މަޖިލީހުގެ ޖަލްސާއެއް: މަޖިލީހަށް ހުށަހަޅާ ބިލްތަކާއި މައްސަލަތަކާ ގުޅޭ ގޮތުން އާއްމުންގެ ހިޔާލު ހޯދުމުގެ ބައްދަލުވުންތައް ބާއްވަން ވަނީ ނިންމާފައި. --ފޮޓޯ/މަޖިލިސް
03 މާޗް 2020 - 11:00
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލްތަކާއި މައްސަލަތަކާ ގުޅޭ ގޮތުން އާއްމުންގެ ހިޔާލު ހޯދަން ނިންމައި، ފުރަތަމަ ބައްދަލުވުމުން މިނިމަމް ވޭޖް ނުވަތަ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް ޚާއްސަކޮށްފި އެވެ.
އާއްމުންގެ ހިޔާލު ހޯދުމަކީ މަޖިލީހުން މުޅިން އަލަށް ފަށާ ކަމެކެވެ. އެމްޑީޕީން 65 ގޮނޑިއާ އެކު މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ހޯދީ، ނަޒާހަތްތެރިކަމާއި ރައްޔިތުންގެ ބައިވެރިވުމާ އެކު މަޖިލީސް ހިންގާނެ ކަމަށް ވައުދުވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު މިއަދު ވިދާޅުވި ގޮތުގައި ހިޔާލު ހޯދުމުގެ ފުރަތަމަ ބައްދަލުވުމުގައި، އާއްމުންނަށް ހުޅުވާލީ މިނިމަމް ވޭޖް ގުޅޭ ގޮތުން ހުށަހަޅަން ބޭނުންވާ ހިޔާލުތަކަށެވެ. މި ބައްދަލުވުމުގައި، އިކޮނޮމިކް މިނިސްޓްރީ އާއި ވޭޖް ބޯޑާއި މަޖިލީހުގެ ކަމާގުޅޭ ކޮމިޓީގެ ބޭފުޅުން ވެސް ތިއްބަވާނެ އެވެ.
އެންމެ ކުޑަ އުޖޫރައާ ގުޅޭ ގޮތުން އޮޅުންފިލުވަން ބޭނުންވާ ކަންކަމާއި ހުށަހަޅަން ބޭނުންވާ ވާހަކަތަކާއި ހިޔާލަށް އެ ބައްދަލުވުގައި ފުރުސަތު ލިބޭނެ ކަމަށް ޒިޔާއު ވިދާޅުވި އެވެ.
"ކުރިއަށް އޮތް ތަނުގައި ވެސް ބިލްތަކާއި މައްސަލަތަަކަށް ހިޔާލު ހޯދަން ބައްދަލުވުންތައް މަޖިލީހުން ބާއްވާނެ،" އޭނާ ވިދާޅުވި އެވެ.
މިނިމަމް ވޭޖާ ގުޅޭ ބައްދަލުވުން ބާއްވަން ހަމަޖައްސާފައި އޮތީ، މާދަމާ ރޭ 8:15 ގައި މަޖިލީހުގެ އިދާރާގަ އެވެ. މި ބައްދަލުވުމަށް ބޮޑު ޖާގައެއް ހަދާފައިވާ އިރު، ގަޑިއަށް ދާ އެންމެން ވައްދަން މަޖިލީހުން އޮތީ ނިންމައިފަ އެވެ.
މިނިމަމް ވޭޖް ކަނޑައެޅުމާ ބެހޭ ގޮތުން ދިރާސާކޮށް ހުށަހަޅާފައިވާ ރިޕޯޓާ މެދު މި މަހުގެ 11 ގެ ކުރިން ގޮތެއް ކަނޑައެޅުމަށް މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ވަނީ ނިންމައިފަ އެވެ. މިދިޔަ މަހުގެ ނިޔަލަށް މިނިމަމް ވޭޖް ކަނޑައަޅުއްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެފައި ވިޔަސް މިކަމުގައި މަޖިލީހުގެ ލަފަޔަކަށް އެދިވަޑައިގެން، އެ ލަފާ ނުލިބިގެން މިނިމަމް ވޭޖް އޮތީ ކަނޑަނޭޅި އެވެ.
އިކޮނޮމިކް މިނިސްޓަރަށް މިނިމަމް ވޭޖް ބޯޑުން ލަފާ ދީފައި ވަނީ މިނިމަމް ވޭޖްގެ ގޮތުގައި 6،400ރ. ކަނޑައެޅުމަށެވެ. އިންޓަނޭޝަނަލް ލޭބަ އޯގަނައިޒޭޝަން (އައިއެލްއޯ) އިން ލަފާ ދިނީ ރާއްޖޭގެ މިނިމަމް ވޭޖަކީ 6،000ރ. އާއި 6،500ރ. އާ ދެމެދުގެ އަދަދެއް ކަނޑައެޅުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންދީދީ
04 March 2020
ބަލަ ބޮޑު މުސާރަ ދީފަ ބަޔަކު ބައިތިއްބާފަ ތިޔަތިބީ މަސައްކަތެއް ކުރުވާށޭ. ތިޔާފަދަ ތަނަވަސް ހިޔާލެއް ނެތިއްޔާ އިސްތިއުފާދީ. ބަލަ އިބޫ ބުނީ ތިަކން ކުރާނަމޭ
ނަމަނަމަ
04 March 2020
މެމްބަރުން އަމިއްލަޔަށް މުސާރަ ބޮޑު ކުރެވިއްޖެ. ކީއްވެބާ މެމްބަރުންގެ މުސާރަ ބޮދުކުރަން ރައްޔަތުންގެ ޚިޔާލު ނުހޯދީ؟ މިހާރު ރައްޔަތުންގެ ޚިޔާލު ހޯދިޔަސް ރައްޔަތުން ބުނާނެ އެމުސާރަ ކުޑަކުރަން. މިނިވަން ވޭޖު ކަނޑައަޅަންވީމަ ކޮން ޚިޔާލެއް ހޯދާ ކަށް؟ ދެފުށް ނުފެންނަ ގޮތައް ޚިޔާލެއް ހޯދާފަ މީ ރައްޔަތުން އެދުނުގޮތޭ ބުނެލީމަ ފުދުނީ ދޯ؟.
ޕަންޕު
03 March 2020
ފައިވްސްޓާ ރިސޯޓެއްގެ ވަޒީފާ އަދާކުރާމޯހެއްގެ މުސާރަޔާ ރަށެއްގެ ކުޑަ ފިހާރައެއްގަ ގެންގުޅޭ ކުއްޖެއްގެ މުސާރަޔާ އެއްވަރުކުރީމާ ވަރަށް ބޭއިންސާފު
ކަންމަތީ ސޭޓް
03 March 2020
އަހަންނަކީ ރާއްޖެތެރޭމީހެއް ކުޑަ ފިހާރައެއް ހިންގާ މީހެއް އަހަރެން މިހުރީރަސުގައި ތުޔަ ބައްދަލުވުމަކަށް ކުއްލިއަކަށް ދެވޭކަށް ނެތް އެހެންކަމުން މަގޭހިޔާލު ހުށައަޅާލާނަށް މިނިމަމް ވޭޖްގެ ގޮތުގައި ޓުއަރިޒަމް ދާއިރާއިން 3 ސްޓާއިން މަތީ ހުރިހާ ރިސޯޓަކުން 12،000ރ 3 ސްޓާއިން ދަށުގެ ރިސޯޓުތަކާ ގެސްޓް ހައުސްތަކުން 10000ރ ބޮޑެތި ކުންފުނިތަކުން 10،000ރ ސަރުކާރުން 10،000ރ ކުދި ވިޔަފާރިތަކުން 4000
އާރީ
03 March 2020
އާމުންގެ ހިޔާލު ހޯދާފަތަ ކައުންސިލަރުންގެ މުސާރަ ނޭފަތު ކުރިޔާ ހަމަޔަށް ބޮނޑް ކުރީ. ކޮންމެވެސް އެއްޗެކޭ ކިޔާގެން ލަސްކުރުން 65 މެންބަރުންގެ ކަމަކީވެސް. މި މީހުންނަށް އާއްމުރަށްއިތުންގެ ހިޔާލު ނޭގު މަކީ ބޮނޑް ޖޯކެއްނު.
ޒަހަރު
03 March 2020
މާލޭ މީހުންގެ ޚިޔާލު އެކަނިތަ؟
މީނާ
03 March 2020
މަޖިލީހުގެ މުސާރަތައް ކަޑައަަޅަން ރައްޔިތުންގެ ހިޔާލު ނުހޯދަނީ ކީއްވެބާ؟ އެއްވެސް ކަހަލަ އެކްޕީރިއަންސްއެއް އެޑިޔުކޭޝަން ބެކްގްރައުންޑެއް ނެތި ތިތަނަށް ހޮވިފަ ތިބޭ މަޖިލީހުގެ މެންބަރުންގެ މުސާރަ 85000 އަށް އަރާއިރު ސަރުކާރުގެ އެހެން މުއައްސަސާތަކުގެ މުވައްޒަފުން ޑިގްރީއާ މާސްޓާރސް ހަދާއިން ކިރިޔާ 9000 ޖެހެނީ. އަދި މި މީހުންނަށް ކޮމިޓީ އެލަވަންސްގެ ގޮތުގައި 20000 ގެ އިތުރުން މެޑިކަލް އާ ކެއުން އެބަ ހަމަޖައްސާދޭ މަޖިލީހުން.
ާއުނިމާ
03 March 2020
އެގޭތޯ "ޙައްގުވާމިން ވަރު"؟ އެއައަކީ ފިސާރި މޮޅު ބަހެއް، ނިކަން ފަރިތަކޮށް ރ.ނަޝީދާ އެމްޑީޕީގެ ބޭފުޅުން ކިއުއްވާނެ 10000ރ އަކީ މިދެންނެވި"ޙައްގުވާމިން ވަރު"ކަމަށާއި އެވަރު މިނިމަމް ވޭޖުގަ ގޮތުގައި ހަކަޖައްސާނެކަމަށް ވީ ވަޢުދު ގާދޫކޮލުން ބޭރުވީތޯ؟ މިހާރު އިވޭއަޑަކީ 6400ރ ކަމަށް!އެވާހަކައޭ މިކިޔަނީ ޙައްގުވާމިންވަރު އިންތިހާބުގައި މޮޅުވީމާ އެބަބަދަލުވެޔޭ! މިއަދު އެބަކިޔާ އަދާލަތައް ޙައްޤުވަނީ އެއްމެ މިނިސްޓްރީއެއްކަމަށް! މާދަން ކިޔާނީ ކީކޭބާ؟
މީމަގޭ ހިޔާލު
03 March 2020
މިހާރުވެސް 6400 މުސާރައިގެ ގޮތުގައި ނުދޭނީ ހަމައެކަނި ކުދި ވިޔަފާރިތަކުން އެކަނިހެން ހީވަނީ
ބޮޑުމީހާ
03 March 2020
އާމުންގެ ހިޔާލު ނޭގިގެންތަ މިނިމަމް ވޭޖް ނު ދީގެން ތިއުޅެނީ. ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ހުށެހަޅީ އާމުންގެ ހިޔާލު ހޯދާފަތަ؟
އަކުރަމް
03 March 2020
މިނިމަމް ވޭޖް ކަނޑައެޅުމާ ބެހޭގޮތުން ކޮން ހިޔާލެއް ހޯދާކަށް. ނިންމުންތައް ނިންމާފައެއްނޫންތަ -/10000 ރުފިޔާ ދޭން ވައުދުވީ. ވައުދާ އަހުދު ނުފުއްދާ ސަރުކާރު