު ފަޅު: އެތަން ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ މައްސަލާގައި ދެ ބިލިއަންގެ ބަދަލަށް އެދިފައިވާ ކަން ވަނީ ހާމަވެފައި
14 ފެބުރުއަރީ 2020 - 19:19
ފުށިދިއްގަރު ފަޅު ކުއްޔަށް ދިނުމުގެ އެއްބަސްވުމާ ގުޅިގެން، ދައުލަތާ ދެކޮޅަށް އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލައިގައި ދެ ބިިލިއަން ރުފިޔާގެ ބަދަލަށް އެދިފައިވާ ކަން އެނގިއްޖެ އެވެ.
ފުށިދިއްގަރު ފަޅު ތަރައްގީ ކުރަން ޕްރައިމް ކެޕިޓަލްސްއާ އެކު 2013 ވަނަ އަހަރު ސަރުކާރުން ޖޮއިންޓް ވެންޗާ އެއްބަސްވުމެއްގައި ސޮއި ކުރި އެވެ. އެކަމަކު، އެ އެއްބަސްވުމުގެ ދަށުން ސަރުކާރުން އެ ކުންފުންޏާ އެ ފަޅު ހަވާލު ކޮށްފައި ނުވާތީ އެ ކުންފުނިން މިދިޔަ އަހަރު އޮތީ ދައުލަތާ ދެކޮޅަށް ސިންގަޕޫރު އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅައިފަ އެވެ.
އެއީ، އާބިޓްރޭޝަންގައި އޮތް މައްސަލައަކަށް ވާތީ، އެ މައްސަލާގެ އެއްވެސް ތަފްސީލެއް އެއްވެސް ފަރާތަކުން ހާމައެއް ނުކުރެ އެވެ. ނަމަވެސް، "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ޕްރައިމް ކެޕިޓަލްސް އިން އެދޭ ބަދަލުގެ އަދަދު ދެ ބިިލިއަން ރުފިޔާ އަށް އަރަ އެވެ.
އަދި، އެ މައްސަލައާ ގުޅިގެން ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ އަމިއްލަ މެމްބަރު އަހުމަދު އުޝާމްގެ މައްސަލައެއް ވެސް އެންޓި ކޮޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިހާރު ހުށަހަޅާފައިވާ ކަމަށް ވެސް ވަނީ އެނގިފަ އެވެ
ފުށިދިއްގަރު ފަޅު ތަރައްގީ ކުރަން ސަރުކާރުން ހެދި އެއްބަސްވުމުގެ ދަށުން ޕްރައިމް ކެޕިޓަލްއާ އެކު، އުފައްދަންޖެހޭ ޖޮއިންޓް ވެންޗާ ކުންފުނި ސަރުކާރުން އުފައްދާފައެއް ނުވެ އެވެ. އެ މައްސަލައިގައި ސިވިލް ކޯޓުން ކުރިން ވަނީ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރަން ސަރުކާރުގެ މައްޗަށް އަމުރުކޮށްފަ އެވެ.
އޭގެ ފަހުން، އެ އެއްބަސްވުން އުވައިލިކަން ސަރުކާރުން ހާމައެއް ނުކުރިޔަސް، އޮކްޓޫބަރު، 2016 ގައި ފުށިދިއްގަރު ފަޅު 72 މިލިއަން ޑޮލަރަށް ވިއްކާލަން ސަރުކާރުން އޭރު އިއުލާންކުރި އެވެ. އެކަމަކު އެތަން ވިކިފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓެކުން
15 February 2020
ކުރީ ސަރުކާރުގައި ހެދިފައިވާ އެގްރީމެންޓްތަކުން ނާޖާއިޒުމަންފާ ނަގަމުންދަނީ، އެގްރީމެންޓްގެ ބައިވެރީންނާއި މިސަރުކާރާއި ގުޅި މާބޮޑު ވިޔަފާރިއެއްގެ މަންފާ ދައްކައި ކޮށް މަންފާ ހޯދުމާއި ކެމްޕެއިންއަށް ފައިސާހ ހޯދުމުގައި އެ ހެންބައެއްގެ ބޮލުގައި ދޮގު އިލްޒާމް އަޅުވައިގެން
ބަދަލު
15 February 2020
ދައުލަތުން ބަދަލުނެގުމާއި ބަދަލުނެގުމުގައި ބައިވެތިވުމުގެ ކުޅިވަރު މިއޮތީ މާ މައްޗަށް ގޮސްފައި. މިކަން ހޫނުގޮތަކަށް ނިން މަންޖެހޭ
ވިލްސީ
15 February 2020
ސިންގަޕޫރު އާބިޓްރޭޝަންއިން ކަންކަން ނިންމާނީ ރަގަޅަށް ކަމުގައި ބެލެވެނީ ޖީއެމްއާރް މައްސަލައަށް ބަލާފަ.
އަލީ ސަރީފު
15 February 2020
އެއީ ޔާމީނު ހެދި ޑީލެއްނޫން ނައިބު ރައީސް އަދީބު ކުރީގެ ރައީސް ވަހީދު ވެރިކަމުގަ ހެދި ޑީލެއް...އަދީބުގެ ޑީލް ތައް ޔާމީނަށް ފޫޅެއް ނުކެޑޭނެ..
ޥަަސް
15 February 2020
ސިވިލް ކޯޓުން ހުކުމް ކުރުމުން އެއާއި އެއްގޮތައް އަމަލު ނުކުރީ ކޮންސަރުކާރަކުން؟ ގަޓް ރައީސް އޭރު މައްސަލަ ހައްލުކުރިނަމަ މިވަރު ބަދަލު ހޯދޭނެބާ؟
ނަސަސް
15 February 2020
ނޫނޭވާ. ގަޓް ރައީސް ހާދަ ގެއްލުމެކޭ ދީފަ އެދިޔައީ. މޮޅުކަމަކީ ގަޓް ކަމުން މިއިން އެއްވެސް ކަމެއް ޙައްލުނުކޮށް ދޫކޮށްލާފައި ހުރީ.
ބަދުލޭކީ އާގުހީ އާގު
15 February 2020
މޮޅުކަ މަކީ ހުރީހާ މޮޅެ ފައިސާއެއް މިސަރުކާރުގެ އެކުވެރިންނަ.ގަޓްރައީސަށް ބައިއެޅޭ އެއްވެސް ކަ މެނެތް.ގަޓްރައީސް ވައްކަންކުރީ މަންފާލިބެނީ މޑޕއަށް.ގަޓްރައީސް އަނިޔާވެރި.އިންސާފާ ނިލިބެނީ މޑޕއާ މިސަތުކާރަށް.ގަޓްރައީސްގެ ވެރިކަ މުގަ އެއްވެސް ކުންފުންޏަކަށް ބަދަލުގޯނީގެ ފުލެއްނުދޭ ތުން މޮހާނުލާ.ގަޓްރައީސް ގަޓީ 5އަހަރު ނިން މުނުއިރު ބަދަލު މިބަސްދިވެހިބަހުގަ އޮތްކަންވެސްނޭގޭ 0ޓޮލަރެންސްގެ ވެރިން އައު މާއެކު ދިވެހިޖައްވުގަ ގުގު މައިފެންދިޔައީ ބަދަލު
ލުތުފީ
15 February 2020
ޔާމީނުގެ ސަރުކާރުން ދިވެހި ދައުލަތަށް މިވަނީ ހާދަހާބޮޑު ގެއްލުން ތަކެއް ދީފައެދޯ!
ފަސްފަހެތި ނުވަވަނަ
15 February 2020
ކުރީގެ ސަރުކާރުގަ ތިބި ހުރިހާ ޕިންކީގެ ގެދޮރާއި މުދަލާއި އެކައުންޓުތައް ދައުލަތައް ނަގާފަ އެހުރިހާ އެއްޗެއް ނީލަންކިޔާފަ ލިބޭ ފައިސާއިން މި ބަދަލުތައް ދޭންޖެހޭނީ. ކުރީގެ ސަރުކާރުން އެގުރިމެންޓުތައް އޮޅާލައިގެން ހިންގި ހުރިހާ ޖަރީމާއެއްގެ ޒިންމާ އެމީހުން އުފުލަންޖެހޭނީ. ދިވެހި ނިކަމެތި އާންމު ރައްޔިތުން ނުޖެހޭނެ މިކަމުގަ ހަނާވެދާކައް. ކޮންފަދަ ވަބާއެއްތަ މިއޮތީ ޖައްސާފަ.
ވިސްނާލުމަށް އެދެމޭ
15 February 2020
ޕިންކީންގެ މުދާ ނަގަންވީ ކަނީ ޔެލޯކެނައިން.ބަދަލުދޭން ޖެހެނީ ޔެލޯކެނައިންގެ މަކަރު އެއްބަސްވުންތަކަށް.އެއްބަސްވުންހެދީ ޔެލޯކެނައިން ބަދަލުދެނީ ޔެލޯކެނައިންގެ ވެރިކަ މުގަ.ބައިއެޅެނީ ޔެލޯކެނައިންނަ.ކުންފުނިތަކާ ގުޅުންއޮތީ ޔެލޯކެނައިންނާ.އަދިވެސް ޕިންކީންގެ މުދާނަގަންގޮވަނީ.ކަލޭ މެންނަﷲ ހެޔޮވިސްނުން ދެއްވާށި..ޕާޓީވިޔަސް ހެޔޮވިސްނުން ލިބޭތޯދުއާކުރޭ.ދައުލަތުގެ ބި މެއް މޯގޭޖްކޮށް ލޯނުނެގީ ކޮންބައެއް.ފްލެޓްއަޅާތީ ދައުލަތުގެ ބިންތައް ހިލޭދިނީކޮންބައެއް
ނަން
15 February 2020
ކޮބާ އާޒިމާ. މިހުރާ އެގްރީމެންޓް ބާތިލް ކުރިއިރު ބުނި އުފެދުމުގަވެސް ބާތިލް އެއްޗެކޭ.. ޔާމީން ހީލައްތެރި އާޒިމާގެ މުދާ ވިއްކާލާފަ މި ލާރި ދޭން ފެނޭ
ގޭމް
15 February 2020
މާދަމާ ބުނާނެ ސެޓްލްމަންޓް ކޮމިޓީން އެއްބަސްވުމަކަށް އާދެވިއްޖެއޭ 1.5 ބިލިއަން ދައްކަން ޖެހޭ ގޮތަށް. އެހެންނޫންނަމަ ދައުލަތުން 3 ބިލިއަން ދައްކަންޖެހުނީހޭ. މިސަރުކާރުގެ މޮޅުކަމުން ދޮޅު ބިލިއަން ސޭވްކޮށްދީފީމޭ. ޔާމީން ސަރުކާރުން ކޮށްފަ ހުރި ކަންކަން ހައްލުކުރަން ނޭނގޭ ބަޔަކު އަރާތިބެ މާ މޮޅު ގޮތެއް ހޯދާފަ މިއޮތީ އެއްދޮނުގަ ދެބުޅި ޖަހަން. ޔާމީން ސަރުކާރު ނުބައިކޮށްފަ ދައުލަތުން ރައްޓެހިންނަށް ބަދަލު ދެވޭނެ ވަރަށް މޮޅު ގޮތެއް ހޯދައިފި.
ފަސްފަހެތި ނުވަވަނަ
15 February 2020
އުފެދުމުގައިވެސް ބާތިލޭކިޔާފަ އިކޮނަމިސްޓު އަޑީގަހުރެގެން ޖީއެމްއާރު ބޭރުކޮއްފަ، ފަހުން އެލާރިގަނޑު ދިވެހިދައުލެއް އިނދަޖައްސާލާފަ ގެންގޮސް ޖީއެމްއާރު އަށް ދިންއިރު ހަމަ އޯކޭ.
ވަސް
15 February 2020
އޯކޭ މައްސަލަ ހައްލުކުރާނެ މޮޅުގޮތް ބުނެދީބާ؟ ޔާމީން މައްސަލަ ޙައްލު ނުކޮށް ދިޔައީ ކީއްވެބާ؟ އޭނާގެ ދައުރުގަ ދޯ ކޯޓުން ޙުކުމް ކޮށްފަ އޮތީ!
ރަންނަ
15 February 2020
ފެނެއެއްނު ގަޓުރައީ ގަނެފައޮތް ގަނޑު. ތާހިރުވެއްޖެ؟ މުޅިދައުލަތް ގުނޑާލާ ދިވެހިން އިނދެޖައްސާލާފަ ވެސް ނުފައިބަން ހިފާފަ ހުރީ. މުޅިމާލިއްހަތު ވިއްކާލާ އުމުރުދުވަހު ހުރަގެގަ ބައިންދަން ޖެހޭނީ.
ބަންނަ
15 February 2020
ޖީއެމްއާރަށްވެސް ބަދަލުދިން. އެކަމު އެކަމާ ހެދި ދައުލަތް ނުދަރާނެ ގޮތް ހަދަން އެނގުނު. މިހާރު ތިބި މީހުން ކަންފަސޭހަކޮށްލާފަ ބަދަލުދީފަ އެ ސަރުކާރު ނުބައިކޮށްލާފަ ކަންކަން ނިންމާލަނީ އެއަށްވުރެ ރަގަޅުގޮތެއް އޮތްތޯ ނުބަލައެއްނޫން، ނޭނގޭތީއެއްވެސް ނޫން. އެކަމު ހަމަ އިޚްލާސްތެރިކަމެއް ނެތި ރައްޔިތުންނަށް ހެޔޮނޭދޭތީ. އަމިއްލަ އެދުން މާ ބޮޑުވީމަ.
falcon_autho
15 February 2020
ޑިމޮކްރަސީގެ ބައްޕަ ރައީސާއި ގަޓްރައީސުގެ ވެރިކަމުގައި ގައުމު ފުޑާލާފައި އޮތްވަރު މިފެންނަނީ. ޑިމޮކްރަސީގެ ރައީސް ފޭކު ކުންފުނިތައް އުފައްދައިގެން ދައުލަތް ދަވާލީ. ގަޓްރައީސް ފޭކު އެގްރިމެންޓް ހަދައިގެން ގައުމު ވިއްކާލީ.
ރަންނަ
15 February 2020
އެއީ ޔާމީނު ހެދި ޑީލެއްނޫން ނައިބު ރައީސް އަދީބު ކުރީގެ ރައީސް ވަހީދު ވެރިކަމުގަ ހެދި ޑީލެއް...އަދީބުގެ ޑީލް ތައްޔާމީނަށް ފޫޅެއް ނުކެޑޭނެ.
ވިސްނާލު މަށް އެދެ މޭ
15 February 2020
ޙަބަރާ މައުލޫ މާތު ލިބިގެންތިބި ހައްގުން ވިސްނާބަޔަކު ހައްގުންކަ މަކާ ނުލައިނުހައްގުއިލްޒާ މު އަޅުވަނީ ގަޓްކަ މުންތަ އެއްބަސްވުން އެކުލަވާލި ތާރީޙާ އެއްބަސްވުން ހުއްޓުވިތާރީހުގެ ކަލޭ މެން އިލްޒާ މުކުރާ މީހާގެއެއްވެސް ހިއްސާއެއްނެތް އެ މީހާގެ ވެރިކަ މުގަ މިއެއްބަސްވުން ހައްލުކުރު މަށް މަސައްކަތްތަކެ ކުރެވުނުކަން އެގެންއެބައޮތް މިއާޓިކަލްގަ.އެކަ މަކުވެސް ބެލު މެތި މީހެއްގެ މުޅަ މަސްތިކަނީ. މިހެންވެޔޭ މެޑަ މް ފަޒުނާބުނީ ނުކިޔާ ކޮ މެންޓް ކުރަނީއޭ