ވެމްކޯގެ މުވައްޒަފުތަކެއް ކޮރޯނާވައިރަސް އިން ރައްކާތެރިވެވޭނެ ފަދަ ހެދުމުގައި، ކުނި ނަގަން ތައްޔާރުވެގެން
18 މާޗް 2020 - 09:47
މުޅި ދުނިޔެއަށް ފެތުރި، ރާއްޖެއަށް ވެސް ނުރައްކާވެފައިވާ ކޮރޯނާވައިރަސްގެ ސަބަބުން، ބޭރުތެރެއަށް ގިނައިން ނުކުމެ އުޅުން ރައްކާތެރިއެއް ނޫނެވެ. އެކަމަކު ވެމްކޯގެ އަމާޒަކީ ރޯގާގެ ހާލަތު ކިތަންމެ ގޯސްވި ނަމަވެސް، ގޭގެއަށް ގޮސް ކުނި އުކާލުމުގެ ހިދުމަތަށް ބުރުލެއް އެރިޔަ ނުދީ ކުރިއަށް ދިއުމެވެ.
މިހާރު ވެސް އެތަނުގެ މުވައްޒަފުން މާލެ ސަރަހައްދުގެ ގެތަކުންނާއި އެހެން ތަންތަނުން ކުނި އުކާލަމުން ގެންދަނީ ހުއްޓުމެއް ނެތި އެވެ. އޭގެ އިތުރުން ފްލޫ ކްލިނިކްތަކުންނާއި ކަރަންޓީން ފެސިލިޓީތަކުން ވެސް ކުނި ނަގަ އެވެ. އެކަމަކު މުވައްޒަފުން ތިބެނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެންނެވެ. މޫނާއި މުޅި ގައި ނިވާކޮށްގެން، ޕްރޮޓެކްޓިވް ހެދުމުގަ އެވެ.
ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު (އެޑަމް) ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން އެ ތަނުގެ މަސައްކަތްތަކަށް ބޮޑު ބަދަލެއް މިހާރު ގެނެސްފައިވާ ކަމަށެވެ. އެކި ހާލަތްތަކަށް އެކި މުވައްޒަފުން ހަމަޖައްސައި، ރައްކާތެރިކަމުގެ ފިޔަވަޅު ވެސް ތަފާތުކޮށްފައިވާނެ ކަމަށް، އޭނާ ވިދާޅުވި އެވެ.
ވެމްކޯގެ މުވައްޒަފަކު ކުނިތަކެއް ޖަމާކުރަނީ: ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ހުރި ކަމަށް ވެމްކޯ އިން ބުނޭ
ފަސޭހައިން ގައިން ގަޔަށް އަރާ މި ރޯގާގައި އެންމެ ރިސްކް ބޮޑީ ފްލޫ ކްލިނިކްތަކާއި ފަރުކޮޅުފުށި ކަރަންޓީނު ފެސިލިޓީން ކުނި ނެގުމެވެ. އެކަމަކު އެތަންތަނަށް ވެސް ކުނި ނަގަން ދަނީ، މުޅި ގައި ފޮރުވޭ ގޮތަށް ހުރި ރައްކާތެރިކަމުގެ ހެދުން ލައިގެން ތިބޭ ވަކި ބައެކެވެ. އެ މީހުން ނަގާ ކުނި، ހުޅުމާލޭގައި ކަނޑައަޅާފައިވާ ވަކި ތަނަކަށް ގެންގޮސް، ވަކި ގޮތަކަށް ނައްތާލަ އެވެ. އަރައިގެން ހުންނަ ބޫޓު ފިޔަވައި، އެހެން އެއްޗެއް ދެ ވަނަ ފަހަރަކަށް ބޭނުމެއް ނުކުރެ އެވެ.
މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭން ވެސް ކުނި ނަގަން ދަނީ ވަކި ބައެކެވެ. އެ މީހުން ވެސް ތިބެނީ، ހާއްސަ އަންގިއެއް ލައްވައިގެން މާސްކް އަޅައިގެންނެވެ. ކޮންމެ އުޅަނދެއްގައި ވެސް ސެނިޓައިޒާ ބަހައްޓާފައި ހުރެ އެވެ. ކުނި ނަގައި ނިންމާފައި ވެމްކޯގެ އޭރިއާއަށް އައުމުން ފަސޭހައިން އަތް ދޮވެވޭނެ ގޮތް ވަނީ ހަދައިފަ އެވެ. އަދި އުޅަނދުތައް ޑިސްއިންފެކްޓް ކުރެ އެވެ.
މަގުމަތި ކުނި ކަހާ މީހުން ވެސް ތިބެނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެންނެވެ.
ވެމްކޯގެ މުވައްޒަފަކު މަސައްކަތުގައި: އެޑަމް ވިދާޅުވީ ޚިދުމަތް ނުހުއްޓޭނެ ކަމަށް
"ސަފާރީތަކުން ކުނި ނަގާނީ ވެސް އެކަމަށް ހާއްސަކޮށްފައިވާ ވަކި ބައެއް. އެ މީހުން ތިބޭނީ ވެސް ވަކި ހެދުމެއްގައި. އަދި ކުނި ވެސް އަޅުގަނޑުމެން ނައްތާލާނީ ހާއްސަ ގޮތަކަށް،" އެޑަމް ވިދާޅުވި އެވެ.
ރޯގާގެ ހާލަތު ގޯސްވެ، އޮރެންޖު އެލާޓް ނެރުނު ނަމަވެސް ވެމްކޯގެ މަސައްކަތަށް ބުރުނާރާނެ ގޮތަށް ޕްލޭންތައް ހުރީ ހަދައިފަ އެވެ.
އެޑަމް ވިދާޅުވީ މަސައްކަތަށް މިހާރު ހުރިހާ މުވައްޒަފުން ނިކުތް ނަމަވެސް، ހާލަތު ގޯސް ވެއްޖެ ނަމަ ނުކުންނަން ޖެހިލުންވާނެ މީހުން ތިބޭނެކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އެކަމަކު އޮރެންޖް ނުވަތަ ރެޑް އެލާޓް ނެރުނު ނަމަވެސް، ވީހާ ވެސް މަދު މުވައްޒަފުންތަކަކާ އެކު ކުނި ނެގޭނެ ގޮތް ވެމްކޯއިން ވަނީ ރާވައިފަ އެވެ. އެ ހާލަތުގައި ކުނި ނަގާނީ، ގެތައް އެކި ބްލޮކްތަކަށް ބަހާލައިގެން، ވަކި ވަގުތުތަކެއްގަ އެވެ. ގެތަކަށް ވަނުމުގެ ބަދަލުގައި ކުރިން އިއުލާނުކޮށްގެން، މަގުމައްޗަށް ކުނި ނެރޭނެ އެވެ.
ރިކްސް ބޮޑު ތަންތަނަށް ކުނި ނަގަން ދާ ވެމްކޯގެ މުވައްޒަފުން ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން
އާދަމް ވިދާޅުވީ މި ހުރިހާ ފިޔަވަޅުތަކެއް ވެސް އަޅަނީ ހާލަތްތައް ބަދަލުވާ ގޮތާ މެދު ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާކޮށް، އެތަނުގައި ހުންނަ "ރައްކާތެރިކަމަށް ހާއްސަ" ބޭފުޅެއްގެ އިރުޝާދުގެ މަތިން ކަމަށެވެ.
މާލެ އާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި މުވައްޒަފުންގެ އަދަދު 600 އަށް ވުރެ ގިނަ އެވެ. ކުނި ނަގަން ވެސް އުމުރުން 55 އަހަރަށް ވުރެ މަތީ މީހުން އުޅެ އެވެ. އެހެންވެ، ދުވަސްވީ މީހުންނަށް ނުރައްކާ ބޮޑު މި ރޯގާއާ ކުރިމަތިލުމުގައި ވެމްކޯއިން ވަނީ ހާއްސަ އިމްތިޔާޒްތަކެއް ހަމަޖައްސާފަ އެވެ.
އެޑަމް ވިދާޅުވީ ކުނި އުކުމުގެ މަސައްކަތަށް އުމުރުން ދުވަސްވީ މީހުން ނުފޮނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި އެމީހުން ތިބޭނީ ގޭގައި ކަމަށް ވިދާޅުވި އެވެ.
އެޑްމިން ލެވެލްގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން ވެސް 55 އަހަރުން މަތީގެ މީހުން މަސައްކަތަށް ނުނެރޭ ގޮތަށް ވެމްކޯއިން ވަނީ ހަމަޖައްސައިފަ އެވެ.
"މުވައްޒަފުން މަދުވީމަ އުނދަގޫތަކެއް ކުރިމަތިވާނެ. އެކަމަކު އަޅުގަނޑުމެން މިހާރު މި އަންނަނީ އެ މުވައްޒަފުންގެ ބަދަލުގައި ވަގުތީ ގޮތުން އިތުރު ބަޔަކު މަސައްކަތަށް ނެރެން މަސައްކަތް ކުރަމުން،" އެޑަމް ވިދާޅުވި އެވެ.
ވެމްކޯގެ މުވައްޒަފެއް ކުނި އުކަނީ
މިހާރު ކަނޑައަޅާފައިވާ ގޮތުން ބަލީގެ އެއްވެސް އަލާމާތެއް ނުވަތަ ކެއްސައި ހުން އަންނަ ނަމަ، ވެމްކޯގެ މުވައްޒަފުން މަސައްކަތަކަށް ނުނިކުންނާނެ އެވެ.
އެޑަމް ވިދާޅުވި ގޮތުގައި އެ ތަނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ލިބޭ އެއްޗަކަށް ވުރެ ކުންފުނިން ކުރަން ޖެހޭ ހަރަދު ބޮޑުވުމެވެ. ރައްކާތެރިކަަމުގެ ފިޔަވަޅުތައް ބޭނުންވާ ސާމާނު ހޯދަން ވެސް ބޮޑު ހޭދައެއް ކުރަން ޖެހުނު ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވަރަށް ޔަގީންކަން ދެން، އިރާދަކުރެއްވިއްޔާ ވެމްކޯގެ ހިދުމަތަކަށް ބުރުލެއް ނާރާނެ. އެންމެ ނުރައްކާތެރި ހާލަތުގައި ވެސް އަޅުގަނޑުމެން ހިދުމަތް ދޭނަން،" އެޑަމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުނާ
14 April 2020
ވ ސަލި
ދޮން ދީނި
18 March 2020
ތެންކް ޔޫ ވެމްކޯ... ތިކުރާ ހިތްވަރަށް ސާބަސް. ތިބޭފުޅުން ނެތްނަމަ ހާލަތު މާގޯސްވާނެ
ރަދުން
18 March 2020
ލިފުޓަށްނާރާތި.
ހަސަނު1
18 March 2020
ކަލޭ ދޭ އެހެންވީއިރު ކުނިއުކަން
ސެއްޅި
18 March 2020
ތިރިއަށް ގެނޭ އޭރުން ނާރާނަން
ރަށުމީހާ
18 March 2020
ތިކަން ތިގޮތައް ކުރަން މާލަސްވެއްޖެ
ވަބާ
18 March 2020
ވެމްކޯ ކުނިއުކާމީހުން ގޭގޭ ކުނިނަގައިގެން އެކޮތަލު ތައްހާވާފަ ގޭގެއަށް ވަންނަން ދޮރުގަޔާ އަތްގަނޑު ފަދަ ތަންތަނުގަ އަތް ހާކާ ހެދީމަ އެހެން މީހުނަށް ހުރިހާ ނުރައް ކަލެއް .. އެހެން މީހުން ގެ ރަށްކަލަށް ވެސް ވިސްނާގެން ތިކަން ކުރީމަ ފުރިހަމަޔަށް ތައްޔާރު ވެފަޔޭ ބުނެވޭނީ
ބަލަގަލަ
18 March 2020
ދެން ކިހިނެއްތަ ހަދަންވީ؟ މިހާރު އަމިއްލަޔަށް ގޮސް ކުނި ކޮތަޅު އެއްލާލެވޭވަރުގެ ބަޔަކުވެސް ނޫޅޭ މިގައުމަކު.
ބިގަރުބެ
18 March 2020
ކިބުރުވެރިވެފައި ތިބޭ ޝުކުރުކުރަން ނުދަންނަ މީހުންވެސް ހާދަގިނައޭ ދޯ!
ހަސަނު1
18 March 2020
ރަނގަޅަށް ކުނި ބަންދުކޮށްފައި ބަހައްޓާނަމަކައި އެމީހުން ކުނިހާވާކަށް ނުޖެހޭނެ. އިތުރު އެހީއެއް ވާން ބޭނުމިއްޔާ ދޮރުކައިރީގައި ސެނަޓައިޒަރ ފުޅިއެއް ބަހައްޓާ.. ކޮންމެކަމަކަށް އެއްޗެހި ގޮވަން ނުހުރު ކަމަށް އޮތް ހައްލު ދައްކާ.
އެހެން
18 March 2020
ދުވަހުން ދުވަހަށް ކުނި ނުއުކެވުމަކީ މާ ބޮޑަށް ބަލިތައް ފެތުރޭނެ ކަމެއް. އެހެންވީމަ ތިޔަ ކުރައްވާ މަސައްކަތަށް އައްސަރިބަހާ ސާބަސް.
ކަޅުބިލަ
18 March 2020
ވެމްކޯ މިވައްޒިފެއް ވެމްކޯ ޔުނިފޯރމުގަ ވަންވޭ އާއި އިދިކޮޅަށް ދަމުން އެކަން ނުކުރުމަށް އިރުޝާދު ދިނުމުން، ވެމްކޯ މީހުންނަށް ވަންވޭއާއި އިދިކޮޅަށްވެސް ދެވޭނެ ކަމަށް ބުނާ ވީޑިއޯކޮޅެއް ދުށިން! ވެމްކޯމީހުން ވަރަށް ވެސް ތަފާތު!
ސީމާޓު
18 March 2020
ކަލޭ ތީ އަލިފެއްތަ؟
ތިޔައީ ހެޔޮ މަސައްކަތެއް
18 March 2020
މާތް ﷲ ތިޔަ ބޭފުޅުންނަށް ދެތު މަގު ދައްކަވާށި! ރަހްމަތް ލައްވާށި! ތިޔަ ބޭފުޅުން ތިޔަ ކުރައްވާ މަސައްކަތަށް ހިތްވަރުދެން. އަޅުގަނޑުމެންގެ އެހީތެރިކަން ލިބޭނެ. ތިޔަ ކޮށްދެއްވަނީ ހެޔޮ މަސައްކަތެއް. ބޮޑު ފަސޭހައެއް. ކުންފުނި ދެމެހެއްތޯ މަސައްކަތްކުރެއްވުން އެދެން
އަރުވާލި އާދަނުގެ ސިޔާސީހާސަރު
18 March 2020
ތިޔައީ ބަޔަކު ގެއަށް ވަނުމުން ފިއްކަޑައިގެން ދާވަރު ރައްކާތެރިއެއް ކަމަކު މީހާ ތަމްސީލް ކުރާ އެއެށް މިއެށް އިގޭ ހާލަތެއްނޫން ކުރިމަތީގަޔާއި ފުރަގަހުގައި ވެމްކޯގެ ލޯގޯ ސްޓިކާއެށް ހިއްޕާލުން ބުއްދިވެރި. މިއަދު ނޫން ކަމެއް ނޭގެ ( ޕާޓޭ ) ގެއަށްވައްޓާލާނީ ތިޔަ ހެދުމުގަ.
ފުލީ
18 March 2020
ސާބަސް ތި ކުރާ ހިތްވަރަށް މާތްﷲ ރަހްމަތް ލައްވާށި