މަޖިލީހުގެ ޖަލްސާއެއްްގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ބައިވެރިވެވަޑައިގަަންނަވަނީ. މަޖިލީހުގެ ހަރަދު ކުޑަކުރަން އަމީރު ވަނީ އެދިވަޑައިގެންފައި.
16 މާޗް 2020 - 14:30
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށް ބޮޑު ލޮޅުމެއް އަންނާތީ ރައްޔިިތުންގެ މަޖިލީހުގެ ހަރަދުތަކުގެ ތެރެއިން މަހަކު 19.3 މިލިޔަން ރުފިޔާ ކުޑަކޮށްދޭން ސަރުކާރުން އެދިއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްދާ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ހަރަދުތަކުން 19.3 މިލިޔަަން ރުފިޔާ ކުޑަކޮށްދިނުން އެދި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އެދިވަޑައިގެން ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ. ސަރުކާރުން އެދުނު ގޮތަށް މަޖިލީހުގެ ހަރަދު ކުޑަކުރެެވެން އޮތްތޯ ބެއްލެވުމަށް މަޖިލީހުގެ ނައިބު ރަައީސް އަދި ގަލޮޅު ދެކުނު ދާއިރާގެ މެެމްބަރު އީވާ އަބްދުﷲގެ އަރިހުން އެމަނިކުފާނު އެދިވަޑައިިގެންނެވި އެވެ.
ކޮވިޑް-19 ފެތުރޭތީ ދުނިޔޭގެ އެކި ގައުމުތަކާއި ރާއްޖޭން އަޅާފައިވާ ފިޔަވަޅުތަކުގެ ސަަބަބުން ޓޫރިޒަމް އިންޑަސްޓްރީ އަށް ބޮޑެތި މައްސަަލަތައް ކުރިމަތިވެ، ދައުލަތަށް ލިބޭ އާމްދަނީ ވަނީ ދަށަށް ދާން ފަށައިފަ އެވެ. ސާކް ގައުމުތަކުގެ ވެރިން އިއްޔެ ބޭއްވި ވީޑިއޯ ކޮންފަރެންސްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ޓޫރިސްޓުން އަންނަ އަދަދު މިހާރު މަދުވަމުންދާ ގޮތަށް ކުރިއަށްދާ ނަމަ މި އަހަރު ދައުލަތަށް ލިބޭ އާމްދަނީން 2.5 ބިލިޔަން ރުފިޔާ އާއި 6.9 ބިލިޔަން ރުފިޔާއާ ދެމެދުގެ މިންވަރެއް މި އަހަރު މަދުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މިދިޔަ ފެބްރުއަރީ މަހު ރާއްޖެ އަށް ޓޫރިސްޓުން އައި ވަރު މިދިޔަ އަހަރާ އަޅާބަލާއިރު 14.3 ޕަސެންޓުން ދަށަށް ދިޔަ ކަމަށާއި މާޗް މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި 22.8 ޕަސެންޓް ދަށްވެފައިވާ ކަމަށް ވެސް އެމަނިކުފާނު އިއްޔެ ވިދާޅުވި އެވެ.
"ޓޫރިސްޓުން އަންނަ އަދަދު މިހާރު ދަށަށް ދަނީ ވަރަށް ބާރަށް، މިހާރު މިދާ ގޮތަށް ދަންޏާ މި އަހަރު ނިމޭ އިރު 35 ޕަސެންޓްގެ ދަށްވުމެއް އަޅުގަނޑުމެންނާ ކުރިމަތިވާނެ،" ރައީސްް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙހލލ
16 March 2020
އެހެން ހުރިހާ އޮފީސްތަކެއްގެ ބަޖެޓް ކުޑަކޮށްފި ހަމައެގޮތަށް މަޖްލިސް ބަޖެޓުވެސް ކުަޑަކުރެވެންޖެހޭނެ..ސިވިލް ސަރވަންޓުން ތިބީ މާކުރިއްސުރެވެސް އޮޓީކޮޅުކަނޑަންވެސް އެއްބަސްވެގެން މިފަދަނޑިވަޅެއްގައި ސަރުކާރަށް އެއްބާރުލުންދޭން..
ޝޮކްތެރަޕީ
16 March 2020
ކުރީގެ ސަރުކަރުން ރައްޖެގެ ރިޒަވް އިތުރުކުރީ. މި ސަރުކާރުން ރިޒާވްގަ ހުރި ލަރިތައް ރައްޓެހިންނަ ބަހާ ހުސްކޮއްލީ
ދުނިޔެ
16 March 2020
އަދިވެސް މުސާރަ ދެބައުކުޅަ އެއްބަޔަށް ކުޑަކުރަން ކެރޭނެތަ؟
ދޭސީ
16 March 2020
20% ކުޑަކުރުމަކީ ކުޑަކުރުމެެއް ނޫން. ހަރަދު ކުޑަ ކުރަންޖެހޭ މިދަނޑިވަޅުގަ 50% ކުޑަކޮށްފަ 40ހާސް ރުފިޔާއިން މަޖިލިސް މެމްބަރުންވެސް ފުއްދަނއ ޖެހޭނީ. 20ހާހުގަ ހުރި މުސާރަތަކެއްމީ 80 ހާހަށް ހަދައިން މިއުޅެނީ. ސައިފޮދު މިއަދުން މިއަދަށް ހުއްޓާލަން ޖެހޭ. އަހަރެމެން ބައިސެންޓު ލިބޭ ސިވިލް ސާވަންޓުންވެސް ސައިބޮނީ އަމިއްލަ ހަރަދުގަ
މަޖްލިސް
16 March 2020
ހިލޭސާބަހަށް ވެސް މިދަނޑުވަޅު ރަނގަޅު..ލައްކަަލާރި ހުންނާނެ އެމީހުންއަތު
އޮނަރަބްލް އަފީފު ދީދީ
16 March 2020
ދައުލަތުގެ ކުންފުނިތަކުގެ ބެލެނިވެރި ފަރާތުގެ ޙައިސީއްޔަތުން މާލީ ވަޒީރު ފުރަތަމަ ތިކަންކުރާން އަންގާންވީ ދައުލަތުގެ ކުންފުނިތަކަށާއި ދައުލަތް ޙިއްސާވާ ކުންފުނިތަކަށްނޫންތޯ؟ # މާލޭގައި ބަހުގެ ހިދުމަތްދޭ އެމްޕީއެލްއިން ދުއްވާ ޑަބަލްޑެކާރ 2 ބަސް އެއްފަހަރާ ތަކުރާރުކޮށް އެތައްފަހަރަކު މާލޭ ޕާކްތެރޭގައި ހުންނަ ބަސް ސްޓޮޕްގައި އެބައޮވޭ. # އެވަރު ޓްރެފިކެއްނެތް އިރު ކޮންމެ 15 މިނިޓަކުން 100 މީހުންގެ 2 ބަސް ދުއްވުމަކީ ބޭކާރު ޙަރަދެއްނޫންތޯ؟
ބޮޑުމީހާ
16 March 2020
ކުރިއަށް އޮތް 2 އަހަރަށް ތި މަޖްލިސް ސަސްޕެންޑުކޮށް މެމްބަރުންގެ މުސާރައަާށް މަހަކު 25000 ރުފިޔާ ދިނީމަ ރަގަޅުވާނެ. މިވަގުތަށް ތެޅިފޮޅެގެން ހަދަންޖެހޭ، އިސްލާހުކުރަންޖެހޭ ގާނޫނެއް ނެތް. ގައުމަށްޓަކައި މިވަރު ކަމެއް ކުރާނެ ހިތްވަރުހުރި މަޖްލިސް މެމްބަރުން ތިބޭނެބާ!
އޮނަރަބްލް އަފީފު ދީދީ
16 March 2020
މަޖިލީހުގެ އިދާރީ ޙަރަދު ތަކާއި ކެއުމާއި ސައި އަދި ދަތުރު ފަތުރުގެ ޙަރަދު ތަކާއި ފަރުނީޗަރު ބަދަލު ކުރުން ފަދަ ޙަރަދުތައް ކުޑަކުރުން ވަރަށް މުހިންމު. # އެހެން ނަމަވެސް އިއްޒަތްތެރި މެންބަރުންގެ އުޖޫރައާއި މެންބަރުންނަށް ލިބޭ އިނާޔަތް ކުޑަކޮށް އުނިކުރާން ތާއީދެއް ނުކުރަން. ސަބަބަކީ މިކަމުގެ ސަބަބުން ސީދާ ގޮތުން މަޖިލިސް މެންބަރުގެ އާއިލާއަށް އަސަރުކުރާނެ ވަރު އިޙްސާސް ކުރެވޭތީ އާއި މާލޭގެ ކުލީގެ އަގު އިގޭ މީހަކަށް އަހަރެންވެސް ވާތީ.
ރާއިދު
16 March 2020
މަޖިލިސް އެންމެނަށް ސަޔާއި ކެއުން ދިނުން ހުއްޓާލިޔަސް ތި ޚަރަދު ބޮޑުތަނުން ކުޑަވާނެ. އެކަމަކު އޭރުން އިއްޒަތްތެރި މެންބަރުންގެ ހާޒިރީ ދަށްވެދާނެ ކަންނޭނގެ.
ސަސި
16 March 2020
ބޮޑުތަނުން މުސާރަ ކުޑަކުރަންވީ، މިވަގުތު ހުރި މުހިންމު ބިލްތައް ނިންމާފަ ބޮޑުކަމެއް ޖެހިއްޖެޔާ ޖަލްސާބެއްވޭ ގޮތަށް ޗުއްޓީ ދޭންވީ. ޢޭރުން ކެއުމުގެ ހަރަދުު، ޖަލްސާބާއްވަންދާ ހަރަދު ނުދާނެ
އަރުވާލި އާދަނުގެ ސިޔާސީހާސަރު
16 March 2020
ތިޔަކަން ރައީސް ނަޝީދު މަޖިލިސް ރައީސް އެއްރޮޖަށް ފޫގަޅުއްވައިގެން ކުރަށްވަފާނެ . ދެން ތިބިންނޯ. ކަހެރު ވަކަކޭ ހީވިއަސް ރަގަޅު.