ޖުމްހޫރީ މައިދާނުގައި ހުރި ޑަސްބިނެއްގެ ކައިރީގައި، ގޮތް ނޭނގޭ ފޮއްޓެއް އޮތުމުން ސިފައިން އެ ފާސްކޮށްފި އެވެ.
އެމްއެންޑީއެފުން ބުނީ ފޮށި ފެނުނީ ގިނަ އަދަދަކަށް މީހުން ޖަމާވާ ސަރަހައްދަކުން ކަމަށް ވާތީ، އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޮސަލް (އީއޯޑީ) އިން ފޮށި ފާސްކުރި އެވެ.
ސިފައިން ބުނީ އެ ފޮށީގައި ނުރައްކާތެރި އެއްވެސް އެއްޗެއް ނެތްކަން، ފާސްކުރުމުން އެނގިފައިވާ ކަމަށެވެ.
ރަތް ކުލައިގެ އެ ފޮށި ފެނުމާ އެކު ސިފައިން މުޅި ސަރަހައްދު ބަންދުކުރި އެވެ.