ރައީސް ޔާމީން މެލޭޝިޔާގެ ބޮޑުވަޒީރާ ބައްދަލުކުރައްވަނީ.--ފޮޓޯ:ރައީސް އޮފީސް
31 މެއި 2016 - 12:23
މެލޭޝިޔާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގާ ރައީސް އަބްދުﷲ ޔާމީން މިއަދު ބައްދަލުކުރައްވައިފި އެވެ.
އެމަނިކުފާނާ ރައީސް ބައްދަލުކުރެއްވީ، ރައީސްގެ ދެ ކަނބަލުން މެލޭޝިޔާއަށް މިހާރު ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރޭގަ އެވެ. މިއީ "ޕާމާޓާ އިންޓަނޭޝަނަލް ކޮންފަރެންސް: ޗިލްޑްރަން ބިޔޯންޑް ޓްމޯރާ"ގެ ނަމުގައި ކުރިއަށްގެންދާ ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ކުރައްވާ ދަތުރުފުޅެކެވެ.
މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ބާއްވާ މި ކޮންފަރެންސްގައި ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް މިއަދު ވަނީ "ގައުމުގެ ކުރިމަގަށް ފެންވަރު ރަނގަޅު ތައުލީމް" ގެ މައުލޫއަށް ތަގުރީރުކުރައްވައިފަ އެވެ.
މިދިޔަ މާޗު މަހު ވެސް ރައީސްގެ ދެ ކަނބަލުން ވަނީ ރަސްމީ ދަތުރުފުޅެއްގައި މެލޭޝިޔާއަށް ވަޑައިގެންފަ އެވެ. އެ ދަތުރުފުޅުގެ ތެރޭގައި ދެއްވި ޖޮއިންޓް ސްޓޭޓްމަންޓެއްގައި ރައީސް ވަނީ މެލޭޝިޔާގައި ރާއްޖޭގެ ސަގާފަތާ ބެހޭ ކަލްޗާ ސެންޓަރެއް ގާއިމުކުރަން މެލޭޝިޔާގެ ކަމާބެހޭ މުއައްސަސާތަކާ މަޝްވަރާކުރައްވަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުމަރު
31 May 2016
މެލޭޝިިއާގެ ބެންކުތަކުން އަދި އިންޝުއަރެންސް ކުންފުނިތަކުން ރާއްޖެއަށް ލޯނުނުދޭ އަދި އިންޝުއަރެންސް ކޮށްނުދޭ އެކަން ހައްލުކޮށްދޭންވީނު ފުރަތަމަ
ޚިޔާލް
31 May 2016
ވަރަށް ގުޅޭ ދެ ޖޯޑުތީ. މެލޭޝިޔާގެ ބޮޑުވަޒީރަކީ ވެސް ކަރަޕްޝަނުގެ ގޮތުގަ ފައިސާ ނެންގެވިކަމުގެ ތުހުމަތު ކުރުވޭ މީހެއް.
އައްޑޫކަލޯ
31 May 2016
ކޯޓު ފަޓްލޫން ލައިގެން ވައްކަން ކުރީމަ، އެނުވާނެ ވައްކަމަކަށް!
ކޮލަމާފުށި
31 May 2016
އެއްވަރުގެ ކަރަޕްޓް 2 ވެރިން....ތި ދެމީހުންގެ އެކައުންޓް ތަކަށް މުޅިންވެސް ޖަމާކުރާ މިލިއަން ޑޮލަރު ތަކަކީ އެކުވެރިން ދޭ ހަދިޔާ...ނިކަން މަގާމް ދޫކޮށް ގެއަށް ދޭބަލަ. އޭރުން ހަދިޔާ ލިބޭތޯ ބަލަން...
ކާޖާ
31 May 2016
ލަނޑަޔާ ވަނީ ލަނޑަޔާއެވެ. އެއްބާވަތެއްގެ ތުހުމަތު ކުރެވޭ ދެމީހުން ނެވެ. ހިޔާނާތުގެ ވާހަކަ ދެއްކީމާ އޮޑިޓަރޖެނެރަލް ނަގާ އެއްލާލުމަކީވެސް ގުޅޭ ކަމެކެވެ.
އިންވެސްޓިގޭޓަރ
31 May 2016
ރައީސް އެންމެ ގިނައިން ދަތުރުކުރައްވަނީ ސިންގަޕޫރަށް އަދި ދޭތެރެއަކުން މެލޭޝިއާއަށް .. ރައްޔިތުން ޖެހޭނެ މޮނިޓަރކޮށް ބަލަން.. ރައްޔިތުންނަށް ނޭގޭ ގިނަކަންތައްތަކެއް...