ގިނަ ރަށްރަށުގައި އިޔާދަކުރަނިވި ހަކަތައިގެ ނިޒާމް ބޭނުންކުރަން ފެށުމާއި ގުޅިގެން ބޭއްވި ރަސްމިއްޔާތެއްގައި އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން (ކ.3) އާއި އެހެން އިސްވެރިން ބައިވެރިވަޑައިގަންނަވަނީ -- ފޮޓޯ: އެންވަރަމެންޓް މިނިސްޓްރީ
06 އެޕްރީލް 2020 - 18:50
މޯލްޑިވްސް އެނާޖީ އޮތޯރިޓީން ދެމުން އައި ބައެއް ހިދުމަތްތައް، މާދަމާ އިން ފެށިގެން އޮންލައިންކޮށް ދޭން ނިންމައިފި އެވެ.
އެނާޖީ އޮތޯރިޓީގެ ފަސް ހިދުމަތެއް އޮންލައިންކޮށް ދޭން ވަނީ ނިންމައިފަ އެވެ. އެގޮތުން، ކަރަންޓު ޕެނަލް ކުރެހުމާއި ލޯޑް ކަލްކިއުލޭޝަން ފާސްކުރުމާއި އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައް ދާތަކެތީގެ ތެރެއިން ޑިއުޓީ މާފުކޮށްދޭން ހުށަހަޅާތަކެތި ފާސްކުރުން ހިމެނެ އެވެ. އަދި ކަރަންޓު ކޭބަލް ފާސްކުރުމާއި ނެޓް މީޓަރިން އެލްއެސްޑީ ފާސްކުރުމާއި ކަރަންޓުގެ މަސައްކަތްކުރުމުގެ ލައިސަންސް ދޫކުރުން ވެސް، މާދަމާ އިން ފެށިގެން އޮންލައިންކޮށް ހޯދޭނެ އެވެ.
މި ހިދުމަތްތަކަށް ހުށަހެޅުމަށް އީމެއިލް ކުރަން ޖެހޭނީ، [email protected] އަށެވެ. އަދި އިތުރު މައުލޫމާތު ސާފުކުރުމަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 11 އިން މެންދުރު ފަހު 1:00 އަށް އެ އޮތޯރިޓީއަށް ގުޅުމަށް ވަނީ އެދިފަ އެވެ.
ކޮރޯނާވައިރަސް އިން ރައްކާތެރިވުމަށް، މީހުން އެއްވެ އުޅުން މަދުކުރުމުގެ ގޮތުން ގިނަ އިދާރާތަކެއްގެ ހިދުމަތްތައް އޮންލައިންކޮށް ދޭން ވަނީ ފަށައިފަ އެވެ. އެގޮތުން، އާންމު ހިދުމަތް ދޭ ކުންފުނިތަކުގެ ވަރަށް ގިނަ ގިނަ ހިދުމަތްތަކެއް އޮންލައިންކޮށް މިހާރު ލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy