ޕީއެންސީގެ ރައީސް އަބްދުއްރަހީމް ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ
25 މާޗް 2020 - 23:12
އިދިިކޮޅު ފަރާތްތަކާ ވާހަކަފުޅުދައްކަވާ ކަމަށާއި އެކަމަކު ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) މި ފަހުން ކުރެއްވި ދެ ކޯލެއް މިސްވެފައި އޮތް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގައި ހަލުއިކަމާ އެކު ފެތުރޭ ކޮވިޑް-19އާ ގުޅޭ ގޮތުން ދަރުބާރުގޭގައި ގާއިމްކޮށްފައިވާ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ )ގައި ރައީސް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ބައްޔާ ދެކޮޅަށް ކުރާ މަސައްކަތުގައި އިދިކޮޅު ފަރާތްތަކުގެ ލަފަ އާއި މަޝްވަރާ ހޯއްދަވަންތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ރައީސް ވިދާޅުވީ އެކަމުގައި މަޝްވަރާ ހޯއްދަވަނީ ސިއްހީ ތަޖުރިބާކާރުންގެ ފަރާތުން ކަމަށެވެ.
އެކަމަކު ރައީސް ވިދާޅުވި ގޮތުގައި އިދިކޮޅު ލީޑަރުންނާ އެމަނިކުފާނު ވާހަކަފުޅު ދައްކަވަ އެވެ. އެގޮތުން އަދުރޭ ވެސް އެމަނިކުފާނާ ފޯނުން ގުޅުއްވާ ކަމަށް ވިދާޅުވި އެވެ.
"ދެން އިދިކޮޅު ފަރާތްތަކާ ފޯނުން އަޅުގަނޑަށް ގުޅޭ. އިދިކޮޅު ފަރާތްތަކުން ދޭތެރެއަކުން ގުޅަމުން ދޭ. އެކަމަކު މިދޭތެރެއިން [ޕީއެންސީގެ ރައީސް] އަބްދުއްރަހީމް ކުރެއްވި ދެ ކޯލެއް އަޅުގަނޑަށް ނުނެގި ދިޔަ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އަބްދުއްރަހީމްގެ ކޯލެއް "މިސްވެއްޖެއްޔާ" ފަހުން ވެސް ގުޅުއްވާފައި ހުންނާނެ އެވެ.
އިދިކޮޅު ފަރާތްތަކާ މަޝްވަރާނުކުރައްވަންތޯ ސުވާލު ރައީސަށް ކުރިމަތިވީ މިހާރު ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރައްވަން ނުނިންމަވާނަންތޯ ނޫސްވެރިޔަކު ކުރި ސުވާލުގެ ތެރެއިންނެވެ.
އެކަމާ ބެހޭ ގޮތުން ރައީސް ވިދާޅުވީ ޖަލުން މީހުން މިނިވަންކުރަން ގާނޫނީ ގޮތުން ވަކި އުސޫލުތަކެއް އޮންނަ ކަމަށާއި އެމަނިކުފާނު އަމަލުކުރައްވާނީ އެ ގޮތަށް ކަމަށެވެެ. އަދި ޖަލުގައި ތިބި މީހުންނާ މެދު ތަފާތެއް ނުގެންގުޅުއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތައް ވެސް ހިމެނޭ ގޮތަށް ރައީސް އިލްތިމާސް ކުރެއްވީ މި ދުވަސްކޮޅު އެންމެން ވެސް ގޭގައި ތިބުމަށެވެ. އެއީ ސިއްހީ މާހިރުން މިކަމުގައި އެންމެ ވަރުގަދައަށް ދޭ ލަފާ ކަމަށް ވެސް ވިދާޅުވި އެވެ.
ކޮވިޑް-19އާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަނީ -ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/މިހާރު
ހަ މަހަށް ފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވައި، ރައީސް ވަނީ ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރޭތީ ރާއްޖެއިން މިހާތަނަށް އެޅި އެންމެ ބޮޑު ފިޔަވަޅު ކަމަށްވާ "ބޯޑަރު ބަންދުކުރުން" އިއުލާނު ކުރައްވައިފަ އެވެ.
ކޮވިޑް-19 ފެތުރޭތީ ސަރުކާރުން އެޅި ފިޔަވަޅުތައް ރަނގަޅު ކަމަށް އަދުރޭ ދާދި ފަހުން ވިދާޅުވި އެވެ. އެކަމަކު ސަރުކާރުން އެ ފިޔަވަޅުތައް އެޅީ އިދިކޮޅުން އެކަމަށް ގޮވާލުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓިނު
26 March 2020
ފޯނުނަގާނެކަ މެއްނެތް އެއީ ކަ މުދާ މީހެއްނޫ ހަދަނީ ހުސް ދޮގު
ހަންޑިކުޑަ
26 March 2020
ބަލަ އަދުރޭ ކޯޗެއް ނުލިބިގެންތަ ކޮންމެދުވަހަކު 2 މިސްކޯލް ތި ޖަހަނީ!
ވަހީދު
27 March 2020
ސާލިހު ވެސް ދެއިރު ދެދަޅައަށް ގުޅާތީ ގުޅަނީ، އަދުރޭމެން މުޒާހަރާ ނުކުރާނެ މަތިން ކޮފީ ދޭން އެގުޅަނީ.
ވަކަރުގެ ކުއްޖާ
26 March 2020
ޤައމުގައި އުލޭ އެބޫލޭ މިބޫލޭ މީހުނާއި ރަޢީސް އާއި ސިދާ ސީދާ ފޯނުން ގުލިގެން ނުވާނެ. އަދި އެފަދަ ފަރާތް ތަކާއި ބަެްދަލު ކުރަން ހަމަ ޖައްސާފައި އޮންނަން ޖެހޭނީ ރަޢީސް އޮފީހުގެ ކޮންމެވެސް އެއް މަސައްކަތު މީހަކާއި. އޭގެފަހުގައި އެ ދާންޖެހޭ ޗެނަލްގެ ތެރެއިން ކުރިއަށް ކަންކަން ދާންޖެހޭނީ.
ވަހީދު
27 March 2020
ވަކަރުގޭ މީހުންގެ ވިސްނުން ހުންނާނީ ތިހިސާބުގައި. ކުރުކޮށް މިކިޔާދެނީ އަޑުއަހާބަލަ. ގިނަބަޔަކު ހީކުރިގޮތަކަށް ނޫން ވެރިކަން މިހިންގަނީ، އެހެންވެ އަދުރޭ މެންނަށް ފުދޭވަރަކަށް ސަޕޯޓު އެބައޮތް. ޢެހެންވީމަ ސަރުކާރުން މަޝްވަރާ ކުރާނެ އިނދިކޮޅާއި.
ދަތްނެތްކުއްޖާ
26 March 2020
ރައްޔިތުންގެ އިއްޒަތްތެރިރަޢީސެވެ. ރައްޔިތުންގެ ޙަޒާނާ ތަކަށާއި ރައުސުލްމާލަށް ބޮޑުތަނުން ޙިޔާނާތްވެފައިވާބަޔަކަށް މަނިކުފާނު ވާހަކަދައްކާ މަސްވަރާކުރުމަކަށް ރައްޔިތުން ޤަބޫލެއްނޫނެވެ. މިހެންކަމުން މިއަދުންފެށިގެން މިވެރިންނާއިއެކު ތިޔަ ކުރައްވަމުން ގެންދަވާ މުޢާމަލާތްތައް މިހާރުން މިހާރަށް ހުއްޓާލެއްވުމަކީ މަނިކުފާނުގެ ފަރާތުން ރަެްޔިތުން ވަރަށްއާދޭހާއިއެކު އެދޭއެދުމެކެވެ. އުއްމީދުކުރަނީ މިކަމަށް މަނިކުފާނުގެ ފަރާތުން އިޖާބައެއްލިބޭނޜކަމަށެވެ.
ބޮޑުމީހާ
26 March 2020
މި ސިޔާސީ މީހުން އިންސާފުގެ ވާހަކަ ނުދައްކާ، އަދީބު ޒިޔަތު ގޭގަ، ޚިޔާނާތް ހިންގި އެންމެން ގޭގަ. ޔާމީނު އެކަނި ޖަލުގަ
ޢަދުރޭ12
27 March 2020
އެމީހުން ޖަލުގަ ތިބިއިރު ޔާމީން ހުރީ ގޭގައެއްނު.
ޝަހީދު
26 March 2020
އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ބައިވެރިވެވަޑައިގެންނެވި ދެ ބޭފުޅުން ކަމަށްވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ޒިޔަތު ގެއަށް ބަދަލުކޮށްފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދައުރެއް އޮވެގެންނެވެ. ތިމަން މަނިކުފާނު އެއްވެސް މީހަކާމެދު ތަފާތުކުރުމެއް ނުގެންގުޅުއްވަމޭ ވިދާޅުވިއިރު، ޤާނޫނީ ހަމަތަކާއި އުޞޫލާއި ޚިލާފަށް ވަނީ އެތައް ބަޔަކު ޖަލުން ދޫކޮށްލާފައެވެ.
ޕްރޮޓޮކޯލް
26 March 2020
މިކަހަލަ ދަށުދަރަޖައިގެ މީހުންނަށް ސީދާ ރައީސާ ގުޅިގެން ނުވާނެ. ޕްރޮޓޮކޯލް ބަދަލުކުރަން ގޮވާލަން
ދސސދ
26 March 2020
އޯގާތެރި ރައީސް އެއީ. ޗެނަލް 13 ގަ އުޅޭ ޔާމީން ވަރެއް ނެތިގެން އަދުރޭ ވަރެެއް ނެތިގެން އުޅޭ ކުދިންނަށް ވެސް ރައީސް އެހެން ދެންނެވުމުން އަދި އިނގިލެއްވީ އެކަން ވެސް. ވަރަށް ވާހަކަ
ޓިނުދޮހޮއްތު
26 March 2020
ޓިނު ގެ އަގު ތިރި ކުރަން ބުނާނެ ކަން އިނގޭތީ ނުނެގީ ...
ފިނިހަކި
26 March 2020
އެއްވެސް ވަރަކަށް ޓިނުގެ ވާހަކަ ދެއްކެވިތޯއެވެ؟