މޯލްޑިވިއަންގެ މަތިންދާބޯޓު، އެއާބަސް-އޭ320 އަށް ބަޔަކު އަރަނީ.---ފޮޓޯ: ކިޔުންތެރިއެއް
26 މާޗް 2020 - 21:53
ރާއްޖެއަށް މުދާ އެތެރެކުރުމަށް، ހަތަރު ގައުމަކަށް މޯލްޑިވިއަނުން ކާގޯ ފްލައިޓްތަކެއް ބާއްވަން ނިންމައިފި އެވެ.
މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ހެދި، ރާއްޖެ އަށް ފްލައިޓްތައް އައުން ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. އެހެންވެ، މުދާ ގެނައުމުގައި ވިޔަފާރިވެރިންނަށް ދައްޗެއް ފޯރިޔަ ނުދިނުމަށް މޯލްޑިވިއަނުން ކާގޯ ފްލައިޓްތަކެއް މި ބާއްވަނީ އަަލަށެވެ.
އެ އެއާލައިނުން ބުނި ގޮތުގައި މުދާ ގެންނަން ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ސްރީ ލަންކާގެ ކޮލަމްބޯ އާއި އިންޑިއާގެ ޓްރިވެންޑްރަމް އާއި ޗެންނާއީ އާއި ތައިލެންޑް އަދި ދުބާއީ އަށެވެ. އެތަނުން ބުނިގޮތުގައި ޑިމާންޑް އޮތް ވަރަކަށް އިތުރު ގައުމުތަކަށް ވެސް ދަތުރުކުރާނެ އެވެ.
ކޮވިޑް-19 ފެތުރޭތީ ސަރުކާރުން އަޅަމުން އަަންނަ ފިޔަވަޅުތަކާ ބެހޭ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރާއްޖެ އަށް ދަތުރުތައް ހުއްޓާލާފައި އޮންނަ މުއްދަތުގެ ތެރޭގައި އެކި ގައުމުތަކުން ވައިގެ މަގުން ގެންނަންޖެހޭ މުދާ ގެންނާނެ ގޮތްތަކެއް ހަމަ ޖައްސަވާނެ ކަމަށް ވިދާޅުވި އެވެ. އެގޮތުން ކާގޯ ޗާޓަރު ފްލައިޓްތަކެއް ބާއްވަން ސަރުކާރުން ވިސްނާ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ކާގޯ ފްލައިޓްތައް ބާއްވާނީ ރާއްޖެ އަށް މުދާ ބޭނުންވަނީ ކިހާ ވަރެއްތޯ ބެލުމަށް ފަހު އެވެ.
ދުވަހުން ދުވަހަށް ބޭނުންވާ މޭވާ އާއި ތަރުކާރީ ފަަދަ ބާވަތްތައް ގެންނަން އަވަށްޓެރި ސްރީލަންކާއަށް ދަތުރުކުރެވޭނެ އިންތިޒާމެއް ހަަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން އެގައުމުން ދީފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި އެފަދަ ދަތުރުތައްް އިންޑިއާ، ތައިލެންޑް އަދި ޔޫއޭއީ އަށް ކުރެވޭނެ ގޮތެއް ހޯދަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަސް އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ދިވެހި ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައި މި މަހުގެ 12 އިން ފެށިގެން 30 ދުވަހުގެ މުއްދަތަށް ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާންކޮށް އޮފީސްތަކާއި ސްކޫލްތަކުގެ ކިޔެވުން ވެސް މި ވަގުތަށް ވަނީ ބަންދުކޮށްފަ އެވެ. އަދި ރާއްޖޭން މިރޭ 12:00 އިން ފެށިން، އޮންއެރައިވަލް ވިސާ ދިނުން ވެސް ހުއްޓާލާނެ އެވެ.
މުޅި ދުނިޔެ އިން މިހާތަނަށް ބައި މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮރޯނާވައިރަސް އަރާފައި ވާއިރު ރާއްޖޭން ވެސް 13 މީހަކު ޕޮޒިޓިވް ވެފައިވެ އެވެ. އެކަމަކު އޭގެ ތެރެއިން މިހާތަނަށް ނުވަ މީހަކު ވަނީ ރަނގަޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިނި
27 March 2020
މީ ހިތި ތަޖުރިބާއެއް ރާއްޖޭގެ އާބާދީ ކުރިޔައް އޮތްތާ 1 މިލިޔަނައް އަރާނެ، ރާއްޖެއިން އިސްކަންދީ އިންވެސްޓު ކުރަންވީ ކަބޮރަކެތި އުފެއްދުމާ ތައުލީމައް. ޙާލުގައިޖެހުނީމަ 10 ބުރި އިިމާރަތަަކުން ނޫނީ ރިސޯޓަކުން ލިބޭނެ ނަފާ އެއް ނެތް
ޢިބްރާހިމް ޢަލީ
27 March 2020
މުދާ ގެންނަން ފްލައިޓް ބޭއްވޭ އެކަމަކު ދިވެހި ލޮބުވެތި ރށްޔިތުން ގެންނަން ފްލައިޓެއް ނުބޭއްވޭ މީ ކިހާ މަޖާކަމެއް، ސަރުކާރުން ބޭރުގަ ތާށިވެފަ ތިބިމީހުން ގެންނަން ބޭނުމެއްނުވޭ މީހަގީގަތަކީ ދުނިޔޭގެ އެހެން ގައުމުތަކުން އެއަންގަނީ އެގައުމުގެ ހުރިހާ ރަށަޔިތުން އަވަހަށް ގައުމަށް އަންނާށޭ.
ކުރަފި
27 March 2020
ބާޒާރުން މުދާ ހުސްވެއްޖެއްޔާ އަދި ތިއަށްވުރެ މާބާރަށް އަޑުގަދަ ކުރާނެ!
ޖެނެރަލް އަންދަރޭ
27 March 2020
މިއުޅެނީ އަލީ އެކްޕްރެސް އިން ގަތް ބައެއް މުދާ ޑިލޭވާތީ، ރައްޔިތުންނަށް ހެވެއް އެދެންޏާ އެތަނަށް ކާގޯ ފްލައިޓެއް އަޅާބަލަ. ފޯނުވިއްްކާ ފިހާރަތަކުންވެސް ބުނަނީ މުދާ ނުގެނެވިގެންނޭ މިއުޅެނީ. ޖެކްމާ ފޮނުވަންއުޅޭ މާސްކް،ވެންޓިލޭޓަރ،ސެނިޓައިޒާވެސް ނުފޮނުވިގެންނޯ އުޅެނީ. މެންބަރ އާއްޓޭ ފިހާރަޔަށް ބެޓެރި ބައިކްކޮޅެއް ގެންނަން އެބަޖެހޭ. ނުނީ އިނދަޖެހިދާނެ.
ޙަބީބު
27 March 2020
ރިސޯޓު މުވައްޒަފުންގެ ބުރަމަސަތްކަތް ވިސްނާލަބަލަ ގެސްޓުން ނާންނަނަ މަ މާގިނަދުވަހު ތިޔަފުލައިޓެއްވެސް ނުބޭއްވޭނެ ހަކަތަ ހުސްވާނެ އެހެންވެ މިބުނަނީ ރިސޯޓު މުވައްޒަފުންނަކީ ނަރުހުން ފިޔަވާ އެން މެ ރިސްކު ބޮޑު މީހުން އިބުރާހި މު ނިޔުސްކޮންފުރަންސްގަ މިދާއިރާގެ މީހުނައް ހާއްސަގޮތެއް ހައްދަވައި ދެއްވާނެ ވާހަކަ ބުނޭތޯ ވަރައް އުން މީދު ކުރިން ނަ މަވެސް ވެރިކަ މައް އަރަންވީވައުދު ފަދައިން ހަ މަމ މިވީ
އަމީ
27 March 2020
މޯޅްޑިވިއަންގެބޯޓުތަކުގެ ގޮޑިނައްޓާލާފަ ކާގޯއަޅައިގެން ދަތުރުކުރާއިރު ބަލައްޗޭ ތިޕައިލެޓުން
އޮނަރަބްލް އަފީފު ދީދީ
27 March 2020
މިއީ ކިހިނެއްވެގެން ފާލުން ނެއްޓިގެން އުޅޭބައެއް؟ މިގޮތަށް މިތަނުގައިތިބިކުދިން އަތަށް ހިތުހުރިގޮތަކަށް މިކަންކުރާން ދޫކޮށްފިނަމަ މޯލްޑިވްސް އެއަރވޭޒް، އެއަރ މޯލްޑިވްސް، އައިލަންޑް އޭވިއޭޝަން ދިޔަމަގުން އެ ސޮފްޙާގެ ތެރެއަށް މޯލްޑިވިއަންވެސް ގެނބިގެން ހިގައިދާނެ. # މާދަމާ ގޭދޮށު ކުދިން މުޅިމަހަށް ނުވަތަ ވަނދު ދަމަން ދާން ގޮވާލާއިރަށް އެއަރބަހުގައި މުށިމަހަށް ނައްޓާލަންވެސް އެކުދިން އެތިބެނީ ތައްޔާރަށް.!! ތިޔަ މެނޭޖްމަންޓަށް ފައްފަށުން ސަލާމް!
ލޮލަންދާށި
26 March 2020
މޯލްޑިވިއަންގަ ކާގޯ ފްލައިޓް ވެސް ހުރޭތޯ
ލުބްލާ
26 March 2020
މިދުވަސްކޮޅު ރާއްޖޭގެ ރިސޯޓްތަކުގައި 14 ދުވަހުގެ ހޮލިޑޭ ހަދަން ލަންކާގަ ތިބި މުއްސަނދި ދިވެހިން މިގައުމަށް ބޮޑު ހަރަދުކޮށްފަ ގެންނާނެ ކަމެއް ނެތް. (ގެނަޔަސް ގެންނަން ޖެހޭނީ ބޭހަށާ ހޮލިޑޭއަށް ގޮއްސަ ތާށިވެފަ ތިބި މީހުން އެކަނި)
ކޮންމެސް ދިވެއްސެއް
26 March 2020
ކާގޯފްލައިޓު އަޅަނީ މޯލްޑިވިއަންގަ ތޯ؟ ނުވަތަ ކާގޯފްލައިޓެއް ޗާޓަރުކޮއްގެންތޯ ސާފުކޮއްލަދެއްވަބަލަ! މޯލްޑިވިއަން އަތުގައި މިހާރުހުރި އެއްވެސް ބޯޓަކުން މައުނަވީ ކާގޯކެޕޭސިޓީއެއް ނުހުންނާނެ. ގޮއްސަ އަންނަންދާ ޚަރަދާއި ގެނެވޭ ކާގޯ ކެޕޭސިޓީއާއި ނުބައްދަލުވާނެ!
ރިޒްވީ
27 March 2020
ވަގުތީ ގޮތުން ގޮޑިތައް ނެގީ މަ އެއޮތީ ކާގޯ ފްލައިޓަކަށް ވެފަ. ނޫންތަ؟
ކޮރަލް
26 March 2020
ޑިމާންޑް އެބަ އޮތެވެ. ފްރެއިޓް ކުޑަ ކޮށްލަ ދޭށެވެ.