އަލިދޫ ރިސޯޓުން ވަގަށް ނަގާފައިވާ ބައެއް ތަކެތި -- ފޮޓޯ: ފުލުހުން
27 މާޗް 2020 - 20:05
ހއ. އަތޮޅުގެ އަލިދޫ ރިސޯޓުން އެކި ދުވަސް މަތިން ގިނަ އަދަދެއްގެ ތަކެތި ވަގަށް ނެގި މައްސަލައެއްގައި ދިވެހި ހަތަރު ފިރިހެނުން އިއްޔެ ހައްޔަރުކޮށްފި އެވެ.
އެ ރިސޯޓަށް ބަޔަކު އަރައިގެން ވައްކަން ކުރާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. އަދި މި މައްސަލައާ ގުޅިގެން، ކޯޓު އަމުރަކާ އެކު އެ އަތޮޅު އުތީމުގެ ނުވަ ގެއެއް އިއްޔެ ބަލައި ފާސްކުރި ކަމަށް ފުލުހުން ބުންޏެވެ. އަދި އަލިދޫ ރިސޯޓުން ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ތަކެތި އެ ގެތަކުން ފެނުނު ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 30-35 އަހަރާ ދެމެދުގެ ހަތަރު ފިރިހެނުންނެވެ. ހއ. ފިއްލަދޫ މެޖިސްޓްރޭޓް ކޯޓުން، އެ ހަތަރު މީހުންގެ ބަންދަށް އިއްޔެ 10 ދުވަސް ޖެހި ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަލިދޫ ރިސޯޓުން ވަގަށް ނަގާފައިވާ ބައެއް ތަކެތި -- ފޮޓޯ: ފުލުހުން
ފުލުހުން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި، އެ ރިސޯޓުން ވަގަށް ނެގި ތަކެތީގެ ތެރޭގައި ގިނަ އަދަދެއްގެ ގޮނޑި އާއި ގޮދަޑި އާއި ބެޑްޝީޓާއި ބާލިސް ފަދަ ހިމެނެ އެވެ. އަދި މިނީ ފްރިޖާއި ޓީވީ ފަދަ ތަކެތި ވެސް ވަނީ ވަގަށް ނަގައިފަ އެވެ.
އެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާރަ އިއްބެ
29 March 2020
ތި ރިޒޯޓް ބަލަން ހަވާލުވެ ހުރި އަލީ އަސްރަފް ކައިރި ރަށް ރަށުގެ މީހުންނަށް ވިއްކި މުދަލެއް މަދެއް ނުންްވާނެ ..ގޮދަނޑި އެއް 5000ރ އެއްދެން 5000ރ ކަމުންގައި މީ ރަށް ބަލަހައްޓަން ތިބި ސްޓާފް ބަނޑުފުރާ މުއްތި ކުރުމަށް ކުރިކަމެއް ކަން ހއ ރައްޔިތުންނަން އިނގޭނެ.
ބަރާބަރު
28 March 2020
ކޮލިޓީ އިނގޭ މަސައްކަތް!
މަމަމމހ
28 March 2020
ހަމައެކަނި އުތީމެއްނޫން. އަލިދޫ ކައިރި ހުރިހާ ރަށެއްވެސް ހުރީ ތިޔަ ހާލަތުގަ. މިރަށަށްވެސް ހުރީ ބައިވަރު އެތެރެކޮށްފަ
ާއުނިމާ
28 March 2020
ހަށުކަށި އަދަބު ދޭންޖެހޭ، މިފަދަ ދަނޑިވަޅުގައި ތިޔަ ނާޖާއިޒު ފައިދާތިޔަނަގަނީ،
މުދިންބޭ
28 March 2020
އަބަދުވެސް ހާލަތު މީ އުތުރުގެ މިތާކައިރީގައި ޕިކިނިކު އައިލޭންޑުގައި ފާހާނާ ތަށިބަހައްޓާއިރެއް އެބަވަގަށްނަގާ!!!! ބ.އަތޮޅު.... ނަންވާނީ ދެކުނު މީހުން!!!!
މޮގޮަމްބޯ
28 March 2020
އުތުރު ރައްރަށު މީހުން ހާދަ ވިޔާ ނުދާ ބަޔަކަށް ވެއްޖެޔޭ. ކުރިން އުތުރު މީހުންނަކީ ބަސް އަހާ ވަރަށް ރަގަޅު ބަޔެއް
މޯދީގެ
28 March 2020
“ޑިމޮކްރަސީ” އައިފަހުން ވެގެންއުޅޭގޮތެއް!
ހަހޫ
28 March 2020
ޢުތުރު ބަޤާވާތް
ސުޕް
28 March 2020
ވައްކަން ކުރުމުގައި އަރާތިބި ކުޅަދާނަބައެއް. ބޮޑު ދޯންޏަކުން ނޫނީ ނުގެންދެވޭވަރުގެ ތަކެތި ވަގަށްނެގޭނީ ވަރަށް ކުޅަދާނަބަޔަކަށް. ތިމީހުނަށް ވައްކަން ކުުރުމުގެ ރޮނގުން ޕީއެޗްޑީ ދޭންޖެހޭ.
މމކަ މަނަ
28 March 2020
ތިޔައީ ހަލާކުވެ ވީރާނާވާން ދޫކޮއްލެވިފައިވާރަށެއް، މީގެކުރިން ތިތަން ބަލަހައްޓަން ތިބިބަޔަކު ތިތަނުގެ ހަރު މުދާ ވިއްކައިގެން ކައިބޮއި އުޅުނީ، އެކުދިން މާގިނައިން ނެގީހެން ހީވަނީ ފައިސާނުދީ!
ކާސިންޖީ
28 March 2020
އައްޗިި، އުޅޭ ފާޑެއް ދޯ.
ދޮން މަނިކު
28 March 2020
މމމ މީ މިތަނުގެ ރިޔަލީޓީއަކީ ، ވައިރަސް ފިލުވާ ނުލެވޭ ކަ މައްވާނަ މަ ބުލޭ މް ވާނީ ......