ފޮރިން ޝާހިދު (ވ). އިންޑިއާގެ ބޮޑުވަޒީރު މޯދީއާ ބައްދަލުކުރައްވަނީ.-
12 މާޗް 2020 - 13:32
މުޅި ދުނިޔޭގައި ފެތުރޭ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެ އިން ކުރާ މަސައްކަތަށް އެހީވާން އިންޑިއާގެ ތަޖުރިބާކާރުންނާއި ބޭސް ފޮނުވަން އެ ގައުމުން މިއަދު ނިންމައިފި އެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނީ އެ ބައްޔާ ދެކޮޅަށް ކުރާ މަސައްކަތަށް އެހީތެރިވާން ރާއްޖެ އަންނަ ޓީމުގައި ފުއްޕާމޭގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރާއި ހޭނައްތާ ޑޮކްޓަރުންނާއި ފިޒީޝަނުން އަދި ލެބް-ޓެކްނިޝަނުން ހިމެނޭނެ ކަމަށެވެ. އޭގެ އިތުރުން ކޮވިޑް-19 އަށް ފަރުވާ ދޭން ބޭނުންވާ މުހިއްމު އެތައް ބޭހެއް ދިވެހި ސަރުކާރަށް ހަދިޔާކުރަން ވަނީ ނިންމައިފަ އެވެ.
ފޮރިން މިނިސްޓްރީން ބުނީ އިންޑިއާ އިން ރާއްޖެ އަންނާނީ ޑޮކްޓަަރުންނާއި ނަރުހުން ހިމެނޭ ގޮތަށް 14 މީހުންގެ ޓީމެއް ކަމަށެވެ.
އިންޑިއާ އިން މީގެ ކުރިން ވަނީ، ކޮވިޑް-19 ފެތުރޭތީ ބައެއް ބޭސްތައް އެކްސްޕޯޓުކުރުން ކޮންޓްރޯލްކޮށްފަ އެވެ. ދުނިޔޭގައި ވެސް އެންމެ ގިނައިން ޖެނެރިކް ބޭސްތައް ސަޕްލައިކުރާ އިންޑިއާ އިން ވަނީ 26 ބޭހެއް އެކްސްޕޯޓުކުރުން ލިމިޓް ކޮށްފަ އެވެ. އެގޮތުން، ހުން އައުމާއި ބޮލުގައި ރިއްސުން ފަދަ ކަންކަމަށް ބޭނުންކުރާ އާންމު ބޭހެއް ކަމަށްވާ "ޕެރަސެޓަމޯލް" އެކްސްޕޯޓްކުރުން ވެސް ކޮންޓްރޯލްކުރި އެވެ.
ބަޔާނުގައި ބުނީ މިފަދަ ބޭސްތައް އެކްސްޕޯޓުކުރުން ވަގުތީގޮތުން މެދުކަނޑާލާފައި ވިޔަސް ދެ ގައުމުގެ ދެމެދުގައިވާ ގާތް ގުޅުމުގެ ސަބަބުން ރާއްޖެ އަށް ބޭސް ފޯރުކޮށްދޭން ނިންމީ ކަމަށެވެ.
އިންޑިއާ އިން ފޯރުކޮށްދޭ މިފަދަ އިންސާނިއްޔަތުކަމުގެ އެހީގެ ސަބަބުން "އިންޑިއާގެ ނެއިބަހުޑް ފަސްޓް ޕޮލިސީ" އަދި ރާއްޖޭގެ "އިންޑިއާ ފަސްޓް ޕޮލިސީ"ގެ ވަރުގަދަކަމާއި ދެ ގައުމުގެ ބަދަހި ގުޅުން ހާމަވެގެންދާކަން ފާހަގަކޮށްފައިވެ އެވެ.
އެ ގައުމުން ވަނީ ކޮވިޑް-19 އެންމެ ފުރަތަމަ ފެތުރެން ފެށި ޗައިނާގެ ވޫހާންގައި ތިބި ދިވެހިން ދެ ބުރެއްގެ މަތިން އެތަނުން ނެރެ، އިންޑިއާ އަށް ގެންގޮސްފަ އެވެ. އެ މީހުން ރާއްޖެ ގެނައީ އިންޑިއާގައި 14 ދުވަހު ކަރަންޓީނުކުރުމަށްފަހުގަ އެވެ.
އިންޑިއާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 40 އަށް އަރައިފަ އެވެ. އެކަމުން ރައްކާތެރިވުމަށް، ބިދޭސީންނަށް ވިސާ ދިނުން އިންޑިއާއިން ވަނީ މިރޭ 12:00 އިން ފެށިގެން މެދުކަނޑާލަން ނިންމައިފަ އެވެ. ނަމަވެސް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ އެއްވެސް ގައުމެއްގެ މީހުންނަށް ވިސާ ނުދޭން އިންޑިއާ އިން ނިންމި ނަމަވެސް ކޮންމެހެން އިންޑިއާ އަށް ދާންޖެހޭ ދިވެހިންނަށް އިސްތިސްނާއެއް ދޭން ނިންމާފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގައުމީދޫ
12 March 2020
ވަސީލަތާއި ތަޖްރިބާއަށް ބަލައި ޗައިނާގެ މާހިރުން ގެނެވޭތޯ ބެލުން ރަނގަޅުކަމަށް ގަބޫލުކުރެވޭ
ސަންޕަ
12 March 2020
ޗައިނާ އިން ގައުމުތަކަށް ޑަކްޓަރުންނާ ސާމާނާއެކު އެޙިދޭން ދާންފެށީމަ މިގައުމަށް އައުމުގެ ކުރިން ބޮލުގެ އެއްޗެއް ހަދާލީދޯ. ދެގުޅަ ޕެނަޑޯލް ހިފައިގެން 50 ހަކައް މީހުން އިންޑިއާ އިން ގެންނަނީ ދިވެހި ސަރުކާރު ހަރަދުގަ ޗުއްޓީ ހަދާލަން.. ދެން ދަމުންދާނީ 4 ފަޅުރަށް ދޭން އެދިފަ އޭގެ ބަދަލުގަ. 2 ރުފިޔާ ދީފަ 200 ރުފިޔާ އަތުލާނެ.
އިގުތިސާދީ ޗޯރ
12 March 2020
ފިތުނަވެރިންގެނުބައި ކަމުން އަޅަމެން ސަލާމައް ކުރައްވާންދޭވެ..
އަލިބެއްޔާ، އެކުވެރިސުވައިދީބް
12 March 2020
ތިޔަ މީހުންނަކީ ވަރަށް ހިޔަޅު ބައެކެވެ. ނަމުން ޑޮކްޓަރުން ވެސް އަތުވެދާނެ އެވެ.
ޅޮލް ލިލީ
12 March 2020
ޗައިނާ ކޮންޓްރޯލް ކުރާގޮތް ހަމަ ލާމަސީލް މިސާލެއް. ނޯނީޑު އިންޑިޔަންސް.
ސިހުރު ބޮނޑިބަތް
12 March 2020
ކޮން އެހީއެއްވީ. އަދި ދެއްްކީ ހުސް ފޭކުވާހަކަ.
ފަލަކް
12 March 2020
ބޭނުމެއް ނޫން.
ޗަލަކު
12 March 2020
ﷲސވޢގެ އިޒުނައަށްނޫނީ މިދުނިޔޭގައި ވާނީކޮންމަކެއް؟ މިންވަރު ނުކުރުއްވާނަމަ، އެހީދޭންތިބިމީހުންގެބޮލަށް އެކަން ވަންނާނެތަ؟ ކޮއިފުޅާވިސްނާ! ބޭނުންވާނެ އެހެންމީހުންތިބޭނެ. ދެއްވިނިޢުމަތަށް ޝުކުރުނުކުރާނަމަ، ފިތުނައުފެދޭގޮތަށް، ތިކަހަލަކަންތައްނުކޮށް ބޭނުންނުކުރޭ. ނިމުނީނު! ދޯ!
ޒައިކޮ
12 March 2020
މިންވަރު ކުރެއްވި އެއްޗެއް ލިބޭނެ. އެކަމަކު މަވެސް ހިތަށް އަރަނީ އެމީހުން ބަދަލުގައި ބޭނުންވާއެއްޗެއް އަހަރުމެންނަށް ދެވިދާނެބާއޭ.
ރައްޔިތު ސޮރު
12 March 2020
ރުހުނަސް ނުރުހުނަސް ޤަބޫލު ކުރިއަސް ނުކުރިއަސް ހަޤީޤަތަކީ އިންޑިޔާއަކީ ދިވެހިންނަށް ބޮޑުކަމެއްޖެހޭއިރު އެންމެބޮޑަށް އެއްމެފުރަތަމަ އެހީތެރިވާ ޤަޢުމުކަން
ދޭސީ
12 March 2020
ޗައިނާއިން ދިން އެހީތެރިކަން ބަލައިނުގަތީ އިންޑިޔާ ރުޅިއައިސްދާނެތީތަ؟
ފަޤީރުކޮއެ
12 March 2020
ތިކަހަލަ ދޮގު ހަބަރު ފެތުރުމަކީ ޤާނޫނީ ކުށެއް! ތިވާހަކަ ޤަބޫލު ކުރާނީ ޔާމީނު ސަރުކާރުން ކުރި ވައްކަންތައް ނުފެންނަ މީހުން
އެމް ޝަމް
12 March 2020
އަންނަ ގޮތަށް އަބުރާ އެކަކުވެސް ނުދާނެ،
ލޮކީ
12 March 2020
އިންޑިޔާ ސަރުކާރާއި އިންޑިއާގެ ރައްޔިތުންގެ ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ ހުރިހާ އެހީއެއް ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ބަލައިގަނެ އިންޑިޔާ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން. ދިވެހި ބައެއް ރައްޔިތުން ބޮޑާ ކަމާއި ކިބުރުވެރި ކަން އިސްކޮށް އަަވައްޓެރި ގައުމަކުން ދޭ އެހީ އަށް ފާޑު ކިޔާތީ ހިތާމަ ކުރަން އެކަމަކު އެއީ މަދު ރައްޔިތުން ކޮޅެއްކަމަށްވާތީ އެފަދަ މީހުން ފާޅު ކުރާ ޝުޢޫރުތަކަކީ ދިވެހި މެޖޯރިޓީ އެއް ނޫން.