މައްކާގެ ހަރަމްފުޅު
27 ފެބުރުއަރީ 2020 - 06:29
ކޮވިޑް-19 ފެތުރޭތީ އުމްރާ އަށް މީހުން އައުމާއި މަސްޖިދުއް ނަބަވީ އަށް ޒިޔާރަތްކުރުން ސައޫދީ އަރަބިއްޔާ އިން ވަގުތީ ގޮތުން މިއަދު މަނާކޮށްފި އެވެ.
ސައުދީ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ޗައިނާގައި މިދިޔަ އަހަރު ފެތުރެން ފެށި ކޮވިޑް-19 މުޅި ދުނިޔެ އަށް ފެތުރި ނުރައްކާ ބޮޑުވެފައިވާ ވާތީ، މިހާރު އެންމެ ބޮޑަށް ވަލި ފެތުރެމުންދާ ގައުމުތަކުން ސައޫދީ އަށް ޓޫރިސްޓުންގެ ގޮތުގައި މީހުން އެތެރެވުން ވެސް މަނާކޮށްފައިވާ ކަމަށެވެ. އުމްރާ އަށް މީހުން އައުން މަނާކުރި ވަކި މުއްދަތެއް ބަޔާނުގައި ބުނެފައެއް ނުވެ އެވެ.
މިއީ ސައޫދީ ރައްޔިތުންނާއި ހަރަމްފުޅުތަކަށް ޒިޔާރަތްކުރާ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅި ފިޔަވަޅެއް ކަމަށް ވަނީ ބުނެފަ އެވެ.
ނޭވާލާ ނިޒާމަށް ޖެހޭ މި ބަލި 80،000 އަށް ވުރެ ގިނަ މީހުންނަށް ޖެހި 2،770 މީހަކު ވަނީ މަރުވެފަ އެވެ. އަދި މިހާތަނަށް 46 ގައުމަކުން ވަނީ ބަލި ފެނިފަ އެވެ.
ބަލި ކޮންޓްރޯލް ނުވެ ބައެއް ގައުމުތަކުގައި ބަލީގެ ހާލަތު ކުއްލިއަކަށް ވަރަށް ގޯސްވެފައި ވަނިކޮށް ސައޫދީން ނެރުނު ބަޔާނުގައި ބުނީ ބައްޔާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި ސިއްހީ އެހެން ޖަމާއަތްތަކުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ސައޫދީން ވެސް އަމަލުކުރަމުން ދާނެ ކަމަށެވެ. އަދި ރައްކާތެރިކަމުގެ ގޮތުން ސައޫދީން ހުރިހާ ކަމެއް ވެސް ވަރަށް ގާތުން ބަލަމުންދާނެ ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
"މި ފިޔަވަޅުތައް އެޅީ ސައޫދީ އަށް ކޮރޯނާވައިރަސް (ކޮވިޑް-19) އެތެރެވިޔަ ނުދިނުމަށް، ސިއްހީ ކަންކަމާ ބެހޭ އިދާރާތަކުން ދިން ލަފަޔާ އެއްގޮތަށް،" ފޮރިން މިނިސްޓްރީން ބުންޏެވެ.
ކޮވިޑް-19 ފެތުރޭ ގައުމުތަކަށް ސައޫދީ ރައްޔިތުން ދަތުރު ނުކުރުމަށް އިލްތިމާސްކޮށް، އެ ގައުމުން ވަނީ ވިސާއާ ނުލައި، އައިޑެންޓިޓީ ކާޑު ބޭނުންކޮށްގެން ސައޫދީ އާއި ގަލްފުގެ ގައުމުތަކުގެ މީހުން އެ ގައުމުތަކުގެ ދެމެދުގައި ދަތުރުކުރެވޭ ގޮތަށް އޮތް އޮތުން ވެސް މި ވަގުތަށް މެދުކަނޑާލައިފަ އެވެ.
ކޮރޯނަވައިރަސްގެ ވައްތަރެއް ކަމަށްވާ މިޑްލްސް އީސްޓް ކޮރޯނާވައިރަސް (މާސް) 2018 ވަނަ އަހަރު ސައޫދީ އަރަބިއްޔާގައި ފެތުރިފައިވެ އެވެ. އެފަހަރު ވެސް ސައޫދީން ވަނީ ހައްޖާއި އުމްރާ އަށް މީހުން އެތެރެވުން ކޮންޓްރޯލްކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިފަ އެވެ. ނަމަވެސް ހައްޖާއި އުމްރާ އަށް މީހުން ގެނައުން ހުއްޓައެއް ނުލަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިސާފު
27 February 2020
އީމާންކަމުގެ އަހުލުވެރިންނަށް މިފަދަ ބަލިމަޑުކަމެއް ނުޖެހޭނެ.
ގާބޯ
27 February 2020
އެންމެ މާތް އިންސާނާއަށްވެސް ބަލި ޖެހޭނެ ކަމުގެ ދަލީލަކީ ކައުއިތުރު މާތް ނަބިއްޔާ. ބައްޔަށް ފަރުވާ ހޯދުމަށް ބޭސް ބޭނުން ކުރެއްވެވި
އޫން
29 February 2020
ދެންކިޔާ އީމާން ކަމުގެ އަހުލުވެރިން މަރެއް ނުވާނެއޭ. މިމީހުން ދީން ދަސްކުރި ކުރީނުހެން ވަނީ ޖާހިލު.
އަލިރަސްގެފާން
27 February 2020
ތުންޖީނާ ސަލަވާތާއި ނާރިޔާ ސަލަވާތް ކިޔަވާ
ޖައުހަ
27 February 2020
ދިރާސާތަކުން ދައްކާގޮތުން، ހެޔޮ ދުއާކުރުމުން، ލާދީނީ ވަބާއިން ހިތްތައް ރައްކާތެރި ކުރައްވާ.
ޙުސެއިން
27 February 2020
އަސްލު މައްސަލައަކީ އެޖެންޑާ 19 . އެދުނިޔެއަށް ފެތުރިގެން ގޮސް ކޮވިޑް 19 ވެސް ވީ . އެޖެންޑާ 19 ތަފާތުވާނެ .
ދަރޭ
27 February 2020
ހުސެއިން ހުރިހާކަމެއް ސިޔާސީނުކޮށްބަލަ ހެޔޮނުވާނެ
ބޮޑު މުހައްމަދު
27 February 2020
ތެދެއް ހަމަ. ސުންޕާ ވެރިކަން
ހޭބަލި
27 February 2020
މިއަށް ކިޔާނީ ހޭބަލިވުމޭ!
ހުވަދޫ ޑޮކް
27 February 2020
ކީރިތިވަންތަ ﷲ.... އެންމެހައި ކަންތައްތަކަށް ކުޅަދުންވަންތަ އިލާޚް...... މުޅި ދުނިޔެއަށް ކުރިމަތިންވެގެން މިއުޅޭ ރޯގާގެ ވަބާއިން އަޅަމެން ސަލާމަތް ކުރައްވާންދޭވެ !! އަޅަމެން އެމެނަށް ދުޅަހެޔޮ ސިއްހަތެއް މިންވަރު ކުރައްވާންދޭވެ!
ބަނީއާދަނު
27 February 2020
އަޅުގަނޑު ކައިރީގައި ޝޭހަކު ވިދާޅުވީ މިއީ ކޮރޯނާ ވައިރަސްއަކީ ޗައިނާގެ މުސްލިމުންނަށް ދޭ އަނިޔާގެ ސަބަބުން އެގައުމުގެ ކާފަރުންގެ މައްޗަށް ފޮނުވި ކޯފާއެއްކަމަށް. އެހެންވީމާ މިކަމާ ގުޅިގެން އުމްރާއަށް ނުދެވޭގޮތް ހަދަންވީ ސަބަބެއް ނެތް. ސައުދީގައި މިއުޒިކު ޝޯ އެބަބާއްވާ. މި ވައްތަރީ ވަލީއަހުދު ޔަހޫދީންނާ ގުޅިގެން ކުރާކަމަކާ.
ުގަސް
27 February 2020
މާ ވައްތަރު ކަލޭ ބޯ ހަމަ ނުޖެހޭ މީހަކާ
މުއުމިން
27 February 2020
ކޮން ކަމެއް ކުރަންތޯ ސައުދީން ތިއުޅެނީ؟ އުމްރާ ހުއްޓުވާފަ ހައްޖު ހުއްޓުވާފަ ތިހެނެއް ހިތުހުރި ގޮތަކަށް ނޫޅެވޭނެ އިނގޭތޯ؟ މީގެ ކުރިން މައްކާގެ ހަރަމްފުޅު ތަޅާލަން ބަޔަކު އައިމާ އެ މީހުންނަށް ﷲ ހެއްދެވި ގޮތް ކީރިތި ޤުރުއާނުން އަހަރުމެންނަށް އެނގޭ! އިބްރަތް ހާސިލްކުރޭ ކުދިންނޭ
ކަށި
27 February 2020
ފިތުނަ އުފައްދަން ނޫޅެބަލަ. ލާދީނީ ފިކުރަކަށް މި ޤައުމުގައި ޖާގައެއް ނެތް.
ގަލީބު
27 February 2020
ގަމާރަސް ބޮޑުވަރު
ހަހަ
27 February 2020
އެހެރީ ދީން ކައިގެން ބޮއެގެން ވާނުވާއެއް ކިޔޭ ނުކިޔޭ އެއް ނޭނގޭ
ތުއްތުނާ
27 February 2020
ކަރަންޓީގެ އުސޫލަކީ މީގެ 1400 އަހަރު ކުރިން އިސްލާމްދީން ގެނެސްދީފައިވާ އުސޫލެއް ....... ކީރިތި ރަސޫލާ ހަދީޘް ކުރައްވާފައިވެއެވެ؛ ... 'ތިޔަބައިމީހުންނަށް ބިމެއްގައި ޠާޢޫން ފެތުރިފައިވާ ކަމުގެ ހަބަރު ލިބިއްޖެނަމަ، ފަހެ އެ ބިމަކަށް ތިޔަބައިމީހުން ނުފައިބާހުށި ކަމެވެ! އަދި އެކަން ފާވެފައިވަނީ ތިޔަބައިމީހުން ދިރިއުޅޭ ބިމަށް ކަމުގައި ވާނަމަ، އެއިން ފިލުމަށްޓަކައި ތިޔަބައިމީހުން އެ ބިމުން ނުނިކުންނާށެވެ.......
މުއުމިން
27 February 2020
"ތުއްތުނާ" އަށް ކަލޭ ތިބުނީ މާތްﷲ އެކަލާންގެ ގެފުޅު ހިމާޔަތްނުކުރުއްވާނެއޭތޯ؟ ވަރަށް ގަމާރު ވާހަކައެއް! މާތްﷲ އެކަލާންގެ ގެގޮޅު ނުބައި ބަލިތަކުން ސަލާމާތްކުރައްވާނެ! މާތް ﷲގެ ގެކޮޅަށް އަޅުކަންކުރަން ދިޔުން އެކަކަށްވެސް ނުހުއްޓުވޭނެ! އިންޝާﷲ
ޒައިނަބު
27 February 2020
ތުއްތުނާ އެ ދައްކަވަނީ މިހާލުގައި އިންސާނުން އަމަލު ކުރަންވީގޮތް. ހަދީޘް އިލްމުން. ގެފޫޅު ހިމާޔަތް ނުކުރައްވާނެ ވާހަކައެއް ނޫން. ގެފުޅުގެ ވެރި ފަރާތުން ގެފުޅު ހިމާޔަތް ކުރައްވާނެ. އިންސާނާ ހިމާޔަތް ހޯދުމަށް ސަބަބުތަކުގައި ހިފައިގެން މަސައްކަތް ކުރުމަށް ދީން ބާރު އަޅާ.
މިހިރަ
29 February 2020
މިހިރަ މުއުމިނެއްްގެ ގަޅި ކަމުން އަހަރުމެން ސަލާމަތް ކުރައްވާށި
ޙުސެންބެ
27 February 2020
ޢާޓިކަލްގެ އެންމެފަހު ޖުމްލައިން ހުރިހާ ޖަވާބެއް ލިބޭ. 'އުމްރާއަށް މީހުން ގެނައުން ހުއްޓާނުލާ' ދިވެހިންނަކީ އުމްރާއަށް ގުރޫޕްތަކުން އެތެރެކުރާ މީހުން.
ގަލީބު
27 February 2020
ހައް ހައް ހައް. އެބުނަނީ މިޑްލްސް އީސްޓް ކޮރޯނާވައިރަސް (މާސް) އާއި ގުޅިގެން އުމްރާއަށް މީހުން ގެނައުން "އޭރު" (އެފަހަރު) ހުއްޓާ ނުލާ ވާހަކަ. އެހެން ނަމަވެސް މިފަހަރު ކޮވިޑް 19 އާއި ގުޅިގެން ހުއްޓާލި ވާހަކަ.
ތަންބީބެ
27 February 2020
ބަލިގެ ހާލަތައި ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވޅު އެޅުން މުހިއްމު. އިސްލާމުން ގަބޫލުކުރަން ޖެހޭ ހަގީގަތަކީ މިއީ އިންތިހާނެއްކަން. ﷲގެ ހަޒުރަތުގައި ދުޢާ ދަންނަވަންވީ މިމުސީބާތުން ސަލާމަތްވޭތޯ؟
ޓީކް
27 February 2020
ޝުކުރިއްޔާ ސައުދީ
ހުއްބުލް
27 February 2020
މިވާ ގޮތުން ހައްޖުގެ އަޅުކަންވެސް މި މީހުން ހުއްޓުވާނެދޯ؟ ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. ހައްޖާއި އުމްރާގެ އަޅުކަންކުރަން ދާ މުސްލިމުންނަށް ކޮރޯނާ ބަލި ﷲ ނުޖައްސަވާނެކަން މި މީހުންނަށް ނޭނގެނީތޯ؟ އީމާންތެރިކަން ކުޑައީއެވެ.
ނާނި
27 February 2020
އަދި އެއްފަހަރު ތިޔަ ކޮމެންޓް އަމިއްލައަށް ކިޔާލާބާ...
ކިނިކްސް
27 February 2020
ﷲގެ ނިޔާ އެއް ހަމަ އެކަކަށްވެސް ނޭގޭނެއެވެ. އީމާން ތެރިކަން ވަރުގަދަ ވުމަކީ ސަބަބުތަކުގައި ހިފުމަށްފަހު ﷲ އަށް ވަކީލު ކުރުމެވެ.
ޙައްދުބޭ
27 February 2020
ކަލޭ ތިބުނާ ގޮތުން އެއްވެސް މުސްލިމަކަށް ބައްޔެއް ނުޖެހޭނެ ދޯ. ކަލޭއަށް ނޭންގެނީތަ ބަލިވުމަކީ އިމްތިހާނެއްކަން. އަހަރުމެންގެ ލޮބުވެރި ނަބިއްޔާ ވެސް ސުވަރުގެ ވަޑައިގަތީ އާލަސްފުޅެއްގައި އުޅުމަށްފަހުކަމެއް. ދެފުއްކެހިރިކަން ދެއްކިޔަސް ބޮޑުވަރުތީ. ގޯސް މަޢުލޫމާތު ފޯރުކޮށްދީގެން މުޖުތަމައުގެ މަސްލަހަތު ގޯސްކޮން ރައްޔިތުން
ދޮންބެއްޔާ
27 February 2020
ރަނގަޅަށް ވިސްނާފަ ކޮމެންޓް ކުރުން ރަނގަޅު. ޢުމުރާގެ އަޅުކަމަށް މީހުން ދިއުން މިވަގުތަށް މަނާކޮށްފައި އެވަނީ އެންމެންގެ ޞިއްޙީ ރައްކާތެރިކަމުގެ ގޮތުން އެޅި ފިޔަވަޅެއްގެ ގޮތުގައި. އިސްލާމްދީނަކީ އިންސާނެ ޞިއްޙަތަށް ވަރަށް ބޮޑު އަހަންމިއްތަު ކަމެއް ދެއްވާފައިވާ ދީނެއް. ހުއްބުލް ގެ ކޮމެންޓް ފަރުވާތެރިކަމާއެކު ހުއްބުލް ކިޔާލުން ވަރަށް މުހިންމު
ގަމާރު
27 February 2020
ކަލޭކަހަލަ ގަމާރުން ގިނަވުމަކީ ދީނަށްޖެހިފައި މިވަގުތުއޮތް އެންމެބޮޑު މުސީބާތެވެ.
ހުއްބުލް
27 February 2020
"ޙައްދުބޭ"އަށް ﷲގެ އިމްތިހާނަށް ފިލޭނެތޯ؟ ހައްްޖާއި އުމުރާއަށް ހުއްޓުވަނީ ﷲގެ އިމްތިހާނުން ފިލޭނެކަމަށް ހީކޮށްތޯ؟ އަހަރުމުން މުސްލިމުންގެ އީމާންތެރިކަން ވަރުގަދަކުރަންވެއްޖެއެވެ.
ދޮންދީދީ
27 February 2020
މީ ދުނިޔެއަށް ލެއްވި ރަހުމަތަކަށްވެސް ވެދާނެ އަދި ޗައިނާ އަށާއި އިންޑިޔާއަށް ﷲ ލެއްވި އިމްތިހާނަކަށްވެސް ވެދާނެ. ވިސްނާލަ ބަލަ އެ ގައުމުތަކުގައި އިސްލާމުންނާ ދޭތެރޭ ކަންކުރާގޮތް. އެކަމުން އިސްލާމުން ރައްކާތެރިކުރުމުގެ ގޮތުން ﷲ މިންވަރު ކުރެއްވިކަމަކަށްވުންވެސް އެކަށީގެންވޭ. އަދި އެ ގައުމުތަކުގައި ދިރިއުޅޭ ގައިރު މުސްލިމުންވެސް އިސްލާމުދީނަށް އެބުރިއައުމުގެ ފުރުސަތުބޮޑުވާނެ މިފަދަ ކާރިސާތކުން
ޙަބީބު
27 February 2020
މަށަކީވެސް މަޑު މައިތިރި މުސްލި މަކީން ރައްކާވެ ތިބިއްޔާ ދަތުރެއް ވީމ މާ މުސްލި މުން ދުވާ ކުރަންވީ މިބަލިން އަރައިގަނެވޭތޯ
ސަލީމް
27 February 2020
ވައްބަހުން ހަޖޫޖަހާނެ ކަމެއްނެތް !
ކާޅުބޭ
27 February 2020
ހައްޖާއި ޢުމްރާ އައް މީހަކު ދިއުމަކީ އެމީހަކަށް ވަކި ބައްޔެއް މާތްﷲ ނުޖައްސަވާނެ ކަމުގެ ހެއްކެއް ނޫން. އަދި ސަބަބެއް ވެސް ނޫން. އަޅުކަމަކީ ބަލިން ރައްކާކޮށްދޭ ހަތިޔާރެއްކަމަށް ދީނަކު ނެތް. ދަށީ އީމާން ކަމެއް ނޫން. ދަށްވެގެން މިއުޅެނީ ކޮއިފުޅުގެ އިސްލާމްދީނާ ގުޅޭ ރަނގަޅު މަޢޫލޫމާތު.
ސިލް
27 February 2020
ހުއްބުލްއަށް ނޭގޭތަ އުމްރާތަކާ ހައްޖަށް ގޮއްސަ މީހުން އަންނަ ދުވަސްކޮޅު މުޅި ގައުމުގައި ރޯގާ އާލާވާކަން؟ އެމީހުން ހިފައިގެން އަންނަނީ ކޮންފަދަ ރޯގާތަކެއްކަމެއްވެސް ނޭގޭ. ރޯގާޖެހުނީމަ އެންމެންވެސް ކުރަންވާ ކަންކަން ކޮށްގެން އުޅެނީ. އެކަމު މާ ބޮޑެތި ހޯދުންތަކެއް ނުުހޯދޭ ކަންނޭނގެ އެއީ ކޮން ވައްތަރުތަކެއްގެ ރޯގާތަކެއްތޯ ދެނެގަންނާކަށް. މައްކާގެ މާތް ބިމުން ރޯގާޖެހިގެން އަންނަ މީހުން ގިނަވީމަ ތިޔަކިޔާ ފޯމިއުލާ ދިމައެއްނުވޭ.