މީގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައި، ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީއަކަށް ހުންނެވި ޚަދީޖާ އަދި އެޗްޕީއޭގެ އޮފިޝަލަކު ބައިވެރިވެވަޑައިގަންނަވަނީ.---ފައިލް ފޮޓޯ: މިހާރު
25 ފެބުރުއަރީ 2020 - 12:02
ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ގެ މަގާމުގެ ޝަރުތުތަކަށް ދެ ފަހަރަށް ބަދަލު ގެނެސްފި އެވެ.
އެ މިނިސްޓްރީގެ ޕީއެސްގެ މަގާމުގައި ހުންނެވި ހަދީޖާ އަބްދުއް ސަމަދުގެ ދައުރު ހަމަވާތީ އެ މަގާމަށް ބޭފުޅަކު ހޯދުމަށް މިދިޔަ ޖެނުއަރީ މަހު އިއުލާނުކުރި އެވެ. ނަމަވެސް އެ އިއުލާނާ ގުޅިގެން ޝަރުތު ހަމަވާ ބޭފުޅުން އެކަށީގެންވާ މިންވަރަށް ކުރިމަތިިލާފައިނުވާތީ، ސީއެސްސީ އިން ވަނީ މި މަހުގެ 12 ވަނަ ދުވަހު އެ މަގާމަށް އަލުން އިއުލާނުކޮށްފަ އެވެ.
ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަކަށް ހުންނެވި ހަދީޖާގެ ދައުރު ހަމަވާން ފަސް ދުވަހަށް ވެފައިވަނިކޮށް އޭނާ ވަނީ މިިދިޔަ ބުރާސްފަތި ދުވަހު މަގާމުން ވަކިކޮށްފަ އެވެ.
ސިވިލް ސާވިސްގެ ގަވާއިދު ބުނާގޮތުން، މުވައްޒަފަކު ވަކިކޮށްފި ނަމަ އަލުން ސީއެސްގެ މަގާމަކަށް ކުރިމަތިލެވޭނީ ހަ މަސް ފަހުންނެވެ. އޭގެ ތެރޭގައި ޕާމަނަންޓް ސެކްރެޓަރީން ވެސް ހިމެނެ އެވެ. އެނގިފައިވާ ގޮތުގައި، ޕާމަނަންޓް ސެކެޓްރީއަކަށް ފުރަތަމަ އިއުލާނު ކުރިއިރު، އޭނާ ވެސް ކުރިމަތިލެއްވި އެވެ.
މިދިޔަ ޖެނުއަރީ 22 ވަނަ ދުވަހު ކުރި އިއުލާނުގައިވާ ގޮތުން ޕީއެސްގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ، މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން ނުވަތަ މިނިސްޓްރީގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 9 (މާސްޓާސް ޑިގްރީ/އެޑްވާންސްޑް ޕްރޮފެޝަނަލް ޑިޕްލޮމާ/އެޑްވާންސްޑް ޕްރޮފެޝަނަލް ސެޓްފިކެޓް) ހާސިލްކޮށްފައިވުން ނުވަތަ ސަރުކާރުގައި/އަމިއްލަ ނުވަތަ ގައުމީ ނޫނީ ބައިނަލްއަގުވާމީ ޖަމިއްޔާ ހިންގުމުގެ ދާއިރާގައި މަދުވެގެން ދެ އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުމެވެ.
އޭގެ ފަހުން މި މަހުގެ 12 ވަނަ ދުވަހު ކުރި އިއުލާނުގައި ވަނީ ޕީއެސްގެ މަގާމުގެ ޝަރުތުތަކަށް ބަދަލުތަކެއް ގެނެސްފަ އެވެ. ކުރީގައި ފާހަގަކުރި ލެވެލް ނުވައަކާ އެކު، ޝަރުތަށް ދެން އިތުރުކޮށްފައި ވަނީ މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން ނުވަތަ މިނިސްޓްރީގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް ހަތެއް ހާސިލްކޮށްފައިވުމާ އެކު ސަރުކާރު، ނުވަތަ އަމިއްލަ ނުވަތަ ގައުމީ ޖަމިއްޔާ ހިންގުމުގެ ދާއިރާގައި މަދުވެގެން ހަތަރު އަހަރު ދުވަހުގެ މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުމެވެ.
އެ އިއުލާނުގެ މުއްދަތު މިދިޔަ އާދިއްތަ ދުވަހު ހަމަވެފައި ވެ އެވެ.
ލެވެލް ހަތަކީ، ބެޗެލާސް އޮނާސް ޑިގްރީ، ބެޗެލާސް ޑިގްރީ، ޕްރޮފެޝަނަލް ޑިޕްލޮމާ އަދި ޕްރޮފެޝަނަލް ސެޓްފިކެޓެވެ.
އެކަމާ ގުޅިގެން ސިވިލް ސާވިސްގެ ޑިރެކްޓާ ޖެނެރަލް އަބްދުﷲ ސައީދު ވިދާޅުވީ ހެލްތުގެ ޕީއެސްގެ މަގާމުގެ ޝަރުތުތަކަށް ފަހުން ބަދަލުތަކެއް ގެނައީ، އެންމެ ފުރަތަމަ ކުރި އިއުލާނާ ގުޅިގެން ޝަރުތު ހަމަވާ ބޭފުޅުން އެކަށީގެންވާ ވަރަށް ކުރިމަތިލާފައި ނުވާތީ ކަމަށެވެ. ނަމަވެސް ކުރިމަތިލި ބޭފުޅުންގެ އަދަދެއް ހާމައެއް ނުކުރެ އެވެ.
އެނގިފައިވާ ގޮތުގައި، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވެސް ބޭނުން ވަނީ އެ މިނިސްޓްރީގެ ޕީއެސްގެ ޝަރުތަކީ މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވާ ބޭފުޅަކަށް ވުމެވެ.
ޕީއެސް އައްޔަންކުރުމަށް މަޖިލީހުން މީގެ ކުރިން ގެނައި އިސްލާހުގައިވާ ގޮތުން، އެ މިނިސްޓްރީއެއްގެ ޕީއެސް އަށް ބޭފުޅަކު އައްޔަންކުރާނީ އެ މިނިސްޓްރީއެއްގެ މިނިސްޓަރުގެ ލަފައާ އެކުގަ އެވެ.
"ކުރިން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ޝަރުތު ހަމަވާ ބޭފުޅުންނަށް އަންގާފައި އޮންނާނީ، އަލުން އިއުލާނުކުރި ކަމަށް. އޭރު ކުރިމަތިލި ބޭފުޅުން ފޯމާއެކު، މި ފަހުން ހުށަހަޅާކަށް ނުޖެހޭނެ،" ސައީދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަރުވާލި އާދަނުގެ ސިޔާސީހާސަރު
26 February 2020
ދެ ފަހަރު މާ މަދު. ކޮންމެވެސް ސިޔާސީ ބޭފުޅަކު މާއަޅުއްވަން ބޭނުންފުޅުވެ ލައްވާ 'ގޮށި' ހޮވެންދެން ޝަރުތުތަށް މުރާޖިއާ ކޮށް ބަރުނާމިޖް ކޮށް އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސް އަދީ ޓްރާންސް ޕޭރަންސީ އަދި ޒީރޯ ޓޮލެރެންސް ގައި ދެމި ހުރުންނޫންތޯ ބުއްދިވެރި ހިކުމަތު އަމަލީ އަކީ.
ނަސިމް
26 February 2020
ޕީއެސް އަކައްލާންވީ ހެލްތުގެ ދާއިރާގައި މަދުވެގެން 10 އަހަތުގެ ސީނިޔާ ވަޒީފާގައި އުޅުމުގެ އިތުރައް ހެލްތު ދަށްވެގެން މެނޭޖްމަންޓް ދާއިރާއިން މާސްޓާރސް ޑިގްރީއެއް އޮވެފަ އެމްއެމްބީބީއެސް ހަދާފައި ހުރި އަދި ރާއްޖޭން ބޭރުގެ 2 އަހަރުގެ ވޯކްއެކުސްޕީރިއަންސު ހުރި އުމުރުން 38 އަހަރުން މަތީގެ ބޭފުޅެއް.
ހަމޫ
26 February 2020
ހެލްތުޕީއެސްއެމް އަކައް އެންމެ ރަނގަޅުވާނީ ވޮލީބޯޅަކުޅޭ އަންހެންކުއްޖެއް.
އިސްހާގު
25 February 2020
ޓޫޓޫ ޒާހިރުގެ އަންހެނުން އާމިރާ ތިޔަ ކޮމިޝަނުގަ ހުރެގެން ލައްކަ ގަނޑު އެބަގަނޭ. ކޮމިޝަން ރައީސްގެ އެއްވެސް ބާރެއް ނެތްކަން ސާފު
އަލީ ސަލީމު
25 February 2020
ދެންއަންނަ ޕީއެސްއަކަށްވެސް އެންމެ އުދަގޫވާނީ އަހައްމައިދީގެ.. އޭނާއަކީ މުޅިތަން ހަލާކުކުރާ މީހަކީ،، އޭނާގެ ޕަޕެޓުން ވަރަށް ގިނަވާނެ މިނިސްޓްރީގައި އެމީހުންގެ ބޭނުންކޮށްގެން ހުރިހާ ޖަރީމާއެއް ހިންގާނީ
މުޙައްމަދުބޭ
25 February 2020
ތިޔަ މިނިސްޓްރީ ހިނގާނީ ތިތާ އުޅޭ އަހައްމައިދީ ބޭރުކޮށްގެން.. އޭނަ ހީކުރާކަހަލަ މިނިސްޓްރީއަކީ އޭނާގެ މައިންބަފައިންގެ މުދާކަމަށް
ޢަހަރެން1
25 February 2020
ތިޔަ ދޭން ބޭނުންވާ މީހާގެ ނަ މާއި އެޑްރެސް ޖަހާފަ ފުރަތަ މަވެސް އިޢުލާނުކުރިނަ މަ ތިޔަހުރިހާ ސަކަރާތެއް ޖަހާކަށް ނުޖެހުނީސް. ޢެހެންނަ މަ އެހެން މީހަކަށް ކުރި މައްޗެއް ނުލެވޭނެ ވިއްޔާ
އިސްމާއިލް ޒާހިރު
25 February 2020
ކޮންމެ މީހަކު ވެސް ސައިޒް އޮޅިއްޖެއްޔާ ވާނީ ބޭރު. ޥަރަށް ވާހަކަ
ފާއިޒާ
25 February 2020
ތިޔަ ޕީއެސް އައިޓީ ވިއްދާލާގެން ވެސް އުޅުނު. ތީ ބޭރު އަރުވާލަންވެފަ ހުރި މީހެއް. މިހާރު ހުންނާނީ ބޮޑު ކަށި ބޫޓަށް އަރާގެން ހިގިފަ
ާއާރިޒް
25 February 2020
ޕީއެސް ކަމަށް އެންމެ ގާބިލް މީހަކީ ވާދޫ އަހައްމާދީ. ކޮންމެ ސަރުކާރަކަށް ވެސް އޯކޭ