ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް-- ފޮޓޯ: މިހާރު
26 މާޗް 2020 - 18:47
ރިސޯޓްތަކަށް އަރައި ފޭބުން މަނާކޮށްފައި ވަނިކޮށް އެ އެންގުމާ ހިލާފަށް އަމަލު ކޮށްފައިވާ މީހުންނަށް ދައުވާ ކުރައްވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 ކޮންޓްރޯލްކުރަން ސިއްހީ ކުއްލި ނުރައްކަލުގެ ކުއްލި ހާލަތުގެ ދަށުން ރިސޯޓްތަކުން މީހުން އެހެން ތަންތަނަށް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ. އެ އެންގުމާ ހިލާފަށް އަމަލުކުރި ފަސް މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ރިސޯޓުން އެހެން ރަށްތަކަށް ދިޔަ ހަތަރު މީހަކާއި މީހުން ދިރިއުޅޭ ރަށަކުން ރިސޯޓަކަށް ދިޔަ މީހެކެވެ. އެ އެންމެންގެ ބަންދަށް ވެސް ވަނީ 15 ދުވަސް ޖަހައިފަ އެވެ.
ޕީޖީ ޝަމީމް "މިހާރު" އަށް ވިދާޅުވީ އެޗްޕީއޭގެ އެންގުމާ ހިލާފަށް ރިސޯޓަށް އެރުމާއި ރިސޯޓުން ފޭބުމަކީ ގާނޫނު އުގޫބާތުގެ 121 ވަނަ މާއްދާ އާއި 533 ވަނަ މާއްދާގެ ދަށުން ކުށެއް ކަމަށެވެ. އެހެންކަމުން އެޗްޕީއޭގެ އެންގުމާ ހިލާފަށް އަމަލު ކުރާ ފަރާތްތަކުގެ މައްޗަށް ދައުވާ ކުރާނެ ކަމަށް ވިދާޅުވި އެވެ.
"މިއީ ސީރިއަސް ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ބަލާނަން. ވަކި މީހެއްގެ ހިތްހަމަ ޖެހުމަށް އެހެން މީހުން ނުރައްކަލަކަށް ނުލެވޭނެ. އެފަދަ ކުށްތަކަށް ދައުވާ ކުރާނަން،" ޝަމީމް ވިދާޅުވި އެވެ.
ދައުވާ ކުރައްވާނެ ކަމަށް ޝަމީމް ވިދާޅުވި 121 ވަނަ މާއްދާގައި ބުނަނީ މީހަކު ފަރުވާލެއްނެތި ކުރާ އަމަލެއްގެ ސަބަބުން އަނިޔާއެއް ލިބިދާނެ ކަމުގެ ބިރު ހީވާނަމަ އެއީ ކުށެއް ކަމަށެވެ. އެ ކުށް ސާބިތު ވެއްޖެ ނަމަ އެއް އަހަރާއި ހަތް މަސް ދުވަހުގެ ޖަލު ހުކުމެއް އާދެ އެވެ.
ގާނޫނު އުގޫބާތުގެ 533 މާއްދާގައި ބުނާގޮތުން ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމަކީ ކުށެއް ކަމަށެވެ. އެ ކުށުގެ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.
ރިސޯޓުން ބޭރަށް ނުދެވި ތިބެން ޖެހޭތީ ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ރިސޯޓުތަކުން ޓޫރިސްޓުން ހުސްވާ ދުވަހުން ފެށިގެން 14 ދުވަސް ފަހުން މުވައްޒަފުންނަށް އެހެން ރަށްތަކަށް ދެވޭނެކަން އިއުލާން ކުރައްވައިފަ އެވެ.
ކޮވިޑް-19 އަށް ރާއްޖެ އިން 13 މީހަކު ޕޮޒިޓިވްވެފައިވާއިރު އެއީ މުޅިންވެސް ޓޫރިސްޓުންނާއި ރިސޯޓްތަކުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންނެވެ. އޭގެ ތެރެއިން އަށް މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަކަރުބޮލި
27 March 2020
ހަވާލުވާ މައްސަލައެއް ނިންމެނީކީނޫން، ޝަމީމުއަށް ކަންނޭގެ ދައުވާނުރަންވީ ފުރަތަމަ!
ާއުނިމާ
27 March 2020
ކޮން އިރަކުތޯ ކުރައްވަނީ؟ ކޮބާތޯ އިޓަލީ މީހާކަންތައް؟
ޢާސީ
27 March 2020
ގާނޫނުތައް ހަރުކަށި ވެފައި އަދި ތަންފީޒު ކުރެވެންޖެހޭ އެހެން ނޫނި ކޮންގާނޫނެއް ހަދާކައް ބޮޑުމުސާރަދީފަ ބަޔަކު ބައިތިއްބައިގެން ރައްޔިތުންނައް ދޯކާދޭން
ސަރާ
26 March 2020
މީނާ ހާދަ ފޯރިއެއް އެބަހުއްޓޭ ރިސޯޓް މުވައްޒިފުންނަށް ދައުވާކުރަން. މާލޭ އެއާޕޯޓުގައި ގެސްޓުންގެ ކަންތަކުގައި އެއުޅޭމީހުން ހިފަހައްޓަބަލަ. ހީވަނީި އެއާޕޯޓުގެ އެތެރެއާއި ބޭރުގައު އެއުޅީ މުވައްޒިފުންގެ ފަރާތުން މިކަމެއްލައިނުގަނެ މިކަމެއް ލައިގަންނާނީ ހަމަ އެކަނި ރިސޯޓްތަކުގައި އުޅޭ މުވައްޒިފުންގެ ފަރާތުންހެން. ކަލޭ ހުރޭ އަދީބާްއި ޒިޔަތާއި ޑީލްހަދައިގެން އެމީހުން ގޭގައި ބައިތިއްބައިގެން ރިސޯޓް މުވައްޒިފުން ނަށް ދައުވާކުރަން ފޫގަޅައިގެން.
ޢެލެކުސް ދިއްދޫ
26 March 2020
އެންގުމާ ހ ިލާފުވާ ރިޒޯރޓުތަކާ ދޭތެރޭ ޕީޖީ ވިދާލުވަނީ ކީކޭތޯ؟
އޮނަރަބްލް އަފީފު ދީދީ
26 March 2020
ޕީޖީ އަކީ ދައުލަތާއި ޤާނޫނުއަސާސީގެ ހިމާޔަތުގައިހުންނަންޖެހޭ މީހެއް. ކޮބާތޯ ކްރައުން ކަމްޕަނީން ބައިނަލްއަޤުވާމީ އެތައްޤާނޫނަކާއިޙިލާފަށް ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ މީހަކު ސިއްރިޔާތުގައި އާންމު ޕަސެންޕަރުން ދަތުރު ކުރާ ބައިނަލް އަޤުވާމީ ފްލައިޓަކަށް އަރުވާ އޭގައިތިބި ފަސެންޖަރުންގެ ރައްކާތެރިކަން ނަގާލަން އުޅުނު މައްސަލަ؟! # ރިސޯޓްގައި އުޅޭ ދިވެހި މީހާއަށްވެސް ލިބެންޖެހޭނެ ސިއްޙީ ރައްކާތެރިކަމުގެ ޙައްޤު. އެކަމަށް ރިސޯޓުން ހުރަސް ނޭޅޭނެ.
ދަތްނެތްކުއްޖާ
26 March 2020
ޤައމު ހަމަ މަގަށް އެލުވޭނީ ފިސާރި ހިތްވަރެއް ހުރެ ފިސާރި ކެރިގެން. ސިންގަޕޫރު ފަދަ ތަންތަން ކުށްކުރުން މަދުވެފައިވަނީ ޤާނޫނުތައް ހަރުކަށިވީމާ. ރާއްޖޭގަވެސް މިގޮތައް އަމަލު ނުކުރެވެންވީ ސަބަބެއްނެތް. ޙުކުމް އިއްވަން ހުންނަ ފަނޑިޔާރަށް ރިސޯޓެއް ހިނބަކޮއް ދިނުމުން އެ ޙުކުމް އުދިކީލަކޮއް ކުރުމަކުންނެއް ނުފުދޭނެ. އެގޮތައް ޙުކުމް އިއްވާ ފަނޑިޔާރުންވެސް ޖެހޭނެ އުމުރުދުވަހު ޖަލުގައި އޮންނަން. އޭރަކުންނެއް އެފާޑަކަށް ޙުކުމް ކުރާކަށް ހިލާ ނުކެރޭނެ.
އަޅިބެ
26 March 2020
މިއީ މާބޮޑަށް ގާނޫނު އެގިގެން އުޅޭ ބޭފުޅެއް. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ނެރޭ އަމުރުތަކާ ހިލާފްވާނަމަ އަޅާނެ ފިޔަވަޅު އެގާނޫނުގައިވަނީ ކަނޑައަޅާފައި. އެއީ 5000 ރުފިޔާއިން ޖޫރިމަނާކުރުން. އޭގެ ބޭރުން އިތުރު ދައުވާއެއް ނުކުރެވޭނެ. އޭރުންވާނީ އެއްކުށަކަށް ދެއަދަބު ދިނުން ކަމަށް. އެއީ ނުކުރެވޭނެކަމެއްކަމަށް ގާނޫނުއަސާސީގެ 60 ވަނަ މާއްދާގައި އޮންނާނެ. ޕީޖީ މަނިކުފާނު އެބަޖެހޭ ތަންކޮޅެއް ރަގަޅަށް ފޮތް ކިޔަން.
ފައިސާ ފައިސާ
26 March 2020
ގާނޫނުއަސާސީގައި އޮންނާނީ "އެއްކުށަކަށް ދެފަހަރަށް އަދަބު ނުދެވޭނެކަމަށް." މާނައަކީ އެއްކުށަކަށް ދެއަދަބު ދެވޭނެޔޭ.
ހުސް ނޫނު
26 March 2020
އެ ގޮތުން ސަރުކާރުން ރިސޯޓް މުވައްޒަފުން ރިސޯޓްގައި ބަންދުކުރުމުންވެސް ހަމަ ގެސްޓް ގެނެސްގެން ނަފާ ހޯދަނީ. މުވައްޒަފުންގެ ފުރާނައަކަށް ބެލުމެއްނެތި. އަނެއްކާ އިތުރު 14 ދުވަސް. އެކަމުން ރިސޯޓް އޯނަރުން އެދަނީ މުވައްޒަފުންލައިވައި ރިސޯޓް މަރާމާތު ކުރަމުން. މިހާލަތުގައި ސަރުކާރަކަށް ރިސޯޓް ބޯއީސް މުހިންމެއް ނުވި. މުހިންމުވަނީ އިންތިހާބެއް އައީމައި އެކަނި. ދެން އޮންނަ އިންތިހާބުތަކުގައި ބޮޑުތަނުން ސަރުކާރަށް ނޯބުނާނެކަމަށް އުންމީދު ކުރަން.
އަންޑާޕޫލްމާ
26 March 2020
ތިހެން ކިޔާނެކަމެއްނެތް. ހަމަ ކުރީމާ ނިމުނީ އިސްތިހާރުނުކުރިޔަކަސް.