ދ.ރިނބުދޫ ސްކޫލުގެ އަހަރީ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަދި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ބައިވެރިވެވަޑައިގަންނަވަނީ.
19 ފެބުރުއަރީ 2020 - 22:38
ތައުލީމާއި މަސައްކަތް ދަސްކުރުމަކީ ވަކި ދެކަމެއްގެ ގޮތުގައި ނުބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ އިލްތިމާސް ކުރައްވައިފި އެވެ.
ދ. ރިނބުދޫ ސްކޫލުގެ ރަން ޔޫބީލް ފާހަގަކުރުމަށް އެ ރަށު ސްކޫލްގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މިޒަމާނަކީ ވަކި ގްރޭޑަކާ ހިސާބުން ދަރިން ސްކޫލުން ވަކިކޮށް މަސަައްކަތަށް ފޮނުވާ ޒަމާނެއް ނޫން ކަމަށާއި މަސައްކަތެއް ދަސްކޮށްނުދީ ފިލާވަޅުތައް ހިތުދަސްކުރުވާ ޒަމާނެއް ވެސް ނޫން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މިޒަމާނުގެ ތައުލީމަކީ މަސައްކަތުގެ ހުނަރާ އެކީ އުނގެނޭ ތައުލީމެއް ކަމަށެވެ. އެކި މަސައްކަތްތަކުން މިސާލު ދައްކަަވަމުން ރައީސް ވިދާޅުވީ އިލްމާ ނުލައި ކުރާ އެއް ކަމެއް ވެސް މިހާރު ނެތް ކަަމަށެވެ.
"ވަޑާންކުރުން ވެސް، އޮޑި ދޯނި ފަހަރު ބަނުން ވެސް، ގެދޮރު އިމާރާތްކުރުން ވެސް މިއިން ކޮންމެ މަސައްކަތަކީ އިލްމީ އެތަައް ތިއަރީއެއްގެ މައްޗަށް ބިނާކޮށް ތަރައްގީކޮށްފައިވާ މަަސައްކަތްތައް. މިއީ ވަކި ގްރޭޑަކުން ދަރިފުޅު ސްކޫލުން ވަކިކޮށް މަސައްކަތަށް ފޮނުވާ ޒަމާނެއް ނޫން. އަދި މިއީ މަސައްކަތެއް ދަސްކޮށްނުދީ ހަމަ އެކަނި ސްކޫލުގެ ފިލާވަޅުތައް ހިތުދަސްކުރާ ޒަމާނެއް ވެސް ނޫން،" ރައީސް ވިދާޅުވި އެވެ.
ދ. ރިނބުދޫ ސްކޫލްގެ އަހަރީ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ބައިވެރިވެވަޑައިގަންނަވަނީ
ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ ސިޔާސަތަކީ ހުނަރުވެރި އީޖާދީ ޖީލެއް ބިނާކުރުން ކަަމަށާއި ބޭރު ގައުމުތަކުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ހޯދައިދިނީ އެހެންވެ ކަމަށެވެ. އިގުތިސާދީ ގޮތުން ދުނިޔެއަށް އަންނަ ތަރައްގީއާ އެއް ހަމައެއްގައި ރާއްޖޭގެ އިގުތިސާދީ ދުވެލި ދެމެހެއްޓޭނީ ރައްޔިތުންގެ ކިބައިގައި ތަރައްގީގެ ވިސްނުން ހުރެގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އެކަން އަޅުގަނޑުމެންނަށް ހާސިލުކުރެވޭނީ ދަރިންނަށް ޒަމާނީ ތައުލީމު އުގަންނައިދީގެން،" ރައީސް ވިދާޅުވި އެވެ.
ދ. ރިނބުދުއަކީ އަތްކަން ކުރުމުގެ މަސައްކަތަށް ރާއްޖޭގައި އެންމެ މަޝްހޫރު ރަށެވެ. އެ މަސައްކަތް ދިރުވައި އާލާކުރުމަށް އެރަށު ކައުންސިލުން އަންނަނީ ބައެއް ޕްރޮގްރާމްތައް ހިންގަމުންނެވެ. މިރޭގެ ޖަލްސާގައި ރިނބުދޫ ކައުންސިލްގެ އެ މަސައްކަތަށް ރައީސް ތައުރީފް ކުރެއްވި އެވެ. ޒުވާނުންނަށް ތިލޭރުކަން ދަސްކޮށްދޭން ރަށު ކައުންސިލުން ކުރާ އެ މަސައްކަތަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވި އެވެ.
ރިނބުދޫ ސްކޫލަށް ފަންސާސް އަަހަރު ފުރުން ފާހަގަކުރަން މިރޭ ބޭއްވި ޖަލްސާގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވެސް ބައިވެރިވެ ވަޑައިގަތެވެ. ރިނބުދޫ ސްކޫލަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ޚިދުމަތްތެރިންގެ އަގުވަޒަންކޮށް ހަނދާނީ ލިއުން ދިނުން ވެސް ޖަލްސާގައި އޮތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
31 May 2022
އެމްކިއުއޭގަ އެތިއްބަވާ ބޭފުޅުންނަށް ތިވަރު އިޙުސާސްވޭބާ؟
އެމް ޝަމް
20 February 2020
މިކަހަލަ ކުދި ކުދި ޖަލްސާ ތަކަށް ދާން ތޯ މަނިކުފާނަށް ދައުވަތު ލިބެނީ
ސޯބިރު
20 February 2020
ޕާޓީއަށް ސޮއިކޮށްފަ ޕޯޑިއަމްގައި ހަޅޭއްލެވީމަ ވަޒީފާ ލިބޭ. ކޮންމެހެން ކިޔަވާކަށް މަސައްކަތް ދަސްކުރާކަށް ނުޖެހޭ. މިހާރުވެސް އެކަހަލަ އެތައް ބަޔެއް އެބަ ތިބި ވަޒީފާގައި. އޮފީހަށް އައިސް، ސައިބޮއިފައި މޮޅު ވާހަކަ ދައްކާފައި ގެޔަށް ދަނީ.
ޢަލީބެ
20 February 2020
ކިޔަވައިދިނުމުގެ ތެރެއިން މަސައްކަތް ދަސްކުރުމުގެ އިންތިޒާމްތައް ސަރުކާރުން ހަމަޖައްސައިދީފަ ދެން ތިވާހަކަ ދައްކަންޖެހޭނީ.
ނަގިލި
20 February 2020
ކިޔަވައިގެން ވަޒީފާއަށް އިންޓަވިއުއަށްދާއިރު އިންޑިއާ ލަންކާ 200 މީހުން ކިއުގަ ތިބޭ. ބުރަމަސައްކަތެއް ކުރަންޖެހޭ ވަޒީފާއެއްވިއްޔާ ބަންގާޅު 600 މީހުން ކިއުގަ ތިބޭ.
ބޮޑު މުހައްމަދު
20 February 2020
މިއީ ރީނދޫ ޕޯޑިއަމުގަ ހަޅޭލަވައިގެން މީހުންގެ އަބުރު ކަތިލައިގެން ބޮޑެތި ވަޒީފާތައް ލިބޭ ޒަމާން ދޯ ކަލޯ.
ހަސަދު
20 February 2020
ދިވެހިރާއްޖެގެ މުޅިތައުލީމީ ނިޒާމް އެއްކޮށް މިއޮތީ ހަލާކުވެފައި. މިހާރު ފޫހިފިލުވަން ދަނީ ސުކޫލަށް. އިމްތިޙާނަށް ތައްޔާރުވަނީ ޓިއުޝަން އަދި ޕާސް ޕޭޕަރުން. ޑިގްރީ ހަދަން ދަނީ އެންމެ ފަސޭހައިން ކަރުދާސް ކޮޅު ލިބޭ ތަނެއްބަލާފާ. ޑިގުރީ ނިމޭއިރު އެއްވެސް އެއްޗެއް ނޭގެ. އެމް. ކިޔޫ އޭ ކިޔާ ތަނެއްވެސް ހުރޭ. އެތަންއޮންނަނީ ސިޔާސީ ބައިގަނޑެއްގެ ދަށުވެ ނިމިފައި. ސަރުކާރުން އެބަ ޖެހޭ މިހިރަ ކަންކަމަށް އެޑްރެސް ކުރެވެން.
އިހްލާސް
20 February 2020
ރައީސްގެ ވާހަކަފުޅަށް ވަރަށް ތާއީދު، ނަމަވެސް ހިތާމަޔަކީ ސަރުކާރުގެ ކުންފުނިތަކުން ވަޒީފާއަށް އިއުލާން ކުރީމަ އިލްމާއި ހިލްމުހުރި ކުދިން ކުރިމަތިލީނަމަވެސް ވަޒީފާ ލިބެނީ އެހެން ފަރާތެއްގެ ނުފޫޒާއި ބާރުގައި ނުހައްގު ފަރާތަށް، ވަކިފަރާތަކަށް ވަޒީފާ ދޭންބޭނުންވާ ނަމަ އިޢުލާން ކުރަނީ ކީއްކުރަންތޯ، ވަޒީފާ ދެއްވަން ބޭނުންވާ ފަރާތަށް ވަޒީފާ ދެއްވި ކަމުގެ ޗިޓް ފޮނުވީމަ ނިމުނީނޫންތޯ.
ޢެހެންތަ ހީވަނީ
20 February 2020
މީގެކުރިން ސުކޫލުތަކުން ލިބެމުންދިއަފުރުސަތުތައް ދަސްވާރާ ބީޓެކް އުވާލާވާހަކަދެއްކީމިސަރުކާރުން މަގްޞަދަކީ ތައުލީމީ ފުރުސަތުންވެސް މަހްރޫމުކޮއް އިލްމީ މަސައްކަތްތަކުންވެސް މަހްރޫމުކުރިން ކާބައިންގެޒަމާނުގަ ރިނބުދޫމީހުން މަސައްކަތް ދަސްކުރީސުކޫލަށް ނުގޮސް . ކާބަފައިންގެ ފަރާތުން ކާބަފައިންނަށް ވާރުތަވީ .ރައިސްސަށް ފުރަތަމަ ކުރަންޖެހޭކަމަކީޒަމާނަށް ހޭލުން އަމާންކަންއެހެން ބަޔަކަށް ހޯދައިދެވޭނީ ޒަމާން ބައިހާޓް ކޮއްގެން .
ނަޝީދު.
20 February 2020
ތަކަމަށް މަގުފަހި ކުރަން ސަރުކާރުން ކުރެވުނު ކަމެއް ބުނެބަލަ!؟!